Iniciar sesión
Iniciar sesión
Iniciar sesión
Seleccionar idioma
013

Ar-Ra’d 13:15 ولله يسجد من في السماوات والارض طوعا وكرها وظلالهم بالغدو والاصال ۩ ١٥

13:15
وَلِلَّهِۤ
يَسۡجُدُۤ
مَن
فِي
ٱلسَّمَٰوَٰتِ
وَٱلۡأَرۡضِ
طَوۡعٗا
وَكَرۡهٗا
وَظِلَٰلُهُم
بِٱلۡغُدُوِّ
وَٱلۡأٓصَالِ۩
١٥
(15) އަދި އުޑުތަކާއި ބިމުގައިވާހާބަޔަކު ރުހި ކިޔަމަންތެރިވެގެންވެސް އަދި ނުރުހި ނުކިޔަމަންތެރިވެގެންވެސް، ކިޔަމަންތެރިވުން ވާޖިބުވެގެންވަނީ ހަމަ ﷲ އަށެވެ. އަދި ހެނދުނާއި ހަވީރު، އެމީހުންގެ ހިޔަނިތައްވެސް އެކަލާނގެއަށް سجدة ކުރެއެވެ. ކިޔަމަންވެގެންވެއެވެ.
Continuar leyendo

Lee Tafsir

Ibn Kathir (Abridged)

Everything prostrates unto Allah

Allah affirms His might and power, for He has full control over everything, and everything is subservient to Him. Therefore, everything, including the believers, prostrate to Allah willingly, while the disbelievers do so unwillingly,

وَظِلَـلُهُم بِالْغُدُوِّ

(and so do

…

Everything prostrates unto Allah

Allah affirms His might and power, for He has full control over everything, and everything is subservient to Him. Ther

…
Más Tafsires

Leer en contexto

Capítulo 13, Página 251, Juz 13

8. (8) ކޮންމެ އަންހެންއެއްޗެއް އޭގެ ބަނޑުގައި އުފުލާ ދަރިއެއްގެ خبر ތައް ﷲ ދެނެވޮޑިގެންވެއެވެ. އަދި ބަނޑުގައި އޮތް ދަރިފުޅަށް حيض ގެ ލެއިފޮނުވުމުގެ ނިސްބަތުން رَحِمُ ގެތެރެއިން މަދުވާވަރަކާއި އަދި އިތުރުވާވަރެއްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އޭގެ ނިސްބަތަކުން ބަލިވެއިނުމުގެ ދުވަސް މަދުވެ އިތުރުވެއެވެ. އަދި ކޮންމެ އެއްޗެއް އަދި ކޮންމެކަމެއް އެކަލާނގެ حضرة ގައި މިންވަރު ކުރެވިގެންވެއެވެ. އެޔާ ތަފާތުނުވާނެއެވެ. 9. (9) އެކަލާނގެއީ غيب ވެ ފޮރުވި ވަންހަނާވެގެންވާ ކަންތަކާއި ފައުޅުގައި ފެންނަން ހުންނަ ކަންތައްވެސް ދެނެވޮޑިގެންވާ ނުހަނު ހައިބަބޮޑުވެގެންވާ އަދި ހުރިހާ ތަކެއްޗަށްވުރެ މަތިވެރިވެވޮޑިގެންވާ ކަލާނގެއެވެ. 10. (10) އަދި ކަލޭމެންގެތެރެއިން ސިއްރުން ބަސްބުނާމީހެކޭ އަދި އަޑުބާރުކޮށް ބުނާމީހެކޭ އަދި ރޭގަނޑު ނިވައިވެގެން އޮވެގެން އަނދިރީގައި އޮވެގެން ބަސްބުނާމީހެކޭ އަދި ދުވާލު ފާޅުގައި ބަސްބުނާމީހެކޭ އެކަލާނގެއަށް ހަމަހަމައެވެ. ދެނެވޮޑިގަތުމާއި އައްސަވާވޮޑިގަތުން ހަމަހަމައެވެ. 11. (11) އަދި އެކަލާނގެ އަޅާ ރައްކާތެރިކުރެއްވުމަށްޓަކައި އެއްބޭކަލަކު އޭނާގެ ކިބައިން އެނބުރި ވަޑައިގަންނަވާއިރަށް އެޔާ ވިދިގެން އޭނާ ރައްކާތެރިކުރުމަށް ވަޑައިގަންނަވާ އަނެއް ބޭކަލަކު އޭނާގާތަށް ވަޑައިގަންނަވާގޮތަށް ތަރުތީބުވެގެންވާ މަލާއިކަތްބޭކަލުން އެކަލާނގެއަށް خاصّ ވެގެންވެއެވެ. ރޭގަނޑު އެއަޅާ ބަލަހައްޓަވާ ބޭކަލުން އެނބުރިވަޑައިގަންނަވާއިރަށް އެއަޅާ ދުވާލު ބަލަހައްޓަވާ ބޭކަލުން ވަޑައިގަންނަވައެވެ. މިބޭބޭކަލުން ﷲ ގެ އަމުރުފުޅަށް އެކަލާނގެ އަޅާ ރައްކާތެރިކުރައްވާ ބަލަހައްޓަވައެވެ. އަދި އެއްވެސް ބަޔަކަށް ﷲ ދެއްވާފައިވާ نعمة އެއް އަދި رحمة އެއް އެބައެއްގެ نفس ތަކުގައިވާ ކިޔަމަންތެރިކަމާއި صالح عمل ތައް تَغَيَّر ކޮށް އެމީހުންގެ نفس ތައް ބަދަލު ނުކުރާނަމަ ﷲ ގެ نعمة އާއި رحمة އެކަލާނގެ ބަދަލު ނުކުރައްވައެވެ. އަދި އެއްވެސް قوم އަކަށް ﷲ تعالى عذاب އެއް ނުވަތަ ހަލާކެއް އިރާދަކުރައްވައިފިއްޔާ ދެން އެކަން އަނބުރާ ރައްދުވުމެއް ނުވެއެވެ. އެ عذاب އެއް އަދި އެ ހަލާކެއް އަޔަނުދީ ހިފަހައްޓައިލެވޭނެ އެކަކުވެސް ނުވެއެވެ. އެއްވެސް ބާރެއް ނުވެއެވެ. އަދި އެކަލާނގެ ފިޔަވައި އެއްވެސް ސަހަރޯވެރިއެއް ވާގިވެރިއެއް އެމީހުންނަކަށް ނުވެއެވެ. (އަދި އެފަދަނުރައްކަލެއް އެކަލާނގެ އިރާދަކުރައްވައި ފިއްޔާ ދެން ސުނާމީ އަންނަކަން އިޝާރާތްވާ މީޓަރެއްގެ މެޝިނެއްގެ އެއްވެސް ފައިދާއެއް ނުކުރާނެއެވެ. އެކަލާނގެ ފޮނުއްވާ އެ مصيبة ދެން އޭރުން ރާޑަރަކަށް މެޝިނަކަށް ނަގައެއް ނުގަނެވޭނެއެވެ.) 12. (12) އަދި ބިރުވެތިވެވޭ އެއްޗެއްގެގޮތުންނާއި ދަހިވެތިވެވޭ އެއްޗެއްގެގޮތުން (އެބަހީ: ދަތުރުވެރިން ބިރުވެތިވާ އަދި ރަށުގައި قائم ވެތިބޭމީހުން ވާރެއަށް ދަހިވެތިވާ އެއްޗެއްގޮތުން) ވިދުވަރުލެއްވީ ހަމަ އެކަލާނގެއެވެ. އަދި ފެނުން ބަރުވެގެންވާ ވިލާތައް އެކަލާނގެ އުފައްދަވާ حركاة ކުރުވައެވެ. 13. (13) އަދި ގުގުރި ﷲ އަށް تسبيح ވިދާޅުވެ އެކަލާނގެއަށް حمد ثناء ދަންނަވައެވެ. އަދި މަލާއިކަތްބޭކަލުންވެސް އެކަލާނގެއަށް ބިރުފުޅުން تسبيح ވިދާޅުވެ حمد ثناء ދަންނަވައެވެ. އަދި އެކަލާނގެ ހޮނު އަލިފާން ފޮނުއްވައެވެ. ދެން އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެއަލިފާން ދިމާކުރައްވައެވެ. އެފަދަ ކަންތައް ހިންގަވާއިރުވެސް މީސްތަކުންކުރެ ބައެއްމީހުން ﷲ އާ މެދު جدل ކޮށް އެކަލާނގެ قدرة ތެރިކަމަށް އިންކާރުކުރަނީއެވެ. އެކަލާނގެއީ عقوبة ދެއްވުމާއި ހިއްޕެވުން ގަދަވެގެންވާ ކަލާނގެކަމުގައިވާ حال ގައެވެ. • ދަންނައެވެ! الرَّعْدُ މިއީ ދިވެހިން ކިޔާ ގުގުރިއެވެ. އާޔަތުގައި މިވަނީ ގުގުރި تسبيح ވިދާޅުވާ ކަމަށެވެ. އަދި ﷲ އަށް حمد ވެސް ކުރައްވާކަމަށެވެ. މިހެންވެ تفسير علم ވެރިންގެމެދުގައި إختلاف އެއް ހިނގާފައިވެއެވެ. عامّ ކޮށް ގިނަ مفسّر ން ވިދާޅުވަނީ އެއީ ވިލާގެ ކަންތަކާއި حوال ކުރައްވާފައިވާ މަލާއިކަތާކަމަށެވެ. އެއަޑަކީ އެކަލޭގެފާނުންގެ އަޑުފުޅުކަމަށެވެ. އަދި އެ އަލިފާނަކީ އެކަލޭގެފާނުންގެ އަނގަފުޅުން ނެރުއްވާ އަލިފާނެއްކަމަށެވެ. ﷲ ގެ إذن ފުޅަށް މިކަންކަމަކީ ހިނގުން ދުރުކަމެއްނޫނެވެ. އަދި އަނެއްބައި ބޭކަލުން ވިދާޅުވަނީ رَعْدُ މިކިޔާ އެއްޗަކީ އެއްވިލާގަނޑު އަނެއްވިލާގަނޑާ ގާތްކޮށް ފިއްތާލާ ވަޔެކެވެ. ދެން ފިތޭވަގުތު އެއަޑު އަންނަނީކަމަށެވެ. މިއީވެސް ހަމަ ﷲ ގެ އިޒުނަފުޅަށް ވުން ދުރުކަމެއްނޫނެވެ. والله أعلم بالصّواب = تفسير قرطبي =. 14. (14) دعاء ކުރުން حقّ ވެގެންވަނީ ﷲ އަށެވެ. إجابة ކުރައްވާނީވެސް ހަމަ އެކަލާނގެއެވެ. އަދި مشرك ންގެ މީހުން އެކަލާނގެފިޔަވައި އެގޮވާ ފަރާތްތައް (އެ شريك ންތައް) دعاء ކޮށް ގޮވާ އެހަދާމީހުންނަށް އިޖާބަ ނުކުރާނެއެވެ. އެއްވެސްގޮތަކުން އަޅައިވެސް ނުލާނެއެވެ. އެތަކެއްޗަށް އެއްވެސް އެއްޗެއް މިލްކުވެގެން ނުވެއެވެ. އެފަދަ ތަކެއްޗަށް ގޮވާ دعاء ކުރާމީހާގެ މިސާލަކީ ތިމާގެ ދެއަތްތިލަ ހުޅުވައިގެން ފެންއެއްޗަކަށް އަތްލައިގެން އޮވެ އަނގައިން ފެނަށް ގޮވާމީހާގެ މިސާލެވެ. އެހެން އޮވެ ކިތައްމެވަރަކަށް ހަޅޭލިޔަސް އޭނާގެ އަނގަޔަށް ފެން ނުފޯރާނެއެވެ. ކާފަރުން ބުދަށާއި ދެންވެސް އެބާވަތުގެ ތަކެއްޗަށް ގޮވާ دعاء ކުރާ ކުރުންވެސް ހަމައެފަދައެވެ. އެއީ ހަމަ ގެއްލުމާއި ހަލާކެވެ. މަގުފުރެދުމެކެވެ. 15. (15) އަދި އުޑުތަކާއި ބިމުގައިވާހާބަޔަކު ރުހި ކިޔަމަންތެރިވެގެންވެސް އަދި ނުރުހި ނުކިޔަމަންތެރިވެގެންވެސް، ކިޔަމަންތެރިވުން ވާޖިބުވެގެންވަނީ ހަމަ ﷲ އަށެވެ. އަދި ހެނދުނާއި ހަވީރު، އެމީހުންގެ ހިޔަނިތައްވެސް އެކަލާނގެއަށް سجدة ކުރެއެވެ. ކިޔަމަންވެގެންވެއެވެ.

- Abu Bakr Ibrahim Ali (Bakurube)

Notas y reflexiones

No tienes ninguna nota ni reflexión sobre este versículo.

Notes placeholders

Mantente conectado al Corán ❤️

Breves recordatorios significativos para reconectar, reflexionar y mantenerse conectado con el Corán.

Lea, escuche, busque y reflexione sobre el Corán

Quran.com es una plataforma confiable utilizada por millones de personas en todo el mundo para leer, buscar, escuchar y reflexionar sobre el Corán en varios idiomas. Ofrece traducciones, tafsir, recitaciones, traducción palabra por palabra y herramientas para un estudio más profundo, haciendo que el Corán sea accesible para todos.

Como Sadaqah Jariyah, Quran.com se dedica a ayudar a las personas a conectar profundamente con el Corán. Con el apoyo de Quran.Foundation , una organización sin fines de lucro 501(c)(3), Quran.com continúa creciendo como un recurso gratuito y valioso para todos, Alhamdulillah.

Navegar
Inicio
Radio Coránica
Recitadores
Sobre nosotros
Desarrolladores
Actualizaciones de productos
Retroalimentación
Ayuda
Donar
Nuestros Proyectos
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Proyectos sin fines de lucro adquiridos, administrados o patrocinados por Quran.Foundation
Enlaces populares
Súplicas del Corán
Versículo del Corán del día
Ayatul Kursi
Yasin
Al Mulk
Ar-Rahman
Al Waqiah
Al-Kahf
Al Muzzammil
Mapa del sitio webPrivacidadTérminos y condiciones
© 2026 Quran.com. Reservados todos los derechos
Contribuir