Iniciar sesión
Iniciar sesión
Iniciar sesión
Seleccionar idioma

Al-Múminún 23:23 ولقد ارسلنا نوحا الى قومه فقال يا قوم اعبدوا الله ما لكم من الاه غيره افلا تتقون ٢٣

Página 343 · Juz 18

وَلَقَدۡ
أَرۡسَلۡنَا
نُوحًا
إِلَىٰ
قَوۡمِهِۦ
فَقَالَ
يَٰقَوۡمِ
ٱعۡبُدُواْ
ٱللَّهَ
مَا
لَكُم
مِّنۡ
إِلَٰهٍ
غَيۡرُهُۥٓۚ
أَفَلَا
تَتَّقُونَ
٢٣
(23) އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ نُوح عليه السّلام އެކަލޭގެފާނުންގެ قوم އަށް رسول ކަމާއިގެން ފޮނުއްވީމެވެ. ފަހެ އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެ މީހުންނޭވެ! ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! ބިރުވެތިވާށެވެ! އެކަލާނގެ ފިޔަވައި حقّ އެހެންއެއްވެސް إله އެއް ކަލޭމެނަށް ނުވެއެވެ. ކަލޭމެން ފަހެ تقوى ވެރިނުވާނެހެއްޔެވެ؟ ބިރުވެތިނުވާނެހެއްޔެވެ؟
reading-goal:continue-reading

Leer q-and-a.tafsir

Ibn Kathir (Abridged)

The Story of Nuh, Peace be upon Him; and his people

Allah tells us about Nuh, peace be upon him, whom He sent him to his people to warn them of the severe punishment of Allah and His severe vengeance on those who associated partners with Him, defied His commands and disbelieved His Messengers:

فَقَالَ
…

The Story of Nuh, Peace be upon Him; and his people

Allah tells us about Nuh, peace be upon him, whom He sent him to his people to warn them of the sev

…
Ver tafsirs

Leer related-content

23. (23) އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ نُوح عليه السّلام އެކަލޭގެފާނުންގެ قوم އަށް رسول ކަމާއިގެން ފޮނުއްވީމެވެ. ފަހެ އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެ މީހުންނޭވެ! ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! ބިރުވެތިވާށެވެ! އެކަލާނގެ ފިޔަވައި حقّ އެހެންއެއްވެސް إله އެއް ކަލޭމެނަށް ނުވެއެވެ. ކަލޭމެން ފަހެ تقوى ވެރިނުވާނެހެއްޔެވެ؟ ބިރުވެތިނުވާނެހެއްޔެވެ؟ 24. (24) ފަހެ އެކަލޭގެފާނުންގެ قوم ގެ ބޮޑުން (އެމީހުން އެމީހުންނަށް) ބުނެއެވެ. މިއީ ހަމަ ކަލޭމެންކަހަލަ آدم ގެ ދަރިއެކެވެ. އެކަލޭގެފާނު އެއެދިވަޑައިގަންނަވަނީ ކަލޭމެންގެ މައްޗަށް އެކަލޭގެފާނު މާތްވެގަންނާށެވެ. އަދި (رسول ބޭކަލަކު ފޮނުއްވުމަށް) ﷲ އެދިވޮޑިގެންނެވިނަމަ ހަމަކަށަވަރުން މަލާއިކަތްބޭކަލަކު ފޮނުއްވައިފީހެވެ. އަދި އަހުރެމެންގެ އިސްވެދިޔަ ކާބަފައިންގެ ކިބައިންވެސް އަހުރެމެން މިފަދަ ވާހަކައެއް ނާހަމެވެ. (އެބަހީ: ﷲ ނޫން إله އަކު ނުވެޔޭ ބުނާއަޑެއް ނާހަމެވެ.) 25. (25) ހަމަކަށަވަރުން އެކަލޭގެފާނަކީ އެކަލޭގެފާނުންގެ ކިބައިގައި ޖިންނިބަލި ނުވަތަ މޮޔަކަން ހުރި މީހަކުކަމުގައި މެނުވީ ނުވެއެވެ. ފަހެ ކަލޭމެން ދުވަސްކޮޅަކަށް އެކަލޭގެފާނުންގެ ކަންތަކާމެދު إنتظار ކުރާށެވެ! ވާގޮތެއް ބަލާށެވެ! 26. (26) އެކަލޭގެފާނު ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ! އެބައިމީހުން (يعني: މިއަޅާގެ قوم ގެމީހުން) މިއަޅާ ދޮގުކުރާ ކަންކަމުގައި މިއަޅާއަށް نصر ދެއްވާންދޭވެ! 27. (27) ދެންފަހެ ތިމަންރަސްކަލާނގެ އެކަލޭގެފާނަށް وحي ކުރެއްވީމެވެ. ތިމަންރަސްކަލާނގެ ބެއްލެވުމާއި ތިމަންރަސްކަލާނގެ وحي އާއިއެކު ކަލޭގެފާނު ނައުކޮޅު ހައްދަވާށެވެ! އަދި ތިމަންރަސްކަލާނގެ أمر ފުޅުއައިސް (އެބަހީ: قوم ގެ ކާފަރުންގެ ހަލާކުގެ أمر ފުޅު އަތުވެއްޖެއްޔާއި) އަދި އުނދުންތަކުން ފެންއަރަން ފަށައިފިއްޔާ ދެން ކަލޭގެފާނު އެނާކޮޅަށް ކޮންމެ ވައްތަރަކުންވެސް ޖޯޑަކުން ޖޯޑަކުން ލައްވާށެވެ! އަދި ކަލޭގެފާނުންގެ أهل ވެރިންކުރެ އެމީހެއްގެމައްޗަށް (ހަލާކުވުމުގެ) ބަސްފުޅު އިސްވެގޮސްފައިވާ މީހުން ފިޔަވައި ކަލޭގެފާނުންގެ أهل ވެރިންވެސް އެނާކޮޅަށް ލައްވާށެވެ! (އަދި ކަލޭގެފާނުވެސް އަރާވަޑައިގަންނަވާށެވެ!) އަދި އަނިޔާވެރިންނާއިމެދު (އެބަހީ: އެމީހުންގެ حال އާއިމެދު) ތިމަންރަސްކަލާނގެއަށް އެއްޗެއް ނުދަންނަވާށެވެ! ހަމަކަށަވަރުން އެމީހުން އެއީ غرق ވެގެންވާ ބައެކެވެ. 28. (28) ދެންފަހެ ކަލޭގެފާނާއި އަދި ކަލޭގެފާނާއިއެކު (إيمان ވެގެންވާ) މީސްތަކުން އެނާކޮޅަށް އަރާ ހަމަޖެހިވަޑައިގެންފިއްޔާ ދެން ކަލޭގެފާނު ވިދާޅުވާށެވެ! އެންމެހައި حمد އާއި تعريف އެއް حقّ ވެގެންވަނީ ﷲ އަށެވެ. އެކަލާނގެއީ އަޅަމެން އަނިޔާވެރި قوم ގެފަރާތުން ސަލާމަތްކުރެއްވި ކަލާނގެއެވެ. 29. (29) އަދި ކަލޭގެފާނު ވިދާޅުވާށެވެ. އޭއަޅުގެ ربّ އެވެ. بركاة ތެރިވެގެންވާ ތަނަކަށް މިއަޅާ ބާލުއްވާދެއްވާންދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ އެންމެ ހެޔޮގޮތުގައި ބައިލުއްވާ ކަލާނގެއެވެ. 30. (30) (އޭ رسول ﷲ އެވެ!) ހަމަކަށަވަރުން އެކަންތަކުގައި (އެބަހީ: نوح عليه السّلام ގެ قوم ގެ ކާފަރުން ހަލާކުކުރައްވައި غرق ކުރެއްވުމުގައި ކަލޭގެފާނުންގެ قوم ގެ مشرك ންނަށް) ކަނޑައެޅި ބަޔާންވެގެންވާ عبرة އާއި دليل ވެއެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ ވޮޑިގެންވަނީ މިމީހުން إمتحان ކުރައްވައި خبر ބައްލަވާ ކަލަކުކަމުގައެވެ.

- Abu Bakr Ibrahim Ali (Bakurube)

reading-goal:continue-reading

Notas y Reflexiones.

reflection-not-available

Notes placeholders

Mantente conectado al Corán ❤️

Breves recordatorios significativos para reconectar, reflexionar y mantenerse conectado con el Corán.

Lea, escuche, busque y reflexione sobre el Corán

Quran.com es una plataforma confiable utilizada por millones de personas en todo el mundo para leer, buscar, escuchar y reflexionar sobre el Corán en varios idiomas. Ofrece traducciones, tafsir, recitaciones, traducción palabra por palabra y herramientas para un estudio más profundo, haciendo que el Corán sea accesible para todos.

Como Sadaqah Jariyah, Quran.com se dedica a ayudar a las personas a conectar profundamente con el Corán. Con el apoyo de Quran.Foundation , una organización sin fines de lucro 501(c)(3), Quran.com continúa creciendo como un recurso gratuito y valioso para todos, Alhamdulillah.

Navegar
Inicio
Radio Coránica
Recitadores
Sobre nosotros
Desarrolladores
Actualizaciones de productos
Retroalimentación
Ayuda
Donar
Nuestros Proyectos
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Proyectos sin fines de lucro adquiridos, administrados o patrocinados por Quran.Foundation
Enlaces populares
Súplicas del Corán
Versículo del Corán del día
Ayatul Kursi
Yasin
Al Mulk
Ar-Rahman
Al Waqiah
Al-Kahf
Al Muzzammil
Mapa del sitio webPrivacidadTérminos y condiciones
© 2026 Quran.com. Reservados todos los derechos
Contribuir