প্রবেশ কর
প্রবেশ কর
প্রবেশ কর
ভাষা নির্বাচন কর
055

Ar-Rahman 55:65 فباي الاء ربكما تكذبان ٦٥

৫৫:৬৫
فَبِاَیِّ
اٰلَآءِ
رَبِّكُمَا
تُكَذِّبٰنِ
۟ۚ
(65) (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟
আরও পড়ুন

তাফসীর পড়ুন

Tafsir Ahsanul Bayaan

অতএব তোমরা উভয়ে তোমাদের প্রতিপালকের কোন্ কোন্ অনুগ্রহকে মিথ্যাজ্ঞান করবে?

আরও তাফসির

প্রাসঙ্গিকভাবে পড়ুন

অধ্যায় ৫৫, পৃষ্ঠা ৪৮০, জুজ ২৭

62. (62) އަދި އެދެސުވަރުގެފިޔަވައި އެބަހީ ކުރިންސިފަވެގެން އެދިޔަ ދެސުވަރުގެފިޔަވައި އަދި އެހެންސުވަރުގެއެއްވެއެވެ. ކުރިންބަޔާންވެގެން އެދިޔައީ جَنَّةُ عَدْنُ އެވެކިޔާ ސުވަރުގެޔާއި جَنَّةُ النَّعِيْم އެކިޔާސުވަރުގެޔާއި ދެސުވަރުގެއެވެ. އަދި ދެންމިސިފަކުރެވޭ ދެސުވަރުގެއަކީ جَنَّةُ الفِرْدَوس އާއި جَنَّةُ المَأوَى އާއި ދެސުވަރުގެކަމުގައި ބުނެވިގެންވެއެވެ. = فَتْحُ القَدِيْر = 63. (63) (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟ 64. (64) އެދެސުވަރުގޭގެ ގަސްތައް ތާޒާކަމާއި ފެހިކުލަ ގަދަކަމުން ކަޅުވެގެންވާކަމުގައި ފެނެއެވެ. 65. (65) (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟ 66. (66) އަދި އެދެބަގީޗާގައި (ފެންއަރުވާ ވަޑާންގޮތަށް) ފެންބުރުއްސާ ދެއާރުވެއެވެ. އެއީ ގޮމަކަސްތޫރިޔާއި މާވަހަރާއި ކާފޫރުގެވަސް އެކުލެވިގެންވާ ފެނެއްކަމުގައި ވެއެވެ. ސުވަރުގޭގެ އަހުލުވެރިންގެ ގަޔަށް އެމީހުން ހިތްފަސޭހަވާވަރަށް އޭގެފެން ވިއްސިވިއްސި ހުންންނަކަމުގައިވެއެވެ. 67. (67) (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟ 68. (68) އަދި އެދެސުވަރުގޭގައި އެކިބާވަތުގެ މޭވާއާއި ކަދުރު ރުކާއި އަންނާރުވެއެވެ. (ކަދުރާއި އަންނާރަކީ މޭވާގެދެބާވަތްކަމުގައި އެކުވެސް އެދެއެތީގެ ނަން އިތުރަށް ގެނެވިފައިވަނީ އެދެއެތީގެ ފައިދާ އެނިހެން މޭވާތަކަށްވުރެ މާގިނަވެފާ މޮޅުކަމުގައި ވާތީ ކަމުގައި ބުނެވިގެންވެއެވެ. والله أعلم.) 69. (69) (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟ 70. (70) އަދި އެސުވަރުގެތަކުގައި ރިވެތިވެގެންވާ އަދި أخْلآقُ ރަނގަޅު މާތް އަންހެނުންވެއެވެ. 71. (71) (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟ 72. (72) އެއީ ފޭލިގެތަކުގައި ބެއިތިއްބިފައިވާ ރިވެތި އަދި މާތްވެގެންވާ حُورَ العِيْنُ ބޭކަނބަލުންނެވެ. އެކަނބަލުންނަށް خَاصَّ ވެގެންވާ ފިރިންނަށް ނޫނީ އެކަނބަލުން ބައްލަވައިވެސް ނުލައްވާނެއެވެ. 73. (73) (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟ 74. (74) އެކަނބަލުންގެ ގައިކޮޅުގައި އޭގެކުރިން އިންސާނަކު ކީއްކުރަންތޯއެވެ؟ ޖިންނިއަކުވެސް ބީހިލައިފާވެސްނުވެއެވެ. 75. (75) (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟ 76. (76) އެސުވަރުގެވަންތަވެރިން އެބައިމީހުންގެ حُورَ العِيْنُ އަނބީންނާއިއެކު އަރާމުގައި ތިއްބަވާނީ ފެހިކުލައިގެ އޮމާން ފަށުވި ބާލީސްތަކުގައި ލެގިލައިގެން މަޚްމަލުގެ ރީތި ދޫލަތަކުގެމަތީގައެވެ. 77. (77) (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟ 78. (78) (އޭ مُحمد ގެފާނެވެ.) ކަލޭގެފާނުން ހައްދަވާބޮޑުކުރެއްވި رَبُّ ގެނަންފުޅު ބަރަކާތްވަންތަކަމާއެވެ! އެކަލާނގެއީ ކީރިތިކަމާއި މާތްކަމުގެވެރި ކަލާނގެއެވެ. • ދަންނައެވެ. رَبُّ ގެނަންފުޅު އެހާ ބަރަކާތްވަންތަވެ އަދި ހެޔޮކަން ދެމިގެންވާއިރު އެކަލާނގެ ذَاتُ ފުޅުގެ ބަރަކާތްވަންތަކަމާއި ކީރިތިވަންތަކަމާއި އަދި މާތްކަން ކިހާވަރެއްވާނެހެއްޔެވެ؟

- Abu Bakr Ibrahim Ali (Bakurube)

নোট এবং প্রতিফলন

এই পদটি সম্পর্কে আপনার কোনো টীকা বা ভাবনা নেই।

Notes placeholders

কুরআনের সাথে সংযুক্ত থাকুন ❤️

নিজেকে নতুন করে শুরু করতে, আত্ম-বিশ্লেষণ করতে এবং কুরআনের সাথে সংযুক্ত থাকতে কিছু সংক্ষিপ্ত ও অর্থপূর্ণ অনুস্মারক।

কুরআন পড়ুন, শুনুন, অনুসন্ধান করুন এবং চিন্তা করুন

Quran.com হল একটি বিশ্বস্ত প্ল্যাটফর্ম যা বিশ্বব্যাপী লক্ষ লক্ষ মানুষ বিভিন্ন ভাষায় কুরআন পড়তে, অনুসন্ধান করতে, শুনতে এবং তার উপর চিন্তাভাবনা করার জন্য ব্যবহার করে। এটি অনুবাদ, তাফসির, তেলাওয়াত, শব্দে শব্দ অনুবাদ এবং গভীর অধ্যয়নের জন্য সরঞ্জাম সরবরাহ করে, যা সকলের কাছে কুরআনকে সহজলভ্য করে তোলে।

সাদাকাহ জারিয়াহ হিসেবে, Quran.com মানুষকে কুরআনের সাথে গভীরভাবে সংযুক্ত হতে সাহায্য করার জন্য নিবেদিতপ্রাণ। Quran.Foundation দ্বারা সমর্থিত, একটি 501(c)(3) অলাভজনক সংস্থা, Quran.com সকলের জন্য একটি বিনামূল্যের এবং মূল্যবান সম্পদ হিসেবে বেড়ে চলেছে, আলহামদুলিল্লাহ.

নেভিগেট করুন
বাড়ি
কোরআন রেডিও
আবৃত্তিকারী
আমাদের সম্পর্কে
বিকাশকারীরা
পণ্য আপডেট
প্রতিক্রিয়া
সাহায্য
দান করুন
আমাদের প্রকল্পগুলি
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Quran.Foundation এর মালিকানাধীন, পরিচালিত, অথবা স্পন্সরকৃত অলাভজনক প্রকল্প।
জনপ্রিয় লিঙ্ক
কুরআন থেকে দোয়া
দিনের কুরআনের আয়াত
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
সাইটম্যাপগোপনীয়তাশর্তাবলী
© ২০২৬ Quran.com. সমস্ত অধিকার সংরক্ষিত
অবদান রাখুন