(5) އަދި އޭނާގެ ކަރުގައި އަނބުރާފައިވާ ވާފަށެއްވެއެވެ. ބުނެވެނީ އެވާފަށަކީ އޭނާ ދުނިޔޭގައި އުޅުނުއިރު ކަރުގައި އޮންނަ އަގުބޮޑު ހާރެއްކަމަށެވެ. އޭނާ لات އާއި عزّى ގަންދީ ހުވައިކޮށްފާ ބުނީ އެ ހާރު ޚަރަދުކުރާނީ محمد ގެ ފާނަށް عداوة ތެރިވުމުގައެވެ. ދެންފަހެ ޤިޔާމަތްދުވަހުން އެ ހާރު އަލިފާނުގެ ހާރަކަށްބަދަލުވެ އޭނާގެ ކަރުގައި އެޅެވޭނެއެވެ. ނުވަތަ އޭނާގެ އަނގައިން އޭގެ އެއްކޮޅު ވަދެ އަނެއްކޮޅު ފުރަގަހުން ނުކުންނާނެކަމަށެވެ. والله أعلم. = فَتْحُ القدير =