Aanmelden
Aanmelden
Aanmelden
Taal selecteren
016

An-Nahl 16:75 ۞ ضرب الله مثلا عبدا مملوكا لا يقدر على شيء ومن رزقناه منا رزقا حسنا فهو ينفق منه سرا وجهرا هل يستوون الحمد لله بل اكثرهم لا يعلمون ٧٥

16:75
۞ ضَرَبَ
ٱللَّهُ
مَثَلًا
عَبۡدٗا
مَّمۡلُوكٗا
لَّا
يَقۡدِرُ
عَلَىٰ
شَيۡءٖ
وَمَن
رَّزَقۡنَٰهُ
مِنَّا
رِزۡقًا
حَسَنٗا
فَهُوَ
يُنفِقُ
مِنۡهُ
سِرّٗا
وَجَهۡرًاۖ
هَلۡ
يَسۡتَوُۥنَۚ
ٱلۡحَمۡدُ
لِلَّهِۚ
بَلۡ
أَكۡثَرُهُمۡ
لَا
يَعۡلَمُونَ
٧٥
(75) އަދި ﷲ تعالى މިސާލެއް ޖައްސަވައިފިއެވެ. އެއީ މީހަކަށް މިލްކުވެގެންވާ އަޅެއްގެ މިސާލެވެ. އޭނާ އެއްވެސް ހެޔޮކަމެއް ނުކުރެއެވެ. އަދި ﷲ ގެމަގުގައި އޭނާ އެއްވެސް އެއްޗެއް ހޭދަނުކުރެއެވެ. އޭނާއަށް އެއްވެސްކަމެއް ކުރުމަށް ކުޅަދާނަ ނުވެއެވެ. (އެހެނީ އޭނާއަކީ މީހެއްގެ އަޅެކެވެ.) މިއީ ކާފަރުމީހެއްގެ މިސާލެވެ. އެކާފަރުމީހާވެސް އެއްވެސް ހެޔޮކަމެއް ނެތެވެ. މިފަދަމީހާއާއި ތިމަންރަސްކަލާނގެ حضرة ން ރަނގަޅު حلال ރިޒުގުދެއްވާފައިވާ މިނިވަން مؤمن އަކާއިދެމީހުން އެއްވަރުވާނޭހެއްޔެވެ؟ ދެން އަދި އޭނާ ސިއްރާއި ފައުޅުގައި އެރިޒުގުން ހޭދަކުރެއެވެ. ﷲ ގެމަގުގައި ހޭދަކުރެއެވެ. މިފަދަ މީހާއާއި ކުރިން ބަޔާންކުރިފަދަ އަޅަކާއި ދެމީހުން ފަހެ އެއްވަރުވާނޭހެއްޔެވެ؟ ނުވާނެކަން ކަށަވަރެވެ. (ބައެއް ބޭކަލުން ވިދާޅުވަނީ މިމިސާލަކީ ހަމަ ސީދާ ﷲ އާއި އެކަލާނގެ ފިޔަވައި އަޅުކަންވެވޭ އެހެނިހެން ފަރާތްފަރާތާ މިދެފަރާތުގެ މިސާލެވެ.) އެހެނީ ބުދަކީ އެއްވެސް އެއްޗެއް މިލްކުވެގެންނުވާ ހެއްދެވިގެންވާ مخلوق އެކެވެ. އެއްވެސް ހެޔޮކަމެއްނެތެވެ. ﷲ އެއީ ހުރިހާ ތަކެތީގެ ވެރިފަރާތެވެ. މިދެފަރާތް ދެން މިސާލުޖަހަންވެސް ހެޔޮވާނީ ކޮންފަދައަކުންބާވައެވެ. ހެޔޮނުވާނެކަން ކަށަވަރެވެ.
Lees verder

Lees Tafsir

Ibn Kathir (Abridged)

The Example of the Believer and the Disbeliever, or the Idol and the True God

Al-`Awfi reported that Ibn `Abbas said: "This is the example which Allah gives of the disbeliever and the believer." This was also the view of Qatadah and Ibn Jarir. The servant who has no power over anything is like the di

…

The Example of the Believer and the Disbeliever, or the Idol and the True God

Al-`Awfi reported that Ibn `Abbas said: "This is the example which Allah

…
Meer Tafsirs

Lees in context

Hoofdstuk 16, Pagina 275, Juz 14

71. (71) އަދި ﷲ تعالى ކަލޭމެންކުރެ އެއްބަޔަކު އަނެއްބަޔަކުގެމައްޗަށް ރިޒުގުގެގޮތުން މާތްކުރެއްވިއެވެ. (އެއްބަޔަކަށް ތަނަވަސްކަން އިތުރުކޮށްދެއްވިއެވެ.) އަދި އެތަނަވަސްކަމާއި ރިޒުގު އިތުރުވެވުނުމީހުން އެމީހުންގެދަށުގައިވާ އަޅުންނަށް ތިމާމެންގެ އެމުދަލުން ބައެއްދީ ސާހިބުމީހާއާއި އަޅުމީހާއާއި ދެމީހުން އެމުދަލުގައި ހަމަހަމަވެ އެއްވަރުވާނޭގޮތުން އަޅުމީހާއަށް ބައެއްދޭނޭ މީހަކުކަމުގައި ނުވެއެވެ. (ދެއަނބިން ނުވަތަ ހަތަރު އަނބިން ތިބިނަމަ އަޅުމީހާއާއި ދެމީހުންނަށް ހަމަހަމައަށް އެއަނބީން ބައިކުރާނޭ މީހަކުކަމުގައި ނުވެއެވެ.) (މިހެން މިކަންހުރިއިރު ﷲ އާއި އެކަލާނގެ އަޅުންނާ ހަމަހަމަކޮށް ﷲ އަށް އަދާކުރަންޖެހުނު އަޅުކަމުން ބައެއް އަޅުންނަށްދީ ﷲ އާއި އެކަލާނގެ އަޅާ އެއްވަރުކުރަން ހެޔޮވާނީ ކޮންފަދައަކުންހެއްޔެވެ؟ ބުއްދީގެ ހަމަތަކުން ބެލީމާވެސް شريك ކުރުން ހެޔޮވާނީ ކޮންފަދައަކުންހެއްޔެވެ؟) އެއްވަރުނުވާނެކަން ކަށަވަރެވެ. އެމީހުން ފަހެ ﷲ ގެ نعمة އަށް ދެކޮޅުހަދާ إنكار ކުރަނީހެއްޔެވެ؟ 72. (72) އަދި ﷲ تعالى ކަލޭމެންގެ އެއްޖިންސުން ކަލޭމެނަށް އަނބީންލެއްވިއެވެ. (ނުވަތަ آدم عليه السّلام ގެ ކިބައިން އެކަލޭގެފާނުންގެ އަނބިކަނބަލުން حوّاء ގެފާނު ހެއްދެވިއެވެ. مفسّر ން މިދެތަރުޖަމާއަށް އިޝާރަތްކުރައްވާފައިވެއެވެ.) އަދި ކަލޭމެންނަށް ކަލޭމެންގެ އަނބީންގެ ކިބައިން ދަރިންނާއި ކާފަދަރިން އެކަލާނގެ ލެއްވިއެވެ. އަދި ރަނގަޅު حلال ތަކެތީގެ ރިޒުގުން އެކަލާނގެ ކަލޭމެންނަށް ރިޒުގުދެއްވިއެވެ. އަޅެފަހެ އެމީހުން އެ إيمان ވަނީ باطل އަށްހެއްޔެވެ؟ باطل عقيدة ތަކަށްހެއްޔެވެ؟ (ބުދުތަކުން منفع ކޮށް ގެއްލުންވާނެކަމަށް ހީކުރަނީހެއްޔެވެ؟ އަދި ﷲ ގެ نعمة އަށް އެމީހުން ކާފަރުވަނީއެވެ. ﷲ حلال ކުރެއްވިތަކެތި އެމީހުން حرام ކޮށް ދެކޮޅުހަދަނީއެވެ.) 73. (73) އަދި އުޑުތަކާއި ބިމުގައި އެއްވެސް އެއްޗެއް އެއްވެސްކަމެއް މިލްކުވެގެންނުވާ ތަކެއްޗަށް (އެބަހީ: ބުދުތަކަށް) ﷲ ފިޔަވައި އެ مشرك ން އަޅުކަންކުރަނީއެވެ. އަދި އެއްވެސް ކަމަކަށްވެސް އެތަކެއްޗަށް ކުޅަދާނަވެގެން ނުވެއެވެ. (އެހުރިހާ ތަކެއްޗަކީ ﷲ ގެ މިލްކެވެ. ބުދުތައްކުރާނީ ކީއްހެއްޔެވެ؟) 74. (74) (އޭ مشرك ންނޭވެ!) ކަލޭމެން ﷲ އަށް އެކިއެކި މިސާލުތައް ނުޖަހާށެވެ! (ﷲ އާއި އެހެންތަކެއްޗާއި އެއްފަދަ ނުކުރާށެވެ! އެކަލާނގެއަށް شريك ނުކުރާށެވެ!) ހަމަކަށަވަރުން ﷲ تعالى ދެނެވޮޑިގެންވެއެވެ. އަދި ކަލޭމެންނަކަށް ނޭނގެއެވެ. 75. (75) އަދި ﷲ تعالى މިސާލެއް ޖައްސަވައިފިއެވެ. އެއީ މީހަކަށް މިލްކުވެގެންވާ އަޅެއްގެ މިސާލެވެ. އޭނާ އެއްވެސް ހެޔޮކަމެއް ނުކުރެއެވެ. އަދި ﷲ ގެމަގުގައި އޭނާ އެއްވެސް އެއްޗެއް ހޭދަނުކުރެއެވެ. އޭނާއަށް އެއްވެސްކަމެއް ކުރުމަށް ކުޅަދާނަ ނުވެއެވެ. (އެހެނީ އޭނާއަކީ މީހެއްގެ އަޅެކެވެ.) މިއީ ކާފަރުމީހެއްގެ މިސާލެވެ. އެކާފަރުމީހާވެސް އެއްވެސް ހެޔޮކަމެއް ނެތެވެ. މިފަދަމީހާއާއި ތިމަންރަސްކަލާނގެ حضرة ން ރަނގަޅު حلال ރިޒުގުދެއްވާފައިވާ މިނިވަން مؤمن އަކާއިދެމީހުން އެއްވަރުވާނޭހެއްޔެވެ؟ ދެން އަދި އޭނާ ސިއްރާއި ފައުޅުގައި އެރިޒުގުން ހޭދަކުރެއެވެ. ﷲ ގެމަގުގައި ހޭދަކުރެއެވެ. މިފަދަ މީހާއާއި ކުރިން ބަޔާންކުރިފަދަ އަޅަކާއި ދެމީހުން ފަހެ އެއްވަރުވާނޭހެއްޔެވެ؟ ނުވާނެކަން ކަށަވަރެވެ. (ބައެއް ބޭކަލުން ވިދާޅުވަނީ މިމިސާލަކީ ހަމަ ސީދާ ﷲ އާއި އެކަލާނގެ ފިޔަވައި އަޅުކަންވެވޭ އެހެނިހެން ފަރާތްފަރާތާ މިދެފަރާތުގެ މިސާލެވެ.) އެހެނީ ބުދަކީ އެއްވެސް އެއްޗެއް މިލްކުވެގެންނުވާ ހެއްދެވިގެންވާ مخلوق އެކެވެ. އެއްވެސް ހެޔޮކަމެއްނެތެވެ. ﷲ އެއީ ހުރިހާ ތަކެތީގެ ވެރިފަރާތެވެ. މިދެފަރާތް ދެން މިސާލުޖަހަންވެސް ހެޔޮވާނީ ކޮންފަދައަކުންބާވައެވެ. ހެޔޮނުވާނެކަން ކަށަވަރެވެ. 76. (76) އަދި ދެފިރިހެނެއްގެ މިސާލު ﷲ ޖައްސަވައިފިއެވެ. އެތަނުން އެކަކީ މަންމަން އަދި ބީރުމީހެކެވެ. އެއްވެސްކަމަކަށް އޭނާއަކަށް ކުޅަދާނައެއްނޫނެވެ. (އެހެނީ އަޑެއްނީވޭ ވާހަކައެއް ނުދެއްކެއެވެ.) އަދި އޭނާއަކީ އޭނާގެ ސާހިބުމީހާގެ މައްޗަށް ބޮޑުބަރެކެވެ. އުނދަގުލެކެވެ. (ބަލަހައްޓަންޖެހެއެވެ. ކާންދޭން ޖެހެއެވެ.) ކޮންމެތާކަށްދިޔަޔަސް އަދި ކޮންމެ ހިނދަކުވެސް ހެޔޮކަމެއްނެތެވެ. މިފަދަ މީހާއާއި ސީދާ ތެދުމަގުގައިވާ حال حقّ ބަސްބުނެ عدل އިންސާފަށް أمر ކުރާމީހަކާއި އެއްވަރުވާނޭ ހެއްޔެވެ؟ مُجَاهِدُ ވިދާޅުވާކަމުގައިވިއެވެ. މިމިސާލަކީ ﷲ سبحانه وتعالى އާއި އަދި އެކަލާނގެ ފިޔަވައި އަޅުކަންވެވޭ إله ންތަކާއި ދެފަރާތުގެ މިސާލެވެ. والله أعلم.

- Abu Bakr Ibrahim Ali (Bakurube)

Notities en reflecties

Je hebt geen aantekeningen of overwegingen bij dit vers.

Notes placeholders

Blijf verbonden met de Koran ❤️

Korte, betekenisvolle herinneringen om tot rust te komen, te reflecteren en verbonden te blijven met de Koran.

Lees, luister, zoek en reflecteer over de Koran

Quran.com is een vertrouwd platform dat wereldwijd door miljoenen mensen wordt gebruikt om de Koran in meerdere talen te lezen, te doorzoeken, te beluisteren en erover na te denken. Het biedt vertalingen, tafseer, recitaties, woord-voor-woordvertalingen en tools voor een diepere studie, waardoor de Koran voor iedereen toegankelijk is.

Als Sadaqah Jariyah zet Quran.com zich in om mensen te helpen een diepe verbinding met de Koran te maken. Ondersteund door Quran.Foundation , een non-profitorganisatie. Quran.com blijft groeien als een gratis en waardevolle bron voor iedereen, Alhamdulillah.

Navigeren
Home
Koran Radio
reciteurs
Over ons
Ontwikkelaars
Product updates
Feedback
Hulp
Doneren
Onze projecten
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Non-profitprojecten die eigendom zijn van, beheerd worden door of gesponsord worden door Quran.Foundation.
Populaire links
Gebeden uit de Koran
Koranvers van de dag
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
SitemapPrivacyAlgemene voorwaarden
© 2026 Quran.com. Alle rechten voorbehouden
Bijdragen