Войти
Войти
Войти
Выберите язык

Al-Furqan 25:5 وقالوا اساطير الاولين اكتتبها فهي تملى عليه بكرة واصيلا ٥

Страница 360 · Джуз 18

وَقَالُوٓاْ
أَسَٰطِيرُ
ٱلۡأَوَّلِينَ
ٱكۡتَتَبَهَا
فَهِيَ
تُمۡلَىٰ
عَلَيۡهِ
بُكۡرَةٗ
وَأَصِيلٗا
٥
(5) އަދި އެމީހުން يعني: مشرك ންގެ މީހުން - ބުންޏެވެ. (މި قرآن އަކީ) އިސްވެދިޔަ މީހުން ދައްކާފައިވާ އެއްވެސް އަސްލެއްނެތް ދޮގުވާހަކަތަކެކެވެ. އެވާހަކަތައް އެކަލޭގެފާނު ލިޔެހެދީއެވެ. ހެނދުނާއި ހަވީރު އެކަލޭގެފާނަށް ކިޔައިދެވިލައި ދެވެނީއެވެ. (އެކަންކުރަނީ يهودي ންނެވެ.)
reading-goal:continue-reading

Читать q-and-a.tafsir

Russian Tafseer Al Saddi

Эти лживые и несправедливые слова многобожников содержат в себе несколько важных моментов. Во-первых, они обвиняют во лжи и беззаконии самого правдивого и самого добропорядочного человека Пророка Мухаммада, да благословит его Аллах и приветствует. Во-вторых, они называют ложью самое правдивое и само…
Эти лживые и несправедливые слова многобожников содержат в себе несколько важных моментов. Во-первых, они обвиняют во лжи и беззаконии самого правдиво…
Вид tafsirs

Читать related-content

1. (1) އެކަލާނގެ އަޅާގެމައްޗަށް قرآن ބާވައިލެއްވި ކަލާނގެ (މަތިވެރި ﷲ) بركاة ވަންތަވެވޮޑިގެންވެއެވެ. (އެބަހީ: އެކަލާނގެ ދެއްވުންތަކާ خيرات يعني: ހެޔޮތައް ގިނަގުނަވެގެންވެއެވެ.) އެއީ އެކަލާނގެ އަޅާ عَالَمْ ތަކަށް نَذِيْر އަކު ކަމުގައި ވުމަށްޓަކައެވެ. އެބަހީ: إنْذَار ކުރައްވާ ބޭކަލަކު ކަމުގައިވުމަށްޓަކައެވެ. އެއަޅާ އެއީ محمّد ﷺ އެވެ. 2. (2) އެކަލާނގެއީ (އެބަހީ: قرآن ބާވައިލެއްވި ކަލާނގެއީ) އެކަލާނގެއަށް އުޑުތަކާއި ބިމުގެ ވެރިކަން (އަދި އެންމެހައިތަކެތި) މިލްކުވެ خاصّ ވެގެންވާ ކަލާނގެއެވެ. އަދި އެކަލާނގެ އެއްވެސް ދަރިކަލަކު ނުހިއްޕަވައެވެ. إختيار ނުކުރައްވައެވެ. އަދި އެކަލާނގެ ވެރިކަމާއި مِلْكِيَّة ގައި އެކަލާނގެއާއި ބައިވެރިވާ އެއްވެސް އެހެން ފަރާތެއް ނުވެއެވެ. އަދި ކޮންމެ އެއްޗެއްވެސް ހެއްދެވީ ހަމަ އެކަލާނގެއެވެ. އަދި ކޮންމެ އެއްޗެއް އެކަލާނގެ تقدير ކުރެއްވިއެވެ. (އެބަހީ: ކޮންމެއެއްޗަކަށްވެސް އެއެއްޗަކަށް ހަމަޖެހޭ ރަނގަޅު صُلْحَ ވެރިގޮތުގައި ހައްދަވާ ބަރާބަރުކުރެއްވިއެވެ.) 3. (3) އަދި އެމީހުން (އެބަހީ: مشرك ންގެމީހުން) އެކަލާނގެ ފިޔަވައި އެހެން إله ންތަކެއް ހިފައި إختيار ކުރީއެވެ. އެ إله ންތައް އެއްވެސް އެއްޗެއް ނުހައްދަވައެވެ. އަދި އެތަކެއްޗަކީ ހެއްދެވިގެންވާ ތަކެއްޗެވެ. مَخْلُوق ންނެވެ. (خالق އެއްނޫނެވެ.) އަދި އެތަކެތި އެތަކެތީގެ އަމިއްލަ نفس އަށްވެސް އެއްވެސް އުނދަގުލެއް ދިނުމެއްވިޔަސް އަދި مَنْفَع އެއް ލިބިގަތުމެއްވިޔަސް މިލްކުވެގެން ނުވެއެވެ. އަދި އެއްޗެއް މަރައިލުމެއްވެސް އަދި އެއްޗެއް ދިރުވުމެއްވެސް (މަރެއް އަދި حياة އެއް) އެތަކެއްޗަށް މިލްކުވެގެން ނުވެއެވެ. އަދި މީސްތަކުން محشر އަށް ފޮނުވުމެއްވެސް އެތަކެއްޗަށް مِلْكُ ވެގެން ނުވެއެވެ. މިފަދަ ތަކެއްޗަށް އަޅުކަންކުރުން ހުއްދަވާނީ ކޮންފަދައަކުންހެއްޔެވެ؟ 4. (4) އަދި ކާފަރުވީ މީސްތަކުން ބުންޏެވެ. މި قرآن އަކީ އެކަލޭގެފާނު يعني: محمّد ގެފާނު އަމިއްލަފުޅަށް އުފައްދައިގެން އުޅޭ ދޮގުވާހަކައެއްކަމުގައި މެނުވީ ނުވެއެވެ. އަދި އެކަމަށް އެކަލޭގެފާނަށް އެހީވެ ވާގިވެރިވީ އެހެން ބައެކެވެ. (އެއީ يهودي ންނެވެ.) މިގޮތުން މިބައިމީހުން އެފަދަ ދޮގުވާހަކަތައް އެއުފައްދައި ހަދަނީ ހަމަ އަނިޔާވެރިކަމާއި ދޮގުހެދުމުގެ ގޮތުންނެވެ. (قرآن އަކީ އެއްވެސް مَخْلُوقُ އަކަށް ހެދޭނެއެއްޗެއްނޫނެވެ.) 5. (5) އަދި އެމީހުން يعني: مشرك ންގެ މީހުން - ބުންޏެވެ. (މި قرآن އަކީ) އިސްވެދިޔަ މީހުން ދައްކާފައިވާ އެއްވެސް އަސްލެއްނެތް ދޮގުވާހަކަތަކެކެވެ. އެވާހަކަތައް އެކަލޭގެފާނު ލިޔެހެދީއެވެ. ހެނދުނާއި ހަވީރު އެކަލޭގެފާނަށް ކިޔައިދެވިލައި ދެވެނީއެވެ. (އެކަންކުރަނީ يهودي ންނެވެ.) 6. (6) (އޭ رسول ﷲ އެވެ.) ކަލޭގެފާނު ވިދާޅުވާށެވެ. އެ قرآن އެބާވައިލައްވަނީ އުޑުތަކާއި ބިމުގައިވާ ސިއްރުތައް ދެނެވޮޑިގަންނަވާ ކަލާނގެއެވެ. ހަމަކަށަވަރުން ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލަކު ކަމުގައި އެކަލާނގެ ވޮޑިގެންވެއެވެ. އެއީ މަތިވެރި މާތް ﷲ އެވެ. 7. (7) އަދި އެމީހުން ބުންޏެވެ. މިއީ ކޮންކަހަލަ رسول އެއް ހެއްޔެވެ؟ އެކަލޭގެފާނުވެސް (އަހުރެމެން ފަދައިން) ކާތަކެތިކައެވެ. (އަދި އެކިއެކި ބޭނުމުގައި) ބާޒާރުގައި ހިންގަވައެވެ. (އަހުރެމެންނެކޭ ތަފާތެއް ނެތެވެ.) ފަހެ އެކަލޭގެފާނުންގެ އަރިހުގައި نَذِيْر އެއްގެގޮތުން (މީސްތަކުން ބިރުގެންނެވުމަށް) مَلاَئِكَة ބޭކަލަކު ނުފޮނުއްވީ ކީއްވެގެންބާވައެވެ؟ ނުވަތަ މަލާއިކަތް ބޭކަލަކު ފޮނުއްވާނެ ނަމައެވެ. 8. (8) ނުވަތަ އެކަލޭގެފާނުންގެ ބޭނުންތައް ފުއްދުމަށް ރަނާއި ރިހީގެ خَزَانَة އެއް ދެއްވޭނެ ނަމައެވެ. ނުވަތަ އެކަލޭގެފާނު އެއިން ފަރިއްކުޅުއްވާ ހެއްދެވުމަށް ބަގީޗާއެއް އެކަލޭގެފާނަށް ވާނެނަމައެވެ. އަދި (مؤمن ންނަށް) مشرك ންގެމީހުން ބުންޏެވެ. سِحْرُ ޖެހިފައިވާ މީހަކާމެނުވީ ކަލޭމެން تَبَع ވެގެންވާކަމުގައި ނުވެއެވެ. 9. (9) (އޭ رسول ﷲ އެވެ.) ކަލޭގެފާނަށް އެމީހުން އެމިސާލުޖަހައިލަނީ ކޮންފަދައަކުންކަން ނިކަން ދެކެބަލާށެވެ. (ކަލޭގެފާނަކީ سحر ޖެހިފައިވާ މީހަކުކަމުގައި ބުނެ އެނިންމައިލަނީއެވެ.) ފަހެ އެމީހުން މަގުފުރެދި ވާވަދެ އަވަދިވީއެވެ. އެހެންވެ ސީދާ حقّ ތެދުމަގަށް واصل ވުމަކަށް އެމީހުންނަށް ކުޅަދާނަވެގެން ނުވާނެއެވެ.

- Abu Bakr Ibrahim Ali (Bakurube)

reading-goal:continue-reading

Примечания и Размышления

reflection-not-available

Notes placeholders

Оставайтесь на связи с Кораном ❤️

Короткие, но содержательные напоминания, чтобы перезагрузиться, поразмышлять и оставаться на связи с Кораном.

Читайте, слушайте, ищите и размышляйте над Кораном

Quran.com — это надёжная платформа, используемая миллионами людей по всему миру для чтения, поиска, прослушивания и размышления над Кораном на разных языках. Она предоставляет переводы, тафсир, декламацию, пословный перевод и инструменты для более глубокого изучения, делая Коран доступным каждому.

Quran.com, как садака джария, стремится помочь людям глубже проникнуть в Коран. При поддержке Quran.Foundation , некоммерческой организации, имеющей статус 501(c)(3), Quran.com продолжает развиваться как бесплатный и ценный ресурс для всех. Альхамдулиллях.

Навигация
Дом
Коран Радио
Чтецы
О нас
Разработчики
Обновления продуктов
Обратная связь
Помощь
Пожертвовать
Наши проекты
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Некоммерческие проекты, принадлежащие, управляемые или спонсируемые Quran.Foundation
Популярные ссылки
Молитвы из Корана
Аят дня из Корана
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
Карта сайтаКонфиденциальностьУсловия и положения
© 2026 Quran.com. Все права защищены
Способствовать