Войти
Войти
Войти
Выберите язык
004

An-Nisa 4:153 يسالك اهل الكتاب ان تنزل عليهم كتابا من السماء فقد سالوا موسى اكبر من ذالك فقالوا ارنا الله جهرة فاخذتهم الصاعقة بظلمهم ثم اتخذوا العجل من بعد ما جاءتهم البينات فعفونا عن ذالك واتينا موسى سلطانا مبينا ١٥٣

4:153
يَسۡـَٔلُكَ
أَهۡلُ
ٱلۡكِتَٰبِ
أَن
تُنَزِّلَ
عَلَيۡهِمۡ
كِتَٰبٗا
مِّنَ
ٱلسَّمَآءِۚ
فَقَدۡ
سَأَلُواْ
مُوسَىٰٓ
أَكۡبَرَ
مِن
ذَٰلِكَ
فَقَالُوٓاْ
أَرِنَا
ٱللَّهَ
جَهۡرَةٗ
فَأَخَذَتۡهُمُ
ٱلصَّٰعِقَةُ
بِظُلۡمِهِمۡۚ
ثُمَّ
ٱتَّخَذُواْ
ٱلۡعِجۡلَ
مِنۢ
بَعۡدِ
مَا
جَآءَتۡهُمُ
ٱلۡبَيِّنَٰتُ
فَعَفَوۡنَا
عَن
ذَٰلِكَۚ
وَءَاتَيۡنَا
مُوسَىٰ
سُلۡطَٰنٗا
مُّبِينٗا
١٥٣
(153) (އޭ رسول ﷲ އެވެ!) أَهْلُ كِتَاب ންގެމީހުން އެމީހުންގެމައްޗަށް ކަލޭގެފާނު އުޑުން ފޮތެއް ގެންނެވުމަށް އެމީހުން އެދެއެވެ. (އެއީ عجائب ކަމެއްނޫނެވެ. މީގެކުރީން ތިބި އެމީހުންގެ ކާބަފައިން) موسى (عليه السّلام) ގެ އަރިހުން އެއަށްވުރެ މާބޮޑު ކަމަކަށް އެދުނެވެ. އެމީހުން އެކަލޭގެފާނަށް ދެންނެވިއެވެ. (އޭ موسى އެވެ!) ހަމަ ފާޅުގައި އަހުރެމެންގެ ލޯތަކަށް ފެންނަގޮތަށް ﷲ އަހުރެމެންނަށް ދައްކަވާށެވެ! ދެންފަހެ (އެމީހުންގެ އެބަހުގެ ބޭއަދަބީކަމުންނާ) އި އެމީހުންގެ އަނިޔާވެރިކަމުގެ ސަބަބުން އެމީހުންނަށް އައީ އަލިފާނެއެވެ. (އޭގެ ސަބަބުން އެމީހުން މަރުވެދިޔައީއެވެ.) ދެން (އޭ أهل كتابންނޭވެ!) އެމީހުންނަށް بيان ވެގެންވާ دليل އާއި حجّة އައުމަށްފަހު އެމީހުން ޅަގެރި (إله އެއްގެގޮތުގައި) ހިފާ إختيار ކުރީއެވެ. ދެންވެސް ތިމަންރަސްކަލާނގެ އެކަމުން އެމީހުންނަށް عفو ކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ موسى (عليه السّلام) އަށް بيان ވެގެންވާ حجّة އާއި دليل އެއް ދެއްވީމެވެ. (އެއީ އެކަލޭގެފާނުންގެ نبي ކަމުގެ ތެދުކަމާއި حقيقة ގެ މައްޗަށެވެ.)
Продолжить чтение

Прочитайте тафсир.

Russian Tafseer Al Saddi

Речь идет о правоверных, которые уверовали во все, что Аллах сообщил о Себе, и уверовали во все предания и предписания, которые принесли Его посланники. Они не стали делать различия между посланниками и уверовали в каждого из них. Благодаря этому они обрели подлинную веру и твердую убежденность, кот…
Речь идет о правоверных, которые уверовали во все, что Аллах сообщил о Себе, и уверовали во все предания и предписания, которые принесли Его посланник…
Больше тафсиров

Читать в контексте

Глава 4, Страница 102, Джуз 6

153. (153) (އޭ رسول ﷲ އެވެ!) أَهْلُ كِتَاب ންގެމީހުން އެމީހުންގެމައްޗަށް ކަލޭގެފާނު އުޑުން ފޮތެއް ގެންނެވުމަށް އެމީހުން އެދެއެވެ. (އެއީ عجائب ކަމެއްނޫނެވެ. މީގެކުރީން ތިބި އެމީހުންގެ ކާބަފައިން) موسى (عليه السّلام) ގެ އަރިހުން އެއަށްވުރެ މާބޮޑު ކަމަކަށް އެދުނެވެ. އެމީހުން އެކަލޭގެފާނަށް ދެންނެވިއެވެ. (އޭ موسى އެވެ!) ހަމަ ފާޅުގައި އަހުރެމެންގެ ލޯތަކަށް ފެންނަގޮތަށް ﷲ އަހުރެމެންނަށް ދައްކަވާށެވެ! ދެންފަހެ (އެމީހުންގެ އެބަހުގެ ބޭއަދަބީކަމުންނާ) އި އެމީހުންގެ އަނިޔާވެރިކަމުގެ ސަބަބުން އެމީހުންނަށް އައީ އަލިފާނެއެވެ. (އޭގެ ސަބަބުން އެމީހުން މަރުވެދިޔައީއެވެ.) ދެން (އޭ أهل كتابންނޭވެ!) އެމީހުންނަށް بيان ވެގެންވާ دليل އާއި حجّة އައުމަށްފަހު އެމީހުން ޅަގެރި (إله އެއްގެގޮތުގައި) ހިފާ إختيار ކުރީއެވެ. ދެންވެސް ތިމަންރަސްކަލާނގެ އެކަމުން އެމީހުންނަށް عفو ކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ موسى (عليه السّلام) އަށް بيان ވެގެންވާ حجّة އާއި دليل އެއް ދެއްވީމެވެ. (އެއީ އެކަލޭގެފާނުންގެ نبي ކަމުގެ ތެދުކަމާއި حقيقة ގެ މައްޗަށެވެ.) 154. (154) އަދި ތިމަންރަސްކަލާނގެ އެމީހުންގެމައްޗަށް طور ފަރުބަދަ އުފުއްލެވީމެވެ. އެއީ (އެމީހުން توراة ގައިވާ ގޮތަށް عمل ކުރުމަށް عهد ކަށަވަރުވުމަށްފަހު) އެ عهد ކަށަވަރު އުވާލާ توراة ގައިވާފަދައަކުން عمل ނުކުރުމުގެ ސަބަބުންނެވެ. އަދި ކަލޭމެން سجدة ކުރާ حال އެބަހީ ކިޔަމަންތެރިވެގެންވާ ޙާލު ރަށުގެދޮރުން ކަލޭމެން ވަންނާށޭ މިފަދައިން އެމީހުންނަށް ތިމަންރަސްކަލާނގެ އެންގެވީމެވެ. (އެކަމަކު އެމީހުން ދޮރުންވަނީ އެޔާ خلاف އަށް ފޫކޮޅުޖައްސައިގެން ފިރުކެމުންނެވެ.) އަދި ކަލޭމެން ހޮނިހިރުދުވަހު (އެދުވަހުގެ حرمة ކަނޑާ) ހައްދުފަހަނަޅައިގެން ނުދާށޭ އެމީހުންނަށް ތިމަންރަސްކަލާނގެ އެންގެވީމެވެ. (ނަމަވެސް އޭގެބަޔަކު ހޮނިހިރުދުވަހުގެ حرمة ކަނޑާ މަސްހިފާހެދީއެވެ.) 155. (155) ދެންފަހެ އެމީހުން، އެމީހުންގެ عهد ކަށަވަރު އުވާލުމުގެ ސަބަބުންނާއި، އަދި އެމީހުން ﷲ ގެ އާޔަތްތަކަށް ކާފަރުވުމުގެ ސަބަބުންނާއި އަދި އެމީހުން އެއްވެސް حقّ އަކާއިނުލައި نبي ބޭކަލުން މެރުމުގެސަބަބުންނާއި އަދި "އަހުރެމެންގެ ހިތްތައް މިވަނީ (حقّ އެއް ނުވަންނާނޭގޮތުން) ބަންދުވެ ނިވައިވެފައެވެ." މިހެން އެމީހުން ބުނުމުގެ ސަބަބުންނާއިއެވެ. އަދި ކިއެއްހެއްޔެވެ؟ އެހެންނޫނެވެ. އެމީހުން ކާފަރުވުމުގެ ސަބަބުން ﷲ އެމީހުންގެ ހިތްތަކުގައި ސިއްކަޖެއްސެވީއެވެ. ފަހެ ދާދިމަދުން މެނުވީ އެމީހުން އީމާން ނުވެއެވެ. (އެމީހުން އީމާންވަނީ ބައެއް نبي ންނަށެވެ. އަދި توراة ގެވެސް ބައެއް حكم އަށެވެ... والله أعلم.) 156. (156) އަދި އެމީހުންގެ ކާފަރުކަމުގެ ސަބަބުންނާއި އަދި مَرْيَم ގެފާނުންގެމައްޗަށް އެމީހުން ބުނި ބޮޑުދޮގުގެ ސަބަބުންނެވެ. 157. (157) "އަދި ﷲ ގެ رسول އާ عيسى بن مَرْيَم (عليه السّلام) ހަމަކަށަވަރުން އަހުރެމެން قتل ކޮށްފީމެވެ." މިހެން އެމީހުން ބުނުމުގެ ސަބަބުންނެވެ. (އެބަހީ މިކަންކަމުގެ ސަބަބުން ތިމަންރަސްކަލާނގެ އެމީހުންނަށް لعنة ލެއްވީމެވެ.) އަދި ހަމަކަށަވަރުން އެމީހުން އެކަލޭގެފާނު قتل ނުކުރެއެވެ. އަދި އެމީހުން އެކަލޭގެފާނު صليب އަކަށްވެސް ނުލައެވެ. އަދި އެހެނެއްކަމަކު އެމީހުންނަށް އޮޅުވައިލެވުނީއެވެ. އަދި ކަށަވަރުންވެސް އެކަލޭގެފާނާއިމެދު إختلاف ވެ ދެބަސްވީމީހުންވަނީ އެކަލޭގެފާނާއިމެދު ޝައްކެއްގައެވެ. އެމީހުންނަށް އެކަމާއިމެދު ނުވަތަ އެކަލޭގެފާނާއިމެދު އެއްވެސް އެނގުމެއް ނުވެއެވެ. ހަމައެކަނި އެމީހުން تبع ވަނީ ހީކުރުމަކަށެވެ. يقينُ ންވެސް އެމީހުން އެކަލޭގެފާނު قتل އެއް ނުކުރެއެވެ. (ނުވަތަ އެމީހުންނަށްވެސް يقين ވާފަދަ ގޮތަކަށް އެކަލޭގެފާނު قتل ނުކުރެވެއެވެ.) 158. (158) އަދި ކިއެއްހެއްޔެވެ؟ ﷲ تعالى އެކަލާނގެ حضرة އަށް އެކަލޭގެފާނު އުފުއްލެވީއެވެ. އަދި عزّة ވަންތަ حكمة ވަންތަކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ. 159. (159) އަދި قيامة ވުމުގެކުރިން އެކަލޭގެފާނަށް (އެބަހީ عيسى عليه السّلام އަށް) އީމާންވެގެންނުވާ އެއްވެސް أهل كتاب އަކު ނުހުންނާނެއެވެ. (އެބަހީ އެންމެހާ يهودي ންނާއި نصارى އިން އެކަލޭގެފާނަށް އީމާންވާނެއެވެ. އެއީ ފަހުޒަމާނުގައި އެކަލޭގެފާނު ފައިބާވަޑައިގަތުމަށްފަހުގައެވެ.) އަދި قيامة ދުވަހުން އެކަލޭގެފާނު އެމީހުންގެމައްޗަށް ހެކިވެވަޑައިގަންނަވާނެއެވެ.

- Abu Bakr Ibrahim Ali (Bakurube)

Заметки и размышления

У вас нет никаких заметок или размышлений по этому стиху.

Notes placeholders

Оставайтесь на связи с Кораном ❤️

Короткие, но содержательные напоминания, чтобы перезагрузиться, поразмышлять и оставаться на связи с Кораном.

Читайте, слушайте, ищите и размышляйте над Кораном

Quran.com — это надёжная платформа, используемая миллионами людей по всему миру для чтения, поиска, прослушивания и размышления над Кораном на разных языках. Она предоставляет переводы, тафсир, декламацию, пословный перевод и инструменты для более глубокого изучения, делая Коран доступным каждому.

Quran.com, как садака джария, стремится помочь людям глубже проникнуть в Коран. При поддержке Quran.Foundation , некоммерческой организации, имеющей статус 501(c)(3), Quran.com продолжает развиваться как бесплатный и ценный ресурс для всех. Альхамдулиллях.

Навигация
Дом
Коран Радио
Чтецы
О нас
Разработчики
Обновления продуктов
Обратная связь
Помощь
Пожертвовать
Наши проекты
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Некоммерческие проекты, принадлежащие, управляемые или спонсируемые Quran.Foundation
Популярные ссылки
Молитвы из Корана
Аят дня из Корана
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
Карта сайтаКонфиденциальностьУсловия и положения
© 2026 Quran.com. Все права защищены
Способствовать