(4) خَنَّاسُ އެކިއުނު އިބްލީހުގެވަސްތަކުން ސަލާމަތްވެ ރައްކާތެރި ވުމަށެވެ. خَنَّاسُ އަކީ ނިވައިވެ ވަންހަނާވެ ފަހަތަށް ޖެހޭ އެއްޗެވެ. ފަހެ ﷲގެ އަޅާ އެކަލާނގެ އަށް ذِكْرُ ކޮށް އެކަލާނގެ ހަދާންކުރުމުން އެއިބްލީސް ނިވައިވެ ވަންހަނާވެ ފަހަތަށް ޖެހެއެވެ. އަދި ﷲގެ އަޅާ އެކަލާނގެ އަށް ذِكْرُ ނުކޮށް އެކަލާނގެ މަތިން ހަދާން ނެތިއްޖެއްޔާ އެއިބްލީސް ފާޅުވެ ވަސްވާސްދޭންފަށައެވެ.
ވަސްވާހަކީ އަޑަކާއި ނުލައި ހިތަށްވައްދާ ވާހަކަތަކާއި ޚިޔާލު ތަކެވެ.