Al-Ma'idah 5:2 يا ايها الذين امنوا لا تحلوا شعاير الله ولا الشهر الحرام ولا الهدي ولا القلايد ولا امين البيت الحرام يبتغون فضلا من ربهم ورضوانا واذا حللتم فاصطادوا ولا يجرمنكم شنان قوم ان صدوكم عن المسجد الحرام ان تعتدوا وتعاونوا على البر والتقوى ولا تعاونوا على الاثم والعدوان واتقوا الله ان الله شديد العقاب ٢
يَٰٓأَيُّهَا
ٱلَّذِينَ
ءَامَنُواْ
لَا
تُحِلُّواْ
شَعَٰٓئِرَ
ٱللَّهِ
وَلَا
ٱلشَّهۡرَ
ٱلۡحَرَامَ
وَلَا
ٱلۡهَدۡيَ
وَلَا
ٱلۡقَلَٰٓئِدَ
وَلَآ
ءَآمِّينَ
ٱلۡبَيۡتَ
ٱلۡحَرَامَ
يَبۡتَغُونَ
فَضۡلٗا
مِّن
رَّبِّهِمۡ
وَرِضۡوَٰنٗاۚ
وَإِذَا
حَلَلۡتُمۡ
فَٱصۡطَادُواْۚ
وَلَا
يَجۡرِمَنَّكُمۡ
شَنَـَٔانُ
قَوۡمٍ
أَن
صَدُّوكُمۡ
عَنِ
ٱلۡمَسۡجِدِ
ٱلۡحَرَامِ
أَن
تَعۡتَدُواْۘ
وَتَعَاوَنُواْ
عَلَى
ٱلۡبِرِّ
وَٱلتَّقۡوَىٰۖ
وَلَا
تَعَاوَنُواْ
عَلَى
ٱلۡإِثۡمِ
وَٱلۡعُدۡوَٰنِۚ
وَٱتَّقُواْ
ٱللَّهَۖ
إِنَّ
ٱللَّهَ
شَدِيدُ
ٱلۡعِقَابِ
٢
(2) އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެން ﷲ ގެ شَعِيْرَة ތައް حلال ނުކުރާށެވެ! (އެބަހީ އެކަލާނގެ ކަނޑައަޅުއްވާފައިވާ مَعَالِم ތައް އެކަންކަމުގެ حرمة ކަނޑައި ހުއްދަކަމެއްކަމުގައި ނުހަދާށެވެ!) އެކަމެއް އެ އެންގެވިފަދައަކުން ކުރާށެވެ! އެއީ ﷲ ކަލޭމެންގެމައްޗަށް فرض ކުރައްވާ ކުރުން لاَزم ކުރައްވާފައިވާ ކަންކަމާއި ނަހީކުރައްވާ މަނާކުރެއްވި ކަންކަމެވެ. އޭގެތެރޭގައި އެންމެ އިސްކަމަކަށް حجّ ގެ އަޅުކަމާއި مكّة އާއި ދެންވެސް އެބާވަތުގެ އެންމެހައި ކަންތައްތައް ހިމެނޭކަމުގައި ގިނަمُفَسِّر ން ވިދާޅުވެއެވެ. އަދި حرمة ތެރިވެގެންވާ މައްސަރުތައްވެސް އޭގެ حرمة ކަނޑާ حلال ނުކުރާށެވެ! އަދި مكّة ގެ حَرَم ފުޅަށް ހަދިޔާގެގޮތުގައި ގެންދެވޭ هَدْى ތައް (ގެރިބަކަރި جَمَل) ވެސް އޭގެ حرمة ކަނޑައި حلال އެއްޗެތި ކަމުގައި ބަލައި ނުގަވާއިދުން އެތަކެއްޗަށް ގޯނާ ނުކުރާށެވެ! އޭގެތެރޭގައި ފާހަގަކުރުމުގެ ގޮތުން ކަރުގައި ގިލަފަތި އަޅުވާފައިވާ هَدْىُ ކަމުގައިވާ قَلِيْدَة ވެސްވެއެވެ. އެފަދަ ތަކެއްޗަށްވެސް ގޯނާ ނުކުރާށެވެ! އަދި ތިމާމެންގެ رَبُّ ގެ حضرة ން فَضْلَ ވަންތަކަމާއި ރުހިވޮޑިގަތުން އެދިގެން ގެފުޅަށް ޒިޔާރަތްކުރުމަށް އަންނަމީހުން ކަލޭމެން ހިފަހައްޓާ މަނާކޮށް ނުހަދާށެވެ!
(• ދަންނައެވެ! މި حكم ތައް تَنْفِيْذُ ކުރެވޭނީ ހަމައެކަނި مُسْلِم ންނާއިމެދުގައެވެ. مُشْرك ންނާއި ބެހޭ އެބާވަތުގެ އެންމެހައި حكم އެއް މިހާރު ވަނީ مَنْسُوخ ކުރެވިފައެވެ. مشرك އަކު مكّة ގެ حرم ގެތެރެއަށް ވަނުމަކީ މަނާ ކަމެކެވެ.)
އަދި ކަލޭމެން (حَجُّ ން ނުވަތަ عُمْرَة އިން إحْرَام ކަނޑައި) حلال ވެގަތުމަށްފަހު ދެން ކަލޭމެން އެއްގަމު ޝިކާރަކުރާށެވެ! އެބަހީ އެއީ ހުއްދަ ކަމެކެވެ. އަދި ކަލޭމެން مَسْجِدُ الْحَرَام އަށް ދިޔަނުދީ ހިފަހައްޓާ މަނާކުރިކަމުގެ ސަބަބުން ބަޔަކުމީހުންގެ މައްޗަށް އައިސްފައިވާ ރުޅިވެރިކަމާއި ދެކޮޅުވެރިކަން އެއީ عَدَاوة ތެރިވެގަތުމުގެ ސަބަބެއްކަމުގައި އަދި އެކަން ހުއްދަވުން حقّ ވާކަމެއްގައި ކަލޭމެން ނުހަދާށެވެ!
(• މިއާޔަތުން މި އިޝާރަތްވަނީ صُلْحُ الْحُدَيْبِيّة ގެ ދުވަހު مسلم ން ގެފުޅަށް ދިއުން މަނާކުރި مشرك ންނަށް އޭގެފަހުން مسلم ންނަށް ބާރުލިބުނީމާ އޭގެބަދަލުގައި އެމީހުންގެމައްޗަށް عداوة ތެރި ނުވުމަށްވާ އިޝާރާތެކެވެ. އެއީ ﷲ ގެ ފުރިހަމަ حكمة ފުޅުގެތެރެއިން ހިންގަވާ ކަންކަމެވެ.)
އަދި ހެޔޮކަންކަމާއި تقوى ވެރިވެވޭ ކަންކަމުގައި ކަލޭމެން އެއްބަޔަކު އަނެއްބަޔަކާއި އެހީވެ ވާގިވެރިވާށެވެ! އަދި ފާފަވެރިވެވޭ ކަންކަމާއި ދެކޮޅުވެރިވެވޭ ކަންކަމުގައި ކަލޭމެން އެއްބަޔަކު އަނެއްބަޔަކާއި ވާގިވެރިވެ އެހީނުވާށެވެ! އަދި ކަލޭމެން ﷲ އަށް ބިރުވެތިވާށެވެ! ﷲ އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން ﷲ އީ عقوبة ގަދަފަދަވެގެންވާ ކަލާނގެއެވެ.
อ่านตัฟซีร์
Ibn Kathir (Abridged)
Which was revealed in Al-Madina
The Virtues of Surat Al-Ma'idah; When It was Revealed
At-Tirmidhi recorded that `Abdullah bin `Amr said, "The last Surahs to be revealed were Surat Al-Ma'idah and Surat Al-Fath (chapter 48)." At-Tirmidhi commented, "This Hadith is Hasan, Gharib." and it was also reporte
…Which was revealed in Al-Madina
The Virtues of Surat Al-Ma'idah; When It was Revealed
At-Tirmidhi recorded that `Abdullah bin `Amr said, "The last Surah
…