Iniciar sesión
Iniciar sesión
Iniciar sesión
Seleccionar idioma

An-Nisá 4:91 ستجدون اخرين يريدون ان يامنوكم ويامنوا قومهم كل ما ردوا الى الفتنة اركسوا فيها فان لم يعتزلوكم ويلقوا اليكم السلم ويكفوا ايديهم فخذوهم واقتلوهم حيث ثقفتموهم واولايكم جعلنا لكم عليهم سلطانا مبينا ٩١

Página 92 · Juz 5

سَتَجِدُونَ
ءَاخَرِينَ
يُرِيدُونَ
أَن
يَأۡمَنُوكُمۡ
وَيَأۡمَنُواْ
قَوۡمَهُمۡ
كُلَّ
مَا
رُدُّوٓاْ
إِلَى
ٱلۡفِتۡنَةِ
أُرۡكِسُواْ
فِيهَاۚ
فَإِن
لَّمۡ
يَعۡتَزِلُوكُمۡ
وَيُلۡقُوٓاْ
إِلَيۡكُمُ
ٱلسَّلَمَ
وَيَكُفُّوٓاْ
أَيۡدِيَهُمۡ
فَخُذُوهُمۡ
وَٱقۡتُلُوهُمۡ
حَيۡثُ
ثَقِفۡتُمُوهُمۡۚ
وَأُوْلَٰٓئِكُمۡ
جَعَلۡنَا
لَكُمۡ
عَلَيۡهِمۡ
سُلۡطَٰنٗا
مُّبِينٗا
٩١
(91) އަދި ކަލޭގެފާނު (منافق ންގެ) އެހެންބަޔަކު ދެކެވަޑައިގަންނަވާނެއެވެ. އެމީހުން އެދެނީ ކަލޭމެން مؤمن ންގެ ގާތުގައި އަމާންވުމަށެވެ. ކަލޭމެންގެ ކިބައިން އަމާންކަން ހޯދުމަށެވެ. (އެމީހުން إسلام ކަން ފާޅުކޮށްގެން އުޅެއެވެ.) އަދި އެމީހުން އެދެނީ އެމީހުންގެ قوم ގެމީހުންގެގާތުގައިވެސް އަމާންކަން ލިބިގަތުމަށެވެ. (އެމީހުން ކައިރިޔަށްގޮސް އެމީހުންކުރާގޮތަށް ބުދަށް އަޅުކަން ކުރެއެވެ.) އެމީހުންނަށް شِرْك ކުރުމަށް ދިމާވާ ކޮންމެހިނދެއްގައި އެމީހުން އޭގެތެރެއަށް ވަދެގަނެއެވެ. ދެންފަހެ އެމީހުން ކަލޭމެންނާ ހަނގުރާމަކުރުން ހުއްޓައި ނުލިއްޔާ އަދި އެމީހުން ކަލޭމެންނާ صلح ވެ އެމީހުންގެ އަތްތައް ކަލޭމެންނަށް ގޯނާކުރުމުން ހުއްޓައި ނުލިއްޔާ ދެން ކަލޭމެންނަށް އެމީހުން ފެނުނުތާކުން ހިފައި މަރާށެވެ! އަދި އެމީހުންނަކީ އެމީހުންގެމައްޗަށް ކަލޭމެނަށް بيان ވެގެންވާ ބާރެއް - دليل އެއް - ތިމަންރަސްކަލާނގެ ލެއްވި ބައެކެވެ. (އެބަހީ އެމީހުންނާ ހަނގުރާމަކުރުން ހުއްދަ ކުރެއްވި ބައެކެވެ.)
Continuar leyendo

Lee Tafsir

Ibn Kathir (Abridged)

Censuring the Companions for Disagreeing over the Hypocrites who Returned to Al-Madinah Before Uhud

Allah criticizes the believers for disagreeing over the hypocrites. There are conflicting opinions over the reason behind revealing this Ayah. Imam Ahmad recorded that Zayd bin Thabit said that Messeng

…

Censuring the Companions for Disagreeing over the Hypocrites who Returned to Al-Madinah Before Uhud

Allah criticizes the believers for disagreeing over

…
Ver Tafsires

Leer en contexto

88. (88) (އޭ مؤمن ންނޭވެ!) منافق ންނާމެދު ކަލޭމެން ދެބަޔަކަށް ބެހި ދެ خيال އެއްވާންވީ ކޮން مقصد އެއްގައި ހެއްޔެވެ؟ އަދި ﷲ تعالى އެމީހުންކުރި ފާފައިގެ ސަބަބުން އެމީހުން އެކޮޅު މިކޮޅުން ޖައްސަވައިފިއެވެ. (ކާފަރުންގެ حكم ގެތެރެއަށް ލައްވައިފިއެވެ.) ﷲ މަގުފުރައްދަވައިފި ބަޔަކަށް ތެދުމަގު ދެއްކެވުމަށް ކަލޭމެން އެދެނީހެއްޔެވެ؟ އަދި ﷲ މަގުފުރައްދައިފި މީހަކު ތެދުމަގަށް واصل ވާނެ އެއްވެސްގޮތެއް އެއްވެސްމަގެއް ވާތީ ކަލޭގެފާނު ދެކެވަޑައި ނުގަންނަވާނެއެވެ. • ދަންނައެވެ. މިއާޔަތުގައި ސިފަވެގެން މިދާބަޔަކީ مكّة ގެ ބަޔަކުކަމުގައި ވިއެވެ. އެމީހުން نبي ﷺ ގެ އަރިހަށް އައިސް މީހުންނަށް ދައްކަން إسلام ކަން ފައުޅުކޮށް ދެން އެނބުރި އެމީހުންގެ ރަށަށް ގޮސް ބުދުކައިރިއަށްގޮސް އަޅުކަންކުރާކަމުގައިވިއެވެ. އެމީހުން އެގޮތުން ދެފަރާތުގެ އަމާންކަން ހޯދާކަމުގައިވިއެވެ. އެމީހުން އެގޮތް ހުއްޓާލާ ނުވަތަ صُلحَ ވެ ނުހެދިނަމަ އެމީހުންނާ ހަނގުރާމަކުރުމަށް އަމުރު އައިސްފައިވެއެވެ. ދެންފަހެ أصحاب ބޭކަލުންކުރެ އެއްބަޔަކު އެއީ منافق ންކަމުގައި ދެކެއެވެ. އަނެއްބަޔަކު އެއީ مؤمن ންކަމުގައި ދެކެއެވެ. 88 ވަނަ އާޔަތުގައި مؤمن ން منافق ންނާމެދު ދެ خيال އެއްވާކަމުގައި އެވަނީ އެހެންވެއެވެ. = زبْدَةُ التّفْسِير =. 89. (89) އަދި އެމީހުން އެދެނީ ކަލޭމެން (مؤمن ންވެސް) އެމީހުންނެކޭ އެއްގޮތަށް ކާފަރުވުމަށެވެ. އެމީހުން ކާފަރުވީފަދައިން ކާފަރުވުމަށެވެ. ދެން އޭރުން އެމީހުންނެކޭ ކަލޭމެންނެކޭ (ދީނުގެގޮތުން) އެއްގޮތްވެ ހަމަހަމަ ވުމަށެވެ. (ރީތިކޮށް އޮމާން ތެޔޮހަނަކަށްވުމަށެވެ.) ފަހެ އެމީހުން ﷲ ގެމަގުގައި هجرة ކޮށްފުމަށްދާންދެން އެމީހުންގެތެރެއިން އެކަކުވެސް ސަހަރޯވެރިއަކުކަމުގައި ولِيُّ އަކުކަމުގައި ކަލޭމެން ނުހަދާށެވެ! ދެން އަދި އެމީހުން (އީމާންވެގެން هجرة އަށް ދިއުމުން) މަނާވެ ފުރަގަސްދީފިއްޔާ ކަލޭމެނަށް ފެނުނުތާކުން އެމީހުން ހިފައިގަނެ އަތުލައިގަނެ މަރާށެވެ! އަދި އެމީހުންގެތެރެއިން އެއްވެސް نصر ވެރިއަކުއަދި ސަހަރޯވެރިއަކު ކަލޭމެން ހިފާ إختيار ނުކުރާށެވެ! 90. (90) މީގެތެރެއިން ކަލޭމެން مؤمن ންނާއި އެބަޔަކާދެމެދު عَهْدُ އެއްވެ އެގްރީމެންޓެއް ވެފައިވާ ބަޔަކުގެ ތެރެއަށް ގޮސް އެމީހުންގެ މީހަކަށް ވީމީހަކުމެނުވީއެވެ. (އެފަދަމީހާއަށް އެމީހުންނަށް އޮތް حكم އެއް އޮންނާނެއެވެ.) ނުވަތަ އަދި ކަލޭމެން مؤمن ންނާ ހަނގުރާމަކުރުމަށް ހިތްދަތިވެގެންވާ حال ނުވަތަ އެމީހުންގެ قوم ގެ މީހުންނާ ހަނގުރާކުރުމަށް ހިތްދަތިވެގެންވާ حال ކަލޭމެން ކައިރިއަށް އައިބަޔަކު މެނުވީއެވެ. (އެމީހުންނަށް އަމާންކަން އޮންނާނެއެވެ.) އަދި ﷲ އިރާދަކުރެއްވިނަމަ އެމީހުން ކަލޭމެން (مؤمن ން) ގެމައްޗަށް ފާކުރައްވާ ގަދަކުރައްވައިފީހެވެ. ދެން އޭރުން އެމީހުން ކަލޭމެންނާ ހަނގުރާމަކޮށްފީހެވެ. ދެންފަހެ އެމީހުން އެތިބިގޮތުން ދުރުވެ އަދި ކަލޭމެނާއި ހަނގުރާމަނުކޮށް صلح ވުމަށް ހުށަހަޅައިފިއްޔާ (ދެން ކަލޭމެން صلح ވާށެވެ!) ދެން އަދި ކަލޭމެން އެމީހުންގެމައްޗަށް އަރައިގަންނާނޭ މަގެއް ކަލޭމެނަކަށް ނުލައްވައެވެ. ނަމަވެސް މިހުރިހާ حكم ތަކެއް توبة ސޫރަތުގެ فَإِذَا انسَلَخَ الأَشْهُرُ الْحُرُمُ فَاقْتُلُواْ الْمُشْرِكِينَ... މިއާޔަތްތަކުން مَنْسُوخ ވެގެން ހިނގައްޖެއެވެ. = تفسير الطّبري = 91. (91) އަދި ކަލޭގެފާނު (منافق ންގެ) އެހެންބަޔަކު ދެކެވަޑައިގަންނަވާނެއެވެ. އެމީހުން އެދެނީ ކަލޭމެން مؤمن ންގެ ގާތުގައި އަމާންވުމަށެވެ. ކަލޭމެންގެ ކިބައިން އަމާންކަން ހޯދުމަށެވެ. (އެމީހުން إسلام ކަން ފާޅުކޮށްގެން އުޅެއެވެ.) އަދި އެމީހުން އެދެނީ އެމީހުންގެ قوم ގެމީހުންގެގާތުގައިވެސް އަމާންކަން ލިބިގަތުމަށެވެ. (އެމީހުން ކައިރިޔަށްގޮސް އެމީހުންކުރާގޮތަށް ބުދަށް އަޅުކަން ކުރެއެވެ.) އެމީހުންނަށް شِرْك ކުރުމަށް ދިމާވާ ކޮންމެހިނދެއްގައި އެމީހުން އޭގެތެރެއަށް ވަދެގަނެއެވެ. ދެންފަހެ އެމީހުން ކަލޭމެންނާ ހަނގުރާމަކުރުން ހުއްޓައި ނުލިއްޔާ އަދި އެމީހުން ކަލޭމެންނާ صلح ވެ އެމީހުންގެ އަތްތައް ކަލޭމެންނަށް ގޯނާކުރުމުން ހުއްޓައި ނުލިއްޔާ ދެން ކަލޭމެންނަށް އެމީހުން ފެނުނުތާކުން ހިފައި މަރާށެވެ! އަދި އެމީހުންނަކީ އެމީހުންގެމައްޗަށް ކަލޭމެނަށް بيان ވެގެންވާ ބާރެއް - دليل އެއް - ތިމަންރަސްކަލާނގެ ލެއްވި ބައެކެވެ. (އެބަހީ އެމީހުންނާ ހަނގުރާމަކުރުން ހުއްދަ ކުރެއްވި ބައެކެވެ.)

- Abu Bakr Ibrahim Ali (Bakurube)

Continuar leyendo

Notas y reflexiones

No tienes ninguna nota ni reflexión sobre este versículo.

Notes placeholders

Mantente conectado al Corán ❤️

Breves recordatorios significativos para reconectar, reflexionar y mantenerse conectado con el Corán.

Lea, escuche, busque y reflexione sobre el Corán

Quran.com es una plataforma confiable utilizada por millones de personas en todo el mundo para leer, buscar, escuchar y reflexionar sobre el Corán en varios idiomas. Ofrece traducciones, tafsir, recitaciones, traducción palabra por palabra y herramientas para un estudio más profundo, haciendo que el Corán sea accesible para todos.

Como Sadaqah Jariyah, Quran.com se dedica a ayudar a las personas a conectar profundamente con el Corán. Con el apoyo de Quran.Foundation , una organización sin fines de lucro 501(c)(3), Quran.com continúa creciendo como un recurso gratuito y valioso para todos, Alhamdulillah.

Navegar
Inicio
Radio Coránica
Recitadores
Sobre nosotros
Desarrolladores
Actualizaciones de productos
Retroalimentación
Ayuda
Donar
Nuestros Proyectos
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Proyectos sin fines de lucro adquiridos, administrados o patrocinados por Quran.Foundation
Enlaces populares
Súplicas del Corán
Versículo del Corán del día
Ayatul Kursi
Yasin
Al Mulk
Ar-Rahman
Al Waqiah
Al-Kahf
Al Muzzammil
Mapa del sitio webPrivacidadTérminos y condiciones
© 2026 Quran.com. Reservados todos los derechos
Contribuir