Đăng nhập
Đăng nhập
Đăng nhập
Chọn ngôn ngữ
018

Al-Kahf 18:89 ثم اتبع سببا ٨٩

18:89
ثُمَّ
أَتۡبَعَ
سَبَبًا
٨٩
(89) ދެން އެކަލޭގެފާނު އެކަލޭގެފާނުންގެ މަގާއި تبع ވެވަޑައިގެން (އަލުންވެސް ކުރިޔަށް) ވަޑައިގެންފިއެވެ.
Tiếp tục đọc

Đọc Tafsir

Ibn Kathir (Abridged)

His Journey East

Allah tells us that Dhul-Qarnayn then traveled from the west of the earth towards the east. Every time he passed a nation, he subjugated the people and called them to Allah. If they obeyed him, all well and good, otherwise he would humiliate them and take their wealth and possessions

…

His Journey East

Allah tells us that Dhul-Qarnayn then traveled from the west of the earth towards the east. Every time he passed a nation, he subjugat

…
Thêm các bản Tafsir

Đọc trong ngữ cảnh

Chương 18, Trang 303, Juz 16

83. (83) (އޭ رسول ﷲ އެވެ.) އެމީހުން - (يعني: يهودي ންބުނެގެން مشرك ން ބުނެއެވެ.) ذُوْالْقَرْنَيْنِ އާއި ބެހޭގޮތުން ކަލޭގެފާނާއި ސުވާލުކުރާނެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ނިކަންހުރެ ކަލޭމެނަށް އަހުރެން އެކަލޭގެފާނުންގެ خبر (وحي ގެ ذريعة އިން) ކިޔައިދޭހުރީމެވެ. • ދަންނައެވެ. ذُوْالْقَرْنَيْنِ އަކީ ކޮން ބޭކަލެއްކަމާމެދު تفسير علم ވެރިންގެ ފޮތްތަކާއި تاريخ ފޮތްތަކުގައި إختلاف ތަކެއްވެއެވެ. މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ. أبو جعفر الطبري ގެ تفسير ގައި ބުނެވިގެންވެއެވެ. އެއީ رُوم ކަރައިގެ ޒުވާނެކެވެ. އަދި ހަމަ އެފޮތުގައި وَهب بن مُنَبّة ގެ އަރިހުން ރިވާވެގެންވަނީ އެއީ ملائكة ބޭކަލެއްކަމަށެވެ. އަދި زبدة التّفسير ގައިވަނީ އޭނާއަކީ الإسْكَنْدَر بن فيليبوس ކަމަށެވެ. އަދި މިނޫންވެސް ވަރަށްގިނަ ގޮތްގޮތަށް ކިޔާފައިވެއެވެ. ކޮންމެޔަކަސް އެއީ ﷲ އެބޭކަލަކަށް ވަރަށްގިނަ وَسِيْلة ތަކެއް ދެއްވާފައިވާ ބޭކަލެކެވެ. އެ ވަސީލަތްތަކުގެ ބާރުގައި އެކަލޭގެފާނު ވަރަށްގިނަ ކަންތައްތައް ކުރެއްވިކަމުގައި قرآن ގައި މިވަނީ ﷲ އަހުރެމެންނަށް އަންގަވާފައެވެ. އެގޮތަށް އަހުރެމެން إيمان ވާންޖެހޭނެއެވެ. والله أعلم. 84. (84) (ﷲ وحي ކުރެއްވިއެވެ.) ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ބިމުގައި تَمْكِيْنُ ކޮށް ދެއްވީމެވެ. (އެބަހީ: ކަންތައްތައް ކުރެވޭނެގޮތް ހަމަޖައްސައިދެއްވީމެވެ.) އަދި ކޮންމެ ކަމެއްގެ علم އާއި އެކަންވެވޭނެމަގު ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ދެއްވީމެވެ. 85. (85) - (86) ދެންފަހެ އެކަލޭގެފާނު އެ علم އާއި وسيلة ތަކާއި تبع ވެވަޑައިގެން ދަތުރުފަތުރުކުރައްވާ އިރުއޮއްސޭ ހިސާބަށް ވަޑައިގެންނެވިއެވެ. (އެތަން تفسير ކުރެއްވި ބައެއްބޭކަލުން ވިދާޅުވަނީ އެއީ مغرب ފަރާތުގެ بَرُّ ނިމެންދެން ވަޑައިގެންނެވިކަމަށެވެ. ދެން ކުރިމަތީގައި އޮތީ ކަނޑެވެ. އެއީ مُحِيْطُ الهَادِى އެވެ. ޕެސިފިކް އޯޝަންއެވެ.) އަދި ކަޅުމަށި ފެންގަނޑަކަށް އިރު އޮއްސޭތީ އެކަލޭގެފާނުދެކެވަޑައިގެންނެވިއެވެ. (އެއީ ބަލާބެލުމަށް ފެންނަގޮތްކަމުގައި تفسير علم ވެރިންކުރެ ބައެއްބޭކަލުން ވިދާޅުވެއެވެ. والله أعلم.) އަދި އެތަނުން އެކަލޭގެފާނު ބަޔަކުމީހުން ދެކެވަޑައިގެންނެވިއެވެ. (އެއީ ކާފަރުބަޔަކުކަމުގައިވިއެވެ.) (ﷲ وحي ކުރެއްވިއެވެ. ތިމަންރަސްކަލާނގެ އެންގެވީމެވެ.) އޭ ذُوْالْقَرْنَيْنِ އެވެ. އެހެންޏާ ކަލޭގެފާނު އެމީހުންނަށް عذاب ދެއްވުމެވެ. (އެބަހީ: އެމީހުން ﷲ ގެ އެއްކައުވަންތަކަން قبول ނުކޮށް އަދި ކަލޭގެފާނަށް ކިޔަމަންނުވެއްޖެއްޔާ އެމީހުން މެރުމެވެ.) އެހެންޏާ އެމީހުން ހައްޔަރުކޮށް އެމީހުންނަށް ތެދުމަގުދައްކަވާށެވެ. دعوة ދެއްވާށެވެ! 86. (85) - (86) ދެންފަހެ އެކަލޭގެފާނު އެ علم އާއި وسيلة ތަކާއި تبع ވެވަޑައިގެން ދަތުރުފަތުރުކުރައްވާ އިރުއޮއްސޭ ހިސާބަށް ވަޑައިގެންނެވިއެވެ. (އެތަން تفسير ކުރެއްވި ބައެއްބޭކަލުން ވިދާޅުވަނީ އެއީ مغرب ފަރާތުގެ بَرُّ ނިމެންދެން ވަޑައިގެންނެވިކަމަށެވެ. ދެން ކުރިމަތީގައި އޮތީ ކަނޑެވެ. އެއީ مُحِيْطُ الهَادِى އެވެ. ޕެސިފިކް އޯޝަންއެވެ.) އަދި ކަޅުމަށި ފެންގަނޑަކަށް އިރު އޮއްސޭތީ އެކަލޭގެފާނުދެކެވަޑައިގެންނެވިއެވެ. (އެއީ ބަލާބެލުމަށް ފެންނަގޮތްކަމުގައި تفسير علم ވެރިންކުރެ ބައެއްބޭކަލުން ވިދާޅުވެއެވެ. والله أعلم.) އަދި އެތަނުން އެކަލޭގެފާނު ބަޔަކުމީހުން ދެކެވަޑައިގެންނެވިއެވެ. (އެއީ ކާފަރުބަޔަކުކަމުގައިވިއެވެ.) (ﷲ وحي ކުރެއްވިއެވެ. ތިމަންރަސްކަލާނގެ އެންގެވީމެވެ.) އޭ ذُوْالْقَرْنَيْنِ އެވެ. އެހެންޏާ ކަލޭގެފާނު އެމީހުންނަށް عذاب ދެއްވުމެވެ. (އެބަހީ: އެމީހުން ﷲ ގެ އެއްކައުވަންތަކަން قبول ނުކޮށް އަދި ކަލޭގެފާނަށް ކިޔަމަންނުވެއްޖެއްޔާ އެމީހުން މެރުމެވެ.) އެހެންޏާ އެމީހުން ހައްޔަރުކޮށް އެމީހުންނަށް ތެދުމަގުދައްކަވާށެވެ. دعوة ދެއްވާށެވެ! 87. (87) އެކަލޭގެފާނު ދެންނެވިއެވެ. އަނިޔާވެރިވެއްޖެމީހާ (އެބަހީ: شرْكُ މަތީ ދެމިހުރެއްޖެމީހާ) ދަންނައެވެ. ފަހެ ނިކަންހުރެ އެމީހަކަށް އަހުރެން عذاب ދައްކާހުށީމެވެ. މަރާހުށީމެވެ. ދެން އެމީހަކު އެމީހަކުގެ ربّ ގެ حضرة އަށް ފޮނުވާހުށީމެވެ. ދެން އެކަލާނގެ އެމީހަކަށް ގަދަވެގެންވާ عذاب (قيامة ދުވަހުން) ދެއްވާހުއްޓެވެ. 88. (88) އަދި އީމާންވެގެން صالح عمل ކުރިމީހާ ދަންނައެވެ. ފަހެ އެމީހަކަށް ރަނގަޅު جزاء ހުއްޓެވެ. އެއީ ސުވަރުގެއެވެ. އަދި އެމީހަކަށް ފަސޭހަ ލުއިގޮތަކަށް އަހުރެން عمل ކުރާހުށީމެވެ. އެއީ ﷲ އާއި ކުއްތަންވެވޭފަދަ عمل ކުރެވޭނެފަދަގޮތަކަށް މަގުދައްކާ معاملة ކުރާހުށީމެވެ. 89. (89) ދެން އެކަލޭގެފާނު އެކަލޭގެފާނުންގެ މަގާއި تبع ވެވަޑައިގެން (އަލުންވެސް ކުރިޔަށް) ވަޑައިގެންފިއެވެ. 90. (90) އެއީ އިރުއަރާތަނާއި ހަމައަށް ވަޑައިގެންފުމަށްދާންދެނެވެ. އެކަލޭގެފާނު ދެކެވަޑައިގެންނެވީ ބަޔަކުމީހުންގެމައްޗަށް އެ އިރުއަރާތީއެވެ. އެމީހުންނާއި އެއިރާއިދެމެދު އެއްވެސް ހުރަހެއް ނިވަލެއް ނުވެއެވެ. (ބުނެވެނީ އެމީހުން އެއުޅޭތަނަކީ އެއްވެސް ފަރުބަދައެއްނެތް އަދި ބިނާއެއް ކުރުމަށް އެކަށީގެންނުވާ ބިމެއްކަމަށެވެ. އިރުއަރާ ހޫނުވީމާ ހަރުހަރުހަދައި އެތަންތަނަށް ވަންނަކަމުގައި ވިއެވެ. ނުވަތަ ފެންފެންގަނޑަށް ގެނބޭކަމުގައިވިއެވެ.) 91. (91) އަދި ހަމަކަށަވަރުން އެރަސްގެފާނުންގެ ކިބައިގައިވާ علم އާއި تجربة ތިމަންރަސްކަލާނގެ ދެނެވޮޑިގެންވެއެވެ. (زبدة التفسير) ނުވަތަ އިރުއަރާތާނގައިވާ އެންމެހައި ތަކެތި ތިމަންރަސްކަލާނގެ ދެނެވޮޑިގެންވެއެވެ. އެތާނގައިވާ އެންމެހައި خلق ތަކުންވެސް ތިމަންރަސްކަލާނގެއަށް ވަންހަނާވެގެން ނުވެއެވެ. = تفسير الطبري = 92. (92) ދެން އަލުންވެސް އެކަލޭގެފާނު އެކަލޭގެފާނުންގެ މަގާއި تبع ވެވަޑައިގެން (ސަބަބުތަކުގައި ހިއްޕަވައިގެން) ވަޑައިގެންނެވިއެވެ. 93. (93) އެއީ ދެފަރުބަދައިގެ ދެމެދަށް ވަޑައިގެންފުމަށްދާންދެނެވެ. އެތަނުން އެކަލޭގެފާނު ބަޔަކުމީހުން ދެކެވަޑައިގެންނެވިއެވެ. މީހުން ދައްކާވާހަކަ فَهْمُ ކުރުމަށް ވިސްނައިގަތުމަށް އެމީހުން ގާތްވެސް ނުވެއެވެ. 94. (94) އެމީހުން ދެންނެވިއެވެ. އޭ ذوالْقَرْنَيْنِ އެވެ. ހަމަކަށަވަރުން يَأْجُوْجُ وَمَأْجُوْج ގެ މީހުންނަކީ ބިމުގައި ފަސާދަކުރާ ބައެކެވެ. އެހެންވެ ކަލޭގެފާނު އަހުރެމެންއަތުން ޖިޒީއެއް (ޓެކްހެއް) ނަންގަވާށެވެ. އެއީ އަހުރެމެންނާއި އެބައިމީހުންނާއިދެމެދު ކަލޭގެފާނު ހުރަހެއް ލައިދެއްވުމުގެ މައްޗަށެވެ. 95. (95) އެކަލޭގެފާނު ވިދާޅުވިއެވެ. އަހުރެންނަށް އަހުރެންގެ ربّ ދެއްވާފައިވާ ބާރާއި ސާމާނު (ކަލޭމެންގެ ޖިޒީއާއި ޓެކްހަށްވުރެ) މާހެޔޮވެގެންވެއެވެ. ކަލޭމެން ބާރުގެގޮތުން އެބަހީ: މަސައްކަތް ހިންގާނެމީހުންގެގޮތުން އަހުރެންނަށް އެހީވެދޭށެވެ. ބޭނުންވަނީ މަސައްކަތް ހިންގާނެމީހުންނެވެ. އޭރުން ކަލޭމެންނާއި އެމީހުންނާއި ދެމެދު އަހުރެން ހުރަހެއް - (ފާރެއް) ލައިދޭނަމެވެ. 96. (96) ކަލޭމެން އަހުރެންގެގާތަށް ދަގަނޑު ބުރިބުރި (ދަގަނޑުގެ ބައިވަރުތައް) ގެންނާށެވެ. އެއީ ދެފަރުބަދައިގެ ކޮޅާއި ހަމަވާންދެންނެވެ. (ދެން އެމީހުން އެކަންތައް އެގޮތަށް ކުރީމާ ވިދާޅުވިއެވެ.) ދެން ކަލޭމެން އެތަނަށް އަލިފާންލައި ރޯކޮށް ފުމެހަދާށެވެ. އެއީ އެހުރިހާ ދަގަނޑު އަލިފާނަށްވާންދެންނެވެ. ވިރޭންދެންނެވެ. ދެން ވިރުނީމާ ކަލޭމެން އަހުރެންގެގާތަށް އެތަކެތި ގެންނާށެވެ. އަހުރެން އެތަކެތި އެތަނަށް އޮއްސާހުށީމެވެ. (ދެން އެކަލޭގެފާނު އެމީހުންގެ އެހީއާއިއެކު ވަރުގަދަ ބޮޑުފާރެއް ލެއްވީއެވެ. އެމީހުންވަނީ އެފާރުގެ އަނެއްފަރާތުގައެވެ. والله أعلم.) • ދަންނައެވެ. މިއާޔަތްތަކުގައި بيان ވެގެންވާ يَأجوج ومأجوج މީހުންގެ ވާހަކައާއި އަދި އެމީހުން އެހެންމީހުންގެތެރެއަށް އަޔަނުދިނުމަށް ذوالقرنين ލެއްވި ބޮޑުފާރުގެ ވާހަކަ تفسير ފޮތްތަކާއި تاريخ ފޮތްތަކުގައި އެކި عبارة ން ބަޔާންވެގެންވެއެވެ. އެއީ ދިގު ރިވާޔަތްތަކެކެވެ. އެވާހަކަތައް އަދި އެހެން فرصة އެއްގައި بيان ކުރެވޭތޯ ބަލާނީއެވެ. ކޮންމެއަކަސް މި يَأجوج ومأجوج މީހުން އަދި قيامة قائم ވުމާއި ގާތުގައި ދުނިޔެއަށް އަންނާނެ ވާހަކައާއި އެއީ عمر ދިގު އަދި މީހުން ގިނަ ބައެއްކަމާއި އެމީހުންނަކީ ގިނަބާވަތުގެ އެއްޗެތި ކައިބޮއިހަދާ ބައެއްކަމާއި މިވާހަކަތައްވެސް އެފޮތްތަކުގައި بيان ވެގެންވެއެވެ. މިއާޔަތްތަކުގައި އެވަނީ އޭގެ إشارة ތަކެކެވެ. والله أعلم. 97. (97) (ذُوا الْقَرْنَيْنِ އެފާރުލައްވާ ނިންމެވީމާ ދެން يَأجوج ومأجوج ގެ މީހުންނަށް އެއްގޮތަކަށްވެސް މީސްތަކުންގެތެރެއަށް އަންނާކަށް ކުޅަދާނައެއް ނުވިއެވެ. އެވާހަކަ ﷲ تعالى وحي ކުރައްވާފައި މިވަނީއެވެ.) އެމީހުންނަށް އެފާރުގެމައްޗަށް އަރާކަށް ކުޅަދާނައެއް ނުވިއެވެ. އަދި އެފާރު ފޫވައްޓައިލާކަށްވެސް ކުޅަދާނަ ނުވިއެވެ. 98. (98) (އެރަސްގެފާނު) ވިދާޅުވިއެވެ. މިއީ ތިމަންކަލޭގެފާނުގެ ربّ ގެ رحمة އެކެވެ. ދެންފަހެ އެބައިމީހުން ނުކުތުމަށް ތިމަންކަލޭގެފާނުންގެ ربّ ގެ وعد ފުޅާއި أمر ފުޅުގެ ވަގުތު އައުމުން އެކަލާނގެ އެފާރު ހަލާކުކުރައްވައި ބިމާ ހަމަހަމަކުރައްވާނެތެވެ. އަދި އަހުރެންގެ ربّ ގެ وعد ފުޅު އެއީ حقّ ވެގެންވާ އެއްޗެއްކަމުގައިވިއެވެ. (އެބަހީ: يقين ންވެސް އެކަންވާނެއެވެ. އެމީހުން އެފާރު ހަލާކުކޮށް ނިކުންނާނީ قيامة ވުމާއި ގާތްކޮށެވެ. އެއީ دَجَّالُ ގެފަހުންނެވެ. تفسير ފޮތްތަކުގައި އެވާހަކަ އެގޮތަށްވެއެވެ. والله أعلم.) 99. (99) އަދި ތިމަންރަސްކަލާނގެ އެދުވަހުން (يَأجوج ومأجوج ގެ މީހުން އެފާރު ފޫވައްޓާލާފައި ނުކުންނަ ދުވަހުން ނުވަތަ / قيامة ދުވަހުން) އެއްބަޔަކު އަނެއްބަޔަކާ މައްސުނިވެ އެކުވާގޮތަށް އެމީހުން ދޫކޮށްލާހުށީމެވެ. ޖިންނީންނާއި އިންސާނުންވެސް އެކުވެ އެއްތަނެއްގައިވާނެއެވެ. އަދި (قيامة ދުވަހުން) ތާޅަފިލި ފުންމަވާލެވިއްޖެއްޔާ ދެން ތިމަންރަސްކަލާނގެ އެ އެންމެންއެކީ އެކައްޗަކަށް ޖަމާކުރައްވާހުށީމެވެ. 100. (100) އަދި އެ قيامة ދުވަހުން ކާފަރުންނަށްޓަކައި ތިމަންރަސްކަލާނގެ ނަރަކަ ހުށަހަޅުއްވާހުށީމެވެ. ހާމަކުރައްވާ ފާޅުކުރައްވާހުށީމެވެ. 101. (101) އެމީހުންނަކީ އެމީހުންގެ (ހިތުގެ) ލޯތައް ތިމަންރަސްކަލާނގެއަށް ذِكْرُ ކުރުމާއި حقّ ބަސް قبول ކުރުމުން މުޅިން ނިވައިވެ އަނދިރިވެގެންވާ މީހުންނެވެ. އަދި އެއްވެސް حقّ ބަހެއް އަދި دليل އެހުމަށް ކުޅަދާނަވެގެންނުވާ ބަޔަކުކަމުގައި އެމީހުންވިއެވެ.

- Abu Bakr Ibrahim Ali (Bakurube)

Ghi chú và suy ngẫm

Bạn không có bất kỳ ghi chú hay suy nghĩ nào về câu thơ này.

Notes placeholders

Hãy luôn kết nối với Kinh Qur'an ❤️

Những lời nhắc nhở ngắn gọn, ý nghĩa giúp bạn thiết lập lại trạng thái tinh thần, suy ngẫm và duy trì kết nối với Kinh Qur'

Đọc, Lắng nghe, Tra cứu và Suy ngẫm về Kinh Qur'an

Quran.com là nền tảng đáng tin cậy, được hàng triệu người dùng trên thế giới để đọc, tra cứu, lắng nghe và suy ngẫm Kinh Qur'an bằng nhiều ngôn ngữ, với bản dịch, tafsir, tụng đọc, dịch từng từ và các công cụ học sâu, giúp ai cũng có thể tiếp cận Kinh Qur'an.

Là một Sadaqah Jariyah, Quran.com tận tâm giúp mọi người gắn bó sâu sắc hơn với Kinh Qur'an. Được hậu thuẫn bởi tổ chức phi lợi nhuận 501(c)(3) Quran.Foundation, Quran.com không ngừng phát triển như một nguồn tài nguyên miễn phí và hữu ích cho tất cả, Alhamdulillah.

Điều hướng
Trang chủ
Đài Qur'an
Người đọc kinh
Về chúng tôi
Các nhà phát triển
Cập nhật sản phẩm
Phản hồi
Trợ giúp
Quyên góp
Dự án của chúng tôi
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Dự án phi lợi nhuận do Quran.Foundation sở hữu, quản lý hoặc tài trợ
Liên kết phổ biến
Những lời cầu nguyện từ kinh Quran
Câu Kinh Qur'an của ngày hôm nay
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
Sơ đồ trang webQuyền riêng tưĐiều khoản và điều kiện
© 2026 Quran.com. Bản quyền đã được bảo lưu.
Đóng góp