Al-Ma'idah 5:33 انما جزاء الذين يحاربون الله ورسوله ويسعون في الارض فسادا ان يقتلوا او يصلبوا او تقطع ايديهم وارجلهم من خلاف او ينفوا من الارض ذالك لهم خزي في الدنيا ولهم في الاخرة عذاب عظيم ٣٣
إِنَّمَا
جَزَٰٓؤُاْ
ٱلَّذِينَ
يُحَارِبُونَ
ٱللَّهَ
وَرَسُولَهُۥ
وَيَسۡعَوۡنَ
فِي
ٱلۡأَرۡضِ
فَسَادًا
أَن
يُقَتَّلُوٓاْ
أَوۡ
يُصَلَّبُوٓاْ
أَوۡ
تُقَطَّعَ
أَيۡدِيهِمۡ
وَأَرۡجُلُهُم
مِّنۡ
خِلَٰفٍ
أَوۡ
يُنفَوۡاْ
مِنَ
ٱلۡأَرۡضِۚ
ذَٰلِكَ
لَهُمۡ
خِزۡيٞ
فِي
ٱلدُّنۡيَاۖ
وَلَهُمۡ
فِي
ٱلۡأٓخِرَةِ
عَذَابٌ
عَظِيمٌ
٣٣
(33) ﷲ އާއި އަދި އެކަލާނގެ رسول އާ އާއި އިދިކޮޅަށް ހަނގުރާމަކޮށް (އެބަހީ އެދެފަރާތުގެ أمر އަށް ނުކިޔަމަންތެރިވެ އުރެދި) އަދި ބިމުގައި ފަސާދަވެރިކަން އުފެއްދުމަށް މަސައްކަތްކޮށް ހަދާމީހުން (އެބަހީ މަގުފޭރި މީހުންމަރާ މުދާލޫޓުވައި މީހުންގެ عفّة ނަގާލާހަދާ ބިރުދައްކާ ހަދާމީހުން) ގެ جزاء އެއްކަމުގައި އެމީހުންގެ އަދަބެއްކަމުގައި ވާކަންކަށަވަރީ އެމީހުން މެރުމެވެ. ނުވަތަ صَليب އަށްލުމެވެ. ނުވަތަ އަތާފައި ކަންކުތިވާގޮތަށް (ކަނާތާ ވާތުފައިވާގޮތަށް) ކެނޑުމެވެ. ނުވަތަ އޭނާ އަރުވައިލާ އެރަށުން ބޭރުކުރުމެވެ. އެއީ ދުނިޔޭގައި އޭނާއަށް ހުރި ދެރަކަމާއި ނިކަމެތިކަމެވެ. އަދި آخرة ގައި އޭނާއަށް ކަނޑައެޅިގެންހުރީ ބޮޑުވެގެންވާ عذاب އެވެ.
• ދަންނައެވެ! މިއާޔަތުގެ حكم ތަކާއިމެދު مفسّر ންނާ عالم ންގެމެދުގައި ހިސާބަކަށް ދެބަސްވުންވެއެވެ. އަދި حكم ތަކުގެ تفصيل އެހާ ތަނަވަހެވެ. ވީމާ އެދިގު تفصيل އަށް އަދި ދިއުމަކަށް قصد އެއް ނުކުރަމެވެ. ކޮންމެއަކަސް މިއީ މަގުފޭރޭމީހުންގެ حكم އެވެ. މި حكم ތައް މިއަންގަވާފައިވާގޮތަށް تَنْفِيذ ކުރަމުންދާ ތަނެއްގައި އަމަންއަމާންކަން ރަސްކަންކުރާނެއެވެ. އަދި حكم ތައް تنفيذ ނުކޮށް ތިމާމެން ކިތަންމެ ކުރިއަރައި ترقّي ވެފައިވާކަމުގައި އަޑުއެރުވިޔަސް އެތަނެއްގައި ވެރިކަންކުރާނީ ބިރުވެރިކަމާއި ނާމާންކަމެވެ. ކަޓަރުއެޅުމާ، ލޫޓުވުމެވެ. މީހުންމެރުމާ ފަސާދައެވެ. فاحش ކަންތަކާއި ދެންވެސް އެބާވަތުގެ އެންމެހައި ނުބައެކެވެ. ބައްޔާ އެކަށީގެންވާވަރު ބޭހެއް ނުކުރެވިއްޖެއްޔާ ބަލި ހައްތާބޮޑުވެ ނުބައިވާނެއެވެ. ބުއްދިވެރިންނޭވެ. عبرة حاصل ކުރާށެވެ! ކޮންމެއަކަސް މި ތެއްތިރީސްވަނަ އާޔަތަކީ مجتمع إصلاح ކުރުމުގެ ބޭސްގަނޑެވެ. އެއާޔަތުގައި بيان ވެގެންއެވާ ބަލީގެ ބޭހަކީ ހަމަ އެ އާޔަތުގައި އެވާ ބޭހެވެ. އެހެން ބޭހަކުން އަސަރެއް ނުކުރާނެއެވެ. ޓީބީ ޖެހުނީމާ އަރިދަފުސް ރޯގާގެ ބޭހަކުން ނުގުޑާނެއެވެ.
Читать q-and-a.tafsir
Russian Tafseer Al Saddi
Под сражением против Аллаха и Его посланника подразумевается враждебное отношение к Нему и Его посланнику, а также распространение на земле нечестия посредством неверия, убийств, присвоения чужого имущества или грабежей на дорогах. Хорошо известно, что этот прекрасный аят ниспослан о разбойниках с б…
Под сражением против Аллаха и Его посланника подразумевается враждебное отношение к Нему и Его посланнику, а также распространение на земле нечестия п…