Войти
Войти
Войти
Выберите язык

Al-Furqan 25:55 ويعبدون من دون الله ما لا ينفعهم ولا يضرهم وكان الكافر على ربه ظهيرا ٥٥

Страница 364 · Джуз 19

وَيَعۡبُدُونَ
مِن
دُونِ
ٱللَّهِ
مَا
لَا
يَنفَعُهُمۡ
وَلَا
يَضُرُّهُمۡۗ
وَكَانَ
ٱلۡكَافِرُ
عَلَىٰ
رَبِّهِۦ
ظَهِيرٗا
٥٥
(55) އަދި އެމީހުން - يعني: مشرك ން - އެމީހުންނަށް ފައިދާއެއް ނުކުރާ އަދި އެމީހުންނަށް ގެއްލުމެއް އަދި އުނދަގުލެއްވިޔަސް ނުދެވޭ އެއްޗެހިތަކަކަށް އެމީހުން ﷲ ފިޔަވައި އަޅުކަންކުރަނީއެވެ. އަދި ކާފަރު އިންސާނާވީ އޭނާގެ ربّ އާއި އިދިކޮޅަށް (شيطان އާއަށް) ވާގިދޭ ވާގިވެރިޔަކު ކަމުގައެވެ.
reading-goal:continue-reading

Читать q-and-a.tafsir

Russian Tafseer Al Saddi

Они поклоняются истуканам и покойникам, которые не в состоянии ни помочь многобожникам, ни причинить им вред. Тем самым они приравнивают эти беспомощные существа к Всемогущему Властелину, Который распоряжается добром и злом и волен одаривать Своими щедротами одних и лишать их других. Они совершают г…
Они поклоняются истуканам и покойникам, которые не в состоянии ни помочь многобожникам, ни причинить им вред. Тем самым они приравнивают эти беспомощн…
Вид tafsirs

Читать related-content

51. (51) އަދި ތިމަންރަސްކަލާނގެ އެދިވޮޑިގެންނެވިނަމަ ކޮންމެރަށަކަށްވެސް نَذِيْرُ އަކު ފޮނުއްވައިފީހެވެ. إنْذَار ކުރާނޭ ބޭކަލަކު ފޮނުއްވައިފީހެވެ. 52. (52) (އޭ رسول ﷲ އެވެ!) ކަލޭގެފާނު ކާފަރުންނަށް ކިޔަމަންތެރިވެވަޑައި ނުގަންނަވާށެވެ! އަދި [އެއިން (އެބަހީ އެ قرآن ން)] އެމީހުންނާއި އިދިކޮޅަށް ބޮޑުވެގެންވާ جِهَاد އަކުން جِهَاد ކުރައްވާށެވެ. 53. (53) އަދި (މީރުފެނާ ލޮނުފެނާ) ދެކަނޑު އެކުއެކުއޮންނަގޮތަށް ލެއްވީ ހަމަ އެކަލާނގެއެވެ. (ﷲ އެވެ.) އެއްކަނޑު މިއީ ހަމަ މީރު މީރުކަންގަދަ ފެނެވެ. އަނެއްކަނޑު މިއީ ލޮނުކަންގަދަ ލޮނު ހިތިފެނެވެ. (ދެކަނޑު މިވަނީ އެކުއެކުގައެވެ.) އެކަމަކު އެދެކަނޑު ދެމެދުގައި (މީހުނަށް ނޭނގޭ) ހުރަހެއް އެކަލާނގެ ލެއްވިއެވެ. (އަދި އެއްގޮތަކަށްވެސް މައްސުނިވެ އެކުނުވާނޭގޮތުން) ބަންދުކުރައްވައި އެއްކަނޑު އަނެއްކަނޑަށް ވަދެ ދެކަނޑު ދެކަނޑަށް فَاسِدُ ވުން އެއީ حَرام ވެގެންވާ ކަމެއްކަމުގައި އެކަލާނގެ ލެއްވިއެވެ. • ދަންނައެވެ. މިބާވަތުގެ ތަންތަން يعني: ދެކަނޑު ޖެހުނު ތަންތަން ފެނުން ފާހަގަކުރެވޭ ކަމުގައިވެއެވެ. އެއްފަރާތުން ފެންފޮދެއްނަގައި ބޮއިލާއިރު ހަމަ މީރުފެނެވެ. އަނެއްފަރާތުން ފެންފޮދެއް ނަގައި ބޮއިލާއިރު ހަމަ ގަދަލޮނެވެ. އެއްކަނޑެވެ. އެއްވެސް ބާވަތެއްގެ ފާރެއް ނުވަތަ ވަކިކުރުމެއް ލޮލަކަށް ނުފެނެއެވެ. އެބާވަތުގެ ތަންތަނުން ފެންބުއިކުދިން އަޅުގަނޑާއެކު އެއްކުލާހެއްގައިވެސް ތިއްބެވެ. މިފަދަމިފަދަ ކަންކަމަކީ ﷲ ގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ ފުރިހަމަ ހެއްކެވެ. دليل އެވެ. 54. (54) އަދި އެކަލާނގެއީ يعني: ﷲ އީ މަނިފޮދުވަރަކުން އިންސާނާ ހައްދަވައި ދެން އެއިންސާނާއީ ނަސަބުކަމުގައްޔާއި އަދި ޅިޔަންފަހަރިކަމުގައި ލެއްވި ކަލާނގެއެވެ. (އެބަހީ: ނަސަބު ދަމަހައްޓައި ޅިޔަންފަހަރި ވާނޭގޮތް ލެއްވިއެވެ.) (އަދި އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ ربّ އެއީ ކުޅަދުންވަންތަކަލަކު ކަމުގައިވިއެވެ. 55. (55) އަދި އެމީހުން - يعني: مشرك ން - އެމީހުންނަށް ފައިދާއެއް ނުކުރާ އަދި އެމީހުންނަށް ގެއްލުމެއް އަދި އުނދަގުލެއްވިޔަސް ނުދެވޭ އެއްޗެހިތަކަކަށް އެމީހުން ﷲ ފިޔަވައި އަޅުކަންކުރަނީއެވެ. އަދި ކާފަރު އިންސާނާވީ އޭނާގެ ربّ އާއި އިދިކޮޅަށް (شيطان އާއަށް) ވާގިދޭ ވާގިވެރިޔަކު ކަމުގައެވެ. 56. (56) އަދި (އޭ رسول ﷲ އެވެ!) އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި އަދި إنْذَار ކުރައްވާ ބޭކަލަކު ކަމުގައި މެނުވީ ތިމަންރަސްކަލާނގެ ކަލޭގެފާނު رسول ކަމާއިގެން ނުފޮނުއްވަމުއެވެ. 57. (57) (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު އެކަމުގެ މައްޗަށް އެބަހީ: رسول ކަން އިއްވަވާތީ އެކަމުގެމައްޗަށް ކަލޭމެންގެ ކިބައިން އެއްވެސް އުޖޫރައަކަށް / ފީއަކަށް ނޭދެމެވެ. (އެކަމަކު ތިމަންކަލޭގެފާނު މިއެދެނީ) އެދޭމީހަކުވިއްޔާ އެމީހަކު ހައްދަވާބޮޑުކުރެއްވި ربّ ގެ حضرة އަށް މަގެއް ހިފުމަށެވެ. ﷲ ގެ حضرة އަށް ކިޔަމަންތެރިވެ އެކަލާނގެއަށް إيمان ވުމަށެވެ. 58. (58) (އޭ رسول ﷲ އެވެ!) އަދި މަރުވުމެއްނެތް ދިރިދެމިވޮޑިގެންވާ ކަލާނގެއަށް (يعني: ﷲ އަށް) ކަލޭގެފާނު وكيل ކުރައްވާށެވެ! އިތުބާރުކުރައްވާށެވެ! އަދި އެކަލާނގެއަށް تسبيح ވިދާޅުވެ حمد ކުރައްވާށެވެ! އަދި އެކަލާނގެ އަޅުތަކުން ކުރާ ފާފަތަކުގެ خبر ދެނެވޮޑިގެންވާކަލަކު ކަމުގައި އެކަލާނގެ ފުދިވޮޑިގެންވެއެވެ. (އެހެނީ އެކަލާނގެއަށް އެއްވެސް އެއްޗެއް ވަންހަނާވެގެން ނުވެއެވެ.) 59. (59) އެކަލާނގެއީ އުޑުތަކާއި ބިމާއި އަދި އެދެމެދުގައިވާހާތަކެތި ހަދުވަހުގެތެރޭގައި ހެއްދެވި ކަލާނގެއެވެ. ދެން އެކަލާނގެ عَرْشِ އަށް إسْتواى ވެވޮޑިގެންނެވިއެވެ. އެއީ رحمن ވަންތަ ކަލާނގެއެވެ. ފަހެ خبر ތައް ދެނެވޮޑިގެންވާ އަދި خبر ތައް ދެއްވާ ކަލެއްގެގޮތުން އެކަލާނގެއާއި ސުވާލުކުރައްވާށެވެ! (އެހެނީ އެކަލާނގެ ހުރިހާކަމެއްގެ خبر ދެނެވޮޑިގެންވެއެވެ. ނުވަތަ އެކަލާނގެއީ ކޮންފަދަ ކަލަކުކަން ސާފުކުރުމަށް ރަނގަޅަށް خبر ދަންނަ ފަރާތަކާއި ސުވާލުކުރާށެވެ. މިދެތަރުޖަމާވެސްވެއެވެ. والله أعلم.) 60. (60) އަދި ކަލޭމެން رَحْمنُ ވަންތަ ﷲ އަށް سَجِدة ކުރާށޭ އެމީހުންނަށް يعني: ﷲ ފިޔަވައި އެހެންފަރާތްތަކަށް އަޅުކަންކުރާ މީހުންނަށް ބުނެވިއްޖެއްޔާ އެމީހުން ބުނާނެއެވެ. الرّحْمن އެއީ ކާކުހެއްޔެވެ؟ ކަލޭގެފާނު އަހުރެމެންނަށް އަމުރުކުރާ އެއްޗަކަށް އަހުރެމެން سَجِدة ކުރަންވީހެއްޔެވެ؟ (އެހެން ހަމައެގޮތަށް سَجِدة ނުކުރާނަމެވެ!) އަދި ނުރުހުމާއި ދުރަށް ފިލައިގެންދިއުން މެނުވީ އެމީހުންނަށް އިތުރުނުވެއެވެ.

- Abu Bakr Ibrahim Ali (Bakurube)

reading-goal:continue-reading

Примечания и Размышления

reflection-not-available

Notes placeholders

Оставайтесь на связи с Кораном ❤️

Короткие, но содержательные напоминания, чтобы перезагрузиться, поразмышлять и оставаться на связи с Кораном.

Читайте, слушайте, ищите и размышляйте над Кораном

Quran.com — это надёжная платформа, используемая миллионами людей по всему миру для чтения, поиска, прослушивания и размышления над Кораном на разных языках. Она предоставляет переводы, тафсир, декламацию, пословный перевод и инструменты для более глубокого изучения, делая Коран доступным каждому.

Quran.com, как садака джария, стремится помочь людям глубже проникнуть в Коран. При поддержке Quran.Foundation , некоммерческой организации, имеющей статус 501(c)(3), Quran.com продолжает развиваться как бесплатный и ценный ресурс для всех. Альхамдулиллях.

Навигация
Дом
Коран Радио
Чтецы
О нас
Разработчики
Обновления продуктов
Обратная связь
Помощь
Пожертвовать
Наши проекты
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Некоммерческие проекты, принадлежащие, управляемые или спонсируемые Quran.Foundation
Популярные ссылки
Молитвы из Корана
Аят дня из Корана
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
Карта сайтаКонфиденциальностьУсловия и положения
© 2026 Quran.com. Все права защищены
Способствовать