Đăng nhập
Đăng nhập
Đăng nhập
Chọn ngôn ngữ

025Al-Furqan 25:38 وعادا وثمود واصحاب الرس وقرونا بين ذالك كثيرا ٣٨

25:38
وَعَادٗا
وَثَمُودَاْ
وَأَصۡحَٰبَ
ٱلرَّسِّ
وَقُرُونَۢا
بَيۡنَ
ذَٰلِكَ
كَثِيرٗا
٣٨
(38) އަދި عاد ބާގައިމީހުންނާއި، ثُمُود ބާގައިގެމީހުންނާއި އަދި رَسُّ (1) (ވަޅު) ގެ އެކުވެރިންނާއި އަދި އެދެމެދުގެ އެތައް أمّة ތަކެއް (ތިމަންރަސްކަލާނގެ ހަލާކުކުރެއްވީމެވެ.) (1) رَسُّ އަކީ ބޮޑު ވަޅުގަނޑެކެވެ. އެއީ إنْطَاكِية ގައިވާ ވަޅެކެވެ. حَبِيْبُ النَّجَّار މަރާފައި ވައްޓައިލީ އެވަޅަށެވެ. يسن ސޫރަތުގެ ترجمة ގައި އެވާހަކަވެއެވެ. = زُبْدَةُ التّفسير =
Tiếp tục đọc

Đọc Tafsir

Ibn Kathir (Abridged)

Frightening the Idolators of Quraysh

Allah threatens the idolators who denied and opposed His Messenger Muhammad ﷺ and He warns them of the punishment and painful torment He sent upon the previous nations who rejected their Messengers. Allah begins by mentioning Musa, upon him be peace, whom He sent

…

Frightening the Idolators of Quraysh

Allah threatens the idolators who denied and opposed His Messenger Muhammad ﷺ and He warns them of the punishment

…
Thêm các bản Tafsir

Đọc trong ngữ cảnh

Chương 25, Trang 363, Juz 19

35. (35) އަދި ހަމަކަށަވަރުން موسى (عليه السّلام) އަށް ތިމަންރަސްކަލާނގެ ފޮތްދެއްވީމެވެ. توراة ދެއްވީމެވެ. އަދި އެކަލޭގެފާނާއިއެކު އެކަލޭފާނުންގެ أخ هارون (عليه السّلام) ވާގިވެރި އެހީތެރިއަކު ކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ. 36. (36) އަދި އެދެބޭކަލުންނަށް ތިމަންރަސްކަލާނގެ وحي ކުރެއްވީމެވެ. ތިމަންރަސްކަލާނގެ آية ތައް ދޮގު ކުރި މީހުންގެގާތަށް (ތިމަންރަސްކަލާނގެ دليل ތަކާއި علامة ތައް ދޮގުކުރި މީހުންގެގާތަށް يعني: فرعون އާއި އޭނާގެ قوم އަށް) ތިޔައިގެ ދެބޭކަލުން ވަޑައިގަންނަވާށެވެ. އެއީ އެމީހުންނަށް ތެދުމަގަށް ގޮވައިލައްވާށެވެ. ދެން އެބޭކަލުން ވަޑައިގެން ގޮވާލެއްވުމުން އެބޭކަލުންނަށް ކިޔަމަންތެރިނުވިއެވެ. ދެންފަހެ (އެމީހުން ނުކިޔަމަންތެރިވީހިނދުން) ތިމަންރަސްކަލާނގެ އެމީހުން އެކީއެކައްޗަކަށް ހަލާކުކުރެއްވީމެވެ. 37. (37) އަދި نوح عليه السّلام ގެ قوم، އެމީހުން رسول ބޭކަލުން ދޮގުކުރިހިނދުން ތިމަންރަސްކަލާނގެ އެމީހުން غرق ކުރައްވައި ހަލާކުކުރެއްވީމެވެ. އަދި މީސްތަކުންނަށްވާ عِبْرَة އަކާއި ތިމަންރަސްކަލާނގެ قدرة ތެރިކަމުގެ دليل އެއްކަމުގައި އެމީހުންގެ ކަންތައްލެއްވީމެވެ. އަދި އަނިޔާވެރިންނަށް - مشرك ންނަށް - ވޭންދެނިވި عذاب އެއް ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވީމެވެ. 38. (38) އަދި عاد ބާގައިމީހުންނާއި، ثُمُود ބާގައިގެމީހުންނާއި އަދި رَسُّ (1) (ވަޅު) ގެ އެކުވެރިންނާއި އަދި އެދެމެދުގެ އެތައް أمّة ތަކެއް (ތިމަންރަސްކަލާނގެ ހަލާކުކުރެއްވީމެވެ.) (1) رَسُّ އަކީ ބޮޑު ވަޅުގަނޑެކެވެ. އެއީ إنْطَاكِية ގައިވާ ވަޅެކެވެ. حَبِيْبُ النَّجَّار މަރާފައި ވައްޓައިލީ އެވަޅަށެވެ. يسن ސޫރަތުގެ ترجمة ގައި އެވާހަކަވެއެވެ. = زُبْدَةُ التّفسير = 39. (39) އަދި އެއިން ކޮންމެ أمّة އަކަށްވެސް ތިމަންރަސްކަލާނގެ مثال ތައް ޖައްސަވައި حجّة ތައް بيان ކޮށްދެއްވީމެވެ. އަދި އެއިން ކޮންމެ ބަޔަކުވެސް (ނުކިޔަމަންތެރިވީހިނދުން) އެބަޔަކު ހަލާކުކުރައްވައި ބަރުބާދުކުރެއްވީމެވެ. 40. (40) އަދި ހަމަކަށަވަރުން ނުބައިވެގެންވާ (ހިލަ) ވާރެއިން ވާރޭވެހެވުނު ރަށަށް މިމީހުން (يعني: مكّة ގެ مشرك ން) އައެވެ. (އެރަށް ކައިރިން އައިސްގޮސްވެއެވެ. އެއީ سَدُوم އެވެ. لُوط ބާގައިގެމީހުންގެ ރަށެވެ.) އެމީހުން ފަހެ އެރަށް ދެކޭކަމުގައި ނުވޭހެއްޔެވެ؟ (عبرة އަކަށް ނުފުދޭބާވައެވެ؟) އަދި ކިއެއްހެއްޔެވެ؟ އެމީހުން آخرة ދުވަހަށް ބިރުނުގަންނަނީއެވެ. އެދުވަހުގެ ثواب އަށް ނޭދެނީއެވެ. 41. (41) (އޭ رسول ﷲ އެވެ.) އެ مشرك ންނަށް ކަލޭގެފާނު ފެނިއްޖެއްޔާ އެމީހުން ކަލޭގެފާނަށް މަލާމާތްކޮށް ފުރައްސާރަ ނޫނީ ނުކުރެއެވެ. (އަދި މަލާމާތުގެ ގޮތުން އެމީހުން ބުނެއެވެ.) ﷲ رسول އަކުކަމުގައި ފޮނުއްވީ މިކަލޭގެފާނު ހެއްޔެވެ؟ 42. (42) (އެ مشرك ންގެމީހުން ބުނެއެވެ.) އަހުރެމެން އަހުރެމެންގެ إله ންތަކުގެ މައްޗަށް ކެތްތެރިވެ އެތަކެއްޗަށް އަޅުކަންކުރުންމަތީ قائم ވެ ނުތިބިނަމަ އެ إله ންތަކާއި ދުރަށް އެކަލޭގެފާނު އަހުރެމެން އަނބުރައިލުން ހަމަކަށަވަރުން ގާތްވެގެންވެއެވެ. މަގުފުރައްދައިލުން ގާތްވެގެންވެއެވެ. (އޭގެ ޖަވާބުގައި ﷲ އެ އަންގަވަނީ) އެމީހުންނަށް عذاب ފެންނަހިނދުން ބޮޑަށް މަގުފުރެދިގެންވަނީ ކާކުކަން ނިކަންހުރެ އެމީހުންނަށް އެނގިދާނެއެވެ. 43. (43) (އޭ رسول ﷲ އެވެ.) ތިމާއަޅުކަންކުރާ إله އަކީ ތިމާގެ هوى نفس ކަމުގައި (އެބަހީ: ތިމާގެ ހިތަށް ފެންނަހާގޮތެއްކަމުގައި) ހަދައި އެގޮތް إختيار ކުރިމީހާ ކަލޭގެފާނު ދެކެވަޑައިގެންނެވީމުތޯއެވެ؟ އަޅެފަހެ އެފަދަ މީހާ އޭނާގެ އެ جاهل ކަމުގައި އޭނާގެ عمل ތައް ރައްކާތެރިކޮށް ބަލަހައްޓަވާ وكيل އަކުކަމުގައި ކަލޭގެފާނު ވެވަޑައިގަންނަވާނުތޯއެވެ؟ • ރިވާވެގެންވެއެވެ. ބުދަށް އަޅުކަންކުރާ مشرك ންގެ މީހާ އޭނާ ހިލަގަނޑަށް އަޅުކަންކޮށްކޮށްހުއްޓާ އޭނާއަށް އެއަށްވުރެ ރަނގަޅު ހިލަގަނޑެއް ފެނިއްޖެއްޔާ ކުރީ އަޅުކަންކުރި ހިލަގަނޑު އެއްލައިލާފައި ފަހުން ފެނުނު ހިލަގަނޑަށް އަޅުކަންކުރެއެވެ. އަލުންވެސް އެއަށްވުރެ ރަނގަޅު ހިލަގަނޑެއް ފެނިއްޖެއްޔާ މިހާރު އެއަޅުކަންކުރާ ހިލަގަނޑު އެއްލައިލައިފާ ފަހުން ފެނުނު ހިލަގަނޑަށް އަޅުކަންކުރެއެވެ. އެގޮތުންގޮސް އޭނާ އަޅުކަންކުރާ إله އަކީ އޭނާގެ هوى نفس إختيار ކުރާ އެއްޗަކަށް ވެދެއެވެ. މިފަދަމީހުންގެމައްޗަށް އިސްވެދިޔަ އާޔަތް ރަނގަޅަށް تَطْبِيْقُ ވެއެވެ. = تفسير طبري =. 44. (44) (އޭ رسول ﷲ އެވެ!) ކަލޭގެފާނު ހީފުޅުކުރައްވަނީ އެމީހުންކުރެ ގިނަމީހުންނަކީ ހެޔޮބަސްއަހައި އަދި ރަނގަޅުގޮތް ވިސްނާ ބަޔަކު ކަމަށްތޯއެވެ؟ (އެހެންނޫނެވެ.) އެމީހުން نَعَمْ ސޫފިފަދައިން މެނުވީ ނުވެއެވެ. އަދި ކިއެއްހެއްޔެވެ؟ އެއަށްވުރެވެސް މަގުފުރެދުންބޮޑެވެ.

- Abu Bakr Ibrahim Ali (Bakurube)

Ghi chú và suy ngẫm

Bạn không có bất kỳ ghi chú hay suy nghĩ nào về câu thơ này.

Notes placeholders

Hãy luôn kết nối với Kinh Qur'an ❤️

Những lời nhắc nhở ngắn gọn, ý nghĩa giúp bạn thiết lập lại trạng thái tinh thần, suy ngẫm và duy trì kết nối với Kinh Qur'

Đọc, Lắng nghe, Tra cứu và Suy ngẫm về Kinh Qur'an

Quran.com là nền tảng đáng tin cậy, được hàng triệu người dùng trên thế giới để đọc, tra cứu, lắng nghe và suy ngẫm Kinh Qur'an bằng nhiều ngôn ngữ, với bản dịch, tafsir, tụng đọc, dịch từng từ và các công cụ học sâu, giúp ai cũng có thể tiếp cận Kinh Qur'an.

Là một Sadaqah Jariyah, Quran.com tận tâm giúp mọi người gắn bó sâu sắc hơn với Kinh Qur'an. Được hậu thuẫn bởi tổ chức phi lợi nhuận 501(c)(3) Quran.Foundation, Quran.com không ngừng phát triển như một nguồn tài nguyên miễn phí và hữu ích cho tất cả, Alhamdulillah.

Điều hướng
Trang chủ
Đài Qur'an
Người đọc kinh
Về chúng tôi
Các nhà phát triển
Cập nhật sản phẩm
Phản hồi
Trợ giúp
Quyên góp
Dự án của chúng tôi
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Dự án phi lợi nhuận do Quran.Foundation sở hữu, quản lý hoặc tài trợ
Liên kết phổ biến
Những lời cầu nguyện từ kinh Quran
Câu Kinh Qur'an của ngày hôm nay
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
Sơ đồ trang webQuyền riêng tưĐiều khoản và điều kiện
© 2026 Quran.com. Bản quyền đã được bảo lưu.
Đóng góp