Iniciar sesión
Iniciar sesión
Iniciar sesión
Seleccionar idioma
055

Ar-Rahmán 55:16 فباي الاء ربكما تكذبان ١٦

55:16
فَبِأَيِّ
ءَالَآءِ
رَبِّكُمَا
تُكَذِّبَانِ
١٦
(16) (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ނުވަތަ ދޮގުކުރެވޭނީ ކޮން نعمة އެއް ހެއްޔެވެ؟
Continuar leyendo

Lee Tafsir

Ibn Kathir (Abridged)

The Creation of Humans and Jinns

Allah mentions that He created mankind from clay, like that used in pottery, and created the Jinns from the tip of the flame of a smokeless fire. This was said by Ad-Dahhak from Ibn `Abbas. It was also said by `Ikrimah, Mujahid, Al-Hasan and Ibn Zayd. Al-`Awfi reporte

…

The Creation of Humans and Jinns

Allah mentions that He created mankind from clay, like that used in pottery, and created the Jinns from the tip of the

…
Más Tafsires

Leer en contexto

Capítulo 55, Página 531, Juz 27

14. (14) رحمٰن ވަންތަ الله އިންސާނާ (آدم ގެ ދަރީންގެ ބައްޕަ آدم ގެފާނު) ހެއްދެވީ ޖަހައިލީމާ އަޑުއިވޭ ޒާތުގެ ހަރު ހިކި މަށީންނެވެ. އެއީ صلصٰال އެވެ. صلصٰال އަކީ ފިހެފައި ހުންނަ އީޓުފަދަ ފުފޭފަދަ އެބާވަތުގެ މުށިފަދަ ހަރު މައްޓެވެ. 15. (15) އަދި ޖިންނި ހެއްދެވީ - އެބަހީ ޖިންނީންގެ ބައްޕަ ކަމުގައިވާ ފުރަތަމަ ޖިންނި (جانّ) ހެއްދެވީ އެއްވެސް ދުމެއް އެކުލެވިގެން ނުވާ އަލިފާނުގެ ސާފު ހުޅުގަނޑަކުންނެވެ. مارِج އަކީ لَهَب އެވެ. އެއީ ސާފު ހުޅުގަނޑެވެ. ޖިންނީން ހެއްދެވުނީ އެއިންނެވެ. 16. (16) (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ނުވަތަ ދޮގުކުރެވޭނީ ކޮން نعمة އެއް ހެއްޔެވެ؟ 17. (17) އެއީ އެބަހީ رحمٰن ވަންތަ الله އީ ދެ مشرق ގެ ވެރި ربّ އެވެ. އަދި އެއީ ދެ مغرب ގެ ވެރި ربّ އެވެ. (އެދެ مشرق އާއި، ދެ مغرب އަކީ ފިނި موسم ގެ مشرق އާއި، مغرب އެވެ. އަދި ހޫނު موسم ގެ مشرق އާއި، مغرب އެވެ.) 18. (18) (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟ 19. (19) އަދި އެކަލާނގެއީ އެބަހީ رحمٰن ވަންތަ الله އީ ދެ ކަނޑު ހެއްދެވި ކަލާނގެއެވެ. ދެ ކަނޑު ހައްދަވައި އޮއިދެމޭ ގޮތަށް ދޫކުރެއްވި ކަލާނގެއެވެ. (އެ ދެކަނޑަކީ ލޮނުފެނުގެ ކަނޑާއި، އަދި މީރު ފެނުގެ ކަނޑެވެ.) އަދި އެ ދެކަނޑު އެކީއެކީ ދެމެމުން ދެއެވެ. 20. (20) އެ ދެމެދުގައި (ލޯތަކަށް ނުފެންނަ) ހުރަހެއް الله ލައްވާފައި ވެއެވެ. އޭގެ ސަބަބުން އެ ދެކަނޑުގެ ފެންގަނޑު އެއްކަނޑުގެ ތެރެއަށް އަނެއް ކަނޑުގެ ފެންގަނޑު ވަދެ މައްސުނި ނުވެއެވެ. މިކްސް ނުވެއެވެ. މިހުރީ ﷲ ގެ قدرة ތެރި ކަމުގެ علامة އެވެ. ވިސްނައި، فكر ކުރާ މީހުންނަށް عبرة އެވެ. މިޒަމާނު ޓެކްނޮލޮޖީއާއި، އިލެކްޓްރޯނިކްވެސް ގައިމު ލަދުގަންނަން ޖެހޭނެއެވެ. އެހާބޮޑު ދެ ފެންގަނޑު އެހާ ބާރު އޮއިވަރާއި، ރާޅުގެ ތެރޭގައިވެސް އެއްކަނޑު އަނެއް ކަނޑަށް އެޅި މައްސުނިވެ މިކްސް ނުވާ ވަރުގެ ހުރަހެއް، އެކަމަކު އިންސާނުންނަށް އޭގެ إحساس ނުކުރެވޭ ވަރުގެ ހުރަހެއް ލައްވާފައި ހުރުމީ ގައިމު ހެއްދެވި ފަރާތުގެ ކުޅަދުންވަންތަކަން ފިޔަވައި އެހެން ކަމެއް ނޫނެވެ. 21. (21) (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟ 22. (22) އަދި އެ ދެކަނޑުން لُؤْلُؤْ އާއި، مرجان ނުކުމެއެވެ. لُؤْلُؤْ އަކީ دُرّ އެވެ. އެއީ ރަންމުތެވެ. އެއީ އިތާއިން ލިބޭ އެއްޗެކެވެ. مرجان އަކީ ރަތް މުރަކަ ނުވަތަ އެބާވަތުގެ އަގުމޮޅު ޖަވާހިރެކެވެ. (މިހުރީ ﷲ ގެ نعمة އެވެ. نعمة ގެ ތަފާތު ވައްތަރެވެ.) 23. (23) (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟ 24. (24) އަދި ކަނޑުމަތީގައި އުފުލިގެންވާ ދިދަތަކެއް ފަދައިން ނުވަތަ އުފުލިގެންވާ ފަރުބަދަތަކެއް ފަދައިން އެވާ އުޅަނދުތައް ވެސް خاصّ ވެގެން ވަނީ ހަމަ رحمٰن ވަންތަ ކަލާނގެއަށެވެ. الجَوَار އަކީ މޫދުގައިވާ އުޅަނދުފަހަރެވެ. مُنْشَئات އަކީ އުފުލިފައިވާ ކޮންމެ އެއްޗެކެވެ. خلق ތަކުންގެ ބޭނުންތަކަށް ޓަކައި އެތަކެތި އެއްތަނުން އަނެއް ތަނަށް ދެވޭނޭގޮތް މެދުވެރި ކޮށްދެއްވީވެސް ހަމަ رحمٰن ވަންތަ ކަލާނގެއެވެ. 25. (25) (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟

- Abu Bakr Ibrahim Ali (Bakurube)

Notas y reflexiones

No tienes ninguna nota ni reflexión sobre este versículo.

Notes placeholders

Mantente conectado al Corán ❤️

Breves recordatorios significativos para reconectar, reflexionar y mantenerse conectado con el Corán.

Lea, escuche, busque y reflexione sobre el Corán

Quran.com es una plataforma confiable utilizada por millones de personas en todo el mundo para leer, buscar, escuchar y reflexionar sobre el Corán en varios idiomas. Ofrece traducciones, tafsir, recitaciones, traducción palabra por palabra y herramientas para un estudio más profundo, haciendo que el Corán sea accesible para todos.

Como Sadaqah Jariyah, Quran.com se dedica a ayudar a las personas a conectar profundamente con el Corán. Con el apoyo de Quran.Foundation , una organización sin fines de lucro 501(c)(3), Quran.com continúa creciendo como un recurso gratuito y valioso para todos, Alhamdulillah.

Navegar
Inicio
Radio Coránica
Recitadores
Sobre nosotros
Desarrolladores
Actualizaciones de productos
Retroalimentación
Ayuda
Donar
Nuestros Proyectos
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Proyectos sin fines de lucro adquiridos, administrados o patrocinados por Quran.Foundation
Enlaces populares
Súplicas del Corán
Versículo del Corán del día
Ayatul Kursi
Yasin
Al Mulk
Ar-Rahman
Al Waqiah
Al-Kahf
Al Muzzammil
Mapa del sitio webPrivacidadTérminos y condiciones
© 2026 Quran.com. Reservados todos los derechos
Contribuir