(60) (އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ رَبّ ގެ حضرة ން އައިސްފައިވަނީ حقّ ތެދެވެ. ފަހެ ޝައްކުކުރާ މީހުންގެތެރެއިން ކަލޭގެފާނު ވެވަޑައި ނުގަންނަވާށެވެ! (ފަހެ عيسى عليه السّلام އާއި ބެހޭގޮތުން ކަލޭގެފާނާއި جَدَل ކުރަން އައި نَجْرَان ގެ نَصارى އިންނަށް جواب ދެއްވުމުގައި އިސްވެދިޔަ ވާހަކަތައް ފުދޭނެއެވެ. އެއީ حقّ ވާހަކައެވެ. عيسى عليه السّلام އަކީ ﷲ އެއްނޫނެވެ. އަދި ﷲ ގެ ދަރިކަލެއްވެސްނޫނެވެ. އެއީ ހަމަ آدم ގެ ދަރިއެކެވެ. ﷲ ގެއަޅެކެވެ. رسول ބޭކަލެކެވެ.)