Al-Kahf 18:21 وكذالك اعثرنا عليهم ليعلموا ان وعد الله حق وان الساعة لا ريب فيها اذ يتنازعون بينهم امرهم فقالوا ابنوا عليهم بنيانا ربهم اعلم بهم قال الذين غلبوا على امرهم لنتخذن عليهم مسجدا ٢١
وَكَذَٰلِكَ
أَعۡثَرۡنَا
عَلَيۡهِمۡ
لِيَعۡلَمُوٓاْ
أَنَّ
وَعۡدَ
ٱللَّهِ
حَقّٞ
وَأَنَّ
ٱلسَّاعَةَ
لَا
رَيۡبَ
فِيهَآ
إِذۡ
يَتَنَٰزَعُونَ
بَيۡنَهُمۡ
أَمۡرَهُمۡۖ
فَقَالُواْ
ٱبۡنُواْ
عَلَيۡهِم
بُنۡيَٰنٗاۖ
رَّبُّهُمۡ
أَعۡلَمُ
بِهِمۡۚ
قَالَ
ٱلَّذِينَ
غَلَبُواْ
عَلَىٰٓ
أَمۡرِهِمۡ
لَنَتَّخِذَنَّ
عَلَيۡهِم
مَّسۡجِدٗا
٢١
(21) އަދި ތިމަންރަސްކަލާނގެ (މިހޮހޮޅުގެ އެކުވެރިން) އަނެއްބައިމީހުންގެމައްޗަށް ފައުޅުކުރައްވައި ދެއްކެވީ ހަމައެފަދައިންނެވެ. އެއީ ހަމަކަށަވަރުން ﷲ ގެ وعد ފުޅު އެއީ ހަމަ حقّ އެއްޗެއްކަމާއި އަދި ހަމަކަށަވަރުން قيامة ދުވަހަކީ ޝައްކެއްނެތި އަންނާނެ ދުވަހެއްކަން އެމީހުން ދެނެގަތުމަށްޓަކައެވެ. އެއީ އެމީހުންގެ މެދުގައި محشر އަށް ފޮނުއްވުމާމެދު ދެބަސްވެ إختلاف ވީހިނދުންނެވެ. (ﷲ تعالى وحي ކުރެއްވިއެވެ.) އެމީހުން ބުންޏެވެ. (އެބަހީ: ރަށުގެ މީހުން ބުންޏެވެ.) "އެމީހުންނަށް (يعني: ހޮހޮޅުގެ އެކުވެރިންނަށް) ކަލޭމެން ބިނާއެއް ހަދާށެވެ! އެމީހުންގެ ربّ އެމީހުންގެ އެންމެހައިކަމެއް ދެނެވޮޑިގަތުންބޮޑެވެ." ދެންފަހެ ހޮހޮޅުގެ އެކުވެރިންގެ ކަންތަކާމެދު އެންމެކުރިޔަށް ބަސްކީމީހުން [ބުންޏެވެ]. "އަހުރެމެން އެމީހުންނަށް ބިނާކުރާނީ މިސްކިތެކެވެ."
• ދަންނައެވެ! ހޮހޮޅުގެ އެކުވެރިން އެހޮހޮޅުގައި ނިދިފައިތިބި ދިގުމުއްދަތުގެތެރޭގައި، އޭރު އެތާނގެ ވެރިޔަކަށް ހުރި ބުދުދީނުގެ ރާޖާ دِقْيَفُوس މަރުވެގޮސް، އަލުން އެހެން إسلام ރަސްކަލެއް (تيذوسيس) ރަސްކަމަށް އަރާ ވަޑައިގެން، މީސްތަކުން إسلام ވެ، عيسى عليه السّلام ގެ دين ގައި އުޅޭކަމުގައިވިއެވެ. އެހެންގޮސް ޒަމާންދިގުވުމުން މީސްތަކުންގެމެދުގައި އަލުންވެސް މީސްތަކުން މަރުވުމަށްފަހު އަލުން ދިރިގެން قيامة އަށް ފޮނުއްވުމާމެދު ދެބަސްވުން އުފެދި إختلاف ތައް އުފެދިއްޖެއެވެ. އެކަމާ ރަސްގެފާނު ވަރަށް ކަންބޮޑުވެ ވަޑައިގެން محشر އަށް މީސްތަކުން ފޮނުއްވޭނެކަމުގެ دليل އަކަށް (އެފަދަ معجزة އަކަށް) ﷲ ގެ حضرة ން އެދިވަޑައިގެން دعاء ކުރައްވާކަމުގައިވިއެވެ. އެދުވަސްވަރު ހޮހޮޅުގެ އެކުވެރިން ހޭލެވިގެން ކާއެތިކޮޅެއް ހޯދުމަށް އެތަނުން އެކަކު ރަށަށް އަރައިގެން އުޅެނިކޮށް އެމީހާ ގެންގުޅުނު ފައިސާގެ ޒަމާން ދިގުވެފައިވާތީ އޭނާޔާ ބާޒާރުގެ މީހުން ސުވާލުކޮށް ވީނުވީއެއް ނޭނގިގެން ރަސްގެފާނުން އަރިހަށް އޭނާ ގެނައީއެވެ. ދެން ރަސްގެފާނު އޭނާކުރެން خبر ތައް އައްސަވައި، ވެގެންއުޅޭގޮތެއް އެނގިވަޑައިނުގެން، އޭނާގެންނަވައިގެން އޭނާގެ އެކުވެރިންގެ ގާތަށް ހޮހޮޅަށް ވަޑައިގެންނެވީއެވެ. ހޮހޮޅުގައި ތިބި އޭނާގެ އެހެން އެކުވެރިންނާއި ބަސްފުޅު ވިދާޅުވެ، ރަސްގެފާނަށް މައްސަލަ ރަނގަޅަށް ސާފުވެވަޑައިގެން، އެއީ ﷲ ގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ حجّة އެއްކަމާއި އަދި قيامة ވާނެކަމުގެ ފުރިހަމަ دليل އެއްކަން، ރަސްގެފާނަށާއި އަރިހުގައިވާމީހުންނަށް ރަނގަޅަށް އެނގިއްޖެއެވެ. އެހެނީ ތިންސަތޭކަ އެތައްއަހަރެއްވާންދެން ބަޔަކު ނިންދަވައި ބޭތިއްބެވުމަށްފަހު، އެމީހުންނަށް އެއްވެސް ބަދަލެއްނައިސް، އެމީހުންގެ ފޭރާމަކަށްވެސް އެއްވެސް ބާކަމެއް އަޔަނުދެއްވާ ބެލެހެއްޓެވިކަލަކަށް، މީސްތަކުން މަރުވުމަށްފަހު އަލުން ދިރުއްވައި އެއްކުރެއްވުމަކީ އެއްވެސް އުނދަގޫކަމަކަށް ނުވާނެކަން ސަލާމަތް ބުއްދިއަކަށްވިއްޔާ އެނގޭނެއެވެ.
وَكَذَٰلِكَ أَعْثَرْنَا عَلَيْهِمْ - މިތަނުން އިޝާރަތްވަނީ ހޮހޮޅުގެ އެކުވެރިން އެހާގިނަ ދުވަހު ނިދިފައިތިބުމަށްފަހު، ހޭއަރުއްވައި އެވަގުތު އެރަށުގައި އުޅުނުމީހުންނަށް ދެއްކެވި ވާހަކައެވެ. އެ ހޮހޮޅުގެ އެކުވެރިން މިރަށުގެ މީހުންނަށް ދެއްކެވުމަށްފަހު، ﷲ تعالى އަލުންވެސް އެމީހުން ގަދަ ނިދިން ނިންދަވައި އެމީހުންގެ ހޮހޮޅު މީސްތަކުންގެ ލޯމަތިން ނިވައިކުރެއްވީއެވެ. މިއީ ވަރަށް ދިގުވާހަކައެވެ. تفصيل އާއިއެކު تفسير ފޮތްތަކުގައި بيان ވެގެންވެއެވެ. އަދި ފަހުން މިއަންނަ آية ތަކުންވެސް ބައެއް تفصيل ބަޔާންވެގެންވެއެވެ. والله أعلم.
Читать q-and-a.tafsir
Russian Tafseer Al Saddi
Всевышний Аллах поведал о том, что люди узнали о судьбе людей пещеры. Аллаху об этом известно лучше, но может быть, что это произошло после их пробуждения, когда они отправили одного из отроков в город за едой. Они велели ему быть осторожным и не выдать остальных, но Аллаху было угодно, чтобы произо…
Всевышний Аллах поведал о том, что люди узнали о судьбе людей пещеры. Аллаху об этом известно лучше, но может быть, что это произошло после их пробужд…