Iniciar sesión
Iniciar sesión
Iniciar sesión
Seleccionar idioma

Al-Máida 5:105 يا ايها الذين امنوا عليكم انفسكم لا يضركم من ضل اذا اهتديتم الى الله مرجعكم جميعا فينبيكم بما كنتم تعملون ١٠٥

Página 125 · Juz 7

يَٰٓأَيُّهَا
ٱلَّذِينَ
ءَامَنُواْ
عَلَيۡكُمۡ
أَنفُسَكُمۡۖ
لَا
يَضُرُّكُم
مَّن
ضَلَّ
إِذَا
ٱهۡتَدَيۡتُمۡۚ
إِلَى
ٱللَّهِ
مَرۡجِعُكُمۡ
جَمِيعٗا
فَيُنَبِّئُكُم
بِمَا
كُنتُمۡ
تَعۡمَلُونَ
١٠٥
(105) އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެންގެމައްޗަށް އޮތީ (އެންމެފުރަތަމަ) ކަލޭމެންގެ އަމިއްލަ نفس ތަކެވެ. (އެ نفس ތައް إصلاح ކުރާށެވެ!) ކަލޭމެންގެ نفس ތައް ތެދުމަގުގައިވަންޏާ އެހެންބަޔަކު މަގުފުރެދުމަކުން ކަލޭމެނަކަށް އެއްވެސް ގެއްލުމެއްނެތެވެ. (منكراة ނަހީކުރުމަށްފަހު އެހެންބަޔަކު قبول ނުކުރިޔަސް އެއީ ކަލޭމެނަށް ގެއްލުންހުރިކަމެއްނޫނެވެ.) ކަލޭމެން އެންމެން ޖަމާވުންވަނީ ހަމަ ﷲ ގެ حضرة އަށެވެ. ދެންފަހެ ކަލޭމެން (ދުނިޔޭގައި) ކުރާކަމުގައިވީކަންތައްތަކުގެ خبر އެކަލާނގެ ކަލޭމެނަށް ދެއްވާހުއްޓެވެ. • ދަންނައެވެ. މިއާޔަތް تفسير ކުރެއްވި ބައެއް ބޭކަލުން ވިދާޅުވެފައިވަނީ ފަހުޒަމާނަކަށްއައިސް މީސްތަކުންގެ عمل ތައް ނުބައިވެ ﷲ ގެ أمر ފުޅުތަކަށް ފަރުވާލެއް ނުބަހައްޓައި އުޅޭހިނދު ތިމާމެންގެ އަމިއްލަ نفس إصلاح ކޮށް ބަރާބަރުކޮށްފިއްޔާ ބަޔަކުކުރާކަމަކުން ތިމާމެންނަށް ގެއްލުމެއްނެތް ކަމަށެވެ. އެޔާ خلاف އަށް ތިމާމެންވެސް ނުބައިމީހުންނާއެކުވެ ތެއުހަނަކަށްވެ އެމީހުންނެކޭ އެއްގޮތްވެއްޖެއްޔާ ދެން އެނުބައިވީއެވެ. والله أعلم.
Continuar leyendo

Lee Tafsir

Ibn Kathir (Abridged)

One is Required to Reform Himself First

Allah commands His believing servants to reform themselves and to do as many righteous deeds as possible. He also informs them that whoever reforms himself, he would not be affected by the wickedness of the wicked, whether they were his relatives or otherwise.

…

One is Required to Reform Himself First

Allah commands His believing servants to reform themselves and to do as many righteous deeds as possible. He al

…
Ver Tafsires

Leer en contexto

105. (105) އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެންގެމައްޗަށް އޮތީ (އެންމެފުރަތަމަ) ކަލޭމެންގެ އަމިއްލަ نفس ތަކެވެ. (އެ نفس ތައް إصلاح ކުރާށެވެ!) ކަލޭމެންގެ نفس ތައް ތެދުމަގުގައިވަންޏާ އެހެންބަޔަކު މަގުފުރެދުމަކުން ކަލޭމެނަކަށް އެއްވެސް ގެއްލުމެއްނެތެވެ. (منكراة ނަހީކުރުމަށްފަހު އެހެންބަޔަކު قبول ނުކުރިޔަސް އެއީ ކަލޭމެނަށް ގެއްލުންހުރިކަމެއްނޫނެވެ.) ކަލޭމެން އެންމެން ޖަމާވުންވަނީ ހަމަ ﷲ ގެ حضرة އަށެވެ. ދެންފަހެ ކަލޭމެން (ދުނިޔޭގައި) ކުރާކަމުގައިވީކަންތައްތަކުގެ خبر އެކަލާނގެ ކަލޭމެނަށް ދެއްވާހުއްޓެވެ. • ދަންނައެވެ. މިއާޔަތް تفسير ކުރެއްވި ބައެއް ބޭކަލުން ވިދާޅުވެފައިވަނީ ފަހުޒަމާނަކަށްއައިސް މީސްތަކުންގެ عمل ތައް ނުބައިވެ ﷲ ގެ أمر ފުޅުތަކަށް ފަރުވާލެއް ނުބަހައްޓައި އުޅޭހިނދު ތިމާމެންގެ އަމިއްލަ نفس إصلاح ކޮށް ބަރާބަރުކޮށްފިއްޔާ ބަޔަކުކުރާކަމަކުން ތިމާމެންނަށް ގެއްލުމެއްނެތް ކަމަށެވެ. އެޔާ خلاف އަށް ތިމާމެންވެސް ނުބައިމީހުންނާއެކުވެ ތެއުހަނަކަށްވެ އެމީހުންނެކޭ އެއްގޮތްވެއްޖެއްޔާ ދެން އެނުބައިވީއެވެ. والله أعلم. 106. (106) އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެން ބިމުގައި ދަތުރުފަތުރުކޮށްފާދާހިނދު ކަލޭމެންކުރެ މީހަކަށް މަރު حاضر ވެ އޭނާ وصيّة ކުރަންޏާ ކަލޭމެން مؤمن ންކުރެ عدل ވެރި ދެމީހުން (އެ وصيّة ގެ ކަންތަކުގައި) ހެކިވެރިކުރުން ހުއްޓެވެ. ނުވަތަ އެހެންދެމީހުން (އެބަހީ: مؤمنُ ން ނޫން އެހެން دين އެއްގެ ދެމީހުން) ހެކިވެރިކުރުވާށެވެ! (ދެން ރަށަށްއައިސް وصيّة އަދާކުރުމުގައި) އެދެހެކިންނާމެދު خيانة ގެގޮތުން ކަލޭމެނަށް ޝައްކު އުފެދިއްޖެއްޔާ ނަމާދުގެފަހުން (އެބަހީ عصر ނަމާދަށްފަހު) އެދެމީހުން ހިފަހައްޓައި އެދެމީހުންލައްވައި ﷲ ގަންދީ ހުވައިކުރުވާށެވެ! އެދެމީހުން ތިމަންނާމެންގެ މިހުވައިގައި ކިތަންމެގާތްމީހަކަށްނަމަވެސް އެއްވެސް رشوة އެއް ނުހިފާކަމަށާއި އަދި ﷲ އަށްޓަކައި އަހުރެމެންގެ ހެކިބަސް ވަންހަނާނުކުރާނެކަމަށާއި އަދި ވަންހަނާކޮށްފިއްޔާ ހަމަކަށަވަރުން އަހުރެމެންވާނީ ކަނޑައެޅިގެން ފާފަވެރިންކަމުގައި ކަމަށްބުނެ ހުވައިކުރާށެވެ! 107. (107) ދެންފަހެ އެދެމީހުންނަށް (އެބަހީ ހުވައިކުރި ދެމީހުންނަށް) ފާފަ حقّ ވެއްޖެކަމުގައި ސާބިތުވެ ފައުޅުވެއްޖެއްޔާ، (އެބަހީ: އެދެމީހުން خيانة ތެރިވެ ދޮގުހުވައިކުރިކަން ސާބިތުވެއްޖެއްޔާ) ميّت އާގެ ގާތްމީހުންކުރެ އެ وصيّة حقّ ވާމީހުންގެތެރެއިން ދެމީހުން (ކުރީދެމީހުން ދޮގުހެދިކަމުގައި) ﷲ ގަންދީ ހުވައިކުރާށެވެ! އެދެމީހުންގެ ހުވައިގައި ތިމާމެންގެ ހުވައި އެދެމީހުންގެ ހުވަޔަށްވުރެ މާ حقّ ކަންބޮޑުކަމާއި އަދި ތިމާމެން ތިމާމެންގެ ހުވައިގައި ހައްދުފަހަނަޅައި ނުދާކަމަށް ހުވައިކުރާނީއެވެ. އެހެންވެއްޖާ އެބަހީ އަނިޔާވެރިވެ ހައްދުފަހަނަޅައިގަތްނަމަ ހަމަކަށަވަރުން އަހުރެމެންވާހުށީ ކަނޑައެޅިގެން އަނިޔާވެރިންކަމުގައެވެ. 108. (108) އެގޮތް އެބަހީ މިއާޔަތްތަކުގައި މި بيان ވެދިޔަގޮތް އެފަދަ މައްސަލައިގައި ހެކިދިނުމާއި ހުވައި އޭގެ ސީދާތެދުގޮތުގައި قائم ވުން ގާތްކަންބޮޑެވެ. ނުވަތަ ކުރީ ހުވައިކުރި މީހުން ހުވައިކުރުމަށްފަހު އަލުން (ميّت އާގެ ވާރުތަވެރިންނަށް) ހުވައި ރައްދުވެދާނެކަމުގެ ބިރުގަތުން ކުޑަވާނެއެވެ. (އޭރުން އެފަދަދޮގު ހުވައިކުރުމުން ތިމާމެން فضيحة ވެދާނެކަމަށް ދޮގުހުވައި ނުކުރުންގާތެވެ. والله أعلم.) އަދި ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! ބިރުވެތިވާށެވެ! (އަދި އެކަލާނގެ ކަލޭމެންނަށް އަންގަވާ أمر ފުޅުތަކާއި وعظ نصيحة) ކަލޭމެން އަހާށެވެ! އަދި فاسق ވީ މީސްތަކުންނަށް ﷲ ތެދުމަގު ނުދައްކަވައެވެ. • ދަންނައެވެ. 106 ން 108 އަށް މިވާ ތިން އާޔަތުގައި މިވަނީ تَمِيْمُ الدَّاري (رضى ﷲ عنه) އަދި عَدِيّ بن بَدَّاء އާއި [رضى ﷲ عنه] ދެކަލުން އިސްލާމްވެވަޑައިގެންނެވުމުގެކުރިން ކުރެއްވި ވިޔަފާރިދަތުރެއްގައި އެކީގައިދިޔަ އެހެންމީހަކު މަރަށް حاضر ވިހިނދު އޭނާކުރި وصيّة ގެ خبر އާއި އެޔާބެހޭގޮތުން އޮތް ވާހަކަތަކެއްކަމުގައި صحيح البخارى ގެ 278 ވަނަ حديث ގެ شرح ލިއުއްވަމުން الحافظ ابن حَجَزَ فَتْحُ البَارِىގައި ލިއުއްވާފައިވެއެވެ. މަރުވިމީހާ މަރުވުމުގެކުރިން އޭނާގެ وصية ލިޔެ އޭނާގެ މުދަލުގެތެރޭ ރައްކާކޮށްފާވެއެވެ. ދެން ކައިރީގައިތިބި ދެމީހުންނަށް وصيّة ކޮށް އޭނާގެ ވާރުތަވެރިންނަށް އެތަކެތި ގެންގޮސްދިނުމަށް حوال ކުރިއެވެ. ނަމަވެސް އެދެމީހުން އޭގެތެރެއިން ވަރަށްއަގުބޮޑު އެއްޗެއް ނަގާ ވިއްކާލާ ބޭނުންކޮށް ބާކީ ހުރިތަކެތި ވާރުތަވެރިންނަށް ގެންގޮސް ދިނުމުން އެމީހުން އެތަކެތި ބަލާހެދުމުގެތެރޭގައި އެ وصيّة ފެނި އެއިން އެއްޗެއް މަދުކަން އެނގި އެމައްސަލަ رسول ﷲ ﷺ ގެ އަރިހަށް އުފުލުމުން އެދެމީހުން ގެނެސް އެމީހުންގެ ހެކިބަސް ތެދުކަމުގައި ހުވައިވެސްކުރިއެވެ. ނަމަވެސް ވާރުތަވެރިންގެފަރާތުން އެއީ ދޮގުކަމުގައި ދެންނެވުމުން ވާރުތަވެރިންގެ ފަރާތުން އެދެމީހުންހެދީ ދޮގުކަމުގައި ހުވައިކުރުވީއެވެ. މިތިން އާޔަތުގައި އެވަނީ އެޔާބެހޭ ވާހަކައެވެ. والله أعلم.

- Abu Bakr Ibrahim Ali (Bakurube)

Continuar leyendo

Notas y reflexiones

No tienes ninguna nota ni reflexión sobre este versículo.

Notes placeholders

Mantente conectado al Corán ❤️

Breves recordatorios significativos para reconectar, reflexionar y mantenerse conectado con el Corán.

Lea, escuche, busque y reflexione sobre el Corán

Quran.com es una plataforma confiable utilizada por millones de personas en todo el mundo para leer, buscar, escuchar y reflexionar sobre el Corán en varios idiomas. Ofrece traducciones, tafsir, recitaciones, traducción palabra por palabra y herramientas para un estudio más profundo, haciendo que el Corán sea accesible para todos.

Como Sadaqah Jariyah, Quran.com se dedica a ayudar a las personas a conectar profundamente con el Corán. Con el apoyo de Quran.Foundation , una organización sin fines de lucro 501(c)(3), Quran.com continúa creciendo como un recurso gratuito y valioso para todos, Alhamdulillah.

Navegar
Inicio
Radio Coránica
Recitadores
Sobre nosotros
Desarrolladores
Actualizaciones de productos
Retroalimentación
Ayuda
Donar
Nuestros Proyectos
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Proyectos sin fines de lucro adquiridos, administrados o patrocinados por Quran.Foundation
Enlaces populares
Súplicas del Corán
Versículo del Corán del día
Ayatul Kursi
Yasin
Al Mulk
Ar-Rahman
Al Waqiah
Al-Kahf
Al Muzzammil
Mapa del sitio webPrivacidadTérminos y condiciones
© 2026 Quran.com. Reservados todos los derechos
Contribuir