Войти
Войти
Войти
Выберите язык

Al-Hijr 15:40 الا عبادك منهم المخلصين ٤٠

Страница 264 · Джуз 14

إِلَّا
عِبَادَكَ
مِنۡهُمُ
ٱلۡمُخۡلَصِينَ
٤٠
(40) "އެމީހުންކުރެ އިބަރަސްކަލާނގެއަށް إخلاص ތެރި ތެދުވެރި އަޅުންމެނުވީއެވެ."
Продолжить чтение

Прочитайте тафсир.

Russian Tafseer Al Saddi

Господи! Я буду приукрашивать для них мирскую жизнь и стану призывать их отдать ей предпочтение перед жизнью будущей. Я добьюсь того, чтобы они подчинялись мне и совершали любые злодеяния. Я буду мешать им встать на прямой путь. И спасутся от моих козней только те, кого Ты пожелаешь спасти и сделаеш…
Господи! Я буду приукрашивать для них мирскую жизнь и стану призывать их отдать ей предпочтение перед жизнью будущей. Я добьюсь того, чтобы они подчин…
Вид Тафсиры

Читать в контексте

26. (26) އަދި تَغَيَّرُ ވެ ނުބައިވަސްދުވާ ކަޅުމަށީގެތެރެއިން ޖަހައިލީމާ އެއިން އަޑުއިވޭ ހަރުމަށިން ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ. • ދަންނައެވެ! آدم عليه السّلام ހެއްދެވުނު މައްޓާ ބެހޭގޮތުން އައިސްފައިވާ لفظ ތައް ތަފާތުކޮށް އައިސްފައިވެއެވެ. تُرَابُ - طِيْن - حمإ مَسْنُوْن - صَلْصال - މި لفظ ތައް އައިސްފައިވަނީ އެކި ސޫރަތުގައެވެ. ދެންފަހެ މި لفظ ތައް ترجمة ކުރެއްވި ބޭކަލުންގެ ވާހަކަތަކުން އެނގެނީ تُرَاب (ނުވަތަވެލި) ފެނާއެކުވީމާ ކިޔަނީ طِيْن އެވެ. (އެއީ މަށްޓެވެ.) ދެން އެމަށި ގިނައިރުވެ މުޅަވެ ވަސްނުބައިވީމާ އެއީ، حَمإ مَسْنُون އެވެ. (ނުބައިވަސްދުވާ ކަޅުމަށި) ދެން އެހެންހުރެ ގިނައިރު ހުރެ ހަރުވެ ގަދަވީމާ އެއީ صَلْصال އެވެ. މިއީ އެކަލޭގެފާނު ހެއްދެވުނު މަށްޓަށް އައި އެކިއެކި ދައުރެވެ. والله أعلم = زُبْدَة التّفسير =. 27. (27) އަދި އެކަލޭގެފާނުން ހެއްދެވުމުގެކުރިން ތިމަންރަސްކަލާނގެ ޖިންނީންގެ ބައްޕަ جَانُّ އަލިފާނުގެ ހޫނުވައިން ނުވަތަ އަލިފާނުގެ ސާފު ހުޅުގަނޑުން ހެއްދެވީމެވެ. 28. (28) (އޭ رسول ﷲ އެވެ!) ملائكة ބޭކަލުންނަށް ކަލޭގެފާނުންގެ ربّ وحي ކުރެއްވި ހިނދު ހަނދުމަފުޅުކުރައްވާށެވެ! (އެކަލާނގެ وحي ކުރެއްވިއެވެ.) تَغَيَّر ވެ ވަސްނުބައިވެފައިވާ މަށީގެ ހަރުމަށިން ތިމަންރަސްކަލާނގެ އިންސާނަކު ހައްދަވާހުށީމެވެ. 29. (29) ދެންފަހެ ތިމަންރަސްކަލާނގެ އެއިންސާނާ ހައްދަވައި ފުރިހަމަކުރައްވައި އަދި ތިމަންރަސްކަލާނގެ رُوحُ ން އެއަށް ފުމެލައްވައި ފުރާނައަޅުއްވައިފިއްޔާ ތިޔަބޭކަލުން އެކަލޭގެފާނަށް سجدة ކުރުމަށް ތިރިވާށެވެ! (އޭނާޔަށް إحترام ކުރުމުގެގޮތުން سجدة ކުރާށެވެ!) ދެން އެކަލާނގެ އެކަލޭގެފާނު ހައްދަވާ ފުރިހަމަކުރެއްވުމުން. 30. (30) ދެންފަހެ އެހުރިހާ ملائكة ބޭކަލުން އެކަލޭގެފާނަށް سجدة ކުރެއްވިއެވެ. 31. (31) إبليس މެނުވީއެވެ. سجدة ކުރިމީހުންގެތެރޭވުމަށް އޭނާ މަނާވެގެންފިއެވެ. އެބަހީ: އޭނާ سجدة ނުކުރިއެވެ. 32. (32) ﷲ تعالى وحي ކުރެއްވިއެވެ. "އޭ إبليس އެވެ! سجدة ކުރެއްވި ބޭކަލުންގެތެރެއިން ކަލޭ ނުވާންވީ ކީއްވެގެންހެއްޔެވެ؟ ކަލޭ سجدة ނުކުރާންވީ ކޮންކަމަކާހެދިހެއްޔެވެ؟" 33. (33) އޭނާ ދެންނެވިއެވެ. "މުޅަވެ ނުބައިވަސްދުވާ މަށީގެ މަށިގަނޑަކުން އިބަރަސްކަލާނގެ ހައްދަވާފައިވާ مخلوق އަކަށް سجدة ކުރާނެ މީހަކުކަމުގައި މިއަޅާ ނުވެއެވެ." 34. (34) އެކަލާނގެ وحي ކުރެއްވިއެވެ. "ފަހެ ކަލޭ އެސުވަރުގެއިން ނުކުންނާށެވެ! ހަމަކަށަވަރުން ކަލެއަކީ رَجِيْمُ އެވެ." އެބަހީ: رحمة ން ބޭރުވެ لعنة ލެއްވިގެންވާ شيطان އެވެ. 35. (35) "އަދި ހަމަކަށަވަރުން قيامة ދުވަހާއި ހަމައަށް ކަލެއަށް لعنة ލެއްވިގެންވެއެވެ." 36. (36) އެސޮރު ދެންނެވިއެވެ. "އޭއަޅުގެ ربّ އެވެ! ފަހެ މީސްތަކުން محشر އަށް ފޮނުވޭދުވަހާ ހަމައަށް މިއަޅާއަށް مُهْلَة ދެއްވާނދޭވެ!" 37. (37) އެކަލާނގެ وحي ކުރެއްވިއެވެ. ހަމަކަށަވަރުން ކަލޭވަނީ مهلة ދެވިގެންވާ މީހުންގެތެރޭންނެވެ. އެހާ އަވަހަށް ކަލޭ މަރުނުވާނެއެވެ. 38. (38) އެއީ ކަނޑައެޅި عيّن ވެގެންވާ ވަގުތާއި ހަމައަށެވެ. އެއީ قيامة ދުވަހާއި ހަމައަށެވެ. 39. (39) އޭނާ ދެންނެވިއެވެ. "އޭއަޅުގެ ربّ އެވެ! އިބަރަސްކަލާނގެ މިއަޅާ މަގުފުރައްދަވާ، رحمة ން ދުރުކުރެއްވިކަމަށްޓަކައި ހަމަކަށަވަރުން އެމީހުންނަށް ބިމުގައި (އުރެދުންތައް) ޒީނަތްތެރިކޮށްދޭ ހުށީމެވެ. އަދި އެހުރިހާ މީހުން އެކުގައި އަހުރެން މަގުފުރައްދާލާހުށީމެވެ." 40. (40) "އެމީހުންކުރެ އިބަރަސްކަލާނގެއަށް إخلاص ތެރި ތެދުވެރި އަޅުންމެނުވީއެވެ." 41. (41) ﷲ وحي ކުރެއްވިއެވެ. "އެއީ ތިމަންރަސްކަލާނގެ މައްޗަށްވާ حقّ ސީދާމަގެވެ." 42. (42) "ހަމަކަށަވަރުން ތިމަންރަސްކަލާނގެއަށް إخلاص ތެރި ތެދުވެރި އަޅުންގެމައްޗަށް ކަލެއަށް އެއްވެސް ބާރެއް ނުވެއެވެ. ހަމައެކަނި حقّ މަގުންނެއްޓި މަގުފުރެދިގެންވާމީހުންކުރެ ކަލެޔާ تبع ވާ މީހެއްގެ މައްޗަށް މެނުވީ ކަލެއަށް ބާރެއް ނުވެއެވެ. (އެފަދަމީހުން ކަލެޔާ نبع ވާނެއެވެ.)" 43. (43) އެހުރިހާމީހުންގެ مَوْعِدُ އަކީ އެމީހުންނަށް وَعْدُ ވެވިގެންވާ ތަނަކީ قيامة ދުވަހުން ހަމަ ނަރަކައެވެ. 44. (44) އެނަރަކައަށް ހަތްދޮރުވެއެވެ. ހަތްބަތާނަވެއެވެ. އެއިން ކޮންމެ ބަތާނަޔަކަށް އެމީހުންކުރެ ބެހެވި ކަނޑައެޅިގެންވާ ބަޔަކުވެއެވެ. (އެއީ އެމީސްމީހުންގެ عمل ތަކާއި ފާފައިގެ ތަރުތީބުންނެވެ.)

- Abu Bakr Ibrahim Ali (Bakurube)

Продолжить чтение

Заметки и размышления

У вас нет никаких заметок или размышлений по этому стиху.

Notes placeholders

Оставайтесь на связи с Кораном ❤️

Короткие, но содержательные напоминания, чтобы перезагрузиться, поразмышлять и оставаться на связи с Кораном.

Читайте, слушайте, ищите и размышляйте над Кораном

Quran.com — это надёжная платформа, используемая миллионами людей по всему миру для чтения, поиска, прослушивания и размышления над Кораном на разных языках. Она предоставляет переводы, тафсир, декламацию, пословный перевод и инструменты для более глубокого изучения, делая Коран доступным каждому.

Quran.com, как садака джария, стремится помочь людям глубже проникнуть в Коран. При поддержке Quran.Foundation , некоммерческой организации, имеющей статус 501(c)(3), Quran.com продолжает развиваться как бесплатный и ценный ресурс для всех. Альхамдулиллях.

Навигация
Дом
Коран Радио
Чтецы
О нас
Разработчики
Обновления продуктов
Обратная связь
Помощь
Пожертвовать
Наши проекты
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Некоммерческие проекты, принадлежащие, управляемые или спонсируемые Quran.Foundation
Популярные ссылки
Молитвы из Корана
Аят дня из Корана
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
Карта сайтаКонфиденциальностьУсловия и положения
© 2026 Quran.com. Все права защищены
Способствовать