登入
登入
登入
选择语言

005Al-Ma'idah 5:28 لين بسطت الي يدك لتقتلني ما انا بباسط يدي اليك لاقتلك اني اخاف الله رب العالمين ٢٨

5:28
لَئِنۢ
بَسَطتَ
إِلَيَّ
يَدَكَ
لِتَقۡتُلَنِي
مَآ
أَنَا۠
بِبَاسِطٖ
يَدِيَ
إِلَيۡكَ
لِأَقۡتُلَكَۖ
إِنِّيٓ
أَخَافُ
ٱللَّهَ
رَبَّ
ٱلۡعَٰلَمِينَ
٢٨
(28) (قربان قبول ވެވުނުމީހާ ވާހަކަދައްކަމުން ބުންޏެވެ.) ކަލޭ އަހުރެން މަރައިލުމަށް ކަލޭގެ ދެއަތް އަހުރެންނާ ދިމާލަށް ފަތުރައިލިޔަސް އަހުރެންނަކީ ކަލޭ މަރައިލުމަށް އަހުރެންގެ އަތް ކަލެޔާ ދިމާއަށް ފަތުރާނެމީހަކު ނޫނެވެ. ހަމަކަށަވަރުން عالم ތަކުގެ ވެރި رَبّ ކަމުގައިވާ ﷲ އަށް އަހުރެން ބިރުގަންނަމެވެ.
继续阅读

阅读《古兰经注》

Ibn Kathir (Abridged)

The Story of Habil (Abel) and Qabil (Cain)

Allah describes the evil end and consequence of transgression, envy and injustice in the story of the two sons of Adam, Habil and Qabil. One of them fought against the other and killed him out of envy and transgression, because of the bounty that Allah gave

…

The Story of Habil (Abel) and Qabil (Cain)

Allah describes the evil end and consequence of transgression, envy and injustice in the story of the two so

…
更多经注

结合上下文阅读

章 5, 页 112, Juz 6

27. (27) (އޭ رسول ﷲ އެވެ!) ކަލޭގެފާނު އެމީހުންނަށް އެބަހީ قُرَيشُ ންނަށް آدم عليه السّلام ގެ ދެދަރިކަލުންގެ خبر ވިދާޅުވެދެއްވާށެވެ! حقّ ގޮތުގައެވެ. އެއީ އެދެދަރިކަލުން (ﷲ އަށް ކުއްތަންވުމުގެ ގޮތުން) قربان އެއް ކުރިހިނދުގައެވެ. ދެންފަހެ އެތަނުން އެއްދަރިކަލުންގެ قربان قبول ކުރެވުނެވެ. އެބަހީ ﷲ قبول ކުރެއްވިއެވެ. އަދި އަނެއް ދަރިކަލުންގެ قربان قبول ނުކުރެވުނެވެ. އެބަހީ ﷲ قبول ނުކުރެއްވިއެވެ. އަދި އޭނާ އެބަހީ قربان قبول ނުވެވުނުމީހާ އަނެއްމީހާއަށް ބުންޏެވެ. އަހުރެން ކަލޭ މަރާނަމެވެ. އަނެއްމީހާ އެބަހީ قربان قبول ވެވުނުމީހާ ބުންޏެވެ. ހަމަކަށަވަރުން ﷲ قبول ކުރައްވަނީ تقوى ވެރިންގެ ކިބައިންނެވެ. 28. (28) (قربان قبول ވެވުނުމީހާ ވާހަކަދައްކަމުން ބުންޏެވެ.) ކަލޭ އަހުރެން މަރައިލުމަށް ކަލޭގެ ދެއަތް އަހުރެންނާ ދިމާލަށް ފަތުރައިލިޔަސް އަހުރެންނަކީ ކަލޭ މަރައިލުމަށް އަހުރެންގެ އަތް ކަލެޔާ ދިމާއަށް ފަތުރާނެމީހަކު ނޫނެވެ. ހަމަކަށަވަރުން عالم ތަކުގެ ވެރި رَبّ ކަމުގައިވާ ﷲ އަށް އަހުރެން ބިރުގަންނަމެވެ. 29. (29) އަހުރެން އެދެނީ އަހުރެންގެ ފާފަޔާ ކަލޭގެ ފާފަ ހިފައިގެން ކަލޭ ދިއުމަށެވެ. އޭރުން ދެން ކަލޭވާނީ ނަރަކައިގެ އެކުވެރިންގެތެރެއިންނެވެ. އަދި އަނިޔާވެރިންގެ ޖަޒާއަކި އެއީއެވެ. 30. (30) ދެންފަހެ އޭނާ (އެބަހީ قربان قبول ނުވެވުނުމީހާ) އަށް އޭނާގެ أخ މަރައިލުމަށް އޭނާގެ نفس ކިޔަމަންކޮށް ހިތްވަރުދީފިއެވެ. ދެން އޭނާ އޭނާގެ أخ މަރައިފިއެވެ. އަދި އޭނާ ވީ ގެއްލިހަލާކުވެގެންވާ މީހުންގެތެރެއިންނެވެ. 31. (31) ދެންފަހެ ބިމުގެ އެތަންމިތަން ހޯދަމުންދާ ކާޅެއް ﷲ تعالى (އޭނާގެ ގާތަށް) ފޮނުއްވިއެވެ. އެއީ އޭނާގެ أخ ގެ ހަށިގަނޑު ނިވައިކުރާނެގޮތް ދެއްކުމަށްޓަކައެވެ. (ގިނަ ރިވާޔަތްތަކުގައި بيان ވެގެންވާފަދައިން ދެކާޅު އައިސް އޭނާގެ ކުރިމަތީގައި ތަޅާފޮޅާ އެތަނުން އެއްކާޅު އަނެއްކާޅު މަރައިލީއެވެ. ދެން ދިރިއިން ކާޅު ތުނބުން ބިންމަތިކޮނެ އަނެއް މަރުވި ކާޅު އެވަޅުގަޑުގައި ބާއްވައި ދެން އެގޮތްމިގޮތުން އޭގެމައްޗަށް ވެލިއަޅާ ނިވައިކުރީއެވެ. މަހާނަ ހެދީއެވެ. = تفسيرالطبري =.) ކާޅުގެ މި حركاة ފެނިފައި އޭނާ ބުންޏެވެ. އޭއަހުރެންނަށް ހުރި ހަލާކެއްގެބޮޑުކަމާއެވެ! މިކާޅުފަދައިން އަހުރެން އަހުރެންގެ أخ ގެ ހަށިގަނޑު ނިވައިކުރުމަށްވެސް އަހުރެން މިވަނީ ނުކުޅެދިފައެވެ. އަދި އޭނާވީ ހިތާމަކުރާމީހުންގެ ތެރެއިންނެވެ. • ދަންނައެވެ! މިއީ آدم عليه السّلام ގެ ދެ ދަރިކަލުންކުރެ އެކަކު އަނެކަކު މެރިވާހަކައެވެ. އެކަކީ هَابِيْلُ އެވެ. އަނެކަކީ قَابِيل އެވެ. އެއީ އެދެމީހުންގެ ދެމެދު ދިމާވި މައްސަލައެއްގައި ﷲ އެންގެވީ ކޮންމެ މީހަކުވެސް ﷲ އަށް قربان އެއް ކުރުމަށެވެ. ދެންފަހެ هابيل އަކީ ބަކަރިގެންގުޅޭ މީހަކުކަމުގައިވީހިނދުން އޭނާގެ އަތުގައިވާ އެންމެ ރީތި އަދި އެންމެ ލޯބިވާ ބަކަރީގެ قربان އޭނާ ކޮށްފިއެވެ. قابيل އަކީ ދަނޑުވެރިއެއްކަމުގައިވީހިނދުން އޭނާ قربان ކުރީ އޭނާގެ ދަނޑުގެ ތަކެތީގެ ތެރެއިން ދެރަ ވިޔާނުދާ ތަކެތީގެ قربان އެކެވެ. ދެންފަހެ هابيل ގެ قربان قبول ވެވި قابيل ގެ قربان قبول ނުވެވުނެވެ. އެކަމާ ރުޅިއައިސް قابيل ގޮސް هابيل މެރީއެވެ. އާޔަތުގައި އެވަނީ އެދެމީހުން ދެއްކި ވާހަކަޔާ ކަންވެދިޔަގޮތެވެ. އެއީ ދުނިޔޭގެ آدم ގެ ދަރިންގެ ފުރަތަމަ قتل އެވެ. މިދެމީހުންގެދެމެދު ދެބަސްވާންދިމާވި މައްސަލައެއްކަމުގައިވަނީ އަންހެންކުއްޖެއްގެ މައްސަލައެވެ. قابيل އިންނަން ދިމާވި ކުއްޖާޔާ قابيل އިންނަން قبول ނުވެ، هابيل އިންނަން ދިމާވިކުއްޖާޔާ قابيل ވެސް އިންނަހިތްވުމެވެ. ނަމަވެސް އެގޮތް އޭރުގެ شريعة ހުއްދައެއް ނުކުރެއެވެ. ދެން آدم عليه السّلام އެދެކުދިންނަށް قربان ކުރަން އެންގެވީއެވެ. އަދި هابيل ގެ قربان ﷲ قبول ކުރެއްވީއެވެ. އެއީ حقّ ގެވެރިފަރާތެވެ. قابيل އެކަމާ ރުޅިއައިސްގެން އޭނާގެ أخ هابيل މެރީއެވެ. والله أعلم.

- Abu Bakr Ibrahim Ali (Bakurube)

笔记与反思

你对这节经文没有任何笔记或感想。

Notes placeholders

与《古兰经》保持联系❤️

简短而有意义的提醒,帮助你重新调整、反思并与《古兰经》保持联系。

阅读、聆听、探索并思考《古兰经》

Quran.com 是一个值得信赖的平台,全球数百万人使用它来阅读、搜索、聆听和思考多种语言的《古兰经》。它提供翻译、注释、诵读、逐字翻译以及深入研究的工具,让每个人都能接触到《古兰经》。

作为一家名为“施舍之家”(Sadaqah Jariyah)的机构,Quran.com 致力于帮助人们与《古兰经》建立更深层次的联系。在 501(c)(3) 非营利组织 Quran.Foundation 的支持下,Quran.com 不断发展壮大,成为所有人的免费宝贵资源。Alhamdulillah(真主安拉)

导航
首页
在线听古兰经
朗诵者
关于我们
开发者
产品更新
反馈问题
帮助
捐
我们的项目
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Quran.Foundation 拥有、管理或赞助的非营利项目
热门链接
古兰经中的祈祷词
每日古兰经经文
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
网站地图隐私条款和条件
© 2026年 Quran.com. 版权所有
贡献