Ar-Ra'd 13:17 انزل من السماء ماء فسالت اودية بقدرها فاحتمل السيل زبدا رابيا ومما يوقدون عليه في النار ابتغاء حلية او متاع زبد مثله كذالك يضرب الله الحق والباطل فاما الزبد فيذهب جفاء واما ما ينفع الناس فيمكث في الارض كذالك يضرب الله الامثال ١٧
أَنزَلَ
مِنَ
ٱلسَّمَآءِ
مَآءٗ
فَسَالَتۡ
أَوۡدِيَةُۢ
بِقَدَرِهَا
فَٱحۡتَمَلَ
ٱلسَّيۡلُ
زَبَدٗا
رَّابِيٗاۖ
وَمِمَّا
يُوقِدُونَ
عَلَيۡهِ
فِي
ٱلنَّارِ
ٱبۡتِغَآءَ
حِلۡيَةٍ
أَوۡ
مَتَٰعٖ
زَبَدٞ
مِّثۡلُهُۥۚ
كَذَٰلِكَ
يَضۡرِبُ
ٱللَّهُ
ٱلۡحَقَّ
وَٱلۡبَٰطِلَۚ
فَأَمَّا
ٱلزَّبَدُ
فَيَذۡهَبُ
جُفَآءٗۖ
وَأَمَّا
مَا
يَنفَعُ
ٱلنَّاسَ
فَيَمۡكُثُ
فِي
ٱلۡأَرۡضِۚ
كَذَٰلِكَ
يَضۡرِبُ
ٱللَّهُ
ٱلۡأَمۡثَالَ
١٧
(17) ﷲ تعالى އުޑުން ފެންވެއްސަވައެވެ. އެފެން ވާދީތަކަށް އެޅި އެ ވާދީއެއްގެ ހުރި ބޮޑުކުޑަމިނަކަށް ފެން ޖަމާވެއެވެ. ދެން އެފެންގަނޑުގެ މައްޗަށް އެތާހުންނަ ހަޑި ބައެއްތަކެއްޗާއިއެކު ފޮނުގަނޑެއް އުފެދި ފެނުގެމައްޗަށް އަރައެވެ. އަދި ގަހަނާހެދުމަށް ނުވަތަ ހިފާގެންގުޅޭ ބައެއްތަކެތި ހެދުމަށް އަލިފާނުން ވިރުވާ އެކިބާވަތުގެ مَعْدَن ގެމައްޗަށް އެކަންވާރުގެ މަތީބަޔަށް އެއިން އުފެދޭ ވިޔާނުދާ ދަގުޔާއި ބޭނުން ނުކުރެވޭ ސާމާނުތައް އަރައިޖަމާވެއެވެ. ﷲ تعالى حقّ އާއި بَاطل ގެ މިސާލުޖައްސަވަނީ އެފަދައިންނެވެ. ދެންފަހެ، ވާދީގެމައްޗަށް އެއަރާފައިވާ ފޮނުގަނޑު ބޭނުން ނުކުރެވި ވަޔަށްއަރައިގެން ހިނގައިދެއެވެ. އަދި مَعْدَن ވިރުވި ކަންވާރުގެމައްޗަށް އަރާފައިވާ އޭގެ ހަޑި އަދި ބޭކާރުބައި ދަގުއިފަދަ ތަކެތި އުކައިލެވިދެއެވެ. ދެން މީސްތަކުންނަށް އެފައިދާކުރާބައި ވާދީގެނަމަ ރަނގަޅު ފެނާއި އަދި ކަންވާރުގައިނަމަ ވިރިފައިވާ مَعْدَن ثابت ވެ ހުރެއެވެ. ﷲ تعالى މިސާލުތައް ޖައްސަވަނީ އެފަދައިންނެވެ. މީސްތަކުން އެއަށް ވިސްނާ އެއިން عبرة حاصل ކުރާށެވެ. މިއީ حقّ އާއި باطل ގެ ފުރިހަމަ މިސާލެކެވެ. باطل އަކީ ކުޑަވަގުތުކޮޅަކުއޮތަސް ފެންގަނޑުމަތީ އޮތް ފޮނުގަނޑު އޮތްގޮތަށް އިރުކޮޅަކުއޮތަސް އެފޮނުގަނޑު ވަޔަށް އަރައިގެން ދިޔަގޮތަށް އަރައިގެން ދާނޭ އެއްޗެކެވެ. حقّ އެއީ މީސްތަކުންނަށް ފައިދާކުރާނޭ އެއްޗެކެވެ. އޭތި ވަޔަށް ބުރައިގެން ނުދާނެއެވެ. ވާދީގެ ފެންގަނޑުފަދައިން ސާބިތުވެއޮންނާނެއެވެ. ހަމައެފަދައިން معدن ވިރުވި ކަންވާރުގެމައްޗަށް އެރި ބޭކާރުބައި އެއީ باطل ގެ މިސާލެވެ. އެބައި އުކައިލެވޭނީއެވެ. އޭގެފައިދާކުރާބައި ކަންވާރުގެ އަޑީގައި ސާބިތުވެހުންނާނެއެވެ. އެއީ حقّ ގެ މިސާލެވެ. والله أعلم.
Читать q-and-a.tafsir
Russian Tafseer Al Saddi
Всевышний сравнил верное руководство, ниспосланное Пророку Мухаммаду, да благословит его Аллах и приветствует, и необходимое для жизни души и сердца, с водой, которая необходима для жизни многих других творений. Он также сравнил огромную и всестороннюю пользу, которую приносит верное руководство и в…
Всевышний сравнил верное руководство, ниспосланное Пророку Мухаммаду, да благословит его Аллах и приветствует, и необходимое для жизни души и сердца, …