Sign in
Sign in
Sign in
Select Language
054

Al-Qamar 54:49 انا كل شيء خلقناه بقدر ٤٩

54:49
إِنَّا
كُلَّ
شَيۡءٍ
خَلَقۡنَٰهُ
بِقَدَرٖ
٤٩
(49) އަދި ހަމަކަށަވަރުން ކޮންމެ އެއްޗެއް (އަދި ކޮންމެ ކަމެއްވެސް) ތިމަން ރަސްކަލާނގެ ހެއްދެވީ ކަނޑައެޅި މިންވަރުވެގެންވާ ގޮތެއްގެ މަތީންނެވެ. އެކަލާނގެ، އިސްވެދިޔަ علم ފުޅުގައި ނިޔާކުރެވި އަދި لوح المحفوظ ގައި ލިޔެވި ރަޖިސްޓަރީ ވެފައިވާ ގޮތުގެ މަތީންނެވެ.
Continue Reading

Read Tafsir

Ibn Kathir (Abridged)

The Destination of the Criminals

Allah the Exalted states that the criminals are misguided away from the truth and engulfed in confusion, because of the doubts and uncertainty they are in. This description befits every disbeliever and innovator of all types and forms of sects. Allah the Exalted said,

…

The Destination of the Criminals

Allah the Exalted states that the criminals are misguided away from the truth and engulfed in confusion, because of th

…
More Tafsirs

Read in Context

Chapter 54, Page 530, Juz 27

41. (41) އަދި ހަމަކަށަވަރުން فرعون ގެ آل ންގެ ގާތަށްވެސް رسول ން ވަޑައިގަތެވެ. (އެއީ موسٰى عَلَيهِ السلام އާއި، هارون عَلَيهِ السلام އެވެ.) 42. (42) އަދި އެމީހުން ތިމަން ރަސްކަލާނގެ އެންމެހައި معجزة ތައް ދޮގުކުރީއެވެ. (އެއީ ނުވަ معجزة ކަމުގައި ބުނެވެއެވެ.) ދެންފަހެ ހުރިހާ ކަމަކަށް ކުޅަދާނަ عزّة ތެރި، އަދި ބާރުގަދަ ފަރާތަކުން ހިފައިގަންނަ ގޮތަށް ތިމަން ރަސްކަލާނގެ އެމީހުން ހިއްޕެވީމެވެ. މަރައި، ހަލާކު ކުރެއްވީމެވެ. 43. (43) (އޭ مكّة ގެ ކާފަރުންނޭވެ.) އިސްވެ ބަޔާންވެ އެދިޔަ امّة ތަކުގެ ކާފަރުންނަށް ވުރެ ކަލޭމެންގެ ކާފަރުން ވަކީން ހެވީ ހެއްޔެވެ؟ އެބަހީ ހެވެއް ނޫނެވެ. (ކަލޭމެން އެއަށްވުރެވެސް ނުބައި ބަޔަކު ކަމުގައި ވުމާއެކުވެސް عذاب ން ސަލާމަތް ވާނޭ ކަމުގެ أمّيد ތައް ކުރަނީ ކީއްވެގެން ހެއްޔެވެ؟) ނުވަތަ އިސްވެދިޔަ نبي ބޭކަލުންނަށް ބާވައިލެއްވި ފޮތްތަކުގައި ކަލޭމެންނަށް براءة އެއް ވަނީ ހެއްޔެވެ؟ އެބަހީ ކަލޭމެން ނުބައިކޮށް އުޅުނަސް ﷲ ގެ عذاب ން ސަލާމަތް ވާނޭ ކަމުގެ ލިޔުމެއް ނުވަތަ ގަރަންޓީއެއް ވަނީ ހެއްޔެވެ؟ 44. (44) އަދި ނުވަތަ އަހުރެމެންނަކީ (މީހުން ގިނަވުމުގެ ގޮތުންނާއި، ބާރުގަދަވުމުގެ حيثيّة ން ބަލާއިރު) نصر ލިބޭނޭ جماعة އެއް ކަމުގައި އެމީހުން ބުނަނީ ހެއްޔެވެ؟ 45. (45) ނިކަންހުރެ އެ جماعة ބަލިވެގެން ހިނގައިދާނެއެވެ. އަދި ފުރަގަސްދީ ދުވެ ފިލައިފާނެއެވެ. (ބަދުރު ހަނގުރާމައިގެ ދުވަހު ކަންވީ ހަމަ އެހެންނެވެ. އެމީހުން ދެރަވެ، އެ جماعة ރޫޅި ހަލާކުވެދިޔައީއެވެ. އެއީ ދުނިޔޭގެ عذاب އާއި، ދެރަކަމެވެ.) 46. (46) އަދި ކިޔެއް ހެއްޔެވެ؟ قيامة ދުވަހަކީ ކަނޑައެޅިގެން އެމީހުންނަށް عذاب އޮންނާނޭ ކަމަށް وعد ވެވިގެންވާ ދުވަހެވެ. އަދި قيامة ދުވަހުގެ عذاب ގަދަފަދަކަން ބޮޑުވެފައި ބިރުވެރިކަން ބޮޑެވެ. އަދި ހިތިކަމާއި، ނުބައިކަން ގަދަވެގެން ވެއެވެ. (އެއީ ނަރަކައިގެ ވަންނިވަންނީގެ عذاب އާއި، ﷲ ގެ ކޯފާއެވެ.) 47. (47) ހަމަކަށަވަރުން ކާފަރުން ވަނީ މަގުފުރެއްދުމެއްގައްޔާއި، އަދި حقّ އާ ދުރުވުމެއްގައެވެ. ނުވަތަ ކާފަރުން ވަނީ ދުނިޔޭގައި ކަނޑައެޅިގެން މަގުފުރެއްދުމެއްގައެވެ. އަދި އެމީހުންނަށް آخرة ދުވަހުން ވަނީ އަލިފާނުގެ عذاب އެވެ. 48. (48) އެ ދުވަހަކީ އެމީހުން ނަރަކައިގެ ތެރެއަށް މޫނުވަތަށް ދަމަމުން ގެނެވޭ ދުވަހެވެ. (އަދި އެދުވަހުން އެމީހުންނަށް އެންގޭނެއެވެ.) ކަލޭމެން އެ ނަރަކައިގެ ގަދަ ހޫނުކަމާއި، ކެތް ނުކުރެވޭ ގަދަ عذاب ގެ ރަހަ ލިބިގަންނާށެވެ. 49. (49) އަދި ހަމަކަށަވަރުން ކޮންމެ އެއްޗެއް (އަދި ކޮންމެ ކަމެއްވެސް) ތިމަން ރަސްކަލާނގެ ހެއްދެވީ ކަނޑައެޅި މިންވަރުވެގެންވާ ގޮތެއްގެ މަތީންނެވެ. އެކަލާނގެ، އިސްވެދިޔަ علم ފުޅުގައި ނިޔާކުރެވި އަދި لوح المحفوظ ގައި ލިޔެވި ރަޖިސްޓަރީ ވެފައިވާ ގޮތުގެ މަތީންނެވެ. 50. (50) އަދި ތިމަން ރަސްކަލާނގެ ކަންތައް އެންމެ كلمة އެއް ކަމުގައި ނޫނީ ނުވެއެވެ. ލޮލުގެ އެސްފިޔަ ޖަހައިލާހާ އަވަހަށް އެކަމެއް ވެ ނިމިގެން ހިނގައިދެއެވެ. (އެބަހީ ކޮންމެ ކަމަކަށްވެސް "ވާށޭ" މިހެން އެންގެވީމާ ލޮލުގެ އެސްފިޔަ ޖަހައިލާހާ އަވަހަށް އެކަމެއް ވެ ނިމުނީއެވެ.) 51. (51) (އޭ مكّة ގެ ކާފަރުންނޭވެ.) ހަމަކަށަވަރުން ކަލޭމެންފަދަ އެތައް ކާފަރުންނެއް ތިމަން ރަސްކަލާނގެ ހަލާކު ކުރައްވައި ނެތިކުރައްވައިފީމެވެ. (ކަލޭމެން ވަކީން އެމީހުންނަށްވުރެ ގަދައީ ހެއްޔެވެ؟) ފަހެ وعظ އާއި، نصيحة ލިބި عبرة އެއް حاصل ކުރާ އެކަކުވެސް ވޭ ބާވައެވެ؟ 52. (52) އަދި އެމީހުން ކުރި ހުރިހާ ކަމެއް (ހެވަސް، އަދި ނުބަޔަސް) لوح المحفوظ ގައި ލިޔެވި ނޯޓްކުރެވިގެން ވެއެވެ. 53. (53) އަދި މީސްތަކުން ކުރާ ކިތަންމެ ކުޑަކަމެއް ނަމަވެސް އަދި ކިތަންމެ ބޮޑުކަމެއް ނަމަވެސް އެ އެއްޗެއް لوح المحفوظ ގައި ރަނގަޅަށް ލިޔެވި بيان ވެގެން ވެއެވެ. 54. (54) ހަމަކަށަވަރުން تقوى ވެރި މާތް މީހުން ވަނީ (قيامة ދުވަހުން) ބަގީޗާތަކުގައެވެ. ސުވަރުގެތަކުގައެވެ. އަދި ތަފާތުވެގެންވާ އާރުތަކުގެ نعمة ގައެވެ. 55. (55) އެމީހުން ވަނީ އެދިވޮޑިގަތް ކޮންމެ ކަމަކަށް ކުޅަދުންވަންތަ ކަލެއްގެ حضرة ގައި ތެދުވެރި އަދި حقّ ވެގެންވާ مقام އެއްގައެވެ. އެކަލާނގެ ދެއްވާ كرامة އާއި، شرف ވެރިކަމުގެ ދަރަޖައިގައެވެ. والله أعلم.

- Abu Bakr Ibrahim Ali (Bakurube)

Notes and Reflections

You do not have any notes or reflections on this verse.

Notes placeholders

Stay Connected to the Quran ❤️

Short meaningful reminders to reset, reflect and stay connected to the Quran.

Read, Listen, Search, and Reflect on the Quran

Quran.com is a trusted platform used by millions worldwide to read, search, listen to, and reflect on the Quran in multiple languages. It provides translations, tafsir, recitations, word-by-word translation, and tools for deeper study, making the Quran accessible to everyone.

As a Sadaqah Jariyah, Quran.com is dedicated to helping people connect deeply with the Quran. Supported by Quran.Foundation, a 501(c)(3) non-profit organization, Quran.com continues to grow as a free and valuable resource for all, Alhamdulillah.

Navigate
Home
Quran Radio
Reciters
About Us
Developers
Product Updates
Feedback
Help
Donate
Our Projects
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Non-profit projects owned, managed, or sponsored by Quran.Foundation
Popular Links
Duas from the Quran
Quran Verse of the Day
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
SitemapPrivacyTerms and Conditions
© 2026 Quran.com. All Rights Reserved
Contribute