Registrazione
Registrazione
Registrazione
Seleziona la lingua
037

As-Saffat 37:61 لمثل هاذا فليعمل العاملون ٦١

37:61
لِمِثۡلِ
هَٰذَا
فَلۡيَعۡمَلِ
ٱلۡعَٰمِلُونَ
٦١
(61) "މިފަދަ ނަސީބަށްޓަކައި عمل ކުރާ މީހުން عمل ކުރާ ހުށިކަމެވެ. ހެޔޮ عمل ކުރާ ހުށިކަމެވެ."
Continua a leggere

Leggi il Tafsir

Ibn Kathir (Abridged)

The gathering of the People of Paradise, and the exchange between One of Them and His Counterpart in

Allah tells us how the people of Paradise will turn to one another, asking one another about their situation, how they were in this world and what they suffered. This is part of their conversation whe

…

The gathering of the People of Paradise, and the exchange between One of Them and His Counterpart in

Allah tells us how the people of Paradise will tur

…
Altri Tafsir

Leggere nel contesto

Capitolo 37, Pagina 448, Juz 23

40. (40) އެކަމަކު ﷲ ގެ إخلاص ތެރި އަޅުން މެނުވީއެވެ. އެމީހުންނަކަށް عذاب ގެ ރަހައެއްނުލިބޭނެއެވެ. 41. (41) އެބައި މީހުންނަށް - އެބަހީ ﷲ ގެ އިޚްލާސްތެރި އަޅުންނަށް - ކަނޑައެޅިގެންވާ ރިޒުޤުވެއެވެ. ސުވަރުގޭގައެވެ. (ރަހައިގެ ރަނގަޅުކަމާއި ކެނޑިދިއުމެއް ނެތްކަމާއި ބޭނުން ވަގުތަކު ލިބޭ ކަމާއި މިހުރިހާ ކަމެއް އެނގި ބާޔާންވެގެންވާ ރިޒުޤެވެ.) 42. (42) އެއީ މޭވާގެ ބާވަތްތަކެވެ. (ދުލުން ބުނަން ނޭނގޭ ހިތްތަކަށް ތަޞައްވަރު ނުކުރެވޭހާ މީރު މޭވާތަކެވެ.) އަދި އެމީހުން ސުވަރުގޭގައި ވަނީ މާތްކުރެވިގެންނެވެ. (ﷲ އާއި ބައްދަލުވުމުގެ މާތްކަމެވެ. އެކަލާނގެ ބަސްފުޅު އެހުމުގެ މާތްކަމެވެ. އެކަލާނގެ ރުއްސެވުމުގެ މާތްކަމުގައެވެ. ސުވަރުގޭގެ ގިނަ ނިޢުމަތުގެ މާތްކަމުގައެވެ.) 43. (43) އެމީހުން ތިބޭނީނިޢުމަތްތަކުގެ ވެރި ސުވަރުގެ ތަކުގައެވެ. 44. (44) އެއްބަޔަކު އަނެއްބަޔަކަށް ކުރިމަތިވާގޮތަށް އެނދުދާންކޮޅު ތަކުގައެވެ. 45. (45) އެމީހުން އެނިޢުމަތުގައި ތިބޭއިރު ރަހަ މީރު ރާތަށިތަށް އެމީހުންގެ ކައިރީގައި ދައުރުކުރެވޭނެއެވެ. 46. (46) އެ ރާ ސާފުވެ ހުދުވެގެންވެއެވެ. (ސާފު ރިހި ފަދައެވެ.) ބޯމީހުންނަށް ރަހަމީރު ލައްޒަތު ހުރި ރަލެކެވެ. 47. (47) އޭގެ ސަބަބުން ބަނޑުގައި ރިހުމެއް ބޮލުގައި ރިހުމެއް ނުވެއެވެ. އަދި (ދުނިޔޭގެ ރާބުއިމާވާގޮތަށް) އެރާބުއިމުން އެމީހުން މަސްތުނުވާނެއެވެ. 48. (48) އަދި އެމީހުންނަށް މާތްވެގެންވާ حُوْرُ العِينُ އަންހެން ކުދިންވެއެވެ. އެކަނބަލުންގެ ލޯތަށް ހުއްޓިގެންވާނީ ހަމައެކަނި އެކަނބަލުންގެ ފިރިންނާ ދިމާއަށެވެ. އެކަނބަލުންގެ ލޯތައް ތަނަވަސްވެ ރީތި ވެގެންވެއެވެ. 49. (49) އެކަނބަލުންގެ ރީތިކަން ކޮންފަދަ ހެއްޔެވެ؟ ރީތިކޮށް ރައްކާކުރެވިގެންވާ (نعام ދޫނީގެ) ބިހެއް ފަދައެވެ. (މިމިސާލަކީ އަންހެނުންގެ ދޮންކަމާއި ސާފުކަމާއި ލޫޅާފަތިކަމާއި ޗާލުކަމާއި އަދި ރީތިކަން ސިފަކުރުމަށް عرب ން ޖަހައި އުޅޭ މިސާލެކެވެ.) 50. (50) އަދި އޭގެ އެއްބަޔަކު އަނެއްބަޔަކާއި ކުރިމަތިލައިގެން ތިބެ (ދުނިޔޭގެ އެކި އެކި حال ތަކާއި މެދު) ސުވާލުކުރާނެއެވެ. މަޖާ ނަގާ ހަދާނެއެވެ. 51. (51) އަދި އޭގެތެރެއިން ބުނާ މީހަކު ބުނާނެއެވެ. ހަމަކަށަވަރުން (قيامة قبول ނުކުރާ ކާފަރު) رحمة ތެރިއަކު އަހުރެންނަށް ދުނިޔޭގައި ވިއެވެ. 52. (52) މަލާމާތުގެ ގޮތުން އޭނާ އަހުރެންނަށް ބުނެއެވެ. ކަލޭވެސް ތިޔައީ (قيامة) ތެދުކޮށް قبول ކުރާ މީހުން ކުރެ މީހަކު ހެއްޔެވެ؟ 53. (53) "އަހުރެމެން މަރުވެ މަސްތައް ފީވެގޮސް ކަށްޓައްވެ ކަށި ފީވެ ވެއްޔަށްވުމަށް ފަހު (އަލުން ދިރުވިގެން) عمل ތަކަށް ހިސާބު ބައްލަވާ ޖަޒާދެއްވާނެހެއްޔެވެ؟" (އެއީ ވާނެ ކަމެއްނޫނެވެ.) 54. (54) އަދި އޭނާގެ جليس ންނަށް އެ مؤمن މީހާ ބުނާނެއެވެ. "ކަލޭމެން އަހުރެންނާއެކު އޭނާ ކޮބައިތޯ ނަރަކަ ބަލައިލަން އައިސް ބަލާށެވެ. އައިސްފާނުހެއްޔެވެ؟" 55. (55) ދެންފަހެ އެމީހުން ގޮސް ނަރަކަ ބަލާއިރު އޭނާ ފެންނާނީ ނަރަކައިގެ މެދުގައި ވަނިކޮށެވެ. 56. (56) ދެން އެ مؤمن މީހާ ކާފަރުމީހާއާއި ދިމާލަށް ބުނާނެއެވެ. "ﷲ ގަންދީ ބުނަމެވެ. ކަލޭ އަހުރެންނަށް ވަސްވާސްދީ އަހަރެންވެސް ތިޔަ ނަރަކައަށް ވައްޓައިލުމަށް ގާތްވެގެންވިއެވެ." 57. (57) "އަހުރެންގެ رب ގެ نعمة އަހުރެންނަށް ނުވިނަމަ ހަމަކަށަވަރުން އަހުރެންވެސް ކަލޭއާއެކު ތިޔަ ނަރަކައަށް حاضر ވީ މީހުންގެ ތެރެއިން ވީހެވެ." 58. (58) އެ مؤمن މީހާ (މަޖާވެގެން އޭނާގެ ސުވަރުގޭގެ އެކުވެރިންނަށް) ބުނާނެއެވެ. އަހުރެމެން ދެން ހަމަ މަރުނުވާނެހެއްޔެ؟ 59. (59) އަހުރެމެން (ދުނިޔޭގެ حياة ގައި އުޅެނިކޮށް) އެވީ ފުރަތަމަ މަރު މެނުވީ ދެން މަރު ނުވާނެއެވެ. އަދި عذاب ދެއްވޭ މީހުންގެ ތެރެއިން އަހުރެމެން ނުވިއެވެ. 60. (60) ހަމަކަށަވަރުން މިއީ ބޮޑުވެގެންވާ ނަސީބެވެ. 61. (61) "މިފަދަ ނަސީބަށްޓަކައި عمل ކުރާ މީހުން عمل ކުރާ ހުށިކަމެވެ. ހެޔޮ عمل ކުރާ ހުށިކަމެވެ."

- Abu Bakr Ibrahim Ali (Bakurube)

Appunti e riflessioni

Non hai appunti o riflessioni su questo verso.

Notes placeholders

Rimani connesso al Corano ❤️

Brevi e significativi promemoria per ritrovare la serenità, riflettere e restare connessi al Corano.

Leggi, ascolta, cerca e rifletti sul Corano

Quran.com è una piattaforma affidabile utilizzata da milioni di persone in tutto il mondo per leggere, cercare, ascoltare e riflettere sul Corano in diverse lingue. Offre traduzioni, tafsir, recitazioni, traduzioni parola per parola e strumenti per uno studio più approfondito, rendendo il Corano accessibile a tutti.

In qualità di Sadaqah Jariyah, Quran.com si impegna ad aiutare le persone a entrare in contatto profondo con il Corano. Supportato da Quran.Foundation , un'organizzazione no-profit 501(c)(3), Quran.com continua a crescere come risorsa gratuita e preziosa per tutti, Alhamdulillah.

Navigare
Casa
Radio del Corano
Recitatori
Chi siamo
Sviluppatori
Aggiornamenti del prodotto
Feedback
Aiuto
Donare
I nostri progetti
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Progetti senza scopo di lucro posseduti, gestiti o sponsorizzati da Quran.Foundation
Link popolari
Suppliche del Corano
Versetto del giorno del Corano
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
Mappa del sitoPrivacyTermini e Condizioni
© 2026 Quran.com. Tutti i diritti riservati
Contribuire