(30) (އޭ رسول ﷲ އެވެ!) ހަމަކަށަވަރުން އެކަންތަކުގައި (އެބަހީ: نوح عليه السّلام ގެ قوم ގެ ކާފަރުން ހަލާކުކުރައްވައި غرق ކުރެއްވުމުގައި ކަލޭގެފާނުންގެ قوم ގެ مشرك ންނަށް) ކަނޑައެޅި ބަޔާންވެގެންވާ عبرة އާއި دليل ވެއެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ ވޮޑިގެންވަނީ މިމީހުން إمتحان ކުރައްވައި خبر ބައްލަވާ ކަލަކުކަމުގައެވެ.