Iniciar sesión
Iniciar sesión
Iniciar sesión
Seleccionar idioma

Al-Múminún 23:76 ولقد اخذناهم بالعذاب فما استكانوا لربهم وما يتضرعون ٧٦

Página 347 · Juz 18

وَلَقَدۡ
أَخَذۡنَٰهُم
بِٱلۡعَذَابِ
فَمَا
ٱسۡتَكَانُواْ
لِرَبِّهِمۡ
وَمَا
يَتَضَرَّعُونَ
٧٦
(76) އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުން يعني: އެ مشرك ންނަށް އެކިބާވަތުގެ ބަލާ މުސީބަތް ޖައްސަވައިގެންއެމީހުން إمْتِحَانُ ކުރެއްވީމެވެ (އެއީ އެމީހުން ދިރިއުޅުން ދަތިކުރެއްވުމާއި ރަށަށް ތަދުމަޑުކަން ޖެއްސެވުމާއި އަދި ހައްޔަރުވާމީހުން قتل ވުމާ މިބާވަތުގެ ކަންކަމުންނެވެ.) ފަހެ އެމީހުން އެމީހުންގެ ربّ އަށް ކިޔަމަންތެރިވެ އެފަރާތަށް ދެރަނުވިއެވެ. ގޮތްދޫނުކުރިއެވެ.
Continuar leyendo

Lee Tafsir

Ibn Kathir (Abridged)

وَلَقَدْ أَخَذْنَهُمْ بِالْعَذَابِ

(And indeed We seized them with punishment,) means, `We tried and tested them with difficulties and calamities.' His saying:

فَمَا اسْتَكَانُواْ لِرَبِّهِمْ وَمَا يَتَضَرَّعُونَ

(but they humbled not themselves to their Lord, nor did they invoke with submission to Him

…

وَلَقَدْ أَخَذْنَهُمْ بِالْعَذَابِ

(And indeed We seized them with punishment,) means, `We tried and tested them with difficulties and calamities.' His

…
Ver Tafsires

Leer en contexto

62. (62) އަދި އެއްވެސް نفس އަކަށް އެ نفس އަކަށް ކުޅަދާނަވާވަރަކަށް މެނުވީ ތިމަންރަސްކަލާނގެ تَكْلِيْفُ ނުޖައްސަވަމެވެ. ބުރަނުޖައްސަވަމެވެ. އަދި ތިމަންރަސްކަލާނގެ حضرة ގައި (އަޅުތަކުންގެ عمل ތައް ނޯޓްކުރެވިގެންވާ) ފޮތެއްވެއެވެ. އަދި އެމީހުންނަށް އަނިޔާ ނުވެވޭނެއެވެ. (އެބަހީ: ނުބައިކަންތައް ކުރި މީހާގެ ނުބައިކަމުގެތެރެއަށް އިތުރު ނުވާނެއެވެ. އަދި ހެޔޮ عمل ކުރި މީހެއްގެ ހެޔޮ عمل ން އުނި ނުވާނެއެވެ. އެކަމުގެ ثواب މަދުނުވާނެއެވެ. އެޔާ خِلآفُ އަށް އެކަމުގެ ސަވާބު އިތުރުވާނެއެވެ.) 63. (63) އަދި ކިއެއްހެއްޔެވެ؟ ކަންތައްހުރީ އެމީހުން (އެބަހީ: مشرك ން ހީކުރާގޮތަކަށް ނޫނެވެ.) އެމީހުން އެވަނީ މި قرآن އާއިމެދު ކަނުވެ އަނދިރިވެގެންނެވެ. އަދި އެމީހުންނަށް އެކަން ފިޔަވައި (އެބަހީ: އެމީހުން މިހާރު އެކުރާ عمل ފިޔަވައި) އެހެން (ނުބައި) عمل އެމީހުންނަށްވެއެވެ. (ނުވަތަ تقوى ވެރި މާތްމީހުންގެ عمل ފިޔަވައި އެހެން عمل އެމީހުންނަށް ވެއެވެ.) ކަނޑައެޅިގެން އެމީހުން އެކަންކުރާނެއެވެ. ނުބައި ކަންތައްތައްކޮށް އުރެދޭނެއެވެ. 64. (64) އެއީ އެމީހުންކުރެ نعمة އާއި މަޖަލުގައި ނުލަފާ ކަންތައްކުރާ މީހުންނަށް عذاب ދެއްވައި ތިމަންރަސްކަލާނގެ އެމީހުން ހިތްޕަވައި ހަލާކު ކުރައްވައިފުމަށްދާންދެނެވެ. އެހައިރުން އެބަހީ: عذاب އައުމުން އެމީހުން ސަލާމަތަށް އެދި ހަޅޭލަވާނެއެވެ. 65. (65) (އެހިނދުން އެމީހުނަށް އެންގެވޭނެއެވެ.) ކަލޭމެން މިއަދު ސަލާމަތަށް އެދި ހަޅޭނުލާށެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ حضرة ން ކަލޭމެންނަކަށް نصر ނުލިބޭނެއެވެ. އެހީއެއް ނުލިބޭނެއެވެ. 66. (66) ހަމަކަށަވަރުން ތިމަންރަސްކަލާނގެ އާޔަތްތައް ކަލޭމެންގެމައްޗަށް ކިޔެވޭކަމުގައި ވިއެވެ. ފަހެ ކަލޭމެން ކަލޭމެންގެ ފުންނާބުތަކުގެމައްޗަށް ފަހަތަށް ޖެހޭ ކަމުގައި ވިއެވެ. (ކަލޭމެން އެއާޔަތްތަކަށް إيمان ނުވީމުއެވެ. ތެދުނުކުރީމުއެވެ.) 67. (67) ކަލޭމެން مكّة ގެ حرم ގައި ބޮޑާވެގެންވާ حال ގައި ރޭގަނޑު جَلْسَة ކޮށް ﷲ އަށް ذِكر ކުރުމާއި حقّ އާއި ކަލޭމެން ދުރުވާކަމުގައިވެއެވެ. 68. (68) އެމީހުން އެބަހީ: مشرك ންތައް ފަހެ ﷲ ގެ وحي ބަސްފުޅަށް ވިސްނާ تَدْبِيْرُ ކޮށް ނުހަދަނީބާވައެވެ؟ (އޭގައިވާ عبرة އާއި حجّة އެނގުނީހީ އެހެންނަމަތާއެވެ.) ނުވަތަ އެމީހުންގެ އިސްވެދިޔަ ކާބަފައިންގެ ގާތަށް ނާންނަ ކަންތައް މިމީހުންގެ ގާތަށް އައީބާވައެވެ؟ (ބޮޑާވެ كبر ވެރިވެ އެޔާ ދުރަށް ދާނީ އެހެންނަމަތާއެވެ. އެމީހުންގެ ގާތަށްވެސް ފޮތާއި رسول ން ވަޑައިގަތީއެވެ. މިމީހުންގެ ގާތަށްވެސް ފޮތަކާއި رسول އަކު ވަޑައިގަތީއެވެ. ކަމަކީ ހަމަ އެއްކަމެކެވެ.) 69. (69) ނުވަތަ އެމީހުންގެ رسول އެމީހުންނަށް ނޭނގެނީބާވައެވެ؟ އެކަލޭގެފާނާމެދު إنكار ކޮށް ދެކޮޅުހަދާނީ އެހެންނަމަތާއެވެ. (އެ رسول އަކީ އެންމެން ދަންނަ އެމީހުންގެ أمين އެވެ.) 70. (70) ނުވަތަ އެކަލޭގެފާނުންގެ ގައިގާ މޮޔަކަމެއް ހުރިކަމުގައި އެމީހުން ބުނަނީހެއްޔެވެ؟ އެއްގޮތަކަށްވެސް އެހެންނޫނެވެ. އަދި ކިއެއްހެއްޔެވެ؟ އެމީހުންގާތަށް حقّ އައީއެވެ. އެހެންނަމަވެސް އެމީހުންކުރެ ގިނަމީހުން އެ حقّ އަށް ނުރުހެނީއެވެ. ދެކޮޅުހަދަނީއެވެ. 71. (71) އަދި "الحَقّ " އެމީހުންގެ هوَى نفس އާއި يعني: އަމިއްލަ އެދުމާއި تبع ވެއްޖެނަމަ ހަމަކަށަވަރުން އުޑުތަކާއި ބިން ފާސިދުވެއްޖައީހެވެ. އަދި އެތަންތާވާހާ ބަޔަކުވެސް فاسِدُ ވެއްޖައީހެވެ. (މިއާޔަތުގައި މިވާ الحَقّ އަކީ ﷲ سبحانه وتعالى އެވެ. (ނުވަތަ އިސްލާމުދީނެވެ.) އަދި ކިއެއްހެއްޔެވެ؟ އެމީހުންގެ ގާތަށް އެމީހުންގެ ذكر އައީއެވެ. يعني: އެމީހުންނަށް حقّ بيان ކޮށްދެއްވާ އެތި އައީއެވެ. އެއީ އެމީހުންގެ ތެރެއިން މީހެއްގެ މައްޗަށް މި قرآن ބާވައިލެއްވުމެވެ.) އަދި އެމީހުން އެވަނީ އެމީހުންގެ އެ ذكر ން އެނބުރި ފުރަގަސްދީ ގެންނެވެ. 72. (72) (އޭ رسول ﷲ އެވެ!) ނުވަތަ ކަލޭގެފާނު އެމީހުންގެ ކިބައިން އުޖޫރައަކަށް ނުވަތަ ޓެކްހަކަށް އެދިވަޑައިގަންނަވަނީތޯއެވެ. ފަހެ ކަލޭގެފާނުންގެ ربّ ގެ އުޖޫރަ މާހެޔޮވެގެންވެއެވެ. އަދި އެކަލާނގެއީ އެންމެހެޔޮގޮތުގައި ރިޒުގުދެއްވާ ކަލާނގެއެވެ. 73. (73) ހަމަކަށަވަރުން ކަލޭގެފާނު އެމީހުންނަށް ގޮވައިލައްވަނީ ސީދާވެގެންވާ މަގަށެވެ. 74. (74) އަދި ހަމަކަށަވަރުން آخرة ދުވަހަށް އީމާންނުވާ މީހުން ސީދާމަގުން ނެއްޓި ކަތިމަގުން ދެއެވެ. 75. (75) އަދި ތިމަންރަސްކަލާނގެ އެމީހުންނަށް رحمة ލައްވައި އަދި އެމީހުންނަށް ޖެހިފައިވާ އުނދަގޫ (يعني: فقير ކަމާއި ތަދުމަޑުކަން) ތިމަންރަސްކަލާނގެ ފިއްލަވައިފިނަމަ ހަމަކަށަވަރުން އެމީހުންގެ ނުކިޔަމަންތެރިކަމާއި ނުބައިކަމުގައި ދެފުށުއެޅިއެޅި ދެމިތިބޭހުއްޓެވެ. 76. (76) އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުން يعني: އެ مشرك ންނަށް އެކިބާވަތުގެ ބަލާ މުސީބަތް ޖައްސަވައިގެންއެމީހުން إمْتِحَانُ ކުރެއްވީމެވެ (އެއީ އެމީހުން ދިރިއުޅުން ދަތިކުރެއްވުމާއި ރަށަށް ތަދުމަޑުކަން ޖެއްސެވުމާއި އަދި ހައްޔަރުވާމީހުން قتل ވުމާ މިބާވަތުގެ ކަންކަމުންނެވެ.) ފަހެ އެމީހުން އެމީހުންގެ ربّ އަށް ކިޔަމަންތެރިވެ އެފަރާތަށް ދެރަނުވިއެވެ. ގޮތްދޫނުކުރިއެވެ. 77. (77) ތިމަންރަސްކަލާނގެ އެމީހުންގެމައްޗަށް ގަދަ عذاب ގެދޮރެއް ހުޅުވައިދެއްވައިފުމަށް ދާންދެންނެވެ. (އެބަހީ: އެމީހުން އެގޮތުގެމަތީގައި ނުކިޔަމަންތެރިކަމުގައި ތިބީއެވެ.) ދެން އެ عذاب އެމީހުންނަށް ފެނުމުން އެހައިރުން އެމީހުން ހިތާމަކޮށް ދެރަވިއެވެ. (އެކަމަކު ދެން އެހިތާމައިގެ ފައިދާއެއް ނެތެވެ. މިއާޔަތުގައިމިވާ ގަދަ عذاب އަކީ مكّة ގެ مشرك ންނަށް ދިމާވި ބަނޑުހައިހޫނު ކަން ކަމުގައި ބުނެވުނެވެ. / ނުވަތަ އެއީ بَدْرُ ހަނގުރާމަކަމުގައި ބުނެވުނެވެ. والله أعلم.)

- Abu Bakr Ibrahim Ali (Bakurube)

Continuar leyendo

Notas y reflexiones

No tienes ninguna nota ni reflexión sobre este versículo.

Notes placeholders

Mantente conectado al Corán ❤️

Breves recordatorios significativos para reconectar, reflexionar y mantenerse conectado con el Corán.

Lea, escuche, busque y reflexione sobre el Corán

Quran.com es una plataforma confiable utilizada por millones de personas en todo el mundo para leer, buscar, escuchar y reflexionar sobre el Corán en varios idiomas. Ofrece traducciones, tafsir, recitaciones, traducción palabra por palabra y herramientas para un estudio más profundo, haciendo que el Corán sea accesible para todos.

Como Sadaqah Jariyah, Quran.com se dedica a ayudar a las personas a conectar profundamente con el Corán. Con el apoyo de Quran.Foundation , una organización sin fines de lucro 501(c)(3), Quran.com continúa creciendo como un recurso gratuito y valioso para todos, Alhamdulillah.

Navegar
Inicio
Radio Coránica
Recitadores
Sobre nosotros
Desarrolladores
Actualizaciones de productos
Retroalimentación
Ayuda
Donar
Nuestros Proyectos
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Proyectos sin fines de lucro adquiridos, administrados o patrocinados por Quran.Foundation
Enlaces populares
Súplicas del Corán
Versículo del Corán del día
Ayatul Kursi
Yasin
Al Mulk
Ar-Rahman
Al Waqiah
Al-Kahf
Al Muzzammil
Mapa del sitio webPrivacidadTérminos y condiciones
© 2026 Quran.com. Reservados todos los derechos
Contribuir