ลงชื่อเข้าใช้
ลงชื่อเข้าใช้
ลงชื่อเข้าใช้
เลือกภาษา

048Al-Fath 48:19 ومغانم كثيرة ياخذونها وكان الله عزيزا حكيما ١٩

48:19
وَمَغَانِمَ
كَثِيرَةٗ
يَأۡخُذُونَهَاۗ
وَكَانَ
ٱللَّهُ
عَزِيزًا
حَكِيمٗا
١٩
(19) އަދި އެމީހުން އެތަކެތި ބޭނުންކުރާނޭ ގިވެގެންވާ غَنِيْمَة މުދާތައްވެސް އެކަލާނގެ އެމީހުންނަށް ދެއްވިއެވެ. އަދި عِزَّة ވަންތަ حِكْمَة ވަންތަ ކަލަކު ކަމުގައި އަދި الله ވޮޑިގެންވެއެވެ.
อ่านต่อ

อ่านตัฟซีร์

Ibn Kathir (Abridged)

Good News to the Participants of the Ridwan Pledge of Allah's Pleasure and earning Spoils of War

Allah declares that He is pleased with the believers who gave the pledge to the Messenger of Allah ﷺ under the tree. We mentioned the number of these believers as being one thousand and four hundred and t

…

Good News to the Participants of the Ridwan Pledge of Allah's Pleasure and earning Spoils of War

Allah declares that He is pleased with the believers w

…
ตัฟซีร์เพิ่มเติม

อ่านในบริบท

บท 48, หน้าหนังสือ 513, จุซ 26

18. (18) ހަކަށަވަރުން الله تَعَالَى މުއުމިނުންނަށް ރުހި ވޮޑިގަންނަވައިފިއެވެ. އެއީ ގަސްދަށުގައި އެމީހުން ކަލޭގަފާނަށް بَيْعَةُ ހިފި ހިދު ގައެވެ. ފަހެ އެމީހުންގެ ހިތްތަކުގައިވާތަކެތި (އީމާންކަމާއި އަދި ކިޔަމަންތެރިކަން) އެކަލާނގެ ދެނެވޮޑިގެންވެއެވެ. ދެންފަހެ އެކަލާނގެ އެމީހުންގެ މައްޗަށް ހަމަޖެހުމާއި މައިތިރިކަން ބާވާތްލެއްވިއެވެ. އަދި ދާދިގާތްވެގެންވާ فَتَحً އެއް އެމީހުންނަށް އެކަލާނގެ ދެއްވާ ދަރުމަކުރައްވާނެކަމުގައި ނިންމަވައިފިއެވެ. (އެއީ خَيْبَرُ فَتَحً ވުމެވެ.) 19. (19) އަދި އެމީހުން އެތަކެތި ބޭނުންކުރާނޭ ގިވެގެންވާ غَنِيْمَة މުދާތައްވެސް އެކަލާނގެ އެމީހުންނަށް ދެއްވިއެވެ. އަދި عِزَّة ވަންތަ حِكْمَة ވަންތަ ކަލަކު ކަމުގައި އަދި الله ވޮޑިގެންވެއެވެ. 20. (20) އަދި الله تَعَالَى ކަލޭމެނަށް ކަލޭމެން އެތަކެތިން ބޭނުންކުރާނޭ ގިނަވެގެންވާ غَنِيْمَة މުދާތަކެއްދެއްވާނެކަމުގެ وَعْدُ ކުރެއްވެވިއެވެ. ދެންފަހެ މި غَنِيْمَة (އެބަހީ خَيْبَرُ ގެ غَنِيْمَة) އެކަލާނގެ އަވަސްކޮދެއްވީއެވެ. އަދި މީސްތަކުންގެ އަތްތައް ކަލޭމެންގެކިބައިން އެކަލާނގެ ދުރު ކޮށްދެއްވިއެވެ. އެބަހީ އެމީހުންގެ އަތްތަކުން ކަލޭމެނަށް އަނިޔާވިޔަނުދެއްވައި އެކަލާނގެ ހިފެހެއްޓެވިއެވެ. އަދި އެއީ (رَسُول الله ﷺ ގެބަސްފުޅާއި وَعْدُ ފުޅު ތެދުއެއްޗެއްކަން) މުއުމިނުތަކުންނަށް ޔަޤީންވުމުގެ ދަލީލަކަށެވެ. އަދި ސީދާވެގެންވާ ތެދުމަގަށްއެކަލާނގެ ކަލޭމެނަށް މަގުދެއްކެވުމަށެވެ. 21. (21) އަދި އޭގެމައްޗަށް ކަލޭމެންނަށް އަދިކުޅަދާނަވެގެންނުވާ އެހެން އެއްޗެއް (އެހެން غَنِيْمَة) އެކަލާނގެ ކަލޭމެނަށް ދެއްވުމަށެވެ. ހަމަކަށަވަރުން الله އެތަން އަދި ވަނީ ރައްކާތެރިކުރައްވާ ހިހައްޓަވާފައިވާފައެވެ. އަދި ކޮންމެކަމެއްގެމައްޗަށް ކުޅަދުންވަންތަވެ ވޮޑިގެންވާ ކަލަކުކަމުގައި الله ވޮޑިގެންވެއެވެ. (މިއާޔަތުގައި މިސިފަކުރައްވާ ފަތަޙައަކީ މައްކާ فَتَحً ކުރުންކަމާއި އަދި ނުވަތަ ފާރިސްކަރަޔާއި ރޫމުކަ فَتَحً ކުރުންކަމާއި މިކަންކަމުގައި ޢިލްމުވެރިންގެ ބަސްތަފާތެވެ. މިއިން ކޮންމެކަމެއްގެ މުރާދުކަމުގައިވުން ވެސް ހަމައެކަށީގެންވެއެވެ.) 22. (22) އަދި ކާފަރުން ކަލޭމެން މުއުމިނުންނާއި ހަނގުރާމަ ކުރިނަމަ ހަމަކަށަވަރުން އެމީން ކަލޭމެންނަށް ފުރަގަސްދޭނެއެވެ. (الحُدَيْبِيَّة ގެދުވަހު މައްކާގެ އެކާފަރުން ކަލޭމެންނާއި ހަނގުރާމަކުރިނަމަ ހަމަކަށަވަރުން އެމީހުން ކަލޭމެންނަށް ފުރަގަސްދިނީހެވެ.) ދެން އެއްވެސް ސަހަރޯވެރިއަކު އަދި ނަސްރުވެރިއަކުވިޔަސް އެމީހުން ނުދެކޭނެއެވެ. 23. (23) އެއީ މީގެކުރީ އިސްވެދިޔަތާގައިވެސް އިސްވެދި މީސްތަކުންނާއި މެދުވެސް الله ކަންތައް ގެންދަވާ ގޮތެވެ. އެކަލާނގެ ސުންނަތެވެ. އަދި ﷲ ގެ އެގޮތަށް ބަދަލެއްވާތީ ކަލޭގެފާނު ދެކެވަޑައި ނުގަންނަވާނެއެވެ. 24. (24) އަދި އެމީހުންގެ އަތްތައް ކަލޭމެންގެ ގަޔަށް އަތްލިޔަނުދީ ހިފެހެއްޓެވީ އެކަލާނގެއެވެ. އަދި ކަލޭމެންގެ އަތްތައް އެމީހުންގެ ގަޔަށް އަތްލިޔަނުދީ ހިފެހެއްޓެވީ ވެސް (ހަމައެކަލާނގެއެވެ.) އެއީ بَطْنُ مكة އެވެ ކިޔޭތާގައި (جَبَلُ تنْعِيْم) އާއި ދިމާއިންނެވެ. އެމީހުންގެ މައްޗަށް ކަލޭމެންނަށް ކާމިޔާބާއި ނަސީބު ލިބުމަށްފަހުގައެވެ. ކަލޭމެންކުރާކަންތަކަށް ބައްލަވާވޮޑިގެންވާ ކަލަކުކަމުގައި الله ވޮޑިގެންވެއެވެ. (މިއީ الحُدَيْبِيَّةގެ صُلْح އަށްވާ އިޝާރަތެކެވެ.) 25. (25) އަދި ކާފަރުވީ ހަމައެމީހުންނެވެ. އަދިކަލޭމެން الْمَسْجِدِ الْحَرَامِ އަށް އަޔަނުދީ ހިފަހައްޓީވެސް ހަމައެމީހުންނެވެ. އަދި ކަތިލަން ގެނައި ހަދްޔުތައް އެތަކެތި ކަތިލަންވީ ތަނަށް ނުފޯރަނިސް ބަދެވި ހިފެހެއްޓިގެންވެއެވެ. ހަދްޔު ކަތިލަންވާނެތަނަކީ މައްކާގަ حَرَمُ ގެތެރެއިން ކަތިލުމަށް ކަނޑައެޅިފައިވާތަނެކެވެ. އަދި މައްކާގައި މުއުމިނު ފިރިހެނުންނާއި މުއުމިނު އަންހެނުންނުވާނަމަ (އެދުވަހު ގަދަކަމުން ހަނގުރާމަކޮށްގެންމައްކާއަށް އަރަން ހުއްދަދެވުނީހެވެ. އަދި އެމީހުން މައްކާގައި އެތިބީ އީމާންވެގެންކަމެއް ނުވަތަނޫންކަމެއް ކަލޭމެންނަކަށް ނޭގޭނެއެވެ.) އެޙާލުގައި ގަދަކަމުން މައްކާއަށް އަރައި އެތައްމުއުމިނުންނެއްމަރައިފީހެވެ. މުއުމިނެއް އަދި އެހެންމީހެއްނޭގުނީހެވެ. ދެން އޭރުން މުއުމިނުންމެރިކަމުގައިވެގެން ކާފަރުންގެފަރާތުން ޢައިބުބަސްލިބި ކައްފާރާ އަދާކުރުމުގެ އުދަގޫ އުފުލަން ޖެހިއްޖައީހެވެ. އަދި އެދުވަހު ކަލޭމެން ހަނގުރާމަކުމަށް الله ހުއްދަނުދެއްވީ އެކަލާނގެ އެދިވޮޑިގެންނެވި އަޅަކު އެކަލާނގެ رَحْمَة ގެތެރެއަށް ވެއްދެވުމަށެވެ. (حُدَيْبِيَّة ގެ ދުވަހު ކާފަރުކަންމަތީ ތިބި އެތައްބަޔަކު އޭގެފަހުން އިސްލާމު ދީނަށްވަދެ ދީނަށް خِدْمَة ކުރިއެވެ. ވީމާ الله ރޭވުމާއި حِكْمَة އެއްވެސްމީހަކަށް ނޭގެއެވެ.) އަދި އެދުވަހު މުއުމިނުންނާއި ކާފަރުން ރަނގަޅަށް ވަކިކޮށް އެނގޭނަމަ ކާފަރުންނަ ވޭންދެނިވި عَذَابُ އެއް ތިމަންރަސްކަލާނގެ ދެއްވީހެވެ. 26. (26) ކާފަރުވީމީސްތަކުން އެމީހުންގެ ހިތްތަކުގައި ދެކޮޅުވެރިކަމާއި ގޮތްދޫނުކުރުން ލީހިނދު އެއީ ޖާހިލީ ޒަމާނުގެ ދެކޮޅުވެރިކަމާއި ގޮތްދޫނުކުރުމެވެ. ފަހެ އެހިދުން الله تَعَالى އެކަލާނގެ ހަމަޖެހުމާ މައިތިރިކަން އެކަލާނގެ ރަސޫލާގެމައްޗަށާއި އަދި މުއުމިނުންގެ މައްޗަށް ބާވާތްލައްވައިފިއެވެ. އަދި تَقْوَى ވެރިކަމުގެ ކަލިމަ އެކަލާނގެ އެމީހުންނަށް ލާޒިމު ކުރުވައިފިއެވެ. (އެއީ لا إله إلاَّ اللهُ مًحمد رسول الله އެވެ. މިބަސްފުޅުން މުރާދުކުރެވެނީ مَسْجِدُ الحَرَام އަށް މާތްކޮށް ހިތުމެވެ. އަދި އެތާ ހަނގުރާމަކުރުން ދޫކޮށްލުމެވެ. ކާފަރުންފަދައި އެތާގެ حُرْمَة ނުކެޑުމެވެ.) އަދި އެމީހުނވީ އެކަލިމައަށް އެންމެ حَقُّ ބަޔަކު ކަމުގައެވެ. (އެތަނަށް މާތްކޮށްހިތުން އެންމެ حَقُّ މީހުންކަމުގައެވެ.) އަދި އޭގެ އަހުލުވެރިން ކަމުގައެވެ. އަދި ހުރިހާއެއްޗެއް ދެނެވޮޑިގެންވާ ކަލަކު ކަމުގައި الله ވޮޑިގެންވެއެވެ.

- Abu Bakr Ibrahim Ali (Bakurube)

บันทึกและข้อคิด

คุณไม่มีบันทึกหรือข้อคิดเห็นใดๆ เกี่ยวกับข้อความนี้

Notes placeholders

จงเชื่อมโยงกับอัลกุรอานเสมอ ❤️

ข้อเตือนใจสั้นๆ ที่มีความหมาย เพื่อให้เราได้เริ่มต้นใหม่ ไตร่ตรอง และเชื่อมโยงกับอัลกุรอานอยู่เสมอ

อ่าน ฟัง ค้นหา และไตร่ตรองคัมภีร์อัลกุรอาน

Quran.com คือแพลตฟอร์มที่ผู้คนหลายล้านคนทั่วโลกไว้วางใจให้ใช้เพื่ออ่าน ค้นหา ฟัง และใคร่ครวญอัลกุรอานในหลากหลายภาษา Quran.com มีทั้งคำแปล ตัฟซีร บทอ่าน คำแปลทีละคำ และเครื่องมือสำหรับการศึกษาอย่างลึกซึ้ง ทำให้ทุกคนสามารถเข้าถึงอัลกุรอานได้

ในฐานะซอดาเกาะฮ์ ญาริยาห์ Quran.com มุ่งมั่นที่จะช่วยให้ผู้คนเชื่อมโยงกับอัลกุรอานอย่างลึกซึ้ง Quran.com ได้รับการสนับสนุนจาก Quran.Foundation ซึ่งเป็นองค์กรไม่แสวงหาผลกำไร 501(c)(3) และยังคงเติบโตอย่างต่อเนื่องในฐานะแหล่งข้อมูลฟรีที่มีคุณค่าสำหรับทุกคน อัลฮัมดุลิลลาฮ์

นำทาง
หน้าหลัก
วิทยุอัลกุรอาน
ผู้อ่าน
เกี่ยวกับเรา
นักพัฒนา
อัพเดทผลิตภัณฑ์
แนะนำติชม
ช่วยเหลือ
บริจาค
โครงการของเรา
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
โครงการไม่แสวงหากำไรที่เป็นเจ้าของ บริหารจัดการ หรือได้รับการสนับสนุนโดย Quran.Foundation
ลิงค์ยอดนิยม
ดุอาจากอัลกุรอาน
โองการอัลกุรอานประจำวัน
อายะห์กุรซี
ยาซีน
อัลมุลก์
อัรเราะห์มาน
อัลวากิอะฮ์
อัลกะห์ฟ
อัลมุซซัมมิล
แผนผังเว็บไซต์ความเป็นส่วนตัวข้อกำหนดและเงื่อนไข
© 2026 Quran.com. สงวนลิขสิทธิ์
มีส่วนช่วย