Giriş yap
Giriş yap
Giriş yap
Dil Seçin
037

As-Saffat 37:112 وبشرناه باسحاق نبيا من الصالحين ١١٢

37:112
وَبَشَّرۡنَٰهُ
بِإِسۡحَٰقَ
نَبِيّٗا
مِّنَ
ٱلصَّٰلِحِينَ
١١٢
(112) إبراهيم عليه السلام އަށް إسحاق ގެފާނު ލިބިވަޑައިގަންނަވާނޭ ކަމުގެ އުފާވެރި خبر ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ދެއްވީމެވެ.
Devamını Okuyun

Tefsir okuyun.

Ibn Kathir (Abridged)

Ibrahim's Emigration, the Test of the Sacrifice of Isma`il, and how Allah blessed Him

Allah tells us that after He helped His close friend Ibrahim, peace be upon him, against his people, and after Ibrahim gave up hoping that they would ever believe despite all the mighty signs that they had witnessed

…

Ibrahim's Emigration, the Test of the Sacrifice of Isma`il, and how Allah blessed Him

Allah tells us that after He helped His close friend Ibrahim, pea

…
Daha Fazla Tefsir

Bağlam içinde okuyun

Bölüm 37, Sayfa 450, Juz 23

99. (99) އަދި إبراهيم ގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން އަހުރެން އަހުރެންގެ رب ގެ އެންގެވުމަށް (هجرة އަށް) ދަނީއެވެ. އެކަލާނގެ ނިކަންހުރެ އަހުރެންނަށް މަގު ދައްކަވާނެއެވެ. 100. (100) (އަދި އެކަލޭގެފާނު ﷲ އަށް دعاء ދެންނެވިއެވެ.) "އޭ އަޅުގެ رب އެވެ! މިއަޅާއަށް صالح ންގެތެރެއިން ދަރިން ދެއްވާދޭވެ!" 101. (101) ދެންފަހެ ތިމަންރަސްކަލާނގެ އެކަލޭގެފާނަށް حلم ވެރި ދަރިކަލަކު ދެއްވާނެކަމުގެ އުފާވެރިކަމުގެ خبر ދެއްވީމެވެ. 102. (102) (ދެން ފަހެ އެކަލޭގެފާނަށް އެދަރިކަލުން ލިބިވަޑައިގެން ބޮޑުފުޅުވަމުން ގޮސް) إبراهيم عليه السلام ގެ އަރިހުގައި ހިންގަވާ ކުޑަކޮށް މަސައްކަތްކުރެއްވޭވަރަށް ބޮޑުފުޅުވުމުން - އެކަލޭގެފާނު އެދަރިކަލުންނަށް - ޔަޢުނީ، إِسْمَاعِيل (عليه السلام،) އަށް ވިދާޅުވިއެވެ. (އޭރު އެދަރިކަލުންގެ އުމުރުފުޅުން ތޭރަ އަހަރު ކަމުގައި ބައެއް މުފައްސިރުން ލިޔުއްވިއެވެ.) إبراهيم عليه السلام، إِسْمَاعِيل عليه السلام، އަށް ވިދާޅުވިއެވެ. "އޭ އަހުރެންގެ ދަރިފުޅާއެވެ. ހަމަކަށަވަރުން ކަލޭ ކަތިލާތީ (އެބަހީ ذبح ކުރާތީ) އަހުރެންނަށް ހުވަފެނުން ފެނިއްޖެއެވެ. ނަބީބޭކަލުންގެ ހުވަފެނަކީ ހަމަ ޙަޤީޤަތެކެވެ. އެވެވުނު އަމުރުފުޅަކީ ހަމަ ޙަޤީޤީ ޢަމުރުފުޅެކެވެ. ދަރިފުޅަށް މިކަމާމެދު ފެންނަނީ ކިހިނަކުން ހެއްޔެވެ؟ ފެންނަ އެއްޗެއް ބުނެބަލާށެވެ." ދަރިކަލުން ދެންނެވިއެވެ." އޭ ބައްޕާއެވެ. ބައްޕައަށް އަމުރުވެވުނު ގޮތަކަށް ކަންތައް ކުރައްވާށާވެ. ﷲ އިރާދަ ކުރެއްވިއްޔާ އަހުރެންނަކީ ކެތްތެރިއެއްކަމުގައި ބައްޕަ ދެކެވަޑައިގަންނަވާނެއެވެ." 103. (103) ދެންފަހެ ދެބަފައިކަލުން ﷲ ގެ އަމުރުފުޅަށް ކިޔަމަންތެރިވެވަޑައިގެން އެކަން ތަންފީޒުކުރުމަށް ކުރިމަތި ލެއްވިހިނދުން އެކުޑަކުޑަދަރިކަލުންގެ ނިތްކުރިފުޅު ބަންޑުންވާ ގޮތަށް ބާއްވައި އެދަރިކަލުން ذبح ކުރެއްވުމަށް إبراهيم عليه السلام ޤަޞްދުކުރައްވައިފިއެވެ. 104. (104) އަދި އެވަގުތު ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ނިދާއިއްވެވީމެވެ. ގޮވާލެއްވީމެވެ. "އޭ إبراهيم އެވެ." 105. (105) "ހަމަކަށަވަރުން ކަލޭގެފާނު ކަލޭގެފާނުންގެ ހުވަފެން ތެދުކުރައްވައިފީމުއެވެ." (އެކުޑަ ކުޑަ ދަރިކަލުން ذبح ނުވެވުނަސް އެކަމަށް ޢަޒުމްކުރައްވައި ހުރިހާގޮތަކުން ތައްޔާރުވެވަޑައިގަތުމުން އެކަން ކުރެއްވީކަމުގައި ނިންމެވީއެވެ.) ހަމަކަށަވަރުން އިޙްސާންތެރިންނަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ. 106. (106) ހަމަކަށަވަރުން ތިޔައީ ބޮޑުވެގެންވާ އަދި ބަޔާންވެގެންވާ އިމްތިހާނެއްކަން ޔަޤީނެވެ. 107. (107) އަދި ހަމަކަށަވަރުން ބޮޑުވެގެންވާ ذبح އަކުން އެބަހީ ބޮޑުވެގެންވާ كَبش ބަކަށްޓަކުން ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ފިދުޔައެއްދެއްވީމެވެ. 108. (108) އަދި އެކަލޭގެފާނަށްޓަކައި ފަހުން އަންނަމީހުން ކިޔާގޮތަށް ތިމަންރަސްކަލާނގެ ދޫކުރެއްވީމެވެ. 109. (109) إبراهيم ގެ މައްޗަށް السلام ހުއްޓެވެ. (އެބަހީ ފަހުން އަންނަމީހުން إبراهيم عليه السلام ކިޔޭ ގޮތަށް އެކަލޭގެފާނަށް ޘަނާ އާއި ތަޢްރީފު ލެއްވީމެވެ.) 110. (110) އިޙްސާންތެރިންނަށް ތިމަންރަސްކަލާނގެ ހެޔޮ ޖަޒާ ދެއްވަނީ އެފަދައިންނެވެ. 111. (111) ހަމަކަށަވަރުން އެކަލޭގެފާނު ވަނީ ތިމަންރަސްކަލާނގެ މުއުމިނު އަޅުންގެ ތެރެއިންނެވެ. 112. (112) إبراهيم عليه السلام އަށް إسحاق ގެފާނު ލިބިވަޑައިގަންނަވާނޭ ކަމުގެ އުފާވެރި خبر ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ދެއްވީމެވެ. 113. (113) އަދި އެކަލޭގެފާނަށާއި يعني إبراهيم عليه السلام އަށާއި އަދި إسحاق عليه السلام އަށްތިމަންރަސްކަލާނގެ ބަރަކާތްލެއްވީމެވެ. އަދި އެދެބޭކަލުންގެ ދަރިފަސްކޮޅުގައި إحسان ތެރި ރަނގަޅު މީހުންނާއި، އަދި އެމީހުންގެ އަމިއްލަ ނަފްސަށް އަނިޔާވެރިވާ މީހުން - يعني مشركން ތިމަންރަސްކަލާނގެ ލެއްވީމެވެ.

- Abu Bakr Ibrahim Ali (Bakurube)

Notlar ve Düşünceler

Bu ayetle ilgili herhangi bir notunuz veya düşünceniz yok.

Notes placeholders

Kur'an'la bağlantınızı koruyun ❤️

Yeniden başlamak, düşünmek ve Kur'an'la bağlantıda kalmak için kısa ve anlamlı hatırlatmalar.

Kuran'ı Oku, Dinle, Araştır ve Üzerinde Düşün

Quran.com, dünya çapında milyonlarca kişinin Kur'an'ı birden fazla dilde okumak, aramak, dinlemek ve üzerinde düşünmek için kullandığı güvenilir bir platformdur. Çeviriler, tefsirler, kıraatler, kelime kelime çeviriler ve derinlemesine inceleme araçları sunarak Kur'an'ı herkes için erişilebilir hale getirir.

Bir Sadaka-i Cariye olarak Quran.com, insanların Kur'an ile derin bir bağ kurmasına yardımcı olmaya kendini adamıştır. 501(c)(3) kar amacı gütmeyen bir kuruluş olan Kur'an Vakfı tarafından desteklenen Quran.com, Elhamdülillah herkes için ücretsiz ve değerli bir kaynak olarak büyümeye devam ediyor.

Keşfedin
Anasayfa
Kuran Radyo
Okuyucular
Hakkımızda
Geliştiriciler
Ürün Güncellemeleri
Geri Bildirim
Yardım
Bağış Yapın
Projelerimiz
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Quran.Foundation tarafından sahip olunan, yönetilen veya desteklenen kar amacı gütmeyen projeler
Popüler Bağlantılar
Kur'an'dan Dualar
Günün Kur'an Ayeti
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
Site HaritasıGizlilikŞartlar ve koşullar
© 2026 Quran.com. Her hakkı saklıdır
Katkı yapmak