(1) (އޭމަތްވެގެންވާ ރަސޫލާއެވެ!) ހިސާބު ބެއްލެވުމާއި ޖަޒާދެއްވުން ދޮގުކުރާމީހާއަށް ކަލޭގެފާނު ބެއްލެވީމުތޯއެވެ؟ އެމީހާގެ ޚަބަރު ނިކަން ދެއްވައި ބައްލަވާށެވެ. (އެމީހަކީ العَاصُ بْنُ وَائِلُ السّهمى ކަމުގައި ބުނެވުނެވެ. އަދިއެއީ الوَلِيْد بْنُ المُغِيْرَة ކަމުގައި ބުނެވުނެވެ. ނުވަތަ މުނާފިޤުން ކުރެކޮންމެވެސް މީހަކު ކަމުގައި ބުނެވުނެވެ. والله أعلم.)