Giriş yap
Giriş yap
Giriş yap
Dil Seçin
027

An-Naml 27:9 يا موسى انه انا الله العزيز الحكيم ٩

27:9
يَٰمُوسَىٰٓ
إِنَّهُۥٓ
أَنَا
ٱللَّهُ
ٱلۡعَزِيزُ
ٱلۡحَكِيمُ
٩
(9) އޭ موسى އެވެ. ހަމަކަށަވަރުން މި نور އަކީ މިއަލިކަމަކީ (ނުވަތަ މި އަލިފާނަކީ) ތިމަން ﷲ އެވެ. އެއީ عزّة ވަންތަ އަދި حكمة ވަންތަ ކަލާނގެއެވެ. • ދަންނައެވެ. މިދެއާޔަތުގެ تفسير ގައި ދަންނަބޭކަލުން ތަފާތު ގޮތްގޮތަށް ވިދާޅުވެފައިވެއެވެ. މިތާ މިވަނީ އޭގެތެރެއިން އެއްގޮތެވެ. والله أعلم بالصّواب.
Devamını Okuyun

Tefsir okuyun.

Ibn Kathir (Abridged)

The Story of Musa and the End of Fir`awn

Here Allah tells His Messenger Muhammad ﷺ about what happened to Musa, peace be upon him, how Allah chose him, spoke with him and gave him mighty, dazzling signs and overwhelming proof, and sent him to Fir`awn and his people, but they denied the proof, disbeli

…

The Story of Musa and the End of Fir`awn

Here Allah tells His Messenger Muhammad ﷺ about what happened to Musa, peace be upon him, how Allah chose him,

…
Daha Fazla Tefsir

Bağlam içinde okuyun

Bölüm 27, Sayfa 377, Juz 19

7. (7) موسى عليه السّلام އެކަލޭގެފާނުންގެ أهل ވެރިންނަށް ވިދާޅުވިހިނދު ހަނދުމަފުޅުކުރައްވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. އަހުރެންނަށް އަލިފާނެއް ފެނެއެވެ. އެތަނުން خبر އެއް ނުވަތަ އަލިފާންކޮޅެއް ހިފައިގެން ކަލޭމެންގެގާތަށް އަހުރެން އަންނާނަމެވެ. (ކަލޭމެން މިތާ ތިބޭށެވެ.) އެއީ ކަލޭމެން ހީފިލުވާލުމުގެ أمّيد ގައެވެ. • ދަންނައެވެ. މިއިޝާރަތްވަނީ ސަލާމްލެއްވި موسى ގެފާނު އެކަލޭގެފާނުން أهل ވެރިންނާއިގެން مَدْيَنُ ދޫކުރައްވައި مصر އަށް ވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅަށެވެ. އެއީ ފިނިބާރު ރެއެކެވެ. ހީފިލުމަށް އަލިފާންކޮޅަކަށް ބޭނުންވެވަޑައިގެންފައިވެއެވެ. 8. (8) ދެންފަހެ އެކަލޭގެފާނު އެއަލިފާނާއި ހަމައަށް (ނުވަތަ އެއަލިކަމާއި ހަމައަށް) ވަޑައިގެންނެވުމުން އެކަލޭގެފާނަށް ނިދާ އިއްވެވުނެވެ. (ގޮވައިލެއްވެވުނެވެ.) ހަމަކަށަވަރުން އަލިފާނުގައި - ނުވަތަ އަލިކަމުގައިވާ ކަލާނގެ بَركاة ވަންތަވެވޮޑިގެންވެއެވެ. އަދި އެއަލިކަމުގެ ވަށައިގެންވާ ބަޔަކުވެސް بركاة ވެގެންވެއެވެ. (އެއީ ملائكة ބޭކަލުންނާއި موسى ގެފާނެވެ.) އަދި ﷲ ހުސް طاهر ވަންތަވެވޮޑިގެންވެއެވެ. - އެއީ عَالم ތަކުގެ ވެރި ربّ އެވެ. 9. (9) އޭ موسى އެވެ. ހަމަކަށަވަރުން މި نور އަކީ މިއަލިކަމަކީ (ނުވަތަ މި އަލިފާނަކީ) ތިމަން ﷲ އެވެ. އެއީ عزّة ވަންތަ އަދި حكمة ވަންތަ ކަލާނގެއެވެ. • ދަންނައެވެ. މިދެއާޔަތުގެ تفسير ގައި ދަންނަބޭކަލުން ތަފާތު ގޮތްގޮތަށް ވިދާޅުވެފައިވެއެވެ. މިތާ މިވަނީ އޭގެތެރެއިން އެއްގޮތެވެ. والله أعلم بالصّواب. 10. (10) (އޭ موسى އެވެ!) ކަލޭގެފާނުންގެ އަސާކޮޅު އެއްލަވާށެވެ! (ދެން އެކަލޭގެފާނު އެއަސާކޮޅު އެއްލެވުމުން އެއަސާކޮޅު ހަރުފަޔަކަށްވެގެން حركاة ތެރިވާން ފަށައިފިއެވެ.) ފަހެ އެއެތިކޮންފަދަހެއްޔެވެ؟ އެއެތި جَانُّ އެއްފަދައެވެ. އެއީ ހަރުފައިގެ ވައްތަރެކެވެ. އަދި موسى عليه السّلام ފުރަގަސްދެއްވާ އެއާ ދުރަށް ވަޑައިގެންފިއެވެ. އަދި ހުންނެވިތަނަށް ވަޑައިނުގެންނެވިއެވެ. (ﷲ وحي ކުރެއްވިއެވެ.) އޭ موسى އެވެ. ކަލޭގެފާނު ބިރުފުޅުގެންވަޑައި ނުގަންނަވާށެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެ حضرة ގައި رسول ބޭކަލުން ބިރުފުޅުގެންވަޑައި ނުގަންނަވާނެއެވެ. 11. (11) އަނިޔާވެރިވެއްޖެމީހަކު މެނުވީއެވެ. (އެބަހީ: އަނިޔާވެރިންނަށް ބިރުވެރިކަންވެއެވެ.) ދެންވެސް އެމީހަކު އެކުރި ނުބައިކަމަށްފަހު އެކަން ހެޔޮކަމަށް ބަދަލުކޮށްފިއްޔާ (އެބަހީ: توبة ވެގެން ހެޔޮ عمل ކޮށްފިއްޔާ) ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ. (މީގެ މުރާދަކީ އެމީހަކަށް ފާފަފުއްސަވާ رحمة ލައްވާހުށީމެވެ.) 12. (12) އަދި ކަލޭގެފާނުންގެ އަތްޕުޅު ކަލޭގެފާނުންގެ ޖީބަށް (ކަރުވަޅުތެރެއަށް) ވައްދަވާށެވެ. ދެން އެއަތްޕުޅު ނެރުއްވާއިރު އެއަތްޕުޅު ނިކުންނާނީ ހުދުކޮންނެވެ. އަލިކޮންނެވެ. އެއީ އެއްވެސް ބައްޔެއް އަދި އެއްވެސް ނުބައެއްގެ ސަބަބަކުން ނޫނެވެ. އެއީ فرعون އާއި އަދި އޭނާގެ قوم އަށް (رسول ކަމާއިގެން ކަލޭގެފާނު ފޮނުއްވޭއިރު) ދެއްވޭ ނުވަ مُعْجِزَة ގެތެރެއިންވާ އެއްކަމެވެ. ހަމަކަށަވަރުން އެމީހުންވީ (فرعون އާއި އަދި އޭނާގެ قومގެމީހުންވީ) فَاسِقُ ބަޔަކު ކަމުގައެވެ. (ﷲ ގެ ކިޔަމަނުން ނުކުމެގެންވާ ބަޔަކުކަމުގައެވެ.) 13. (13) ދެން އެމީހުންގެގާތަށް ތިމަންރަސްކަލާނގެ (قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ އަދި موسى عليه السّلام ގެ رسول ކަން ތެދުކަމުގެ މައްޗަށް دليل ކުރާ) دليل ތަކާއި حُجَّة ތައް (معجزة ތައް،) ފައުޅުވެ بَيان ވެގެން އައިހިނދުން އެމީހުން ބުނީ އެއީ ބަޔާންވެގެންވާ سِحر އެއްކަމަށެވެ. 14. (14) އަދި އެއީ ހަމަ (ﷲ ގެ حضرة ންވާ حقّ ކަން) އެމީހުންނަށް يقين ވިއެވެ. އެކަމަކު އެމީހުންގެ އަނިޔާވެރިކަމާއި ބޮޑާކަމުގެ ސަބަބުން އެމީހުން އެތަކެތި ދޮގުކޮށް إنكار ކޮށްހެދީއެވެ. ދެކޮޅުހެދީއެވެ. އަދި ފަސާދަކުރާމީހުންގެ ނިމުމާއި ފަހުކޮޅުވެގެންދިޔައީ ކޮންފަދައަކުން ހެއްޔެވެ؟ އެއީ ހަލާކާއި ގެއްލުމެވެ.

- Abu Bakr Ibrahim Ali (Bakurube)

Notlar ve Düşünceler

Bu ayetle ilgili herhangi bir notunuz veya düşünceniz yok.

Notes placeholders

Kur'an'la bağlantınızı koruyun ❤️

Yeniden başlamak, düşünmek ve Kur'an'la bağlantıda kalmak için kısa ve anlamlı hatırlatmalar.

Kuran'ı Oku, Dinle, Araştır ve Üzerinde Düşün

Quran.com, dünya çapında milyonlarca kişinin Kur'an'ı birden fazla dilde okumak, aramak, dinlemek ve üzerinde düşünmek için kullandığı güvenilir bir platformdur. Çeviriler, tefsirler, kıraatler, kelime kelime çeviriler ve derinlemesine inceleme araçları sunarak Kur'an'ı herkes için erişilebilir hale getirir.

Bir Sadaka-i Cariye olarak Quran.com, insanların Kur'an ile derin bir bağ kurmasına yardımcı olmaya kendini adamıştır. 501(c)(3) kar amacı gütmeyen bir kuruluş olan Kur'an Vakfı tarafından desteklenen Quran.com, Elhamdülillah herkes için ücretsiz ve değerli bir kaynak olarak büyümeye devam ediyor.

Keşfedin
Anasayfa
Kuran Radyo
Okuyucular
Hakkımızda
Geliştiriciler
Ürün Güncellemeleri
Geri Bildirim
Yardım
Bağış Yapın
Projelerimiz
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Quran.Foundation tarafından sahip olunan, yönetilen veya desteklenen kar amacı gütmeyen projeler
Popüler Bağlantılar
Kur'an'dan Dualar
Günün Kur'an Ayeti
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
Site HaritasıGizlilikŞartlar ve koşullar
© 2026 Quran.com. Her hakkı saklıdır
Katkı yapmak