Iniciar sesión
Iniciar sesión
Iniciar sesión
Seleccionar idioma
002

Al-Báqara 2:199 ثم افيضوا من حيث افاض الناس واستغفروا الله ان الله غفور رحيم ١٩٩

2:199
ثُمَّ
أَفِيضُواْ
مِنۡ
حَيۡثُ
أَفَاضَ
ٱلنَّاسُ
وَٱسۡتَغۡفِرُواْ
ٱللَّهَۚ
إِنَّ
ٱللَّهَ
غَفُورٞ
رَّحِيمٞ
١٩٩
(199) ދެން مُزْدَلِفَة އިން مِنَى އަށް إبراهيم عليه السّلام ވަޑައިގެންނެވިފަދައިން ކަލޭމެންވެސް ދާށެވެ! އަދި ފާފަފުއްސެވުން އެދި ﷲ ގެ حضرة ގައި ދަންނަވާށެވެ! ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
Continuar leyendo

Lee Tafsir

Ibn Kathir (Abridged)

The Order to stand on `Arafat and to depart from it

This Ayah contains Allah's order to those who stand at `Arafat to also move on to Al-Muzdalifah, so that they remember Allah at Al-Mash`ar Al-Haram. Allah commands the Muslim to stand with the rest of the pilgrims at `Arafat, unlike Quraysh who (bef

…

The Order to stand on `Arafat and to depart from it

This Ayah contains Allah's order to those who stand at `Arafat to also move on to Al-Muzdalifah, so

…
Más Tafsires

Leer en contexto

Capítulo 2, Página 31, Juz 2

197. (197) حَجّ އަށް إحْرَام ބަނުމުގެ مُوسم އަކީ މައްސަރުތަކެކެވެ. އެއީ حَجُّ مُوسم އެވެ. އެއީ شَوَّال މަހާއި ذُوالْقَعدَة މަހާއި حَجُّ މަހުގެ ފުރަތަމަ ދިހަދުވަހެވެ. (ނުވަތަ އެތިންމަސްދުވަސް އެކަށެވެ.) ފަހެ އެ مُوسم ގައި حَجّ އަށް إحرام ބަނދެ حَجّ ގެ އަޅުކަމުގެތެރެއަށް ވަދެގެންފިމީހާގެމައްޗަށް އަންހެނުންނާ جِمَاعُ ވުމާއި އެކަމާބެހޭ ވާހަކަ ދައްކައި އެރޮނގުން ބީހިއުޅުން حرام ވާނެއެވެ. އަދި فَاسِقُ ވެ ގަތުމެއްނެތެވެ. އެއީ ﷲ އަށް އުރެދުމުގެ އެންމެހައި ކަންކަމެވެ. އަދި حَجّ ގެތެރޭގައި އެކަކު އަނެކަކު ޒުވާބުކޮށް جَدَلُ ކޮށް އަރައިރުންވުމެއްނެތެވެ. މިއީ ހައްތާވެސް حَرَام ކަންކަމެވެ. އެޔާ خلاف އަށް ހެޔޮކަންތައްތައް ކުރާށެވެ! ހެޔޮކަންކަމުގެ ތެރެއިން ކަލޭމެންކުރާ ކޮންމެ ކަމެއްމެ ﷲ ދެނެވޮޑިގެންވެއެވެ. އެކަންކަމަށް އެކަލާނގެ ހެޔޮޖަޒާދެއްވާ ހުއްޓެވެ. އަދި حَجّ ދަތުރަށް ފުރާއިރުވެސް ދަތުރުމަތީގެ ކާނާ ހޯދާ ތައްޔާރުކުރާށެވެ! އެންމެ ހެޔޮވެގެންވާ ކާނާއަކީ تقوى ވެރިކަމެވެ. ﷲ އަށް ކިޔަމަންވެ طَاعَة އަދާކުރުމެވެ. އޭ ބުއްދިވެރިންނޭވެ! ކަލޭމެން ތިމަންރަސްކަލާނގެއަށް تقوى ވެރިވާށެވެ! ބިރުވެތިވާށެވެ! ތިމަންރަސްކަލާނގެ އަމުރުތަކަށް ކިޔަމަންވެ ނަހީކުރެއްވި ކަންތަކާ ދުރުވެގަންނާށެވެ! تقوى ވެރިވުމުގެ ޙަޤީޤަތަކީ އެއީއެވެ. 198. (198) އޭ مؤمن ންނޭވެ! حَجّ އަށް إحرام ބަނދެގެންހުއްޓަސް حَجّ ގެތެރޭގައި ވިޔަފާރިކޮށް ގަނެވިއްކުމުގެ ކަންތައް ހިންގައި ﷲ ގެ حضرة ން فَضْلَ ވަންތަކަމާއި ދީލަތިކަން އެދުމަކީ ކަލޭމެންގެމައްޗަށް ކުށެއް އޮތްކަމެއްނޫނެވެ. މަނާކަމެއްނޫނެވެ. ދެންފަހެ عرفات ގައިހުރެ އެކަން ނިމުމުން އަވަސްއަވަހަށް مُزْدَلِفَة އަށް އައިސް އެތާނގައިވާ المَشْعَرُ الْحَرَام އެވެ ކިޔާ މިސްކިތުގައި އަދި ނުވަތަ މިސްކިތްކައިރީގައި އަދި ނުވަތަ މުޅި مُزْدَلِفَة ގައި ﷲ އަށް ذِكر ކުރާށެވެ! މިއިން މުރާދުކުރެވޭ އެއްކަމަކީ مَغْرِبُ ނަމާދާ عِشَاء ނަމާދާ ދެނަމާދު جمع ކޮށް އެތާނގައިކުރުމާއި ދެންވެސް ﷲ އަށް ذِكر ކުރުމާއި ފަތިސްނަމާދު އެތާނގައި ކުރުމެވެ. އަދި އެކަލާނގެ ކަލޭމެންނަށް ތެދުމަގު ދެއްކެވިކަމަށްޓަކައި ކަލޭމެން އެކަލާނގެއަށް ذِكر ކުރާށެވެ! އަދި ހަމަކަށަވަރުން އެކަލާނގެ ތެދުމަގު ދެއްކެވުމުގެ ކުރީގައި ކަލޭމެންވީ މަގުފުރެދިގެންވާ މީހުންގެތެރެއިންނެވެ. 199. (199) ދެން مُزْدَلِفَة އިން مِنَى އަށް إبراهيم عليه السّلام ވަޑައިގެންނެވިފަދައިން ކަލޭމެންވެސް ދާށެވެ! އަދި ފާފަފުއްސެވުން އެދި ﷲ ގެ حضرة ގައި ދަންނަވާށެވެ! ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ. 200. (200) ދެންފަހެ ބޮޑު عيد ދުވަހު مِنَى ގައްޔާއި مكّة ގައި ކަލޭމެންގެ نُسُكُ ތައް އަދާކޮށް ނިންމުމަށްފަހު (އެ نُسُكُ ތަކަކީ جَمْرَه އަށް ހިލައުކުމާ ބޯބޭލުން ނުވަތަ ކޮށުމާއި ކަތިލުމާ ގެފުޅަށްގޮސް طَوَافُ الإفَاضَة ކުރުމެވެ. މީގެތެރެއިން ކޮންމެވެސް ދެކަމެއް ކުރެވުމުން ފުދިދެއެވެ. ދެން ބާކީހުރި ކަންތައް أيَّامُ التَشريق ތެރޭ ކުރުންހުއްޓެވެ.) ދެން منى ގައިތިބެ ﷲ އަށް ذِكر ކުރާށެވެ! އެއީ ކަލޭމެންގެ ކާބަފައިން ކުރިގޮތަށެވެ. ނުވަތަ އެއަށްވުރެވެސް ގިނައިންނެވެ. ފަހެ މީސްތަކުންގެ ތެރޭގައި ހަމައެކަނި (رَبَّنَا آتِنَا فِى الدُّنْيَا - އޭ އަޅަމެންގެ رَبّ އެވެ! އަޅަމެނަށް ދުނިޔޭގައި ދެއްވާނދޭވެ!) މިހެން ކިޔައި دُعَاء ކުރާމީހުންވެއެވެ. އެމީހުންނަށް آخرة ގައި އެއްވެސް ނަސީބެއް ކާމިޔާބީއެއްނެތެވެ. 201. (201) އަދި އެމީހުންގެތެރޭގައި رَبَّنَا آتِنَا فِى الدُّنْيَا حَسَنَةً وَفِى الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ - އޭ އަޅަމެންގެ رَبّ އެވެ! އަޅަމެންނަށް ދުނިޔޭގައި ހެޔޮކަންދެއްވާށެވެ! އަދި آخرة ގައިވެސް އަޅަމެންނަށް ހެޔޮކަންދެއްވައި އަޅަމެން ނަރަކައިގެ عَذَاب ން ސަލާމަތްކުރައްވާނދޭވެ! މިހެން دُعَاء ކުރާމީހުންވެއެވެ. 202. (202) އެމީހުންނަކީ އެމީހުންގެ މަސައްކަތުން، ކުރިހެޔޮ عمل ތަކުގެ ސަބަބުން ކާމިޔާބުވެ ނަސީބުލިބޭނޭ މީހުންނެވެ. އަދި ﷲ އީ ހިސާބު ބެއްލެވުމުގައި އަވަސްވެވޮޑިގެންވާ ކަލާނގެއެވެ.

- Abu Bakr Ibrahim Ali (Bakurube)

Notas y reflexiones

No tienes ninguna nota ni reflexión sobre este versículo.

Notes placeholders

Mantente conectado al Corán ❤️

Breves recordatorios significativos para reconectar, reflexionar y mantenerse conectado con el Corán.

Lea, escuche, busque y reflexione sobre el Corán

Quran.com es una plataforma confiable utilizada por millones de personas en todo el mundo para leer, buscar, escuchar y reflexionar sobre el Corán en varios idiomas. Ofrece traducciones, tafsir, recitaciones, traducción palabra por palabra y herramientas para un estudio más profundo, haciendo que el Corán sea accesible para todos.

Como Sadaqah Jariyah, Quran.com se dedica a ayudar a las personas a conectar profundamente con el Corán. Con el apoyo de Quran.Foundation , una organización sin fines de lucro 501(c)(3), Quran.com continúa creciendo como un recurso gratuito y valioso para todos, Alhamdulillah.

Navegar
Inicio
Radio Coránica
Recitadores
Sobre nosotros
Desarrolladores
Actualizaciones de productos
Retroalimentación
Ayuda
Donar
Nuestros Proyectos
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Proyectos sin fines de lucro adquiridos, administrados o patrocinados por Quran.Foundation
Enlaces populares
Súplicas del Corán
Versículo del Corán del día
Ayatul Kursi
Yasin
Al Mulk
Ar-Rahman
Al Waqiah
Al-Kahf
Al Muzzammil
Mapa del sitio webPrivacidadTérminos y condiciones
© 2026 Quran.com. Reservados todos los derechos
Contribuir