وَقَالَ
ٱلرَّسُولُ
يَٰرَبِّ
إِنَّ
قَوۡمِي
ٱتَّخَذُواْ
هَٰذَا
ٱلۡقُرۡءَانَ
مَهۡجُورٗا
٣٠
(30) އަދި (އަނިޔާވެރިން އަތްތަކުގައި އެމީހުން ދަތްއަޅާ ދުވަހުން يعني: قيامة ދުވަހުން) رسول ﷺ ﷲ އަށް ދަންނަވާނެއެވެ. އޭ އަޅުގެ ربّ އެވެ. ހަމަކަށަވަރުން މިއަޅާގެ قوم ގެމީހުން މި قرآن އަކީ ދުރަށް އެއްލާލެވިފައިވާ އެއްޗަކަށް ހަދައިލައިފިއެވެ.
• ދަންނައެވެ. މިއާޔަތަކީ قرآن އަށް حكم ނުކުރާ އަދި އޭގައިވާގޮތަށް عمل ނުކުރާ ކޮންމެމީހަކަށް ﷲ ގެ حضرة ން އައިސްފައިވާ ގަދަ وعيد ގެ ބަސްފުޅެކެވެ. ބިރުވެރި ބަސްފުޅެކެވެ. قيامة ދުވަހުން ﷲ ގެ حضرة ގައި މާތްވެގެންވާ رسول شكوى ދަންނަވާނެއެވެ. قرآن އާއިމެދު أمّة ގެމީހުން ކަންތައްކުރި إهانة ތެރި ގޮތާއިމެދުގައެވެ. ތެދުތެދަށް ދަންނަވާނަމަ މިއަދު އަޅުގަނޑުމެންގެ عمل މިހުރީ ހަމަ ސެންޓުން ސެންޓަށް އެޔާއިއެއްގޮތަށެވެ. قرآن ގެ حكم ތައް އެހުރީ ހުރިތާނގައެވެ. މާމޮޅު އަމިއްލަ قانون ތަކަކާއި قوعد ތަކެއް ހަދާ މާބޯބޮޑެތި ބަޔަކަށްވެގެން قرآن އަށް މާތްކޮށް ހިތުމުގެ ނަމުގައި އެފޮތް ނަގާ ފޮތް ކާލިގަނޑުމަތީ ބާއްވައި ނުވަތަ އުރައެއްލައްވާ ސޯކޭހުތެރޭގައި ރައްކާތެރިކަމާއިއެކު ބާއްވަނީއެވެ. ފޮތް ބާވައިލެއްވުމުގެ مقصد ވެސް ނޭނގުނެވެ. ނުވަތަ މާތް رسول އާއަށްވެސް ނޭނގޭ تأويل ތައްކޮށް އާޔަތުގެ ނުއަތުމާނަ ނަގައި ތިމާމެންގެ އަމިއްލަ އެދުމުގައި ފޮތިއަޅަނީއެވެ. والعياذ بالله.
اقرأ التفسير
Arabic Qurtubi Tafseer
قوله تعالى : وقال الرسول يا رب إن قومي اتخذوا هذا القرآن مهجوراقوله تعالى : وقال الرسول يا رب يريد محمدا صلى الله عليه وسلم ، يشكوهم إلى الله تعالى إن قومي اتخذوا هذا القرآن مهجورا أي قالوا فيه غير الحق من أنه سحر وشعر ; عن مجاهد والنخعي . وقيل : معنى مهجورا أي متروكا ;
قوله تعالى : وقال الرسول يا رب إن قومي اتخذوا هذا القرآن مهجوراقوله تعالى : وقال الرسول يا رب يريد محمدا صلى الله عليه وسلم ، يشكوهم إلى الله تعالى إن…