وَلَقَدۡ
صَدَقَكُمُ
ٱللَّهُ
وَعۡدَهُۥٓ
إِذۡ
تَحُسُّونَهُم
بِإِذۡنِهِۦۖ
حَتَّىٰٓ
إِذَا
فَشِلۡتُمۡ
وَتَنَٰزَعۡتُمۡ
فِي
ٱلۡأَمۡرِ
وَعَصَيۡتُم
مِّنۢ
بَعۡدِ
مَآ
أَرَىٰكُم
مَّا
تُحِبُّونَۚ
مِنكُم
مَّن
يُرِيدُ
ٱلدُّنۡيَا
وَمِنكُم
مَّن
يُرِيدُ
ٱلۡأٓخِرَةَۚ
ثُمَّ
صَرَفَكُمۡ
عَنۡهُمۡ
لِيَبۡتَلِيَكُمۡۖ
وَلَقَدۡ
عَفَا
عَنكُمۡۗ
وَٱللَّهُ
ذُو
فَضۡلٍ
عَلَى
ٱلۡمُؤۡمِنِينَ
١٥٢
• ދަންނައެވެ. މިއާޔަތްތަކުގައި بيان ވެގެންމިދަނީ أُحُدُ ހަނގުރާމައިގެ ދުވަހު އެ ميدان ގައި مؤمن ން ކުރިން މޮޅުވެ ކާމިޔާބުވުމަށްފަހު رَسُول ﷲ ﷺ ގެ އަމުރުފުޅާ ބައެއް مؤمن ން خلاف ވުމުގެ ސަބަބުން مؤمن ންނަށް ލިބުނު ދެރަކަމާއި ހިތާމައިގެ ވާހަކައިގެ إجمالي ވާހަކަކޮޅެކެވެ. މިޒަމާނުގައި މިއުޅޭ مؤمن ންވެސް ހަނދާންކުރަންވީ ކަމަކީ رَسُول ﷲ ﷺ ގެ أمر ފުޅާ އެއްކަމެއްގައިވެސް خلاف ވެއްޖެއްޔާ ގެއްލުމާ ހިތާމަޔާ މޮޅި ނުލިބިނުދާނެކަމެވެ. އެއީ ޝައްކެއްހުރި ކަމެއްނޫނެވެ.
-------------
(152) އަދި ހަމަކަށަވަރުން ﷲ تعالى ކަލޭމެންގެމައްޗަށް އެކަލާނގެ ކުރެއްވި وعد ފުޅު ތެދުކުރެއްވިއެވެ. (އެ وعد ފުޅަކީ رَسُول ﷲ ﷺ ގެ ދޫފުޅުން ކުރައްވާފައިވާ وعد ފުޅެކެވެ. ދުނިވެރިންނަށް އެކަލޭގެފާނު ވިދާޅުވިއެވެ. "ކަލޭމެން ކަލޭމެންގެ مكان ގައި ثابت ވެތިބޭށެވެ! އަހުރެމެން ދެރަވީ ކަމުގައި ކަލޭމެނަށް ފެނުނަސް ކަލޭމެން ތިޔަތާ ސާބިތުވެތިބިހާހިނދަކު އަހުރެމެންނަކީ ގަދަމީހުންނެވެ." މިއެވެ. މި وعد ފުޅު އެކަލާނގެ ތެދުކޮށް ދެއްވިއެވެ.)
އެއީ ﷲ ގެ އިޒުނަފުޅަށް ކަލޭމެން مؤمن ންގެ އަތްތަކުން އެމީހުން މަރަމުންދިޔަހިނދުގައެވެ. ކަލޭމެން ފިނޑިވެ ދެރަވެއްޖައުމަށްދާންދެނެވެ. އަދި ﷲ ގެ އަމުރުފުޅާމެދު ކަލޭމެން خلاف ވެ އަދި ކަލޭމެންގެ نبي އާގެ أمرފުޅަށް އުރެދިއްޖައުމަށްދާންދެނެވެ. (ދުނިއުކަން ތިބިމީހުން أمر ފުޅާ خلاف ވެ އެތަން ދޫކޮށްލައްވާދެން إسلام ންގެ لشكر ދިޔައީ ކާމިޔާބުވެ نصر ވެރިވަމުންނެވެ. އެމީހުން އެތަން ދޫކޮށްލައްވާ ހަމަ ދިއުމުން ދެން ހުރިހާ ނާކާމިޔާބަކާއި ދިމާވީއެވެ. ميدان ގަރަބުވެ رَسول އާ އަވަހާރަވީކަމަށްވެސް ކާފަރުން ގޮވައިލީއެވެ. އޭގެސަބަބުން مؤمن ންގެ ހިތްތައް ކަތިވެގެންދިޔައީ ކަނޑީން ކަތިވާވަރަށްވުރެ މާބޮޑަށެވެ.) މިކަންކަން މިހެން ދިމާވީ ކަލޭމެން އެދޭ ކަންތައް ކަލޭމެނަށް ފެނުމަށް ފަހުގައެވެ. (އެއީ نصر އާއި ކާމިޔާބެވެ.) ކަލޭމެންގެތެރޭގައި ތިބީ ދުނިޔެ އެދޭމީހުންނާއި އަދި آخرة އެދޭމީހުންނެވެ. (ދުނިޔެ އެދޭމީހުންނަކީ غنيمة މުދަލާއި ދިމާއަށް ދެވުނުމީހުންނެވެ. آخرة އެދުނުމީހުންނަކީ ދުނިއުކުމުގައި ثابت ވެތިބިމީހުންނެވެ.) ދެން އެކަލާނގެ އެމީހުން ފިޔަވައި (އެމީހުންނާދުރަށް) ކަލޭމެން އަނބުރުއްވައި ލެއްވިއެވެ. އެއީ ކަލޭމެން إمتحان ކުރެއްވުމަށެވެ. (رَسول އާގެ أمر ފުޅާއި خلاف ވުމުގެ ދެރަކަން ދެއްކެވުމަށެވެ.) އަދި ހަމަކަށަވަރުން އެކަލާނގެ ކަލޭމެންގެ ކިބައިން އެކަން عفو ކުރެއްވިއެވެ. (އެބަހީ ގެއްލުންތަކެއް މުޅި لشكر އަށް ލިބުމަށްފަހުވެސް އަލުންވެސް لشكر ގެ ކަންތައް ހަމައަކަށް އަޅުއްވައިދެއްވައިފިއެވެ. އެއީ އެކަލާނގެ عفو ކުރެއްވުމުގެ ނަތީޖާއެވެ. އެވަގުތުކޮޅުގެތެރޭގައި ހަތްދިހަ ބޭކަލުން شهيد ވެ رَسُول ﷲ ﷺ زَخَم ވެވަޑައިގެންފައިވެއެވެ.) އަދި ﷲ އީ مؤمن ންގެ މައްޗަށް ނުހަނު އޯގާވަންތަ ކަމުގެ ވެރި ކަލާނގެއެވެ.
Lee Tafsir
Ibn Kathir (Abridged)
The Prohibition of Obeying the Disbelievers; the Cause of Defeat at Uhud
Allah warns His believing servants against obeying the disbelievers and hypocrites, because such obedience leads to utter destruction in this life and the Hereafter. This is why Allah said,
إِن تُطِيعُواْ الَّذِينَ كَفَرُواْ يَرُ
…The Prohibition of Obeying the Disbelievers; the Cause of Defeat at Uhud
Allah warns His believing servants against obeying the disbelievers and hypocr
…