(5) ދުނިޔޭގެ ކަންތައް ތަދުބީރު ކުރެއްވުމާއިގެން ﷲ ގެ حَضْرَة ން ފައިބާ ވަޑައިގަންންނަވާ މަލާއިކަތް ބޭކަލުން ގަނދެއްވައި ﷲ وَحِي ކުރައްވައެވެ.
• ދަންނައެވެ. މިމުހިއްމު ފަސްފަރާތް ގަންދެއްވައި ﷲ ހުވައި وَحِي ކުރައްވަނީ ހަމަކަށަވަރުން ކަލޭމެން މަރުވުމަށްފަހު އަލުންދިރުއްވައި مَحْشَر ކުރައްވައި ދުނިޔޭގައި ކޮށްފައިވާ ޢަމަލުތަކުގެ ޚަބަރު އަންގަވައި އެއަށްފުރިހަމަ ޖަޒާދެއްވާނެ ކަމަށެވެ. އެއީ ނުވެނުދާނޭކަމެކެވެ. މިއީ އެހުވައިތަކުގެ ޖަވާބެވެ. ވީމާ އެކަންކަން އެގޮތަށް ހިންގަވާނެއެވެ.