ลงชื่อเข้าใช้
ลงชื่อเข้าใช้
ลงชื่อเข้าใช้
เลือกภาษา
055

Ar-Rahman 55:36 فباي الاء ربكما تكذبان ٣٦

55:36
فَبِأَيِّ
ءَالَآءِ
رَبِّكُمَا
تُكَذِّبَانِ
٣٦
(36) (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟
อ่านต่อ

อ่านตัฟซีร์

Ibn Kathir (Abridged)

A Warning for Humans and Jinn

Ibn Jurayj said that the Ayah,

سَنَفْرُغُ لَكُمْ

(We shall attend to you,) means, `We shall judge you,' while Al-Bukhari said that it means, "We shall recompense you. Surely, nothing will busy Allah from attending to anything else." This type of speech pattern is common in

…

A Warning for Humans and Jinn

Ibn Jurayj said that the Ayah,

سَنَفْرُغُ لَكُمْ

(We shall attend to you,) means, `We shall judge you,' while Al-Bukhari sa

…
ตัฟซีร์เพิ่มเติม

อ่านในบริบท

บท 55, หน้าหนังสือ 532, จุซ 27

26. (26) ބިންމަތީގައިވާ އެންމެހައި ތަކެތި މަރުވެ، ފަނާވެގެން ދާނެއެވެ. އިންސާނުންނާއި، حيوان ންނާއި، ދެންވެސް ވާހައި ތަކެތި މަރުވެ ފަނާވެ ދާނެއެވެ. އެއީ قيامة ވުމުގެ ކުރީންނެވެ. قيامة ވުމުގެ ފެށުމެއްގެ ގޮތުންނެވެ. 27. (27) އަދި ހަމައެކަނި ފަނާނުވެ މަރުނުވެ ހުންނާނީ ކަލޭގެފާނުންގެ ربّ ގެ މާތްކަމާއި، ކީރިތިކަމުގެ ވެރި وجه ފުޅެވެ. އެކަލާނގެ ذات ފުޅެވެ. އެކަލާނގެއީ ފެށުމުގެ ކޮޅެއް ނެތް، ނިމުމުގެވެސް ކޮޅެއް ނެތް އަބަދަށް ދިރިދެމިވޮޑިގެންވާ ހުސް طاهر ވަންތަ މާތް الله އެވެ. 28. (28) (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟ 29. (29) އަދި އުޑުތަކާއި، ބިމުގައިވާ އެންމެން އެކިއެކި ބޭނުމުގައި އެކަލާނގެއަށް ދަންނަވައި، دعاء ކޮށްހަދައެވެ. އެއީ އެބައިމީހުންގެ حال ގެ ދުލުންނާއި، ބަހުންނެވެ. އުޑުތަކުގައިވާ ބޭކަލުން ދަންނަވަނީ ފާފަ ފުއްސެވުމަށް އެދިގެންނެވެ. ބިމުގައިވާ މީސްތަކުން ދަންނަވަނި ފާފަ ފުއްސެވުމަށާއި، ރިޒުގުދެއްވުމަށާއި، ދެންވެސް އެބައިމީހުންނަށްވާ ބޭނުންތައް ފުއްދުމަށެވެ. އަދި ކޮންމެ ހިނދުކޮޅެއްގައިވެސް އެކަލާނގެ ވަނީ ކަންތައްތައް ހިންގެވުމުގައެވެ. އަޅުތަކުންގެ ތަފާތު ބޭނުންތައް ފުއްދަވައިދެވުމުގައެވެ. އެކަލާނގެ އެދިވޮޑިގެންނެވި ފަދައަކުން - މަރުއްވާ، ދިރުއްވާ - ރިޒުގުދެއްވައި - އަދި فقير ކުރައްވައި - عزّة ތެރި ކުރައްވައި - ނިކަމެތި ކުރައްވައި - ބަލިޖައްސަވައި - ބަލި ފަސޭހަ ކުރައްވައި - ދެއްވުންތައް ދެއްވައި - منع ކުރައްވައި - އަދި ފާފަ ފުއްސަވައި - عذاب ދެއްވައި އަދި މިނޫންވެސް ހިމަނައިނުގަނެވޭހައި ކަންތައްތައް އަބަދާ އަބަދު އެކަލާނގެ ހިންގަވައެވެ. 30. (28) (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟ 31. (31) އޭ ޖިންނީންނާއި، އިންސީންނޭވެ. ތިޔަ ދެބައިމީހުންނަށް ޓަކައި ހިސާބު ބައްލަވައި، އަދި جزاء ދެއްވުމަށް ނިކަންހުރެ ތިމަން ރަސްކަލާނގެ ވަކި ވަގުތެއް އިރާދަކުރައްވާ ހުށީމެވެ. (ފަހެ މިއީ ޖިންނީންނާއި، އިންސާނުންގެ ނިސްބަތުގައި ބިރުހުރި وعيد އެކެވެ. ތިމާމެން ކޮށްފައިވާ އެންމެހައި عمل ތަކަށް ފުރިހަމަ ބަދަލު ދެއްވާނޭ ކަމުގެ ތެދުވެރި ބަސްފުޅެވެ. ހެޔޮ عمل އަށް ހެޔޮ ޖަޒާއެވެ. ނުބައި عمل އަށް ނުބައި ޖަޒާއެވެ.) 32. (32) (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟ 33. (33) އޭ ޖިންނީންނާއި، އިންސާނުންނާއި ދެ جماعة ގެ މީހުންނޭވެ. ﷲ ގެ ނިޔާފުޅާއި قضاء قدر ން ފިލައި ރައްކާވެވޭތޯ ކަލޭމެންނަށް ކުޅަދާނަވެގެން ވަންޏާ އުޑާއި ބިމުގެ އެކިއެކި ފަރާތްތަކުން އެތަންތަން ފޫދުއްވާލައިފައި ނިކަން ގޮސްބަލާށެވެ. ވަރަށް ވަރުގަދަ ބާރެއް އޮވެގެން މެނުވީ ކަލޭމެންނަކަށް އެހެން ނުދެވޭނެއެވެ. (އެފަދަ ބާރެއް ކަލޭމެންނަކަށް ނުވެއެވެ.) 34. (34) (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟ 35. (35) އަދި قيامة ދުވަހުން ނަރަކައިގައި ތިޔަ ދެބައިމީހުންކުރެ ނަރަކަ حقّ ވީ ބައެއްގެ މައްޗަށް އަލިފާނުގެ ސާފު ހުޅުގަނޑާއި، ވިރިފައި ހުރި ހޫނުކަން ގަދަ ލޮޔާއި، ނުވަތަ ނަރަކައިގެ ދުންގަނޑު ތިޔަ ދެބައިމީހުންގެ މައްޗަށް، ފޮނުވައިލެވޭނެއެވެ. އެއީ ﷲ ގެ عذاب އެވެ. ދެންފަހެ ތިޔަ ދެބައިމީހުންކުރެ އެއް ބަޔަކަށްވެސް އެކަން دفاع ނުކުރެވޭ ހުއްޓެވެ. نصر އެއް، އެހީއެއް ނުލިބޭ ހުއްޓެވެ. 36. (36) (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟ 37. (37) އަދި ملائكة ބޭކަލުން ފައިބާވަޑައިގަތުމަށް ޓަކައި އުޑު ފަޅަފަޅައިގެންގޮސް ދޮރުތަކަކަށްވެ ދެން އެ އުޑު ނަރަކައިގެ ހޫނުކަމުން ހޫނުވެގެންގޮސް ރަތްކުލައިގެ ހަންގަނޑެއް ފަދައިން ވާނެއެވެ. ނުވަތަ ރަތް ފިނފެންމަލުގެ ކުލަޔަކަށް ވާނެއެވެ. 38. (38) (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟ 39. (39) ފަހެ އެދުވަހުން - އެބަހީ ކަށްވަޅުތަކުން ނުކުންނަ ދުވަހު - އިންސާނެއްގެ ކިބައިންވެސް އަދި ޖިންނިއެއްގެ ކިބައިން ވެސް އެއްވެސް ސުއާލެއް ނުވެވޭނެއެވެ. (އެއީ ސުއާލުގެ محلّ އެއް ނޫނެވެ. ސުއާލު ވެވޭނީ قيامة ގެ އެހެން موقف އެއްގައެވެ. ކަށްވަޅުތަކުން ނުކުންނައިރުވެސް مجرم ންގެ ކިބައިން އެކަމުގެ علامة ފާޅުވާނެއެވެ. އިތުރު ސުއާލެއް ކުރާކަށް ނުޖެހޭނެއެވެ. ނަމަވެސް ރުހިވޮޑި ނުގަތުމާއި، ކޯފާގެ ސުއާލު ވެވޭނެއެވެ.) 40. (40) (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟ 41. (41) (ކަށްވަޅުތަކުން ނުކުންނަ ހިނދު) مجرم ން (ކުށްވެރީން) އެބައިމީހުންގެ علامة ތަކާއި، نشان ތަކުން އެމީހުން ވަކިން އެނގެވޭނެއެވެ. އެއީ އެމީހުންގެ މޫނު ކަޅުކަމާއި، ލޮލުގެ ކުލަ ނޫވެފައި ހުރުމުންނެވެ. ދެންފަހެ (ނަރަކައިގެ زبانيّ ملائكة ބޭކަލުން) އެމީހުންގެ ނިތްގަނޑުގައްޔާއި، ފައިތަކުގައި ހިއްޕަވާނެއެވެ. ދެން ނަރަކައަށް އެއްލާނެއެވެ. • ދަންނައެވެ. ملائكة ބޭކަލުން ބައެއް ފަހަރު އެމީހުންގެ ބޮލުގެ ނިތްކުރިޔާ ދިމާގެ އިސްތަށިގަނޑުގައި ހިއްޕަވައި، މޫނުވަތަށް ދަމަމުން ގެންދަވާނޭ ކަމަށާއި، އަދި ބައެއް ފަހަރު އެމީހުންގެ ފައިގައި ހިއްޕަވައި، ބޯ ބިމުގައި ކޭތޭގޮތަށް ގެންނަވައި ނަރަކައަށް އުއްކަވާ ކަމަށާއި، އަދި ބައެއް ފަހަރު އެމީހުންގެ ބުރިކަށި ފަރާތުން ގެނެވޭ ހިލިހިލާގަނޑަކުން ނިތްކުރީގެ އިސްތަށިގަނޑާއި، ދެޔާ އެއްކޮށް ބަނދެފައި ނަރަކައަށް އުއްކަވާ ކަމާއި، މި ހުރިހައި ގޮތްގޮތަކަށް ރިވާވެގެން ވެއެވެ. والعِياذً بِااللهِ. اللهمّ أجِرْنا مِن النّارِ وَ عَذابِهِ. 42. (42) (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟ 43. (43) (އަދި އެދުވަހުން އެމީހުން يعني مجرم ންގެ މީހުން ނަރަކައަށް ލެވޭހިނދު އެމީހުންނަށް މިފަދައިން އިއްވޭނެއެވެ.) "މިއީ مجرم ން، (ނުބައި ނުލަފާ މީހުން ދުނިޔޭގައި ތިބެގެން) އެ ނަރަކަ ދޮގުކުރި ނަރަކައެވެ." (އެ ނަރަކަޔާއި، އެތާނގެ عذاب އެވެ.) 44. (44) ފަހެ އެބައިމީހުން އެ ނަރަކައިގެ ގަދަވެގެންވާ އަލިފާނުގައި ފިހެވި، އަދި އެ ފެނުގެ ހޫނުކަން އެންމެ ނިހާޔަތަށް ގޮސްފައިވާ، ކެކިކެކި ހުރި ހޫނު ފެން އެމީހުންގެ މޫނަށާއި، ގަޔަށް އެޅެވޭ حال އެ ނަރަކައިގައި އެމީހުން ތިބޭނެއެވެ. ހޫނުކަން ގަދަވެގެންވާ އަލިފާނުގެ عذاب އާއި، ހޫނުކަން ގަދަވެގެންވާ ފެނުގެ عذاب ގައި އެނބުރިއެނބުރި އެމީހުން ތިބޭނެއެވެ. މަރުވުމެއްވެސް ނުވެއެވެ. (اللهمّ أجِرْنا مِن النّارِ) 45. (45) (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟

- Abu Bakr Ibrahim Ali (Bakurube)

บันทึกและข้อคิด

คุณไม่มีบันทึกหรือข้อคิดเห็นใดๆ เกี่ยวกับข้อความนี้

Notes placeholders

จงเชื่อมโยงกับอัลกุรอานเสมอ ❤️

ข้อเตือนใจสั้นๆ ที่มีความหมาย เพื่อให้เราได้เริ่มต้นใหม่ ไตร่ตรอง และเชื่อมโยงกับอัลกุรอานอยู่เสมอ

อ่าน ฟัง ค้นหา และไตร่ตรองคัมภีร์อัลกุรอาน

Quran.com คือแพลตฟอร์มที่ผู้คนหลายล้านคนทั่วโลกไว้วางใจให้ใช้เพื่ออ่าน ค้นหา ฟัง และใคร่ครวญอัลกุรอานในหลากหลายภาษา Quran.com มีทั้งคำแปล ตัฟซีร บทอ่าน คำแปลทีละคำ และเครื่องมือสำหรับการศึกษาอย่างลึกซึ้ง ทำให้ทุกคนสามารถเข้าถึงอัลกุรอานได้

ในฐานะซอดาเกาะฮ์ ญาริยาห์ Quran.com มุ่งมั่นที่จะช่วยให้ผู้คนเชื่อมโยงกับอัลกุรอานอย่างลึกซึ้ง Quran.com ได้รับการสนับสนุนจาก Quran.Foundation ซึ่งเป็นองค์กรไม่แสวงหาผลกำไร 501(c)(3) และยังคงเติบโตอย่างต่อเนื่องในฐานะแหล่งข้อมูลฟรีที่มีคุณค่าสำหรับทุกคน อัลฮัมดุลิลลาฮ์

นำทาง
หน้าหลัก
วิทยุอัลกุรอาน
ผู้อ่าน
เกี่ยวกับเรา
นักพัฒนา
อัพเดทผลิตภัณฑ์
แนะนำติชม
ช่วยเหลือ
บริจาค
โครงการของเรา
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
โครงการไม่แสวงหากำไรที่เป็นเจ้าของ บริหารจัดการ หรือได้รับการสนับสนุนโดย Quran.Foundation
ลิงค์ยอดนิยม
ดุอาจากอัลกุรอาน
โองการอัลกุรอานประจำวัน
อายะห์กุรซี
ยาซีน
อัลมุลก์
อัรเราะห์มาน
อัลวากิอะฮ์
อัลกะห์ฟ
อัลมุซซัมมิล
แผนผังเว็บไซต์ความเป็นส่วนตัวข้อกำหนดและเงื่อนไข
© 2026 Quran.com. สงวนลิขสิทธิ์
มีส่วนช่วย