Войти
Войти
Войти
Выберите язык

Al-Jathiyah 45:15 من عمل صالحا فلنفسه ومن اساء فعليها ثم الى ربكم ترجعون ١٥

Страница 500 · Джуз 25

مَنۡ
عَمِلَ
صَٰلِحٗا
فَلِنَفۡسِهِۦۖ
وَمَنۡ
أَسَآءَ
فَعَلَيۡهَاۖ
ثُمَّ
إِلَىٰ
رَبِّكُمۡ
تُرۡجَعُونَ
١٥
(15) ފަހެ صالح عمل އެއް ކޮށްފި މީހާ (ދަންނައެވެ.) އެ صالح عمل ގެ ދަރުމަޔާއި، ثواب އޮތީ ހަމަ އޭނާއަށެވެ. އޭނާގެ نفس އަށެވެ. އަދި ނުބައިކަމެއް ކޮށްފި މީހާވެސް (ދަންނައެވެ.) އެކަމުގެ عذاب އާއި، عقوبة އޮންނާނީ ހަމަ އޭނާއަށެވެ. އެކަން އޭނާއަށް އޮންނާނެއެވެ. ދެން (މަރުވުމަށްފަހު) ތިޔަބައިމީހުން އެނބުރި رجوع ވުން ވަނީ ހަމަ ތިޔަބައިމީހުންގެ ربّ ގެ حضرة އަށެވެ.
reading-goal:continue-reading

Читать q-and-a.tafsir

Russian Tafseer Al Saddi

Всевышний повелел Своим верующим рабам придерживаться норм праведной морали и терпеливо сносить обиды, причиняемые им многобожниками, которые не надеются на вознаграждение Аллаха и не страшатся Его наказания. А ведь Всевышний Аллах воздаст каждому человеку за все его деяния, и тогда верующие получат…
Всевышний повелел Своим верующим рабам придерживаться норм праведной морали и терпеливо сносить обиды, причиняемые им многобожниками, которые не надею…
Вид tafsirs

Читать related-content

12. (12) ﷲ އެއީ ތިޔަބައިމީހުންނަށް ޓަކައި ކަނޑު ކިޔަމަންކުރެއްވި ކަލާނގެއެވެ. އެއީ އެކަލާނގެ أمر ފުޅަށް ތިޔަބައިމީހުން ނައުދޯނގުފަހަރު (މޫދުގައި ދުއްވާ އެންމެހައި އުޅަނދުފަހަރު) އެ ކަނޑުގައި ދުއްވުމަށް ޓަކައެވެ. އަދި އެކަން އެގޮތަށް ލެއްވީ އެކަލާނގެ فضل ވަންތަކަމުގެ ތެރެއިން ތިޔަބައިމީހުން ބޭނުންތައް ލިބިގަތުމަށް ޓަކައެވެ. (ދަތުރުފަތުރުކޮށް، ވިޔަފާރީގެ އެންމެހައި ކަމަކަށާއި، حياة ގެ ގިނަ ކަންތައްތަކެއް ހަމަޖެއްސުމަށް ޓަކައެވެ.) އަދި އެ ކަންކަން އެގޮތަށް ލެއްވީ ތިޔަބައިމީހުން ﷲ އަށް شكر ކުރުމަށް ޓަކައެވެ. شكر ކުރޭތޯއެވެ. 13. (13) އަދި އެކަލާނގެއީ ތިޔަބައިމީހުންނަށް ޓަކައި އުޑުތަކާއި، ބިމުގައި ވާ އެންމެހައި ތަކެތި ކިޔަމަން ކޮށްދެއްވި ކަލާނގެއެވެ. އެ ހުރިހައި އެއްޗެއް ވަނީ ހަމަ ﷲ ގެ حضرة ންނެވެ. ހަމަކަށަވަރުން ކަންކަމަށް فكر ކޮށް، ވިސްނާ ބަޔަކަށް (އެކަލާނގެ އެއްކައުވަންތަ ކަމުގެ) ހެއްކާއި، دليل އަދި حجّة މި ކަންކަމުގައި ވެއެވެ. 14. (14) (އޭ رسول الله އެވެ!) ﷲގެ عداوة ގެ ތެރީންނަށް އެކަލާނގެ ދެއްވަމުން ގެންދަވާނެ عذاب އާއި، مصيبة އާއި، އުނދަގޫތަކާމެދު ބިރުވެތިނުވެ އުޅޭ ކާފަރުންނާއި، مشرك ންގެ ކަންތަކާމެދު އެމީހުންނަށް عفوء ކުރައްވައި، އެކަމާ (އަދި) އަޅައިނުލާން مؤمن ންނަށް ކަލޭގެފާނު ވިދާޅުވާށެވެ. • ދަންނައެވެ. މިއާޔަތުގެ މި حكم މިއީ ހަނގުރާމައިގެ އާޔަތް ބާވައިލެއްވުމުގެ ކުރީން އޮތް حكم އެއް ކަމުގައި مفسّر ން ވިދާޅުވެއެވެ. ހަނގުރާމައިގެ އާޔަތް ބާވައިލައްވައި، توبة ސޫރަތުގެ އާޔަތްތައް ބާވައިލެއްވުމުން އެމީހުންނަށް عفوء ކޮށް، ދޫދިނުން ނިމުނީއެވެ. والله أعلم. އަދި އެކަން އެ ހެއްދެވީ ބަޔަކު މީހުންނަށް އެމީހުން ކުރި ހެޔޮ عمل ތަކުގެ ފުރިހަމަ جزاء އާއި، ثواب އެމީހުންނަށް ދެއްވުމަށެވެ. • މިބުނި މީހުންނަކީ مؤمن ންނެވެ. إسلام دين ގެ ކުރީކޮޅު އެމީހުންނަށް އުނދަގޫތަކާއި، عذاب ތައް، ކާފަރުންގެ ފަރާތުން ލިބުމާއެކުވެސް ކެތްތެރިވެގެން ތިބުމަށް مؤمن ންނަށް އެންގެވިއެވެ. އެ ލިބުނު އުނދަގޫތަކާއި، ކުރި ކެތްތެރިކަމަށް ﷲ އެމީހުންނަށް ގިނަގުނަ ދަރުމަޔާއި، ثواب ދެއްވާނެއެވެ. 15. (15) ފަހެ صالح عمل އެއް ކޮށްފި މީހާ (ދަންނައެވެ.) އެ صالح عمل ގެ ދަރުމަޔާއި، ثواب އޮތީ ހަމަ އޭނާއަށެވެ. އޭނާގެ نفس އަށެވެ. އަދި ނުބައިކަމެއް ކޮށްފި މީހާވެސް (ދަންނައެވެ.) އެކަމުގެ عذاب އާއި، عقوبة އޮންނާނީ ހަމަ އޭނާއަށެވެ. އެކަން އޭނާއަށް އޮންނާނެއެވެ. ދެން (މަރުވުމަށްފަހު) ތިޔަބައިމީހުން އެނބުރި رجوع ވުން ވަނީ ހަމަ ތިޔަބައިމީހުންގެ ربّ ގެ حضرة އަށެވެ. 16. (16) އަދި ހަމަކަށަވަރުން بني إسرائيل ންނަށް (موسى عليه السلام މެދުވެރި ކުރައްވައި) ތިމަން ރަސްކަލާނގެ ފޮތް ދެއްވީމެވެ. އެއީ توراة އެވެ. އަދި މީސްތަކުންގެ މެދުގައި حكم ކުރުމަށް ޓަކައި ވިސްނުމާއި، އަދި فقه ވެރިކަން ދެއްވީމެވެ. އަދި އެ ދަރިކޮޅުގައި نبي ކަންވެސް ލެއްވީމެވެ. (ގިނަ نبي ބޭކަލުން އެ ދަރިކޮޅުން ﷲ ފޮނުއްވިއެވެ.) އަދި حلال ރަނގަޅު، މީރު ކާނާ ތިމަން ރަސްކަލާނގެ އެމީހުންނަށް ދެއްވީމެވެ. (އޭގެ ތެރޭގައި منّ އާއި، سلوى ވެސް ވެއެވެ.) އަދި އޭރު ދުނިޔޭގައި ތިބި އެންމެންގެ މައްޗަށް ތިމަން ރަސްކަލާނގެ އެމީހުން މާތްކުރެއްވީމެވެ. 17. (17) އަދި حلال އާއި، حرام ގެ ތެރެއިން بيان ވެ ފައުޅުވެގެން شريعة އެމީހުންނަށް އެންގެވީމެވެ. (ނުވަތަ ފަހު ޒަމާނުގެ نبي އާ محمّد ﷺ ފޮނުއްވުމާއި، އެކަލޭގެފާނުންގެ نبي ކަމުގެ خبر އާ ބެހޭ علم އެމީހުންނަށް އެންގެވީމެވެ. މި އާޔަތުގައި މި ދެމާނަ مفسّر ން ލިޔުއްވައެވެ. والله أعلم.) ދެންފަހެ އެ ދެކަމާބެހޭ علم އަދި معلومات ރަނގަޅަށް އެނގުމަށްފަހުގައި މެނުވީ އެމީހުން ދެބަސްވެ، إختلاف ނުވެއެވެ. (އެމީހުން إختلاف ވީ ވެރިކަމާމެދު) އެމީހުންގެ އެކަކު އަނެކަކުގެ މައްޗަށް އޮތް ރުޅިވެރިކަމާއި، حسد ވެރިކަމުންނެވެ. ނުވަތަ محمّد ﷺ އާމެދު އެމީހުންގެ މެދުގައި އޮތް حسد ވެރިކަމުންނެވެ. (އޭ رسول الله އެވެ.) އެމީހުންގެ މެދުގައި އެކަމާމެދު ދެބަސްވެ، إختلاف ވާ ކަންތައްތަކަށް قيامة ދުވަހުން ކަލޭގެފާނުންގެ ربّ އެމީހުންގެ މެދުގައި ނިޔާކުރައްވާ ހުއްޓެވެ.

- Abu Bakr Ibrahim Ali (Bakurube)

reading-goal:continue-reading

Примечания и Размышления

reflection-not-available

Notes placeholders

Оставайтесь на связи с Кораном ❤️

Короткие, но содержательные напоминания, чтобы перезагрузиться, поразмышлять и оставаться на связи с Кораном.

Читайте, слушайте, ищите и размышляйте над Кораном

Quran.com — это надёжная платформа, используемая миллионами людей по всему миру для чтения, поиска, прослушивания и размышления над Кораном на разных языках. Она предоставляет переводы, тафсир, декламацию, пословный перевод и инструменты для более глубокого изучения, делая Коран доступным каждому.

Quran.com, как садака джария, стремится помочь людям глубже проникнуть в Коран. При поддержке Quran.Foundation , некоммерческой организации, имеющей статус 501(c)(3), Quran.com продолжает развиваться как бесплатный и ценный ресурс для всех. Альхамдулиллях.

Навигация
Дом
Коран Радио
Чтецы
О нас
Разработчики
Обновления продуктов
Обратная связь
Помощь
Пожертвовать
Наши проекты
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Некоммерческие проекты, принадлежащие, управляемые или спонсируемые Quran.Foundation
Популярные ссылки
Молитвы из Корана
Аят дня из Корана
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
Карта сайтаКонфиденциальностьУсловия и положения
© 2026 Quran.com. Все права защищены
Способствовать