Masuk
Masuk
Masuk
Pilih Bahasa

048Al-Fath 48:16 قل للمخلفين من الاعراب ستدعون الى قوم اولي باس شديد تقاتلونهم او يسلمون فان تطيعوا يوتكم الله اجرا حسنا وان تتولوا كما توليتم من قبل يعذبكم عذابا اليما ١٦

48:16
قُلْ
لِّلْمُخَلَّفِیْنَ
مِنَ
الْاَعْرَابِ
سَتُدْعَوْنَ
اِلٰی
قَوْمٍ
اُولِیْ
بَاْسٍ
شَدِیْدٍ
تُقَاتِلُوْنَهُمْ
اَوْ
یُسْلِمُوْنَ ۚ
فَاِنْ
تُطِیْعُوْا
یُؤْتِكُمُ
اللّٰهُ
اَجْرًا
حَسَنًا ۚ
وَاِنْ
تَتَوَلَّوْا
كَمَا
تَوَلَّیْتُمْ
مِّنْ
قَبْلُ
یُعَذِّبْكُمْ
عَذَابًا
اَلِیْمًا
۟
(16) (އޭ رَسولُ الله އެވެ!) أعْرَابِى ންކުރެން ހަނގުރާމައަށް ނުގޮސް ފަސްޖެހުނުމީހުންނަށް ކަލޭގެފާނު ވިދާޅުވާށެވެ. ގަދަބާރުގެވެރި ބަޔަކުމީހުން ގާތަށް ހަނގުރާމައަށް ދިއުމަށް ނިކަންހުރެ ކަލޭމެންނަށް ގޮވޭނެއެވެ. އެހެންޏާ ކަލޭމެން އެމީހުންނާއި ހަނގުރާމަކުރުމެވެ. ނުވަތަ އެމީހުން ކިޔަމަންވެ އިސްލާމުވުމެވެ. ދެންފަހެ ކަލޭމެން (އެއަމުރަށް) ކިޔަމަންވެއްޖެއްޔާ الله ކަލޭމެނަށް ރަނގަޅުވެގެންވާ ދަރުމަ ދެއްވާނެތެވެ. އަދި މީގެކުރިން ކަލޭމެން ފުރަގަސްދިންގޮތަށް ކަލޭމެން އެނބުރި ފުރަގަސްދީފިއްޔާ އެކަލާނގެ ކަލޭމެންނަށް ވޭންދެނިވި عَذابُ އަކުން عَذابُ ދެއްވާނެތެވެ.
Lanjutkan Membaca

Bacalah Tafsir

Ibn Kathir (Abridged)

Allah conveys the News that there will be Many Cases of Jihad, and that Jihad distinguishes the Ranks of the Believers and exposes the Hypocrite

Scholars of Tafsir differ over who the people mentioned here are. They are people experienced at warfare who will be called to fight. There are many opinio

…

Allah conveys the News that there will be Many Cases of Jihad, and that Jihad distinguishes the Ranks of the Believers and exposes the Hypocrite

Schol

…
Lebih Banyak Tafsir

Baca dalam Konteks

Bab 48, Halaman 461, Juz 26

11. (11) މަދީނާގެ ބޭރުގައި މަދީނާގެ ވަށަވަށައިގެން އުޅޭ عَرَبِي ންގެތެރެއިން ހަނގުރާމައަށް ނުގޮސް ފަހަތަށް ޖެހުނުމީހުން ނިކަންހުރެބުނާނެއެވެ. (އޭ رَسولُ الله އެވެ!) އަހުރެމެންގެ މުދަލާއި އަހުރެމެންގެ އަހުލުވެރިން އަހުރެމެން مَشْغُولُ ކުރުވައިފިއެވެ. (އެހެންވެ އަހުރެމެންނަށް ކަލޭގެފާނުންގެ އަރިހު ހަނގުރާމައަށް ނުދެވުނީއެވެ.) ފަހެ އަހުރެމެންނަށް ފާފަ ފުއްސެވުމަދަންނައިދެއްވާށެވެ! (الله وَحِي ކުރެއްވިއެވެ.) އަދި އެމީހުންގެ ހިތްތަކުގައި ނުވާތަކެތި، އެމީހުން، އެމީހުންގެ ދޫތަކުން އެމީހުން ބުނަނީއެވެ. (އޭ رَسُول الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. އެކަލާނގެ ކަލޭމެންނާއިމެދު ނުބައިކަމެއް ނުވަތަ އުދަގުލެއް އިރާދަ ކުރައްވައިފިއްޔާ، ﷲ ގެ حَضْرَةُ ން އަތުވެދާނޭ އެއްވެސްކަމެއް (ﷲ ގެ حَضْرَةُ ން އަތުވެދާނޭ އެއްވެސް ޢަޒާބެއް ދިފާޢު ކުރުމަށް) ފަހެ ކުޅަދާނަވެ މިލްކުވެގެންވަނީ ކާކަށް ހެއްޔެވެ؟ އަދި ނުވަތަ އެކަލާނގެ ކަލޭމެންނަށް މަންފާއެއް އިރާދަކުރައްވައިފިއްޔާވެސް އެކަން އަޔަނުދީ ހިފެހެއްޓޭނީ ފަހެކާކަށް ހެއްޔެވެ؟ އަދި ކިއެއްހެއްޔެވެ؟ ކަލޭމެންކުރާހާކަމެއްގެ ޚަބަރު ދެނެވޮޑިގެންވާ ކަލަކު ކަމުގައި الله ވޮޑިގެންވެއެވެ. 12. (12) އަދި ކިއެއްހެއްޔެވެ؟ ކަލޭމެން ހީކުރީ ރަސޫލާއާއި އަދި ދެންތިބި މުއުމިނުން އެމީހުންގެ އަހުލުވެރިންގާތަށް ދުވަހަކުވެސް ވާސިލު ނުވެވޭނެކަމަށެވެ. (އެމީހުން މަރުވެ ވަސްފިލާނެކަމަށެވެ.) އަދި ކަލޭމެންގެ ހިތްތަކުގައި އެކަން ޒީނަތްތެރި ކުރެވިއްޖެއެވެ. އަދި ގެއްލި ހަލާކުވެގެންވާ ބަޔަކު ކަމުގައި ކަލޭމެން ވީމުއެވެ. (މިތާ މިސިފަވެގެންދަނީ الحُدَيْبِيَّة ގެ ހަނގުރާމައަށް ނުވަތަ مَكَّة فَتَح ކުރެއްވުމަށް ނުކުމެވަޑައިގެންނެވި އިރު، އަރިހުގައި ދިއުމަށް އެންގެވުމަށްފަހުވެސް ނުގޮސްތިބި ބައެއްގެވާހަކަ ކަމުގައި ވިއެވެ. والله أعلم. = زُبْدَةُ التَّفْسِير =) 13. (13) އަދި الله އަށާއި އެކަލާނގެ ރަސޫލާއަށް އީމާންނުވާމީހުން (އެއީ ކާފަރުންނެވެ.) ހަމަކަށަވަރުން ކާފަރުންނަށް ތިމަންރަސްކަލާނގެ އަނދައަނދާހުރި އަލިފާނެއް ތައްޔާރު ކުރެއްވީމެވެ. 14. (14) އުޑުތަކާއި ބިމުގެ އެންމެހައި މިލްކު خَاصَّ ވެ މިލްކުވެގެންވަނީ ހަމަ الله އަށެވެ. އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެކަލާނގެ ފުއްސަވައެވެ. އަދި އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް އެކަލާނގެ عَذَابُ ދެއްވައެވެ. އަދި ގިނަގިނައިން ފާފަފުއްސަވާ رَحْمَة ލެއްވުން ބޮޑުވެގެންވާ ކަލަކު ކަމުގައި الله ވޮޑިގެންވެއެވެ. 15. (15) (ހަނގުރާމަ فَرْضُ ވުމުން) ހަނގުރާމައަށް ނުގޮސް ފަހަށް ޖެހުނުމީހުން ކަލޭމެން (މުއުމިނުން) (خَيْبَرُ ގެ) غَنِيْمَة ލިބިގަތުމަށް ހިގައްޖެއްޔާ ނިކަންހުރެބުނާނެއެވެ. އަހުރެމެންވެސް ކަލޭމެންނާއި އެކު ދިއުމަށް ދޫކޮށްލާށެވެ. (ދިއުމަށް ހުއްދަ ދެއްވާށެވެ.) الله އެއަންގަވަނީ އެމީހުން އެއެދެނީ ﷲ ގެ ބަސްފުޅު ބަދަލުކުރުމަށެވެ. (الله އަންގަވާފައިވަނީ الحُدَيْبِيَّة އަށް ނުދާމީހަކު خَيْبَرُއަށް ނުދިއުމަށެވެ.) (އޭ رَسولُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން އަހުރެމެންނާއި تَبَعَ ނުވާށެވެ. (އަހުރެމެނާއި تَبَعَ ވެގެން خَيْبَرُ އަށްނުދާށެވެ!) އޭކަލޭމެންނޭވެ. މީގެކުރިން الله وَحِي ކުރެއްވީ އެފަދައިންނެވެ. (الحُدَيْبِيَّة އަށް ނުދާމީހަކު خَيْبَرُއަށް ނުދިއުމަށެވެ.) ފަހެ ނިކަންހުރެ އެމީހުން (އެމުނާފިޤުން) ބުނާނެއެވެ. އަދި ކިއެއްހެއްޔެވެ؟ އެހެންނޫނެވެ. ކަލޭމެން އަހުރެމެންނަށް حَسَدَ ވެރިވަނީއެވެ. އަދި ކިއެއްހެއްޔެވެ؟ އެހެންނޫނެވެ. އެމީހުންވީ ދާދިމަދުން މެނުވީ ނުވިސްނޭބަޔަކު ކަމުގައެވެ. 16. (16) (އޭ رَسولُ الله އެވެ!) أعْرَابِى ންކުރެން ހަނގުރާމައަށް ނުގޮސް ފަސްޖެހުނުމީހުންނަށް ކަލޭގެފާނު ވިދާޅުވާށެވެ. ގަދަބާރުގެވެރި ބަޔަކުމީހުން ގާތަށް ހަނގުރާމައަށް ދިއުމަށް ނިކަންހުރެ ކަލޭމެންނަށް ގޮވޭނެއެވެ. އެހެންޏާ ކަލޭމެން އެމީހުންނާއި ހަނގުރާމަކުރުމެވެ. ނުވަތަ އެމީހުން ކިޔަމަންވެ އިސްލާމުވުމެވެ. ދެންފަހެ ކަލޭމެން (އެއަމުރަށް) ކިޔަމަންވެއްޖެއްޔާ الله ކަލޭމެނަށް ރަނގަޅުވެގެންވާ ދަރުމަ ދެއްވާނެތެވެ. އަދި މީގެކުރިން ކަލޭމެން ފުރަގަސްދިންގޮތަށް ކަލޭމެން އެނބުރި ފުރަގަސްދީފިއްޔާ އެކަލާނގެ ކަލޭމެންނަށް ވޭންދެނިވި عَذابُ އަކުން عَذابُ ދެއްވާނެތެވެ. 17. (17) ލޯއަދިރިމީހަކަށް ވެސް އަދި ކޮރުމީހަކަށް ވިޔަސް އަދި ބަލިމީހަކަށް ވިޔަސް މިމީސްމީހުން ހަނގުރާމައަށް ނުދިއުމަކުން އެމީހުންނަކަށް ކުށެއްނެތެވެ. (އެއީ ޢުޒުރުވެރިންނެވެ.) އަދި الله އަށާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންތެރިވެއްޖެމީހާ (ދަންނައެވެ.) އެތަންތާގެދަށުން އާރުތައް ދެމޭ ބަގީޗާތަކަކަށް އެކަލާނގެ އެމީހަކު ވައްދަވާހުއްޓެވެ. އަދި ކިޔަމަންނުވެ ފުރަގަސްދީފިމީހަކު (ދަންނައެވެ.) އެކަލާނގެ އެމީހަކަށް ވޭންދެނިވި عَذابُ އަކުން عَذابُ ދެއްވާނެތެވެ.

- Abu Bakr Ibrahim Ali (Bakurube)

Catatan dan Refleksi

Anda tidak memiliki catatan atau refleksi apa pun mengenai ayat ini.

Notes placeholders

Tetap Terhubung dengan Al-Quran ❤️

Pengingat singkat dan bermakna untuk menyegarkan diri, merenung, dan tetap terhubung dengan Al-Quran.

Baca, Dengarkan, Cari, dan Renungkan Al Quran

Quran.com adalah platform tepercaya yang digunakan jutaan orang di seluruh dunia untuk membaca, mencari, mendengarkan, dan merefleksikan Al-Qur'an dalam berbagai bahasa. Platform ini menyediakan terjemahan, tafsir, tilawah, terjemahan kata demi kata, dan berbagai alat untuk pembelajaran yang lebih mendalam, sehingga Al-Qur'an dapat diakses oleh semua orang.

Sebagai sebuah Sadaqah Jariyah, Quran.com berdedikasi untuk membantu orang-orang terhubung secara mendalam dengan Al-Qur'an. Didukung oleh Quran.Foundation , sebuah organisasi nirlaba 501(c)(3), Quran.com terus berkembang sebagai referensi yang sangat bernilai dan gratis untuk semua orang, Alhamdulillah.

Navigasi
Halaman Utama
Radio Qur'an
Qari
Tentang Kami
Pengembang
Pengkinian Produk
Beri Masukan
Bantuan
Menyumbang
Proyek Kami
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Proyek nirlaba yang dimiliki, dikelola, atau disponsori oleh Quran.Foundation
Link populer
Doa-doa dari Al-Quran
Ayat Al-Quran Hari Ini
Ayat Kursi
Surah Yasin
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahfi
Surah Al Muzzammil
Peta situsKerahasiaanSyarat dan Ketentuan
© 2026 Quran.com. Hak Cipta Terlindungi
Menyumbang