Sign in
Sign in
Sign in
Select Language
055

Ar-Rahman 55:47 فباي الاء ربكما تكذبان ٤٧

55:47
فَبِأَيِّ
ءَالَآءِ
رَبِّكُمَا
تُكَذِّبَانِ
٤٧
(47) (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަ ދެބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟
Continue Reading

Read Tafsir

Ibn Kathir (Abridged)

The Delight of Those Who have Taqwa in Paradise

Allah the Exalted said,

وَلِمَنْ خَافَ مَقَامَ رَبِّهِ

(But for him who fears the standing before his Lord,) on the Day of Resurrection,

وَنَهَى النَّفْسَ عَنِ الْهَوَى

(And restrained himself from the desires.) (79:40), and does not indulge nor prefer this

…

The Delight of Those Who have Taqwa in Paradise

Allah the Exalted said,

وَلِمَنْ خَافَ مَقَامَ رَبِّهِ

(But for him who fears the standing before his Lor

…
More Tafsirs

Read in Context

Chapter 55, Page 533, Juz 27

46. (46) އަދި ތިމާ ހައްދަވައި ބޮޑުކުރެއްވި ربّ ގެ حضرة ގައި قيامة ދުވަހުން ހުންނަންޖެހޭ مقام އާމެދު ބިރުވެތިވެއްޖެ މީހަކަށް قيامة ދުވަހުން ދެ ބަގީޗާ ވެއެވެ. ނުވަތަ ތިމާ ދުނިޔޭގައި އުޅޭއިރު الله تعالى ތިމާގެ عمل ތަކާމެދު އަބަދާ އަބަދު ބައްލަވާވޮޑިގެންވާ ކަމާމެދު ބިރުވެތިވެ، ނުބައި ކަންތައް ދޫކޮށް، ހެޔޮ عمل ކުރި މީހަކަށް قيامة ދުވަހުން الله تعالى ދެ ސުވަރުގެ ދެއްވާ ހުއްޓެވެ. އެއީ والنّازعات ސޫރަތުގައިވާ (وَأَمَّا مَنْ خَافَ مَقَامَ رَبِّهِ وَنَهَى النَّفْسَ عَنِ الْهَوَىٰ ٤٠ فَإِنَّ الْجَنَّةَ هِيَ الْمَأْوَىٰ ٤١) މި އާޔަތުންވެސް دليل ކުރާ ގޮތެވެ. މިއާޔަތުގެ މާނައީ: އަދި ތިމާ ހައްދަވައި ބޮޑުކުރެއްވި ربّ ގެ مقام އާމެދު ބިރުވެތިވެ އަދި ތިމާގެ هوى نفس ގެ އެދުންތައް نهي ކޮށް ދުރުކޮށްފި މީހާ ދަންނައެވެ. ފަހެ އެމީހަކަށް ހުރި ތަނަކީ مَأْوٰى އެވެ. ކިޔުނު ސުވަރުގެއެވެ. ބަގީޗާއެވެ. މިއެވެ. 47. (47) (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަ ދެބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟ 48. (48) އެ ދެބަގީޗާގެ ގަސްތަކުގެ ގޮފިތައް ދެމިގެންވާ، އަދި ފަތާއި، މޭވާތައް ގިނަވެ ހިޔާގަނޑު ބޮޑުވެގެން ވެއެވެ. 49. (49) (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަ ދެބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟ 50. (50) އެ ދެބަގީޗާގައި ހިނގަހިނގާ އޮންނަ ދެ އާރު ވެއެވެ. (އެއީ އެ ދެބަގީޗާގެ ގަސްތަކަށް ފެން ދެއްވުމަށް ޓަކައެވެ. އޭގެ ސަބަބުން ގަސްތައް ފައްކާވެ، މޭވާތައް ގިނަގުނަ ވުމަށެވެ.) 51. (51) (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަ ދެބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟ 52. (52) އެ ދެބަގީޗާއިންކުރެ ކޮންމެ ބަގީޗާއެއްގައިވެސް މޭވާގެ ކޮންމެ ބާވަތަކުންވެސް ޖޯޑެއް ވެއެވެ. އެބަހީ ދެވައްތަރެއް ވެއެވެ. (ބައެއް ބޭކަލުން ވިދާޅުވެފައި ވަނީ އެއީ މޭވާގެ އެންމެ ތާޒާ ވައްތަރާއި، ކުޑަކޮށް ހިކި މޭވާއޭ ކިޔާ ބާވަތުގެ ތާޒާ ވައްތަރެވެ. އެ މޭވާތަކުގެ ތާސީރާއި، خاصّيّة ވެސް ދެނެވޮޑިގެންވަނީ ހަމަ الله އެވެ.) 53. (53) (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަ ދެބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟ 54. (54) އެ ދެ ސުވަރުގޭގެ أهل ވެރީން އެތާ ދެމިތިބޭނީ ފެތުރިގެންވާ ތަންމަތި ތަކެއްގައެވެ. އެ ތަންމަތި ތަކުގެ އަޑީގައި އޮންނަ ބައިވެސް ވަނީ ހަމަ ސީދާ إستبرق ކިޔާ ވައްތަރު މޮޅު ފަށުވިފޮތީގެ ބޯ ވައްތަރަކުންނެވެ. ދެންފަހެ އެތެރެބައި އެފަދަ ފޭރާމުން ހުންނައިރު އިށީނދެ-އޮށޯވެވޭ ތާނގައި ހުންނާނޭ މޮޅު ރީތި ފޮތީގެ ރީތިކަމާއި، މޮޅުކަމާއި، އޮމާންކަން އަދި ކިހާވަރެއް ވާނޭ ހެއްޔެވެ؟ އެމީހުން އެތަންތާ ތިބޭނީ މަޖާކޮށް، ލެނގިލައިގެން عزّة ގައެވެ. އަދި އެ ދެ ސުވަރުގޭގެ މޭވާތައް ވަނީ ގާތްވެގެންނެވެ. ބޭނުން މީހަކު ބޭނުންވެ، ހިތަށްއެރި ކޮންމެ ވަގުތެއްގައި އުނދަގުލެއް ނެތި އަތްލެވޭ ފަށުގައެވެ. 55. (55) (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟ 56. (56) އަދި ހަމައެކަނި ތިމާމެންގެ ފިރީންނަށް މެނުވީ ނުބަލާ، އަދި ތިމާމެންގެ ފިރީންނާ ދިމާއަށް نظر ހުއްޓައިލައްވައިގެން ތިއްބަވާ حورالعين އަނބީން އެ ދެ ސުވަރުގޭގައި ނުވަތަ އެ ތަންމަތި ތަކުގައި (ފިރީންގެ إنتظار ގައި) ތިއްބަވާނެއެވެ. އެއިން ބޭކަނބަލެއްގެ ގައިގައި އޭގެ ކުރީން އިންސާނެއް، ކީއްކުރަންތޯއެވެ؟ ޖިންނިއަކުވެސް ބީހިލައިފައި ނުވާނެއެވެ. ނުވަތަ އެކަނބަލުންނާ جماع ވެފައި ނުވާނެއެވެ. 57. (57) (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟ 58. (58) އެކަނބަލުން (ރީތިކަމާއި ބަނިޔާދަންކަމުގެ ގޮތުން) ކޮންފަދަ ހެއްޔެވެ؟ އެކަނބަލުން ހީވާނީ ياقوت އާއި، مرجان ހެންނެވެ. 59. (59) (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟ 60. (60) ދުނިޔޭގައި ތިބެގެން ކުރި ހެޔޮ عمل ގެ ޖަޒާ (އޭގެ ބަދަލު) آخرة ދުވަހުން ހެޔޮޖަޒާ ކަމުގައި މެނުވީ އެބަ ވޭހެއްޔެވެ؟ އެބަހީ ދުނިޔޭގައި ތިބެގެން ކުރި ހެޔޮ عمل ގެ ދަރުމަޔާއި، ثواب ހެޔޮކަމުގައި މެނުވީ ނުވެއެވެ. 61. (61) (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ.

- Abu Bakr Ibrahim Ali (Bakurube)

Notes and Reflections

You do not have any notes or reflections on this verse.

Notes placeholders

Stay Connected to the Quran ❤️

Short meaningful reminders to reset, reflect and stay connected to the Quran.

Read, Listen, Search, and Reflect on the Quran

Quran.com is a trusted platform used by millions worldwide to read, search, listen to, and reflect on the Quran in multiple languages. It provides translations, tafsir, recitations, word-by-word translation, and tools for deeper study, making the Quran accessible to everyone.

As a Sadaqah Jariyah, Quran.com is dedicated to helping people connect deeply with the Quran. Supported by Quran.Foundation, a 501(c)(3) non-profit organization, Quran.com continues to grow as a free and valuable resource for all, Alhamdulillah.

Navigate
Home
Quran Radio
Reciters
About Us
Developers
Product Updates
Feedback
Help
Donate
Our Projects
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Non-profit projects owned, managed, or sponsored by Quran.Foundation
Popular Links
Duas from the Quran
Quran Verse of the Day
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
SitemapPrivacyTerms and Conditions
© 2026 Quran.com. All Rights Reserved
Contribute