প্রবেশ কর
প্রবেশ কর
প্রবেশ কর
ভাষা নির্বাচন কর
059

Al-Hashr 59:8 للفقراء المهاجرين الذين اخرجوا من ديارهم واموالهم يبتغون فضلا من الله ورضوانا وينصرون الله ورسوله اولايك هم الصادقون ٨

৫৯:৮
لِلْفُقَرَآءِ
الْمُهٰجِرِیْنَ
الَّذِیْنَ
اُخْرِجُوْا
مِنْ
دِیَارِهِمْ
وَاَمْوَالِهِمْ
یَبْتَغُوْنَ
فَضْلًا
مِّنَ
اللّٰهِ
وَرِضْوَانًا
وَّیَنْصُرُوْنَ
اللّٰهَ
وَرَسُوْلَهٗ ؕ
اُولٰٓىِٕكَ
هُمُ
الصّٰدِقُوْنَ
۟ۚ
(8) فَيْءُ މުދާ އެއީ فَقِير مُهاجِريّ ބޭކަލުންނަށެވެ. (މި އާޔަތުގައި އެވަނީ ކުރީގެ آيَة އަށް تَأْكِيد ކޮށްދެއްވާފައެވެ. فَقِير مُهاجِريّ ބޭކަލުންގެ މުރާދަކީ رَسُولُ اللَّهِ ﷺ ގެ ގާތްތިމާގެފުޅު ބޭފުޅުންނެވެ. އެއީ ކުރީގެ އާޔަތުގައި އެވާ ذَوِى الْقُرْبَى ގެ މުރާދެވެ.) އެބައިމީހުންނަކީ އެބައިމީހުންގެ ގޮވަތި ގެދޮރާއި، މުދަލުން ނެރެވުނު މީހުންނެވެ. އެއީ ކާފަރުންގެ އުނދަގުލާހެދި مَكّة އިން ގޯތިގެދޮރާއި، މުދާ ދޫކޮށް هِجْرَة އަށް އައި މީހުންނެވެ. އެއީ ﷲ ގެ ރުއްސެވުން އެދިގެންނާއި، އަދި ﷲ އަށާއި، (ﷲ ގެ دِين އަށާއި) އެކަލާނގެ رَسُول އާއަށް نَصْر ދިނުމަށް ޓަކައެވެ. ހަމަކަށަވަރުން އެމީހުންނީ ތެދުވެރީންނެވެ. (މި އާޔަތުގައި މިވަނީ مُهاجِرِيّ ބޭކަލުންނަށް ވާ تَعْرِيف އާއި، ثَناء އެވެ. ދެން މިއަންނަ އާޔަތުގައި އެވަނީ أنْصارِيّ ބޭކަލުންނަށް ވާ تَعْرِيف އާއި، ثَناء އެވެ.)
আরও পড়ুন

তাফসীর পড়ুন

Tafsir Ahsanul Bayaan

(এ সম্পদ) অভাবগ্রস্ত মুহাজির (ধর্মের জন্য স্বদেশত্যাগী)দের জন্য, যারা নিজেদের ঘর-বাড়ী ও সম্পত্তি হতে বহিষ্কৃত হয়েছে; তারা আল্লাহর অনুগ্রহ ও সন্তুষ্টি কামনা করে এবং আল্লাহ ও তাঁর রসূলকে সাহায্য করে। তারাই তো সত্যাশ্রয়ী। [১]

[১] এই আয়াতে 'মালে ফাই' কোথায় ব্যয় করা হবে তার সঠিক দিক নির্দেশনা করা হয়েছে। অ

…

(এ সম্পদ) অভাবগ্রস্ত মুহাজির (ধর্মের জন্য স্বদেশত্যাগী)দের জন্য, যারা নিজেদের ঘর-বাড়ী ও সম্পত্তি হতে বহিষ্কৃত হয়েছে; তারা আল্লাহর অনুগ্রহ ও সন্তুষ্টি

…
আরও তাফসির

প্রাসঙ্গিকভাবে পড়ুন

অধ্যায় ৫৯, পৃষ্ঠা ৪৯৩, জুজ ২৮

1. (1) އުޑުތަކާއި، ބިމުގައި ވާހައި ތަކެތި ﷲ އަށް تَسْبِيح ކިޔައެވެ. އެކަލާނގެ ހުސް طَاهِر ވަންތަކޮށް، تَقْدِيس ކުރެއެވެ. އެކަލާނގެއީ އެކަލާނގެ އެދިވޮޑިގެންނެވި ކޮންމެ ކަމެއް ކުރެއްވުމަށް ހުރަހެއް އަޅާނޭ އެއްވެސް ފަރާތެއް ނުވާ ގަދަފަދަވަންތަ ކަލާނގެއެވެ. އަދި ކޮންމެ ކަމެއް އޭގެ ޖާގައިގައި ބަހައްޓަވާ حَكِيم ވަންތަ ކަލާނގެއެވެ. 2. (2) أَهْلُ كِتاب ންގެ ތެރެއިން ކާފަރުވި (بَنُو النَّضِير) ގެ މީހުން، އެމީހުންގެ ގޯތި-ގެދޮރުން ފުރަތަމަ مَحْشَر އަށް (خَيْبَر އަށް) ނެރުއްވީ ހަމަ އެކަލާނގެއެވެ. އޭ مُؤْمِن ންނޭވެ. އެމީހުންގެ ގޯތި-ގެދޮރުން އެމީހުން ނުކުންނާނޭ ކަމުގައި ތިޔަބައިމީހުން ހީވެސް ނުކުރަމުއެވެ. (އެއީ އެމީހުންގެ عِزّة ތެރިކަމާއި، ފޯރުންތެރިކަމާއި، ގޯތި-ގެދޮރުގެ ވަރުގަދަކަމުންނެވެ.) އަދި އެމީހުން ހީކުރީ ﷲ ގެ حَضْرَة ން އަތުވެދާނޭ ކޯފާއާއި، عَذَاب ން ސަލާމަތްވުމަށް އެމީހުންގެ ގޯތި-ގެދޮރު ފުދޭނޭ ކަމަށެވެ. ގޯތި-ގެދޮރު އެމީހުން ސަލާމަތް ކޮށްދޭނޭ ކަމަށެވެ. ފަހެ އެހެން ނަމަވެސް އެމީހުންނަށް ﷲ ގެ އަމުރުފުޅު އައީ އެމީހުން ހީވެސް ނުކުރާ ގޮތަކަށެވެ. ﷲ އެމީހުންގެ ހިތްތަކަށް ބިރުވެރިކަން ވެއްދެވިއެވެ. ދެންފަހެ އެމީހުންގެ ގޯތި-ގެދޮރުތައް އެމީހުންގެ އަތްތަކުންނާއި، އަދި مُؤْمِن ންގެ އަތްތަކުންވެސް ހަލާކު ކުރަމުން ގެންދިޔައީއެވެ. އޭ ބުއްދިވެރި، ބޯހުރި މީހުންނޭވެ. ކަލޭމެން ނިކަން عِبْرة حَاصِل ކުރާށެވެ. 3. (3) أزَلُ ގައި އެމީހުން مَدِينَة އިން އަރުވައިލުމުގެ ނިޔާފުޅު ﷲ ލިޔުއްވާފައި ނުވާނަމަ ދުނިޔޭގައިވެސް އެމީހުންނަށް اللَّه، عَذَاب ދެއްވައިފީހެވެ. އަދި آخِرَة ދުވަހުން އެމީހުންނަށް ހުރީ ނަރަކައިގެ عَذَاب އެވެ. 4. (4) ދުނިޔެއާއި، آخِرَة ގައި އެމީހުންނަށް އެކަން ކަނޑައެޅި ނިމުނީ ހަމަކަށަވަރުން ﷲ އަށާއި، އެކަލާނގެ رَسُول އާ އާ ދެފަރާތަށް އެމީހުން ނުކިޔަމަންތެރިވެ، خِلاف ވުމުގެ ސަބަބުންނެވެ. އަދި ﷲ އާ خِلاف ވެ، ދެކޮޅުވެރިވާ މީހާ ދަންނައެވެ. (ހަމަކަށަވަރުން ﷲ އެމީހަކަށް ބޮޑުވެގެންވާ عُقُوبَة ދެއްވައެވެ.) ފަހެ ހަމަކަށަވަރުން ﷲ އީ عُقُوبَة ދެއްވުން ގަދަފަދަވެވޮޑިގެންވާ ކަލާނގެއެވެ. • ދަންނައެވެ. އިސްވެދިޔަ ހަތަރު آيَة ގައި އިޝާރާތްވެގެން އެ ވަނީ رَسُولُ الله ﷺ ގެ ޒަމާނުގައި مَدِينَة ވަޒަންވެރިވެގެން ތިބި يَهُودِي ންގެ بَنُو النَّضِير قَبِيلَة ގެ މީހުންގެ ވާހަކައަށެވެ. އެކަން ވީގޮތެއް ކަމުގައި تَفْسِير عِلْم ވެރީން ލިޔުއްވާފައި ވަނީ އަންނަނިވި ފަދައިންނެވެ. رَسُولُ الله އާއި، ބައެއް أصْحاب ން (މަރުގެ ދިޔައެއްގެ މައްސަލައެއް ހަމަޖެއްސުމަށް ޓަކައި) بَنُو النَّضِير ގެ قَبِيلَة އަށް ވަޑައިގެންނެވިއެވެ. އެތަނަށް ވަޑައިގަތުމުން އެ قَبِيلَة ގެ މީހުން އެކަލޭގެފާނާއި، أصحاب ން ރަނގަޅަށް ބައިތިއްބާފައި އަދި އެކަލޭގެފާނުގެ ކަންތައް ރަނގަޅަށް ހަމަޖައްސާނޭ ކަމުގައި ދަންނަވާފައި އެކި މީހުން އެކި ދިމާއަށް ދިޔައީއެވެ. ދެންފަހެ އެމީހުން ސައްލާކޮށްފައި ނިންމީ رَسُولُ ﷲ ގެ އިސްތަށިފުޅުގެ މައްޗަށް ބޮޑު ހިލައެއް ވައްޓައިލައި، އެކަލޭގެފާނު އަވަހާރަ ކޮށްލާށެވެ. އެކަލޭގެފާނު އިންނެވީ ގެއެއްގެ ފާރެއްގެ ހިޔަލުގައި އިށީނދެވަޑައިގެންނެވެ. ދެން އެބައިމީހުން ގެމައްޗަށް އަރައި، ހިލަ ވައްޓައިލުމުގެ حَرَكاة ހަމަ ހިންގުމުން އެކަލޭގެފާނަށް އެކަން ﷲ އަންގަވައިފިއެވެ. ދެންފަހެ، އެކަލޭގެފާނު އަވަހަށް އެތަނުން ތެދުވެވަޑައިގެން مَدِينَة އަށް ވަޑައިގަތީއެވެ. އެހައިތަނުން رَسُولُ اللَّهِ ﷺ އާއި، އެމީހުންނާ ވެވިފައިވާ عَهْد އެމީހުން އުވައިލީއެވެ. އަދި އެމީހުންނާ ހަނގުރާމައަށް ދިޔުމުގެ أمر ފުޅު ނުކުމެއްޖެއެވެ. ދެންފަހެ އެކަލޭގެފާނާއި، أصْحاب ބޭކަލުން ވަޑައިގެން އެމީހުންގެ ގޯތި-ގެދޮރު حَصار ކުރައްވައި، ވަށައިލައްވައިފިއެވެ. އެންމެފަހުން ދެފަރާތުން ވާހަކަދެކެވިގެން ނިމުނީ އެމީހުން ނުމަރައި، އެކީއެކަށް އެމީހުން مَدِينَة އިން ނުކުތުމަށެވެ. ނުކުމެގެން ދާއިރު ކޮންމެ މީހަކުވެސް جَمَل އެއް ބަރުކޮށް ގެންދެވޭ ތަކެތި ގެންދިއުމަށެވެ. ދެން ހުރިހާ މުދާ ބެހެއްޓުމަށެވެ. އެއީ ﷲ ގެ أمر ފުޅު އައި ގޮތެވެ. އެހެންމީހަކު ކުރިކަމެއްނޫނެވެ. މީހުން ހީވެސް ނުކުރާ ގޮތަކަށެވެ. ދެން އެމީހުން ނުކުމެގެން ދިޔައީ އެއްބަޔަކު خَيْبَر އަށެވެ. އަނެއް ބަޔަކު شام ކަރައަށެވެ. އެމީހުން ދަމުން ގެދޮރުގައި ހުރި ތަކެތީގެ ތެރެއިން އެމީހުންނަށް ގެންދާން ފެނުނު އެއްޗެއް ގެންދިޔައީއެވެ. ގެދޮރުގެ ތަންތަން ހަލާކުކޮށްގެންވެސް ގެންދިޔަ ކަމުގައި ވެއެވެ. އަނެއް ކޮޅުން އެތަން ހިފާންވެގެން مُؤْمِن ން ބައެއް ގަސްވެސް ކަނޑައި، ކަދުރު ރުއް ކަނޑައި ހެދިކަމަށް ވެއެވެ. އަދި ގޯތި-ގެދޮރުންވެސް ބައެއްވަރު ހަލާކު ކުރި ކަމުގައި ވެއެވެ. އެވާހަކައަށް އިޝާރާތް ކުރައްވައި قُرْآن ގައި "يُخْرِبُونَ بُيُوتَهُم بِأَيْدِيهِمْ وَأَيْدِي الْمُؤْمِنِينَ" يَعْنِي: އެމީހުންގެ އަތްތަކުންނާއި، مُؤْمِن ންގެ އަތްތަކުން އެމީހުންގެ ގެތައް ހަލާކު ކުރަނީއެވެ. މިފަދައިން އެންގެވިއެވެ. ދެން މި حَادِثَة އާ ބެހޭ އަނެއް ބައި އަންނަނިވި آيَة ތަކުގައި بَيان ވެގެން އެ އަންނަނީއެވެ. 5. (5) މޮޅު ކަދުރުގެ ތެރެއިން ތިޔަބައިމީހުން ކެނޑިނަމަ ކެނޑި ރުކެއް ވިޔަސް، ނުވަތަ ނުކަނޑައި އޭގެ ބުޑުގެ މަތީގައި ދޫކުރި ރުކެއްވިޔަސް، އެ ހުރިހައި ކަމަކީ ވެސް ހަމަ ﷲ ގެ إذْن ފުޅަށް ހިނގައިދިޔަ ކަންކަމެވެ. އަދި فاسِق ވެ، ނުބައިވި بَنُو النَّضِير ގެ މީހުންނާއި، ދެންވެސް އެފަދަ فاسِق ން ދެރަކޮށް ނިކަމެތިކުރުމަށް ޓަކައި ﷲ ނިޔާކުރެއްވި ގޮތެވެ. 6. (6) އަދި އެމީހުންގެ ކިބައިން، އެބަހީ بَنُو النَّضِير ޔަހޫދީންގެ އަތުން ﷲ އެކަލާނގެ رَسُول އާއަށް ރައްދުކޮށްދެއްވި މުދައު ދަންނައެވެ. އެ މުދާ ހޯދުމަށް ތިޔަބައިމީހުން مُؤْمِن ން އަހަކަށް ސަވާރުވެ، އަދި جَمَل އެއްގެ މައްޗަށް ސަވާރުވެ އަވަސްވެ ނުގަންނަމުއެވެ. އެބަހީ ގަދަ ހަނގުރާމަ ނުކުރަމުއެވެ. އަދި އެހެން ނަމަވެސް ﷲ އެދިވޮޑިގެންނެވި ބައެއްގެ މައްޗަށް އެކަލާނގެ رَسُول ބޭކަލުން ފޮނުއްވައި، ގަދަކުރައްވައެވެ. ﷲ އީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަވެ ވޮޑިގެންވާ ކަލާނގެއެވެ. • ދަންނައެވެ. بَنُو النَّضِير ޔަހޫދީންގެ އަތުން رَسُولُ اللَّهِ ﷺ އަށް ﷲ مِلْك ކޮށްދެއްވި މުދަލަކީ އެހެނިހެން ހަނގުރާމައިގައި غَنِيْمَة މުދާ ލިބޭގޮތަށް ލިބުނު މުދަލެއް ނޫނެވެ. مُؤْمِن ންގެ އެއްވެސް މީހަކު އަސްމައްޗަށް ސަވާރުވެ، ގަދަ ހަނގުރާމަކޮށްގެން ހޯދި މުދަލެއް ނޫނެވެ. ދެފަރާތުގައި ވާހަކަދެކެވުނު ގޮތުން، އެމީހުން ބަހައްޓާފައި ދިޔަ މުދަލެކެވެ. އެހެންވެ އެ މުދަލަކީ ހަނގުރާމަ ނުކޮށް مُشْرِك ންގެ އަތުން އަތުވި މުދަލެކެވެ. އެފަދަ މުދަލަށް ކިޔަނީ فَيْءُ މުދަލެވެ. އެފަދަ މުދާ ބަހާންވީ ގޮތް ދެން މިއަންނަ އާޔަތުގައި تَفْصِيل ކޮށް އެ ވަނީއެވެ. 7. (7) ހަނގުރާމަ ނުކޮށް، فَتْح ކުރެވޭ ރަށްރަށުން ﷲ އެކަލާނގެ رَسُول އަށް ރައްދުކޮށްދެއްވާ މުދާ ހުންނާނީ 1- ﷲ އަށާއި، 2- އެކަލާނގެ رَسُول އާއަށާއި، 3- رَسُولُ اللَّهِ ﷺ ގެ ގާތްތިމާގެފުޅު ބޭފުޅުން (بَنُو هاشِم އާއި، بَنُوالمُطَّلِب ން) ނަށާއި، 4- يَتِيم ންނަށާއި، 5- مِسْكِين ންނަށާއި، 6- ދަތުރުވެރީންނަށާއި އެވެ. އެހެން އެކަން ﷲ ނިޔާކުރެއްވީ ތިޔަބައިމީހުންކުރެ މުއްސަނދީންގެ އަތްމަތީގައި އެ މުދާ ނުދެމެހެއްޓުމަށެވެ. ފަހެ ތިޔަބައިމީހުންނަށް رَسُول އާ ދެއްވި އެއްޗެއްގައި (އަދި އެކަލޭގެފާނު ކުރެއްވި أمْر ފުޅެއްގައި) ތިޔަބައިމީހުން ހިފާށެވެ. އަދި އެ އެއްޗަކުން ނުވަތަ އެކަމަކުން ތިޔަބައިމީހުންނަށް އެކަލޭގެފާނު މަނާކުރެއްވި ކޮންމެ އެއްޗަކުން ވިޔަސް، އަދި ކަމަކުން ވިޔަސް ތިޔަބައިމީހުން ދުރުވެގަންނާށެވެ. އަދި ތިޔަބައިމީހުން ﷲ އަށް ބިރުވެތިވާށެވެ. ހަމަކަށަވަރުން ﷲ އީ عُقُوبَة ގަދަފަދަވަންތަވެ ވޮޑިގެންވާ ކަލާނގެއެވެ. 8. (8) فَيْءُ މުދާ އެއީ فَقِير مُهاجِريّ ބޭކަލުންނަށެވެ. (މި އާޔަތުގައި އެވަނީ ކުރީގެ آيَة އަށް تَأْكِيد ކޮށްދެއްވާފައެވެ. فَقِير مُهاجِريّ ބޭކަލުންގެ މުރާދަކީ رَسُولُ اللَّهِ ﷺ ގެ ގާތްތިމާގެފުޅު ބޭފުޅުންނެވެ. އެއީ ކުރީގެ އާޔަތުގައި އެވާ ذَوِى الْقُرْبَى ގެ މުރާދެވެ.) އެބައިމީހުންނަކީ އެބައިމީހުންގެ ގޮވަތި ގެދޮރާއި، މުދަލުން ނެރެވުނު މީހުންނެވެ. އެއީ ކާފަރުންގެ އުނދަގުލާހެދި مَكّة އިން ގޯތިގެދޮރާއި، މުދާ ދޫކޮށް هِجْرَة އަށް އައި މީހުންނެވެ. އެއީ ﷲ ގެ ރުއްސެވުން އެދިގެންނާއި، އަދި ﷲ އަށާއި، (ﷲ ގެ دِين އަށާއި) އެކަލާނގެ رَسُول އާއަށް نَصْر ދިނުމަށް ޓަކައެވެ. ހަމަކަށަވަރުން އެމީހުންނީ ތެދުވެރީންނެވެ. (މި އާޔަތުގައި މިވަނީ مُهاجِرِيّ ބޭކަލުންނަށް ވާ تَعْرِيف އާއި، ثَناء އެވެ. ދެން މިއަންނަ އާޔަތުގައި އެވަނީ أنْصارِيّ ބޭކަލުންނަށް ވާ تَعْرِيف އާއި، ثَناء އެވެ.) 9. (9) އަދި ތިމާމެންގެ ގާތަށް هِجْرَة އަށް ވަޑައިގަންނަވާ ބޭކަލުން ވަޑައިގަތުމުގެ ކުރީން އީމާންވެ ވަޑައިގެން ތިމާމެންގެ ގޯތިގެދޮރު ތައްޔާރުކޮށްދެއްވައި ހަމަޖައްސައިދެއްވި أنْصارِيّ ބޭކަލުން (ދަންނައެވެ.) އެ ބޭކަލުންގެ ގާތަށް هِجْرَة އަށް ވަޑައިގަންނަވާ ބޭކަލުންނަށް ލޯބިކުރައްވައެވެ. އަދި مُهاجِرِيّ ބޭކަލުންނަށް ދެއްވުނު فَيْءُ މުދަލާމެދު އެއްވެސް ރުޅިވެރިކަމެއް، حَسَد ވެރިކަމެއް އެ ބޭކަލުންގެ ހިތްޕުޅުތަކުގައި ނުވެއެވެ. އަދި ކަމަކާމެދު ނުވަތަ އެއްޗަކާމެދު ތިމާމެންގެ نَفْس ތައް ކިތަންމެ ބޭނުމެއް ވެފައި ވިޔަސް އެބޭކަލުން އެހެން ބޭކަލުންގެ ބޭނުންތައް އިސްކުރައްވައެވެ. مُهاجِرِيّ ބޭކަލުންނަށް އިސްކަން ދެއްވައެވެ. ތިމާމެންގެ نَفْس ތައް ފަސްކުރައްވައެވެ. އަދި އެމީހާގެ نَفْس ގެ ދަހިވެތިކަމުން ސަލާމަތްވެ، ރައްކާތެރިވެއްޖެ މީހާ ދަންނައެވެ. ފަހެ ހަމަކަށަވަރުން އެމީހުންނީ كامِياب ވެ، نَصِيب ވެރިވެއްޖެ މީހުންނެވެ. (މި އާޔަތުގައި މި ވަނީ أنْصارِيّ ބޭކަލުންނަށް تَعْرِيف އާއި، ثَناء وَحِي ކުރައްވާފައެވެ. އެބޭކަލުންނީ ތިމާމެންގެ މުދަލާއި، އަނބީންވެސް ބައިކުރައްވާފައި مُهاجِرِيّ ބޭކަލުންނަށް ދެއްވި ބޭކަލުންނެވެ.) ދެން މި އަންނަ އާޔަތުގައި މިވަނީ أنْصارِيّ ބޭކަލުންނަށްފަހު ދެން މި أُمَّة އަށް އަންނާނޭ ހެޔޮލަފާ މީހުންނަށް تَعْرِيف އާއި، ثَناء އެވެ. އެމީހުންގެ ބައެއް ސިފައެވެ. 10. (10) އަދި އެ ބޭކަލުންގެ ފަހުން (އެބަހީ مُهاجِريّ ންނާއި، أنْصارِيّ ބޭކަލުންގެ ފަހުން) ދެން އައި މީހުން (ދަންނައެވެ.) އެމީހުން ﷲ އަށް ދަންނަވައެވެ. އޭ އަޅަމެންގެ رَبّ އެވެ! އަޅަމެންނާއި، އަދި إيْمان ކަމުގައި އިސްވެގަތް އަޅަމެންގެ أخ ންނަށް ފާފަ ފުއްސަވާނދޭވެ! އަދި إيْمان ވި މީސްތަކުންނާމެދު އަޅަމެންގެ ހިތްތަކުގައި އެއްވެސް حَسَد ވެރިމެއް، ރުޅިވެރިކަމެއް ނުލައްވާނދޭވެ! އޭ އަޅަމެންގެ رَبّ އެވެ! ހަމަކަށަވަރުން އިބަ ރަސްކަލާނގެއީ އޯގާވަންތަކަން ނުހަނު ބޮޑުވެގެންވާ، ގިނަގިނައިން رَحْمَة ލައްވާ ރަސްކަލާނގެއެވެ.

- Abu Bakr Ibrahim Ali (Bakurube)

নোট এবং প্রতিফলন

এই পদটি সম্পর্কে আপনার কোনো টীকা বা ভাবনা নেই।

Notes placeholders

কুরআনের সাথে সংযুক্ত থাকুন ❤️

নিজেকে নতুন করে শুরু করতে, আত্ম-বিশ্লেষণ করতে এবং কুরআনের সাথে সংযুক্ত থাকতে কিছু সংক্ষিপ্ত ও অর্থপূর্ণ অনুস্মারক।

কুরআন পড়ুন, শুনুন, অনুসন্ধান করুন এবং চিন্তা করুন

Quran.com হল একটি বিশ্বস্ত প্ল্যাটফর্ম যা বিশ্বব্যাপী লক্ষ লক্ষ মানুষ বিভিন্ন ভাষায় কুরআন পড়তে, অনুসন্ধান করতে, শুনতে এবং তার উপর চিন্তাভাবনা করার জন্য ব্যবহার করে। এটি অনুবাদ, তাফসির, তেলাওয়াত, শব্দে শব্দ অনুবাদ এবং গভীর অধ্যয়নের জন্য সরঞ্জাম সরবরাহ করে, যা সকলের কাছে কুরআনকে সহজলভ্য করে তোলে।

সাদাকাহ জারিয়াহ হিসেবে, Quran.com মানুষকে কুরআনের সাথে গভীরভাবে সংযুক্ত হতে সাহায্য করার জন্য নিবেদিতপ্রাণ। Quran.Foundation দ্বারা সমর্থিত, একটি 501(c)(3) অলাভজনক সংস্থা, Quran.com সকলের জন্য একটি বিনামূল্যের এবং মূল্যবান সম্পদ হিসেবে বেড়ে চলেছে, আলহামদুলিল্লাহ.

নেভিগেট করুন
বাড়ি
কোরআন রেডিও
আবৃত্তিকারী
আমাদের সম্পর্কে
বিকাশকারীরা
পণ্য আপডেট
প্রতিক্রিয়া
সাহায্য
দান করুন
আমাদের প্রকল্পগুলি
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Quran.Foundation এর মালিকানাধীন, পরিচালিত, অথবা স্পন্সরকৃত অলাভজনক প্রকল্প।
জনপ্রিয় লিঙ্ক
কুরআন থেকে দোয়া
দিনের কুরআনের আয়াত
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
সাইটম্যাপগোপনীয়তাশর্তাবলী
© ২০২৬ Quran.com. সমস্ত অধিকার সংরক্ষিত
অবদান রাখুন