Iniciar sesión
Iniciar sesión
Iniciar sesión
Seleccionar idioma

Al-Muyádila 58:1 قد سمع الله قول التي تجادلك في زوجها وتشتكي الى الله والله يسمع تحاوركما ان الله سميع بصير ١

Página 542 · Juz 28

قَدۡ
سَمِعَ
ٱللَّهُ
قَوۡلَ
ٱلَّتِي
تُجَٰدِلُكَ
فِي
زَوۡجِهَا
وَتَشۡتَكِيٓ
إِلَى
ٱللَّهِ
وَٱللَّهُ
يَسۡمَعُ
تَحَاوُرَكُمَآۚ
إِنَّ
ٱللَّهَ
سَمِيعُۢ
بَصِيرٌ
١
(1) (އޭ مُحَمَّدُ ﷺ އެވެ!) އެކަނބުލޭގެ ފިރިކަލުންނާއިމެދު ﷲ އަށްޝަކުވާ ދަންނަވާ حَال ކަލޭގެފާނާ ތަކުރާރުކުރައްވައި ބަސްދަންނަވާ ކަމަނާގެ ބަސް ހަމަކަށަވަރުން ﷲ އައްސަވޮޑިގެންފިއެވެ. އަދި ތިޔަ ދެފަރާތުގެ ވާހަކަ ﷲ އައްސަވައެވެ. ހަމަކަށަވަރުން ﷲ އީ އައްސަވާވޮޑިގަންނަވާ އަދި ބައްލަވާވޮޑިގެންވާ ކަލާނގެއެވެ.
reading-goal:continue-reading

Leer q-and-a.tafsir

Ibn Kathir (Abridged)

Which was revealed in Al-Madinah

بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ

In the Name of Allah, the Most Gracious, the Most Merciful.

Reason for revealing this Surah

Imam Ahmad recorded that `A'ishah said, "All praise be to Allah, Who hears all voices. 'The woman who disputed' came to the Prophet and a

…

Which was revealed in Al-Madinah

بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ

In the Name of Allah, the Most Gracious, the Most Merciful.

Reason for revealin

…
Ver tafsirs

Leer related-content

1. (1) (އޭ مُحَمَّدُ ﷺ އެވެ!) އެކަނބުލޭގެ ފިރިކަލުންނާއިމެދު ﷲ އަށްޝަކުވާ ދަންނަވާ حَال ކަލޭގެފާނާ ތަކުރާރުކުރައްވައި ބަސްދަންނަވާ ކަމަނާގެ ބަސް ހަމަކަށަވަރުން ﷲ އައްސަވޮޑިގެންފިއެވެ. އަދި ތިޔަ ދެފަރާތުގެ ވާހަކަ ﷲ އައްސަވައެވެ. ހަމަކަށަވަރުން ﷲ އީ އައްސަވާވޮޑިގަންނަވާ އަދި ބައްލަވާވޮޑިގެންވާ ކަލާނގެއެވެ. 2. (2) ތިޔަބައިމީހުންކުރެ ތިމާމެންގެ އަނބީން ތިމާމެންގެ މަޔެކޭ ހަމަކުރާ މީހުން (ظِهَارُ ކުރާ މީހުން) ދަންނައެވެ. (އެހެން އެމީހުން ބުންޏަކަސް) އެ އަންހެނުން އެއީ އެމީހުންގެ މައިން ކަމުގައި ނުވެއެވެ. އެމީހުންގެ މައިން ކަމުގައިވާކަން ކަށަވަރީ އެމީހުން ވިހެއި އަންހެނުންނެވެ. (حَقِيْقِي މައިންނެވެ.) އަދި ހަމަކަށަވަރުން އެމީހުން އެހެން އެބުނާ ބަހަކީ (ތިމާގެ އަނބިމީހާ ތިމާގެ މަޔެކޭ އެއްފަދައޭ) އެބުނާބަހަކީ ބަހުގެ ތެރެއިން شَرِيْعَة قَبُوْلُ ނުކުރާ ހަޑި مُنْكَرُ ބަހެކެވެ. އަދި އެއީ ހަމަ ބޮޑު ދޮގެކެވެ. އަދި ހަމަކަށަވަރުން ﷲ އީ ކަނޑައެޅިގެން ގިނަގިނައިން عَفُوْء ކުރައްވާ އަދި ފާފަ ފުއްސެވުން ބޮޑުވެގެންވާ ކަލާނގެއެވެ. • ދަންނައެވެ. މިއާޔަތްތައް ބާވައިލެއްވުމުގެ ސަބަބެއް ކަމުގައި تَفْسِيْر عِلْم ވެރިން ލިޔުއްވާފައިވެއެވެ. އޭގެ خُلَاصَة އަކީ: أَوْسُ بْنُ الصَّامِتُ، އެކަލޭގެފާނުގެ އަނބިކަނބަލުން خَوْلَةُ بِنْتِ ثَعْلَبَة މަޔެކޭ ހަމަކުރެއްވިއެވެ. މިސޫރަތުގައި ބަޔާންވެގެންމިވާ ظِهَارُ ގެ حُكُم އެބަހީ މަޔެކޭ ހަމަކުރުމުގެ حُكُم ބާވައިލެއްވުމުގެ ކުރިން މީހަކު ތިމާގެ އަނބިމީހާ މަޔެކޭ ހަމަކޮށްފީމޭ ބުނެފިއްޔާ ދެމީހުން ދެން އަބަދަށް ވަރިވީއެވެ. މިހެންވެ އެކަމަނާ ކަންބޮޑުވެގެން رَسُوْلُ اللَّهِ ﷺ ގެ އަރިހަށްގޮސް އެވާހަކަ ދެންނެވުމުން އެކަލޭގެފާނު حَدِيْث ކުރެއްވީ އެކަމާ ބެހޭ حُكُم އެއް ނެތްކަމަށެވެ. އަލުންވެސް އެކަމަނާ އެކަމަނާގެ حَال ގެ ވާހަކަ بَيَان ކޮށް ވާހަކަ تَكْرَار ކުރައްވައެވެ. އެކި ފަހަރު އެކި عِبَارَة ންނެވެ. އެކަމަނާގެ މައްސަލައާއި ގުޅިގެން މި ދެއާޔަތާއި އަދި މީގެފަހުގައިވާ ދެ އާޔަތް ބާވައިލެއްވީއެވެ. ظِهَارُ ކުރުމުގެ އެންމެހާ حُكُم ބާވައިލެއްވީއެވެ. 3. (3) އަދި ތިމާމެންގެ އަނބިން ތިމާމެންގެ މައިންނެކޭ އެއްފަދަކުރާ މީހުން ދެން އެމީހުން އެބުނި ބުނުން އަނބުރާ ގެނަސް އެމީހުންގެ އަނބީންނާއި جِمَاع ވުމަށް قَصْدُ ކުރާނަމަ އެދެމީހުން جِمَاع ވުމުގެ ކުރިން އަޅަކު މިނިވަންކުރުން ހުއްޓެވެ. (އެއީ އޭނާ އެބުނި ނުބައި ދޮގު ބަހުގެ އަދަބަކަށެވެ. އެކަމުގެ كَفَّارَة އަކަށެވެ.) ﷲ ތިޔަބައިމީހުންނަށް އަމުރުކުރައްވަނީ އެފަދައިންނެވެ. އަދި ﷲ އީ ކަލޭމެން ކުރާހާ ކަމެއްގެ خَبَر ދެނެވޮޑިގެންވާ ކަލާނގެއެވެ. 4. (4) ދެންފަހެ އަޅަކު މިނިވަން ކުރާން ނުލިބުނު މީހާ (އަޅަކު ނުލިބިގެން ނަމަވެސް، އަދި އަޅަކު ގަންނަހާ ފައިސާ ތިމާގެ އަތުގައި ނެތިގެން ނަމަވެސް އެކަން ނުކުރެވުނު މީހާއަށް) ދެން އޮތީ ވިދިވިދިގެން ދެމަސްދުވަހު ރޯދަ ހިފުމެވެ. އެއީ އެ ދެމަފިރީން جِمَاع ވުމުގެ ކުރީންނެވެ. ދެންފަހެ، ދެމަސްދުވަހު ރޯދަ ހިފުމަށް ކުޅަދާނަ ނުވި މީހަކުނަމަ ދެން އޮތީ ފަސްދޮޅަސް مِسْكِينންނަށް ކާން ދިނުމެވެ. (އެއީ ކޮންމެ مِسْكِين އަކު އެއްފަހަރު ބަނޑު ފުރޭވަރަށް ދިނުމެވެ. މިކަމާ ބެހޭ تَفْصِيل ތައް فِقْه ފޮތްތަކާއި، حَدِيث ފޮތްތަކުގައި بَيان ވެގެން ވެއެވެ.) އިސްވެދިޔަ حُكْم ތަކަކީ ކަލޭމެން ﷲ އަށާއި، އެކަލާނގެ رَسُول އާ އަށް إيْمان ވުމަށް ޓަކައި ﷲ ކަނޑައަޅުއްވާފައިވާ حُكْم ތަކެވެ. އަދި އެއީ ﷲ ކަނޑައަޅުއްވާފައިވާ حَدّ ތަކެވެ. އިންތަކެވެ. އެތަންތަން ފަހަނަޅައި ގޮސްގެން ނުވާނެއެވެ. (އެތަންތަން ފަހަނަޅައި ގޮސް ﷲ ގެ أمر ފުޅުތަކާއި، حُكْم ފުޅުތަކަށް ކިޔަމަންނުވެ إيْمان ނުވެއްޖެ މީހާއީ كافِر އެކެވެ.) އަދި كافِر ންނަށް ހުރީ ވޭންދެނިވި عَذاب އެވެ. • ދަންނައެވެ. އިސްވެދިޔަ އާޔަތްތަކުގައި بَيان ވެގެން އެވަނީ ظِهار ކުރުމުގެ ކުށުގެ ވާހަކަޔާއި، އެކަމުގެ އަދަބުގެ ވާހަކައެވެ. ظِهار ކުރުމަކީ ތިމާގެ އަނބިމީހާއާ ދިމާއަށް (أَنْتِ عَلَيَّ كَظَهْرِ أُمِّي) އެބަހީ "ކަލޭ އަހުރެންގެ މައްޗަށް އަހުރެންގެ މަންމަގެ ބުރިކަށި ފަދައެވެ." މިފަދައިން ބުނުމެވެ. އޭގެ މާނައަކީ "ކަލެއެކޭ އަހުރެންގެ މަންމައެކޭ އެއްފަދައެވެ. މަންމަ ގާތުގައި ރޭކުރުމަކީ حَرام ކަމެއް ކަމުގައި ވީ ފަދައިން ކަލޭގެ ގާތުގައި އަހުރެން ރޭކުރުންވެސް އަހުރެންނަށް حَرام އެވެ." މިއެވެ. އިސްލާމުދީނުގައި މި حُكْم އައުމުގެ ކުރީން މީހަކު ތިމާގެ އަންހެނުންނާ ދިމާއަށް އެފަދައިން ބުނެފިއްޔާ ދެން އެ ދެމީހުން ވަރިވީއެވެ. ދުވަހަކުވެސް ދެން ނުއިނދެވޭނެއެވެ. އެހެން ނަމަވެސް މި އާޔަތްތައް ބާވައިލެއްވުމުން އެކަން ކެންސަލްވީއެވެ. އެ ދެމީހުން ވަރިއެއް ނުވާނެއެވެ. އެ ބުނިބުނުމަށް كَفّارَة ދިނީމާ އަލުންވެސް އަނބިމީހާ ގާތުގައި ރޭކުރުން ހުއްދަވީއެވެ. އެކަމުގެ كَفّارَة އަކީ (1) އަޅަކު މިނިވަން ކުރުން. ނުވަތަ (2) ވިދިވިދިގެން ދެމަސް ދުވަހު ރޯދަ ހިފުން. ނުވަތަ (3) ފަސްދޮޅަސް މިސްކީނުންނަށް ކާންދިނުން. މިއެވެ. މިއިން ކޮންމެވެސް އެއް ކަމެކެވެ. އެމީހަކަށް ކުޅަދާނަވީ އެންމެ މަތީ ކަމެކެވެ.

- Abu Bakr Ibrahim Ali (Bakurube)

reading-goal:continue-reading

Notas y Reflexiones.

reflection-not-available

Notes placeholders

Mantente conectado al Corán ❤️

Breves recordatorios significativos para reconectar, reflexionar y mantenerse conectado con el Corán.

Lea, escuche, busque y reflexione sobre el Corán

Quran.com es una plataforma confiable utilizada por millones de personas en todo el mundo para leer, buscar, escuchar y reflexionar sobre el Corán en varios idiomas. Ofrece traducciones, tafsir, recitaciones, traducción palabra por palabra y herramientas para un estudio más profundo, haciendo que el Corán sea accesible para todos.

Como Sadaqah Jariyah, Quran.com se dedica a ayudar a las personas a conectar profundamente con el Corán. Con el apoyo de Quran.Foundation , una organización sin fines de lucro 501(c)(3), Quran.com continúa creciendo como un recurso gratuito y valioso para todos, Alhamdulillah.

Navegar
Inicio
Radio Coránica
Recitadores
Sobre nosotros
Desarrolladores
Actualizaciones de productos
Retroalimentación
Ayuda
Donar
Nuestros Proyectos
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Proyectos sin fines de lucro adquiridos, administrados o patrocinados por Quran.Foundation
Enlaces populares
Súplicas del Corán
Versículo del Corán del día
Ayatul Kursi
Yasin
Al Mulk
Ar-Rahman
Al Waqiah
Al-Kahf
Al Muzzammil
Mapa del sitio webPrivacidadTérminos y condiciones
© 2026 Quran.com. Reservados todos los derechos
Contribuir