۞ فَمَا
لَكُمۡ
فِي
ٱلۡمُنَٰفِقِينَ
فِئَتَيۡنِ
وَٱللَّهُ
أَرۡكَسَهُم
بِمَا
كَسَبُوٓاْۚ
أَتُرِيدُونَ
أَن
تَهۡدُواْ
مَنۡ
أَضَلَّ
ٱللَّهُۖ
وَمَن
يُضۡلِلِ
ٱللَّهُ
فَلَن
تَجِدَ
لَهُۥ
سَبِيلٗا
٨٨
(88) (އޭ مؤمن ންނޭވެ!) منافق ންނާމެދު ކަލޭމެން ދެބަޔަކަށް ބެހި ދެ خيال އެއްވާންވީ ކޮން مقصد އެއްގައި ހެއްޔެވެ؟ އަދި ﷲ تعالى އެމީހުންކުރި ފާފައިގެ ސަބަބުން އެމީހުން އެކޮޅު މިކޮޅުން ޖައްސަވައިފިއެވެ. (ކާފަރުންގެ حكم ގެތެރެއަށް ލައްވައިފިއެވެ.) ﷲ މަގުފުރައްދަވައިފި ބަޔަކަށް ތެދުމަގު ދެއްކެވުމަށް ކަލޭމެން އެދެނީހެއްޔެވެ؟ އަދި ﷲ މަގުފުރައްދައިފި މީހަކު ތެދުމަގަށް واصل ވާނެ އެއްވެސްގޮތެއް އެއްވެސްމަގެއް ވާތީ ކަލޭގެފާނު ދެކެވަޑައި ނުގަންނަވާނެއެވެ.
• ދަންނައެވެ. މިއާޔަތުގައި ސިފަވެގެން މިދާބަޔަކީ مكّة ގެ ބަޔަކުކަމުގައި ވިއެވެ. އެމީހުން نبي ﷺ ގެ އަރިހަށް އައިސް މީހުންނަށް ދައްކަން إسلام ކަން ފައުޅުކޮށް ދެން އެނބުރި އެމީހުންގެ ރަށަށް ގޮސް ބުދުކައިރިއަށްގޮސް އަޅުކަންކުރާކަމުގައިވިއެވެ. އެމީހުން އެގޮތުން ދެފަރާތުގެ އަމާންކަން ހޯދާކަމުގައިވިއެވެ. އެމީހުން އެގޮތް ހުއްޓާލާ ނުވަތަ صُلحَ ވެ ނުހެދިނަމަ އެމީހުންނާ ހަނގުރާމަކުރުމަށް އަމުރު އައިސްފައިވެއެވެ. ދެންފަހެ أصحاب ބޭކަލުންކުރެ އެއްބަޔަކު އެއީ منافق ންކަމުގައި ދެކެއެވެ. އަނެއްބަޔަކު އެއީ مؤمن ންކަމުގައި ދެކެއެވެ. 88 ވަނަ އާޔަތުގައި مؤمن ން منافق ންނާމެދު ދެ خيال އެއްވާކަމުގައި އެވަނީ އެހެންވެއެވެ. = زبْدَةُ التّفْسِير =.
Leer q-and-a.tafsir
Ibn Kathir (Abridged)
Censuring the Companions for Disagreeing over the Hypocrites who Returned to Al-Madinah Before Uhud
Allah criticizes the believers for disagreeing over the hypocrites. There are conflicting opinions over the reason behind revealing this Ayah. Imam Ahmad recorded that Zayd bin Thabit said that Messeng
…Censuring the Companions for Disagreeing over the Hypocrites who Returned to Al-Madinah Before Uhud
Allah criticizes the believers for disagreeing over
…