Iniciar sesión
Iniciar sesión
Iniciar sesión
Seleccionar idioma
016

An-Náhl 16:26 قد مكر الذين من قبلهم فاتى الله بنيانهم من القواعد فخر عليهم السقف من فوقهم واتاهم العذاب من حيث لا يشعرون ٢٦

16:26
قَدۡ
مَكَرَ
ٱلَّذِينَ
مِن
قَبۡلِهِمۡ
فَأَتَى
ٱللَّهُ
بُنۡيَٰنَهُم
مِّنَ
ٱلۡقَوَاعِدِ
فَخَرَّ
عَلَيۡهِمُ
ٱلسَّقۡفُ
مِن
فَوۡقِهِمۡ
وَأَتَىٰهُمُ
ٱلۡعَذَابُ
مِنۡ
حَيۡثُ
لَا
يَشۡعُرُونَ
٢٦
(26) އަދި ހަމަކަށަވަރުން މި مكَة ގެ مشرك ންގެ ކުރީގެމީހުން ނުބައި ރޭވުންތައްރާވާ رسول ންނާ އިދިކޮޅަށް مَكَرُ ތައްކުރިއެވެ. ދެންފަހެ ﷲ ގެ ކޯފާގެ أمر ފުޅު އެމީހުންގެ بِنَاء ތަކަށް އައިސް ބިންގަލުން ފެށިގެން އެތަން ހަލާކުވީއެވެ. އަދި ފުރާޅުވެސް އެމީހުންގެމައްޗަށް ވެއްޓި އެމީހުން ހަލާކު ކުރެއްވީއެވެ. އެމީހުންނަށް އެއްވެސް އެނގުމެއް إحساس އެއްވެސްނެތި އެމީހުންގެމައްޗަށް عذاب އައީއެވެ. • ދަންނައެވެ! މިއާޔަތުން މިއިޝާރަތްކުރައްވާ މީހުންނަކީ نَمْرُودُ بنُ كَنْعَان އާއި އޭނާގެ މީހުންކަމުގައިވިއެވެ. އޭނާ إبراهيم عليه السّلام ގެ إله ހޯދާ އެ إله قتل ކުރުމަށް މައްޗަށް އެރުމަށް ބޮޑުގަނޑުވަރެއް އަރުވައި އުސްކުރިއެވެ. އަދި އެ ގަނޑުވަރުގެމައްޗަށް އަރައި މަތިބަލައިވެސް إله ނުފެނުނެވެ. އަދި ﷲ تعالى އެބޮޑު ބިނާ ބިންގަލުން ފެށިގެން ހަލާކުކުރައްވައި އެތާނގެ ފުރާޅުވެސް އެމީހުންގެމައްޗަށް ވައްޓައިލެއްވިއެވެ. އަދި އެސޮރު ހަތަރުސަތޭކަ އަހަރު ދުނިޔޭގައިއުޅެ ދުނިޔެ ފާސިދުކުރިއެވެ. ދެންފަހެ ﷲ تعالى އެސޮރުގެ ނޭފަތަށް މަދިރިއެއް ވައްދަވައި އެމަދިރި ސިކުނޑީގައި ދައިގަނެ ދައިގަނެ އިންނަކަމުގައިވިއެވެ. އަދި އެ نَمْرُود އަށް ލުއިވެލާކަމުގައިވަނީ މަރުތޭލަކުން އޭނާގެ ބޮޑުގައި ތެޅީމައެވެ. އޭނާ މަރުވިކަމުގައިވަނީ އެތެޅުމުގެ ތެރޭގައިކަމުގައިވިއެވެ. والله أعلم = تفسير الطّبري =
Continuar leyendo

Lee Tafsir

Ibn Kathir (Abridged)

Discussion about what the previous Peoples did, and what was done to Them

قَدْ مَكَرَ الَّذِينَ مِنْ قَبْلِهِمْ

(Those before them indeed plotted,) Al-`Awfi reported that Ibn `Abbas said: "This refers to Namrud (Nimrod), who built the tower." Others said that it refers to Bukhtanassar (Nebuchadnezzar)

…

Discussion about what the previous Peoples did, and what was done to Them

قَدْ مَكَرَ الَّذِينَ مِنْ قَبْلِهِمْ

(Those before them indeed plotted,) Al-`

…
Más Tafsires

Leer en contexto

Capítulo 16, Página 269, Juz 14

26. (26) އަދި ހަމަކަށަވަރުން މި مكَة ގެ مشرك ންގެ ކުރީގެމީހުން ނުބައި ރޭވުންތައްރާވާ رسول ންނާ އިދިކޮޅަށް مَكَرُ ތައްކުރިއެވެ. ދެންފަހެ ﷲ ގެ ކޯފާގެ أمر ފުޅު އެމީހުންގެ بِنَاء ތަކަށް އައިސް ބިންގަލުން ފެށިގެން އެތަން ހަލާކުވީއެވެ. އަދި ފުރާޅުވެސް އެމީހުންގެމައްޗަށް ވެއްޓި އެމީހުން ހަލާކު ކުރެއްވީއެވެ. އެމީހުންނަށް އެއްވެސް އެނގުމެއް إحساس އެއްވެސްނެތި އެމީހުންގެމައްޗަށް عذاب އައީއެވެ. • ދަންނައެވެ! މިއާޔަތުން މިއިޝާރަތްކުރައްވާ މީހުންނަކީ نَمْرُودُ بنُ كَنْعَان އާއި އޭނާގެ މީހުންކަމުގައިވިއެވެ. އޭނާ إبراهيم عليه السّلام ގެ إله ހޯދާ އެ إله قتل ކުރުމަށް މައްޗަށް އެރުމަށް ބޮޑުގަނޑުވަރެއް އަރުވައި އުސްކުރިއެވެ. އަދި އެ ގަނޑުވަރުގެމައްޗަށް އަރައި މަތިބަލައިވެސް إله ނުފެނުނެވެ. އަދި ﷲ تعالى އެބޮޑު ބިނާ ބިންގަލުން ފެށިގެން ހަލާކުކުރައްވައި އެތާނގެ ފުރާޅުވެސް އެމީހުންގެމައްޗަށް ވައްޓައިލެއްވިއެވެ. އަދި އެސޮރު ހަތަރުސަތޭކަ އަހަރު ދުނިޔޭގައިއުޅެ ދުނިޔެ ފާސިދުކުރިއެވެ. ދެންފަހެ ﷲ تعالى އެސޮރުގެ ނޭފަތަށް މަދިރިއެއް ވައްދަވައި އެމަދިރި ސިކުނޑީގައި ދައިގަނެ ދައިގަނެ އިންނަކަމުގައިވިއެވެ. އަދި އެ نَمْرُود އަށް ލުއިވެލާކަމުގައިވަނީ މަރުތޭލަކުން އޭނާގެ ބޮޑުގައި ތެޅީމައެވެ. އޭނާ މަރުވިކަމުގައިވަނީ އެތެޅުމުގެ ތެރޭގައިކަމުގައިވިއެވެ. والله أعلم = تفسير الطّبري = 27. (27) ދެން قيامة ދުވަހުން ﷲ تعالى އެމީހުން ދެރަކުރައްވައި ނިކަމެތިކުރައްވާހުއްޓެވެ. އަދި އެމީހުނަށް އެކަލާނގެ وحي ކުރައްވާހުއްޓެވެ. ކަލޭމެން ތިމަންރަސްކަލާނގެއާ އިދިކޮޅަށް خلاف އަށް ގެންގުޅުނު شريك ންތައް ކޮބައިހެއްޔެވެ؟ ދެންފަހެ علم ވެރިން ބުނާނެއެވެ. ހަމަކަށަވަރުން މިއަދުގެ ދެރަކަމާއި ނުބައިކަން ކާފަރުންގެމައްޗަށް ހުންނަހުއްޓެވެ. 28. (28) މިބުނާ ކާފަރުންނަކީ އެމީހުން އެމީހުންގެ نفس ތަކަށް އަނިޔާވެރިވެގެންވާ حال މަލާއިކަތްބޭކަލުން އެމީހުންގެ ފުރާނަތައް ހިއްޕަވާނެ މީހުންނެވެ. އަދި އެމީހުން އެދުވަހުން ﷲ ގެ أمر ފުޅަށް ކިޔަމަންތެރިވެ ބޯލަނބާހުއްޓެވެ. (އަދި އެމީހުން އެދުވަހުން ދަންނަވާނެއެވެ.) އަޅަމެން އެއްވެސް ނުބައިކަމެއް ނުކުރަމެވެ. (އޭގެ ޖަވާބުގައި ﷲ تعالى وحي ކުރައްވާނެތެވެ.) އެއްގޮތަކަށްވެސް އެހެންނޫނެވެ. އަދި ކިއެއްހެއްޔެވެ؟ ކަލޭމެންކުރާ ކަމުގައިވި ކަންތައްތައް ﷲ تعالى ހަމަކަށަވަރުން ދެނެވޮޑިގަންނަވައެވެ. 29. (29) (އަދި އެމީހުންނަށް އެންގޭނެއެވެ.) ކަލޭމެން ނަރަކައިގެ ދޮރުތަކުން ވަންނާށެވެ! އެތާ ދެމިތިބޭގޮތަށެވެ. ހަމަކަށަވަރުން ބޮޑާވެ كِبْرُ ވެރިވީމީހުންގޮސް ތިބޭތަން ވަރަށްވެސް ނުބައިވެގެންވެއެވެ. 30. (30) އަދި تقوى ވެރިވާ މީހުންނަށް ބުނެވޭނެއެވެ. އެމީހުންކުރެން އެހެވޭނެއެވެ. ކަލޭމެންގެ ربّ ބާވައިލެއްވީ ކޮންއެއްޗެއްތޯއެވެ؟ އެމީހުން ދަންނަވާނެއެވެ. "އެކަލާނގެ ބާވައިލެއްވީ ހެވެވެ." އަދި މިދުނިޔޭގައި إحسان ތެރިވީ މީސްތަކުންނަށް (އެބަހީ: ﷲ އާއި رسول އާއަށް إيمان ވެ ހެޔޮ عمل ކުރިމީހުންނަށް) ހެޔޮކަން ހުއްޓެވެ. އެބަހީ: ދުނިޔޭގެ حياة ގައި ﷲ ގެ كرامة އާއި މާތްކަން ހުއްޓެވެ. އަދި آخرة ގެ ގޮވަތި މާހެޔޮވެގެންވެއެވެ. އަދި تقوى ވެރިވީ މީސްތަކުންގެ ގޮވައްޗަކީ ކަނޑައެޅިގެން نعمة ގެ ގޮވައްޗެވެ. 31. (31) އެއީ قائم ވެތިބޭ ބަގީޗާތަކެވެ. ސުވަރުގެތަކެވެ. (އެއީ تقوى ވެރިންގެ آخرة ގެގޮވައްޗެވެ.) އެތަންތާނގެ ދަށުން އާރުތައް ހިނގާނެއެވެ. (އާރުތައް ދެމޭނެއެވެ.) އެމީހުންނަށް އެތާނގައި އެމީހުން އެދޭހާ އެއްޗެއްވެއެވެ. ﷲ تعالى تقوى ވެރިންނަށް جزاء ދެއްވަނީ އެފަދައިންނެވެ. 32. (32) އެމީހުންނަކީ އެބަހީ: އެ تقوى ވެރިންނަކީ - އެމީހުން طاهر ވެ މާތްވެގެންވާ حال އެމީހުންގެ ފުރާނަތައް ملائكة ބޭކަލުން ހިއްޕަވާ މީހުންނެވެ. މަރުގަންނަވާ ބޭކަލުންނެވެ. އަދި އެ ملائكة ބޭކަލުން ވިދާޅުވާނެއެވެ. "ކަލޭމެންގެ މައްޗަށް سلام ހުއްޓެވެ. (އަމާންކަންހުއްޓެވެ.) ކަލޭމެން (ދުނިޔޭގައި ތިބިއިރު) ކުރަމުންގެންދިޔަ (ރަނގަޅު) ކަންތަކުގެ ސަބަބުން ކަލޭމެން ސުވަރުގެ ވަންނާށެވެ!" 33. (33) އެމީހުންގެގާތަށް - އެބަހީ: އެ مكّة ގެ مشرك ންގެ ގާތަށް - އެމީހުންގެ ފުރާނަތައް ހިއްޕެވުމަށް ملائكة ބޭކަލުން ވަޑައިގެންނެވުމަށްމެނުވީ އެމީހުން އެބަ إنتطار ކުރޭހެއްޔެވެ؟ ނުވަތަ ކަލޭގެފާނުންގެ ربّ ގެ أمر ފުޅު އައުމަށްމެނުވީ އެމީހުން އެބަ إنتطار ކުރޭހެއްޔެވެ؟ (އެމީހުން އެ إنتطار ކުރަނީ އެކަމަށެވެ.) (އެކަލާނގެ أمر ފުޅޭ ބުނެވުނު ބަހުގެ مراد އަކީ ދުނިޔޭގައި އެމީހުންނަށް عذاب އައުމެވެ. ނުވަތަ محشر އަށް ފޮނުއްވުމެވެ.) مكّة ގެ مشرك ންގެ ކުރީގެ مشرك ންވެސް ކަންތައްކުރީ ހަމައެފަދައިންނެވެ. އަދި ﷲ އެމީހުންނަށް އަނިޔާވެރިވެވޮޑި ނުގަންނަވައެވެ. އަދި އެކަމަކު އެމީހުންވީ އެމީހުންގެ އަމިއްލަ نفس ތަކަށް އަނިޔާކުރާ ބަޔަކުކަމުގައެވެ. 34. (34) ދެންފަހެ އެމީހުން ކުރިކަންތަކުގެ ނުބައިކަން އެބަހީ: ފާފައިގެ عقوبة އެމީހުންނަށް ޖެހިއްޖެއެވެ. އަދި އެކަމަކާއިމެދު އެމީހުން މަލާމާތްކޮށް ފުރައްސާރަކުރި ކަންތައް އެބަހީ: (ﷲ ގެ ކޯފާއާއި عذاب) އެމީހުން ލާވަށައިލައިފިއެވެ.

- Abu Bakr Ibrahim Ali (Bakurube)

Notas y reflexiones

No tienes ninguna nota ni reflexión sobre este versículo.

Notes placeholders

Mantente conectado al Corán ❤️

Breves recordatorios significativos para reconectar, reflexionar y mantenerse conectado con el Corán.

Lea, escuche, busque y reflexione sobre el Corán

Quran.com es una plataforma confiable utilizada por millones de personas en todo el mundo para leer, buscar, escuchar y reflexionar sobre el Corán en varios idiomas. Ofrece traducciones, tafsir, recitaciones, traducción palabra por palabra y herramientas para un estudio más profundo, haciendo que el Corán sea accesible para todos.

Como Sadaqah Jariyah, Quran.com se dedica a ayudar a las personas a conectar profundamente con el Corán. Con el apoyo de Quran.Foundation , una organización sin fines de lucro 501(c)(3), Quran.com continúa creciendo como un recurso gratuito y valioso para todos, Alhamdulillah.

Navegar
Inicio
Radio Coránica
Recitadores
Sobre nosotros
Desarrolladores
Actualizaciones de productos
Retroalimentación
Ayuda
Donar
Nuestros Proyectos
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Proyectos sin fines de lucro adquiridos, administrados o patrocinados por Quran.Foundation
Enlaces populares
Súplicas del Corán
Versículo del Corán del día
Ayatul Kursi
Yasin
Al Mulk
Ar-Rahman
Al Waqiah
Al-Kahf
Al Muzzammil
Mapa del sitio webPrivacidadTérminos y condiciones
© 2026 Quran.com. Reservados todos los derechos
Contribuir