Войти
Войти
Войти
Выберите язык

Al-Mu'minun 23:41 فاخذتهم الصيحة بالحق فجعلناهم غثاء فبعدا للقوم الظالمين ٤١

Страница 344 · Джуз 18

فَأَخَذَتۡهُمُ
ٱلصَّيۡحَةُ
بِٱلۡحَقِّ
فَجَعَلۡنَٰهُمۡ
غُثَآءٗۚ
فَبُعۡدٗا
لِّلۡقَوۡمِ
ٱلظَّٰلِمِينَ
٤١
(41) ފަހެ އެމީހުން ކާފަރުވުމުގެ ސަބަބުން އެމީހުންނަށް حقّ ގޮތުގައި އަޑުފަށް އައިސް އެމީހުން ހަލާކުވެދިޔައީއެވެ. ފަހެ ފެންމަތީގައި އޮޔާދާ ކުނިކޮޅުތަކެއްފަދައިން ތިމަންރަސްކަލާނގެ އެމީހުން ހަދައިލައިފީމެވެ. ފަހެ އަނިޔާވެރިންނަށް ﷲ ގެ رحمة ގެ ހުރި ދުރުކަމާއެވެ. (މިމީހުންނަކީ މިއީ صالح عليه السّلام ގެ قوم ކަމުގައިވެއެވެ.)
reading-goal:continue-reading

Читать q-and-a.tafsir

Russian Tafseer Al Saddi

Когда неверие нечестивцев достигло наивысшего предела, и пророк убедился в том, что никакие увещевания не способны принести им пользу, он проклял своих соплеменников и попросил Аллаха подвергнуть их унизительному наказанию в мирской жизни до того, как они будут наказаны в Последней жизни. Аллах отве…
Когда неверие нечестивцев достигло наивысшего предела, и пророк убедился в том, что никакие увещевания не способны принести им пользу, он проклял свои…
Вид tafsirs

Читать related-content

33. (33) އަދި އެކަލޭގެފާނުންގެ قوم ގެ آخرة އާއި ބައްދަލުވުން ދޮގުކުރި އަދި ކާފަރުވީ ބޮޑެތި ސަރުދާރުން ބުންޏެވެ. އަދި އެމީހުންނަކީ ދުނިޔޭގެ حياة ގައި އެމީހުންނަށް ގިނަގުނަ نعمة ތައްދެއްވި މީހުންނެވެ. އެމީހުން ބުންޏެވެ. މިބޭކަލަކީ (އެބަހީ: رسول ކަމާއިގެން ފޮނުއްވިއޭ ކިޔައިގެން މިއުޅޭމީހަކީ) ހަމަކަލޭމެންކަހަލަ آدم ގެދަރިއަކު ކަމުގައި މެނުވީ ނުވެއެވެ. އެކަލޭގެފާނު އެ ކަނީވެސް އެއެއްޗެއް ކަލޭމެންވެސް ހަމަކައިހަދާ ތަކެއްޗެވެ. އަދި ބޮނީވެސް ހަމަ ކަލޭމެން ބޯބާވަތުގެ ތަކެއްޗެވެ. (މިއީ ވަކިއާ މީހެއްނޫނެވެ.) 34. (34) އަދި ކަލޭމެންކަހަލަ آدم ގެ ދަރިޔަކަށް ކަލޭމެން ކިޔަމަންވެއްޖެއްޔާއި އޭރުން ކަލޭމެންނަކީ ކަށަވަރުންވެސް ގެއްލި ހަލާކުވެއްޖެ ބައެކެވެ. 35. (35) ހަމަކަށަވަރުން ކަލޭމެން މަރުވެ ވެއްޔަށްވެ ކަށިތައްވެސް ފީވެދިއުމަށްފަހު ކަލޭމެން (އަލުން ދިރިގެން) ނެރެވޭނޭކަމަށް އެކަލޭގެފާނު ކަލޭމެނަށް وعد ކުރަނީހެއްޔެވެ؟ 36. (36) ކަލޭމެންނަށް وعد ވެވޭ ކަންތަކުގެ ހުރި ދުރުކަމާއެވެ. ދުރުކަމާއެވެ. 37. (37) އަހުރެމެން މިއުޅޭ ދުނިޔޭގެ حياة މެނުވީ އެހެން حياة އެއް ނުވެއެވެ. އެ حياة ގެތެރޭގައި އެއްބަޔަކު މަރުވެ އަނެއްބަޔަކު ދިރެނީއެވެ. (އެއީ އެގޮތަށް ހަމަޖެހިފައިވާ ކަމެކެވެ.) އަދި އަހުރެމެންނަކީ އަލުން ދިރިގެން ފޮނުވޭނެ ބަޔަކު ކަމުގައި ނުވެއެވެ. (މިއީ އެ قوم ގައި ތިބި ކާފަރުންގެ މަތީމީހުން ދެރަނިކަމެތިންނަށް ވިސްނައިދޭ ވިސްނައިދިނުމެވެ. ކޮންމެ ޒަމާނެއްގައި އަދި ކޮންމެތާކުވެސް سَمَاوِي هِدَايَة އާއި ދުރުބަޔަކު ކަމުގައި ފެންނަނީ، އެތަނެއްގައި ތިބޭ ކަމުވޮށިވެގެންވާ މަތީމީހުންނެވެ. ބަސްވިކޭ މީހުންނެވެ. އާދައިގެ ދެރަމީހުންމަގުން ނެއްޓިގެން ދިއުމުގެ އެންމެބޮޑު ސަބަބަކީ މިމަތީ މީހުންގެ ވާހަކަތަކާއި އެމީހުންގެ عمل ތަކާއި ފިއްތުންތަކެވެ.) 38. (38) (އަދި އެމީހުން ބުންޏެވެ.) އޭނާޔަކީ ﷲ ގެމައްޗަށް ދޮގެއް އަމިއްލައަށް ހަދައިގެންއުޅޭ މީހަކުކަމުގައި މެނުވީ ނުވެއެވެ. އަދި އަހުރެމެންނަކީ އެކަލޭގެފާނަށް އީމާންވެގެންވާ ބަޔަކު ކަމުގައި ނުވެއެވެ. (އަހުރެމެން އެކަލޭގެފާނަށް އީމާންނުވާނަމެވެ.) 39. (39) އެކަލޭގެފާނު ދެންނެވިއެވެ. އޭއަޅުގެ ربّ އެވެ. އެމީހުން ދޮގުކުރިކަމުގެ ސަބަބުން މިއަޅާއަށް نصر ދެއްވާންދޭވެ. 40. (40) އެކަލާނގެ وحي ކުރެއްވިއެވެ. ކުޑަދުވަސްކޮޅެއްގެތެރޭގައި ހިތާމަކުރާ ބަޔަކުކަމުގައި އެމީހުން ވެދާނެއެވެ. 41. (41) ފަހެ އެމީހުން ކާފަރުވުމުގެ ސަބަބުން އެމީހުންނަށް حقّ ގޮތުގައި އަޑުފަށް އައިސް އެމީހުން ހަލާކުވެދިޔައީއެވެ. ފަހެ ފެންމަތީގައި އޮޔާދާ ކުނިކޮޅުތަކެއްފަދައިން ތިމަންރަސްކަލާނގެ އެމީހުން ހަދައިލައިފީމެވެ. ފަހެ އަނިޔާވެރިންނަށް ﷲ ގެ رحمة ގެ ހުރި ދުރުކަމާއެވެ. (މިމީހުންނަކީ މިއީ صالح عليه السّلام ގެ قوم ކަމުގައިވެއެވެ.) 42. (42) އެމީހުންގެފަހުން ދެން ތިމަންރަސްކަލާނގެ އެހެން أمّة ތަކެއް އުފެއްދެވީމެވެ. 43. (43) އަދި އެއްވެސް أمّة އެއް އެ أمّة އަކަށް ކަނޑައެޅިފައިވާ އަޖަލު ހަމަނުވަނީސް ހަލާކު ނުވެއެވެ. އަދި އެ أمّة އެއް ހަލާކުވުމަށް ކަނޑައެޅިފައިވާ އަޖަލަށްވުރެ ފަސް ނުވެއެވެ. (އެބަހީ: ކޮންމެ أمّة އެއްވެސް ހަލާކުވަނީ އެ أمّة އެއް ހަލާކުވުމަށް ކަނޑައެޅިފައިވާ ވަގުތު އައުމުންނެވެ. އިސްނުވެއެވެ. ފަސްނުވެއެވެ.) 44. (44) ދެން ވިދިވިދިގެން އެއް رسول އަކަށްފަހު އަނެއް رسول އަކު ވަޑައިގަންނަވާ ގޮތަށް ތިމަންރަސްކަލާނގެ رسول ބޭކަލުން ފޮނުއްވީމެވެ. ކޮންމެ أمّة އަކަށްވެސް އެ أمّة އެއްގެ رسول އަކު ވަޑައިގަތުމުން އެ أمّة އެއްގެމީހުން އެބޭކަލަކު ދޮގުކުރެއެވެ. ދެން ތިމަންރަސްކަލާނގެ އޭގެ އެއްބަޔަކު އަނެއްބަޔަކާ تبع ކުރެއްވީމެވެ. (އެބަހީ: އެއްބަޔަކު ހަލާކުކުރެއްވުމަށް ފަހު އަނެއްބަޔަކު ހަލާކުކުރެއްވީމެވެ.) އަދި ދެކެވޭ ވާހަކަތަކެއް ކަމުގައި ތިމަންރަސްކަލާނގެ އެމީހުން ލެއްވީމެވެ. އަދި إيمان ނުވާ ބަޔަކަށް ދުރުވެގެންވެއެވެ. (އެބަހީ: އީމާންނުވާ ބަޔަކަށް ﷲ ގެ رحمة ދުރުވެގެންވެއެވެ.)

- Abu Bakr Ibrahim Ali (Bakurube)

reading-goal:continue-reading

Примечания и Размышления

reflection-not-available

Notes placeholders

Оставайтесь на связи с Кораном ❤️

Короткие, но содержательные напоминания, чтобы перезагрузиться, поразмышлять и оставаться на связи с Кораном.

Читайте, слушайте, ищите и размышляйте над Кораном

Quran.com — это надёжная платформа, используемая миллионами людей по всему миру для чтения, поиска, прослушивания и размышления над Кораном на разных языках. Она предоставляет переводы, тафсир, декламацию, пословный перевод и инструменты для более глубокого изучения, делая Коран доступным каждому.

Quran.com, как садака джария, стремится помочь людям глубже проникнуть в Коран. При поддержке Quran.Foundation , некоммерческой организации, имеющей статус 501(c)(3), Quran.com продолжает развиваться как бесплатный и ценный ресурс для всех. Альхамдулиллях.

Навигация
Дом
Коран Радио
Чтецы
О нас
Разработчики
Обновления продуктов
Обратная связь
Помощь
Пожертвовать
Наши проекты
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Некоммерческие проекты, принадлежащие, управляемые или спонсируемые Quran.Foundation
Популярные ссылки
Молитвы из Корана
Аят дня из Корана
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
Карта сайтаКонфиденциальностьУсловия и положения
© 2026 Quran.com. Все права защищены
Способствовать