登入
登入
登入
选择语言
015

Al-Hijr 15:76 وانها لبسبيل مقيم ٧٦

15:76
وَإِنَّهَا
لَبِسَبِيلٖ
مُّقِيمٍ
٧٦
(76) އަދި ހަމަކަށަވަރުން އެރަށްވަނީ އެބަހީ: لوط عليه السّلام ގެ قوم ގެމީހުން އުޅުނުރަށް سَدُوْمُ ވަނީ ކަނޑައެޅި ބަޔާންވެގެންވާ މަގެއްގައެވެ. (އެއީ قريش ން شام ކަރަޔަށްދާމަގެވެ. އަދި މިވާހަކަވެސް قرآن ގެ ކިތަންމެތާކު ތަފާތު عبارة ން އައިސްފައިވެއެވެ.)
继续阅读

阅读《古兰经注》

Ibn Kathir (Abridged)

The Destruction of the People of Lut

Allah said;

فَأَخَذَتْهُمُ الصَّيْحَةُ

(So the Sayhah overtook them) This is the piercing sound that came to them when the sun rose, which was accompanied by the city being flipped upside down, and stones of baked clay (As-Sijjil) raining down upon them. The discuss

…

The Destruction of the People of Lut

Allah said;

فَأَخَذَتْهُمُ الصَّيْحَةُ

(So the Sayhah overtook them) This is the piercing sound that came to them wh

…
更多经注

结合上下文阅读

章 15, 页 266, Juz 14

61. (61)،(62) ދެންފަހެ ފޮނުއްވިގެންވާ ملائكة ބޭކަލުން لوط عليه السّلام ގެ آل ންގެއަރިހަށް ވަޑައިގެންނެވިހިނދުން އެކަލޭގެފާނު ވިދާޅުވިއެވެ. "ހަމަކަށަވަރުން ތިޔަބޭކަލުންނަކީ إنكار ވެވިގެންވާ ބައެކެވެ. ނޭނގޭ ބައެކެވެ." 62. (61)،(62) ދެންފަހެ ފޮނުއްވިގެންވާ ملائكة ބޭކަލުން لوط عليه السّلام ގެ آل ންގެއަރިހަށް ވަޑައިގެންނެވިހިނދުން އެކަލޭގެފާނު ވިދާޅުވިއެވެ. "ހަމަކަށަވަރުން ތިޔަބޭކަލުންނަކީ إنكار ވެވިގެންވާ ބައެކެވެ. ނޭނގޭ ބައެކެވެ." 63. (63) އެބޭކަލުން ވިދާޅުވިއެވެ. "އަދި ކިއެއްހެއްޔެވެ. ތިމަންބޭކަލުން ކަލޭގެފާނުންގެ އަރިހަށް މިއައީ ކަލޭގެފާނުންގެ قوم ގެމީހުން އެކަމަކާއިމެދު ޝައްކުކުރާ ކަންތަކާއިމެދުގައެވެ. عذاب އާއިގެންނެވެ." 64. (64) "އަދި ތިމަންބޭކަލުން ކަލޭގެފާނުންގެ އަރިހަށް މިވަޑައިގެންނެވީ حقّ އާއިގެންނެވެ. (އެ حقّ އަކީ عذاب އެވެ.) އަދި ހަމަކަށަވަރުން ތިމަންބޭކަލުންނީ ހަމަ ތެދުވެރީންނީމުއެވެ." 65. (65) "ފަހެ ރޭގަނޑުގެ (އަނދިރިކަންގަދަ) ވަގުތެއްގައި ކަލޭގެފާނު ކަލޭގެފާނުންގެ أهل ވެރިންނާއިގެން (މިރަށުން ނުކުމެވަޑައިގެން) ހިންގަވާފައި ވަޑައިގަންނަވާށެވެ! އަދި ކަލޭގެފާނު އެމީހުންގެ (يعني: أهل ވެރިންގެ) ފަހަތުގައި تبع ވެވަޑައިގެން ހުންނަވާށެވެ. އަދި ކަލޭމެންކުރެ އެކަކުވެސް އެނބުރި ފަހަތަށް ނުބައްލަވާށެވެ! އަދި ކަލޭމެނަށް أمر ވެވުނުފަދައަކުން އަމުރުވެވުނުތަނަށް އަވަސްއަވަހަށްވަޑައިގަންނަވާށެވެ!" 66. (66) އަދި ތިމަންރަސްކަލާނގެ އެކަން އެކަލޭގެފާނަށް އަންގަވާ وحي ކުރެއްވީމެވެ. އެކަމަކީ ހަމަކަށަވަރުން މިބައިމީހުން - (لوط قوم ގެ ކާފަރުން) ފަތިސްކުރާ حال މަރުވެ ހަލާކުވެގެންދާނެއެވެ. 67. (67) އަދި އެރަށުގެ أهل ވެރިން އުފާކުރާ حال (لوط ގެފާނުންގެ އަރިހަށް) އަތުވެއްޖެއެވެ. (އެއީ އެކަލޭގެފާނު އަރިހަށް ވަޑައިގެންނެވި ملائكة ބޭކަލުން ރީތި ފިރިހެނުންގެ صورة ގައިވާތީ އެމީހުންގެ ގަޔަށް އަރާ فاحش ކަންތައް ކުރަންވެގެންނެވެ. އެރަށުގެ މީހުންނަކީ عامّ ކޮށް ފިރިހެނުންނާ އެޅޭ މީހުންނެވެ. އަންހެނުންގެ ބޭނުން ނުކުރެއެވެ. އެމީހުން ހަލާކުވެގެންދިޔައީ އެކަމުގެ ސަބަބުންނެވެ. މި ملائكة ބޭކަލުންނަކީ އެމީހުންނަށް عذاب އާއިގެން ވަޑައިގެންނެވި ބޭކަލުންނެވެ. އެއީ ملائكة ންކަމެއް އަދި އޭރު لوط ގެފާނަށްވެސް އެނގިވަޑައިނުގަންނަވައެވެ.) 68. (68) ދެންފަހެ لوط عليه السّلام (އެމީހުންނަށް) ވިދާޅުވިއެވެ. "ހަމަކަށަވަރުން މިބޭކަލުންނަކީ ތިމަންކަލޭގެފާނުންގެ މެހްމާނުންނެވެ. ފަހެ ކަލޭމެން ތިމަންކަލޭގެފާނު فضيحة ނުކުރާށެވެ! (އެމީހުން ގަޔަށް އަރަން ނުއުޅޭށެވެ!)" 69. (69) "އަދި ކަލޭމެން ﷲ އަށް ބިރުވެތިވާށެވެ! އަދި ތިމަންކަލޭގެފާނު ދެރަކޮށް ނިކަމެތިކޮށް ނުހަދާށެވެ!" 70. (70) އެމީހުން (އެކަލޭގެފާނަށް) ދެންނެވިއެވެ. "ދުނިޔޭގެ މީސްތަކުން މެހްމާނުން ކަމުގައި ހެއްދެވުން އަހުރެމެން ކަލޭގެފާނަށް މަނާ ނުކުރަންތޯއެވެ؟" (އެބަހީ: އެކަން އޮންނާނީ ކަލޭގެފާނަށް މަނާކޮށްފައެވެ.) 71. (71) އެކަލޭގެފާނު ވިދާޅުވިއެވެ. "މިތިބީ އަހުރެންގެ އަންހެންދަރިންނެވެ. ކަލޭމެން އަހުރެންގެ أمر އަށް ކިޔަމަންވަންޏާ އެކަންކުރާށެވެ." (އެކުދިންނާ އިންނާށެވެ.) 72. (72) (އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ عُمُرُ ފުޅު (حياة ޕުޅު) ގަންދެއްވައި ހުވައި وحي ކުރައްވަމެވެ. ހަމަކަށަވަރުން އެމީހުން އެވަނީ އެމީހުންގެ މަސްތުގައި / އަދި އެމީހުންގެ މަގުފުރެދުމުގައި ދެފުށުއެޅިއެޅިއެވެ. އަދިރިވެފައެވެ. 73. (73) އަދި އިރުއަރާވަގުތު އެމީހުންނަށް عذاب ގެ އަޑުފަށްގަނޑު އައިސް ޖެހިއްޖެއެވެ. 74. (74) ފަހެ އެރަށުގެ މަތީފުށް ދަށްފުށަށް ތިމަންރަސްކަލާނގެ ޖެއްސެވީމެވެ. (جبريل عليه السّلام ގެ ފިޔަފުޅުން އެރަށް އުފުއްލަވައި އުޑާ ހަމައަށް ނަންގަވައި އަނެއްފުށަށް ޖެއްސެވިކަމުގައިވިއެވެ.) އަދި މަށިހިލައިގެ ވާރޭ އެރަށުގެމައްޗަށް ތިމަންރަސްކަލާނގެ ވެއްސެވީމެވެ. 75. (75) ހަމަކަށަވަރުން ވިސްނާ ފިކުރުކޮށް ކަންކަމުން عبرة حاصل ކުރާމީހުންނަށް އެކަންތަކުގައި ކަނޑައެޅި بيان ވެގެންވާ ދަލީލުވެއެވެ. 76. (76) އަދި ހަމަކަށަވަރުން އެރަށްވަނީ އެބަހީ: لوط عليه السّلام ގެ قوم ގެމީހުން އުޅުނުރަށް سَدُوْمُ ވަނީ ކަނޑައެޅި ބަޔާންވެގެންވާ މަގެއްގައެވެ. (އެއީ قريش ން شام ކަރަޔަށްދާމަގެވެ. އަދި މިވާހަކަވެސް قرآن ގެ ކިތަންމެތާކު ތަފާތު عبارة ން އައިސްފައިވެއެވެ.) 77. (77) ހަމަކަށަވަރުން އެކަންތަކުގައި (އެބަހީ: لوط قوم ގެމީހުންނާމެދު ތިމަންރަސްކަލާނގެ މިކަންތައް ގެންދެވިގޮތުގައި) مؤمن ންނަށް بيان ވެގެންވާ دليل އާއި حجّة ވެއެވެ. عبرة ވެއެވެ. 78. (78) އަދި ހަމަކަށަވަރުން أَيْكَة ގެ އެކުވެރިންވީ އަނިޔާވެރިންކަމުގައެވެ. (أَيْكَة އަކީ ގަސްބޮނޑިއެވެ. ބޯގަސްތަކެވެ. އެރަށަކީވެސް شُعَيْبُ عليه السّلام رسول ކަމާއިގެން ފޮނުއްވި ރަށެއްކަމުގައިވިއެވެ. އެހެންވީއިރު شُعَيْبُ عليه السّلام رسول ކަމާއިގެން ފޮނުއްވިފައިވަނީ ދެރަށަށްކަމުގައިވިއެވެ. އެއީ مَدْيَن އާއި أَيْكَة އެވެ. އެވާހަކަ تفسير الطبري ގައި بيان ވެގެންވެއެވެ.) 79. (79) ދެންފަހެ ތިމަންރަސްކަލާނގެ އެމީހުންގެ ކިބައިން ބަދަލުހިއްޕެވީމެވެ. (އެއީ އެމީހުން ކާފަރުވުމުގެ ސަބަބުން عذاب ފޮނުއްވައި ހަލާކު ކުރެއްވުމެވެ.) އަދި ހަމަކަށަވަރުން އެދެރަށް ވަނީ بيان ވެގެންވާ މަގެއްގެމަތީގައެވެ. (އެބަހީ: މި أَيْكَة ކިޔަރަށާއި لوط قوم ގެމީހުން އުޅުނު ރަށާއި ދެރަށްވަނީ މީސްތަކުން عامّ ކޮށް ދަތުރުފަތުރުކޮށްއުޅޭ މަގެއްގައެވެ. މަގަށް إمام ކިޔާފައިވަނީ إمام އަކީވެސް މީހުން އޭނާޔާ تبع ވާމީހެކެވެ. މަގަކީވެސް އޭގެމަތީގައި މީހުން تبع ވެގެން ހިނގާއެއްޗެއްކަމުގައިވާތީއެވެ. والله أعلم.)

- Abu Bakr Ibrahim Ali (Bakurube)

笔记与反思

你对这节经文没有任何笔记或感想。

Notes placeholders

与《古兰经》保持联系❤️

简短而有意义的提醒,帮助你重新调整、反思并与《古兰经》保持联系。

阅读、聆听、探索并思考《古兰经》

Quran.com 是一个值得信赖的平台,全球数百万人使用它来阅读、搜索、聆听和思考多种语言的《古兰经》。它提供翻译、注释、诵读、逐字翻译以及深入研究的工具,让每个人都能接触到《古兰经》。

作为一家名为“施舍之家”(Sadaqah Jariyah)的机构,Quran.com 致力于帮助人们与《古兰经》建立更深层次的联系。在 501(c)(3) 非营利组织 Quran.Foundation 的支持下,Quran.com 不断发展壮大,成为所有人的免费宝贵资源。Alhamdulillah(真主安拉)

导航
首页
在线听古兰经
朗诵者
关于我们
开发者
产品更新
反馈问题
帮助
捐
我们的项目
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Quran.Foundation 拥有、管理或赞助的非营利项目
热门链接
古兰经中的祈祷词
每日古兰经经文
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
网站地图隐私条款和条件
© 2026年 Quran.com. 版权所有
贡献