وارد شوید
وارد شوید
وارد شوید
انتخاب زبان
016

An-Nahl 16:91 واوفوا بعهد الله اذا عاهدتم ولا تنقضوا الايمان بعد توكيدها وقد جعلتم الله عليكم كفيلا ان الله يعلم ما تفعلون ٩١

۹۱:۱۶
وَأَوۡفُواْ
بِعَهۡدِ
ٱللَّهِ
إِذَا
عَٰهَدتُّمۡ
وَلَا
تَنقُضُواْ
ٱلۡأَيۡمَٰنَ
بَعۡدَ
تَوۡكِيدِهَا
وَقَدۡ
جَعَلۡتُمُ
ٱللَّهَ
عَلَيۡكُمۡ
كَفِيلًاۚ
إِنَّ
ٱللَّهَ
يَعۡلَمُ
مَا
تَفۡعَلُونَ
٩١
(91) އަދި ކަލޭމެން ﷲ އަށް عَهد އެއްކޮށްފިއްޔާ ކަލޭމެން ﷲ ގެ عهد ފުއްދާށެވެ! ފުރިހަމަކުރާށެވެ! އަދި عهد ތަކާއި (އެގްރީމެންޓުތައް) ރަނގަޅަށް ކަނޑައަޅައި ގަދަކޮށްފިއްޔާ ދެން އެ عهد އެއް އެ އެގްރީމެންޓެއް ކަލޭމެން އުވައިނުލާށެވެ. ހަމަކަށަވަރުން ކަލޭމެންގެމައްޗަށް ޖާމިނުވާ ފަރާތެއް ކަމުގައި އަދި ހެކިވެރިއަކުކަމުގައި ކަލޭމެން ﷲ ލައިފީމުއެވެ. އެކަލާނގެ މެދުވެރިކޮށްފީމުއެވެ. ހަމަކަށަވަރުން ކަލޭމެންކުރާހާކަމެއް ﷲ ދެނެވޮޑިގެންވެއެވެ.
ادامه مطلب

تفسیر بخوانید

Ibn Kathir (Abridged)

The Command to fulfill the Covenant

This is one of the commands of Allah, to fulfill covenants, keep promises and to fulfill oaths after confirming them. Thus Allah says:

وَلاَ تَنقُضُواْ الاٌّيْمَـنَ بَعْدَ تَوْكِيدِهَا

(and do not break the oaths after you have confirmed them) There is no conflict be

…

The Command to fulfill the Covenant

This is one of the commands of Allah, to fulfill covenants, keep promises and to fulfill oaths after confirming the

…
تفاسیر بیشتر

در متن بخوانید

فصل ۱۶, صفحه ۲۷۷, جوز ۱۴

90. (90) ހަމަކަށަވަރުން عدل ވެރިވުމަށާއި إحسان ތެރިވުމަށާއި އަދި ގާތްތިމާގެމީހުންނަށް އެމީހުންގެ حقّ ތައް ދިނުމަށާއި އެތިކޮޅުދިނުމަށް ﷲ أمر ކުރައްވައެވެ. އަދި فَاحِش ކަންތައް ކުރުމާއި مُنْكَرَاة ންނާއި ބޮޑާވެ އަނިޔާވެރިވުމާއި މިކަންކަމުން އެކަލާނގެ މަނާކުރައްވައި نهي ކުރައްވައެވެ. އެކަލާނގެ ކަލޭމެނަށް وعظ އާއި نصيحة ދެއްވަނީ ކަލޭމެން ހަނދާންކޮށް نصيحة ލިބިގަނޭތޯއެވެ. • ދަންނައެވެ! فَاحِش ކަންތަކަކީ ޒިނޭކުރުންފަދަ ހަޑިހުތުރު ކަންކަމެވެ. مُنْكَرَاة އަކީ شريعة ނުރުހޭ ކޮންމެ ކަމެކެވެ. އެއީ އެންމެހައި އުރެދުމެކެވެ. بَعْيُ އަކީ ބޮޑާކަމާއި އަނިޔާވެރިކަމެވެ. = زُبْدَةُ التّفسير =. 91. (91) އަދި ކަލޭމެން ﷲ އަށް عَهد އެއްކޮށްފިއްޔާ ކަލޭމެން ﷲ ގެ عهد ފުއްދާށެވެ! ފުރިހަމަކުރާށެވެ! އަދި عهد ތަކާއި (އެގްރީމެންޓުތައް) ރަނގަޅަށް ކަނޑައަޅައި ގަދަކޮށްފިއްޔާ ދެން އެ عهد އެއް އެ އެގްރީމެންޓެއް ކަލޭމެން އުވައިނުލާށެވެ. ހަމަކަށަވަރުން ކަލޭމެންގެމައްޗަށް ޖާމިނުވާ ފަރާތެއް ކަމުގައި އަދި ހެކިވެރިއަކުކަމުގައި ކަލޭމެން ﷲ ލައިފީމުއެވެ. އެކަލާނގެ މެދުވެރިކޮށްފީމުއެވެ. ހަމަކަށަވަރުން ކަލޭމެންކުރާހާކަމެއް ﷲ ދެނެވޮޑިގެންވެއެވެ. 92. (92) އަދި އެއަންހެންމީހާ އޭނާގެ ކެހެރިތައް އަނބުރާ ހަރުކޮށް ގަދަކުރުމަށްފަހު ނިއުޅާލާ ކުދިކުދިކޮށް ވިއްސިވިހާލިކޮށްލި އަންހެންމީހާފަދައިން ކަލޭމެން ނުވާށެވެ! (عهد ކަށަވަރުކޮށް އެގްރީމެންޓް تَصْديق ކޮށް ނިންމުމަށްފަހު އެ عهد އާއި ހުވާލައި އަދި އެ އެއްބަސްވުން އުވައިލިބަޔަކުކަމުގައި ކަލޭމެން ނުވާށެވެ!) އަދި އެއްބަޔަކަށްވުރެ އަނެއްބައެއްގެ عدد ގިނަވެ ބާރުގަދަކަމުގައިވީތީ ކަލޭމެން ކަލޭމެންގެމެދުގައި ކުރާ ހުވަޔާއި عهد މަކަރަކަށް ނުވަތަ خيانة އަކަށް ނުވަތަ އޮޅުވައިލުމަކަށް ހަދަނީއެވެ. (އެހެން ނުހަދާށެވެ! ކުރީ އެގްރީމެންޓްކޮށްފައިވާ މީހުންނަކީ ދެރަ އަދި عدد ގެގޮތުން މަދުބަޔަކުކަމުގައިވެފައި ފަހުން ދިމާވާމީހުންގެ ބާރުގަދަވެފައި عدد ގިނަކަމުގައިވިޔަސް ކުރީމީހުންނާ ވެފައިވާ ހުވަޔާ عهد އުވައިނުލާށެވެ!) ހަމަކަށަވަރުން އެފަދަ ކަންތައް އެއީ (އެބަހީ: عهد ކަށަވަރުތައް އެގޮތަށް ލައްވާފައި އެވަނީ) ﷲ تعالى ކަލޭމެން إمتحان ކުރެއްވުމަށްޓަކައެވެ. އަދި ހަމަކަށަވަރުންވެސް قيامة ދުވަހުން އެކަމަކާއިމެދު ކަލޭމެންގެމެދުގައި ދެބަސްވެ إختلاف ވެފައިވާކަންތައް އެކަލާނގެ ކަލޭމެނަށް بيان ކޮށްދެއްވާނެއެވެ. 93. (93) އަދި ﷲ تعالى އެދިވޮޑިގެންނެވިނަމަ ކަލޭމެން އެންމެންނަކީ (حقّ ގެމަތީގައިވާ) އެއް أمّة އަކަށް އެކަލާނގެ ކަލޭމެން ލައްވައިފީހެވެ. އަދި އެހެންނަމަވެސް އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކު އެކަލާނގެ މަގުފުރައްދަވައެވެ. އަދި އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެކަލާނގެ ތެދުމަގުދައްކަވައެވެ. (އެއީ އެކަލާނގެ އަޒަލީ ދެނެވޮޑިގަތުމުގައިވާ عدل އާއި حكمة އެވެ.) އަދި ހަމަކަށަވަރުން ކަލޭމެން (ދުނިޔޭގައި) ކުރާކަމުގައިވީ ކަންތަކާއިމެދު ކަލޭމެނާ (قيامة ދުވަހުން) ސުވާލުވެވޭނެއެވެ. 94. (94) އަދި ކަލޭމެންގެމެދުގައި ކުރެވޭ ހުވައިކަށަވަރު އެއީ ކަލޭމެންގެމެދުގައި މަކަރާއި خيانة އަކަށް ކަލޭމެން ނުހަދާށެވެ. އެހެން ހަދައިފިނަމަ ކަލޭމެންގެ ފައިތިލަ (ސަލާމަތުގެ މައިދާނުގައި) ސާބިތުވެ ހުރުމަށްފަހު ހަލާކުގެތެރެއަށް ކަހާލައިގެން ހިނގައިދާނެއެވެ. ދެން ކަލޭމެން ﷲ ގެމަގު ބަންދުކޮށް ފިތުނަވެރިކުރުމުގެ ސަބަބުން ނުބައި عذاب ގެރަހަ ކަލޭމެނަށް ލިބިދާނެއެވެ. އަދި قيامة ދުވަހުން ކަލޭމެނަށް ހުންނަހުށީ ބޮޑުވެގެންވާ عذاب އެވެ.

- Abu Bakr Ibrahim Ali (Bakurube)

یادداشت‌ها و تأملات

شما هیچ یادداشت و تأملی در مورد این آیه ندارید.

Notes placeholders

با قرآن در ارتباط باشید❤️

یادآوری‌های کوتاه و معنادار برای شروع مجدد، تأمل و ارتباط با قرآن.

قرآن بخوانید، گوش دهید، جستجو کنید و در قرآن فکر کنید

Quran.com یک پلتفرم قابل اعتماد است که میلیون‌ها نفر در سراسر جهان برای خواندن، جستجو، گوش دادن و تأمل در مورد قرآن به زبان‌های مختلف از آن استفاده می‌کنند. این پلتفرم ترجمه، تفسیر، تلاوت، ترجمه کلمه به کلمه و ابزارهایی برای مطالعه عمیق‌تر ارائه می‌دهد و قرآن را برای همه قابل دسترسی می‌کند.

به عنوان یک صدقه جاریه، Quran.com به کمک به مردم برای ارتباط عمیق با قرآن اختصاص دارد. Quran.com با حمایت Quran.Foundation ، یک سازمان غیرانتفاعی 501(c)(3)، به عنوان یک منبع رایگان و ارزشمند برای همه، به لطف خدا، به رشد خود ادامه می‌دهد.

پیمایش کنید
صفحه اصلی
رادیو قرآن
قاریان
درباره ما
توسعه دهندگان
به روز رسانی محصول
بازخورد
کمک
اهدا کنید
پروژه های ما
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
پروژه های غیرانتفاعی تحت مالکیت، مدیریت یا حمایت شده توسط Quran.Foundation
لینک های محبوب
دعاهایی از قرآن
آیه روز قرآن
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
نقشه سایتحریم خصوصیشرایط و ضوابط
© ۲۰۲۶ Quran.com. تمامی حقوق محفوظ است
مشارکت