Sign in
Sign in
Sign in
Select Language
007

Al-A'raf 7:8 والوزن يوميذ الحق فمن ثقلت موازينه فاولايك هم المفلحون ٨

7:8
وَٱلۡوَزۡنُ
يَوۡمَئِذٍ
ٱلۡحَقُّۚ
فَمَن
ثَقُلَتۡ
مَوَٰزِينُهُۥ
فَأُوْلَٰٓئِكَ
هُمُ
ٱلۡمُفۡلِحُونَ
٨
(8) އަދި (قيامة ދުވަހުން) މީސްތަކުންގެ عمل ތައް ވަޒަންކުރައްވާ حساب ބެއްލެވުމަކީ ހަމަ حقّ ކަމެކެވެ. އެއީ ކޮންމެހެން އޮންނާނެ ކަމެކެވެ. (އެކަމަށް އީމާންވުމަކީ واجب ކަމެކެވެ.) ފަހެ އެމީހެއްގެ ހެޔޮކަމުގެ مِيْزَان ބަރުވެއްޖެމީހާ (ދަންނައެވެ!) ފަހެ އެމީހުން އެއީ ކާމިޔާބުވެ (ސުވަރުގޭގެ) ނަސީބުލިބުނު ނަސީބުވެރިންނެވެ.
Continue Reading

Read Tafsir

Ibn Kathir (Abridged)

The Meaning of weighing the Deeds

Allah said,

وَالْوَزْنُ

(And the weighing), of deeds on the Day of Resurrection,

الْحَقِّ

(will be the true (weighing)), for Allah will not wrong anyone. Allah said in other Ayat,

وَنَضَعُ الْمَوَزِينَ الْقِسْطَ لِيَوْمِ الْقِيَـمَةِ فَلاَ تُظْلَمُ نَفْسٌ شَيْئاً وَإِن كَ

…

The Meaning of weighing the Deeds

Allah said,

وَالْوَزْنُ

(And the weighing), of deeds on the Day of Resurrection,

الْحَقِّ

(will be the true (weighing)),

…
More Tafsirs

Read in Context

Chapter 7, Page 151, Juz 8

1. (1) الٓمٓصٓ މިއަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. އެޔާއެކުވެސް ބައެއް عالم ން ވިދާޅުވިއެވެ. އޭގެ މާނައީ: أَنَا ﷲ أَفْضَلُ މިއެވެ. މީގެ މާނައީ ތިމަންރަސްކަލާނގެއީ ﷲ އެވެ. އެންމެ މާތްވަންތަ ކަލާނގެއެވެ. ނުވަތަ އެއީ ﷲ ގެ ނަންފުޅެކެވެ. ނުވަތަ އެއީ قرآن ގެ ނަމެކެވެ. އަދި އެހެން ގޮތްގޮތަށް ކިއިފައިވެއެވެ. والله أعلم. 2. (2) (އޭ رسول ﷲ އެވެ!) މިއީ ކަލޭގެފާނަށް ބާވައިލެއްވޭ ފޮތެކެވެ. އެބަހީ މި قرآن އަކީ ﷲ ކަލޭގެފާނަށް ބާވައިލައްވާ ފޮތެކެވެ. އެޔާމެދު ކަލޭގެފާނުންގެ ހިތްޕުޅުގައި އެއްވެސް ދަތިކަމެއް ނުވާހުށިކަމެވެ! އެއްވެސް ޝައްކެއްނުވާހުށިކަމެވެ. އެއީ އެފޮތުން ކަލޭގެފާނު إنذار ކުރެއްވުމަށެވެ. އަދި އެއީ مؤمن ންނަށްވާ ذكراى އެކެވެ. وعظ އާއި نصيحة އެކެވެ. 3. (3) (އޭ މީސްތަކުންނޭވެ!) ކަލޭމެންނަށް ކަލޭމެންގެ ربّ ގެ حضرة ން ބާވައިލެއްވޭ ތަކެއްޗާއި ކަލޭމެން تبع ވާށެވެ! އަދި އެކަލާނގެ ފިޔަވައި އެހެނިހެން ولِيُّ ންނާއި تبع ނުވާށެވެ. އެބަހީ އެކަލާނގެ ފިޔަވައި އެހެނިހެންސަހަރޯވެރިންގެ ނުބައި އަދި شرك ގެ عمل ތަކާއި ކަލޭމެން تبع ނުވާށެވެ! ކަލޭމެން وعظ އާއި عبرة ލިބިގަންނަނީ ދާދިމަދުންނެވެ. • ދަންނައެވެ! تفسير قرطبي ގައި އެކަލޭގެފާނު ވިދާޅުވެފައި ވަނީ ރަސޫލާގެންނެވި ﷲގެ ދީނަށް ކަލޭމެން ތަބާ ވާށެވެ! އަދި އެކިއެކި މަޒްހަބުތަކާއި ތަބާ ނުވާށެވެ! އެކަލޭގެފާނު ވިދާޅު ވަނީ އެހެނިހެން ސަހަރޯ ވެރިންގެ މުރާދަކީ މިއާޔަތުގައި ހަމަ ސީދާ މަޒްހަބުތަކުގެ ވެރިންކަމުގައެވެ. ވީއިރު މަޒްހަބަށް ތަބާ ނުވުމަށް މިވަނީ ޤުރްއާނުގައި އަމުރުކުރައްވާފައެވެ. މިހެންމިކަން ހުރިއިރުވެސް ﷲ ގެއަމުރުފުޅެއް އަދި ރަސޫލުގެ އަމުރުފުޅެއް ނެތިވެސް އަހުރެމެން މަޒުހަބުގެނަމުގައި އަޅުކަންކުރުމީ އަދި ކުރަންއެންގުމީ ހިތާމަހުރިކަމެކެވެ. އެއަޅުކަން ބަލައިގަންނާނީ ކާކުބާވައެވެ؟... 4. (4) އަދި ތިމަންރަސްކަލާނގެ ހަލާކުކުރެއްވީ ކިތައް ކިތައް ރަށްހެއްޔެވެ؟ (މިހެނީ އެމީހުން ތިމަންރަސްކަލާނގެއާއި ތިމަންރަސްކަލާނގެ رسول ންނާއި އަދި އެބޭކަލުން ގެންނެވިތަކެތި ދޮގުކުރުމުގެ ސަބަބުން ވަރަށްގިނަ ރަށްރަށް ތިމަންރަސްކަލާނގެ ހަލާކުކުރެއްވީމެވެ.) ފަހެ އެމީހުން ކުރި ފާފައިގެ ސަބަބުން ތިމަންރަސްކަލާނގެ عقوبة އެމީހުންނަށް އައީ އެމީހުން ނިދާފައިތިއްބާ ރޭގަނޑުއެވެ. ނުވަތަ މެންދުރު އެމީހުން ނިދާލާ ވަގުތުއެވެ. 5. (5) ދެންފަހެ ތިމަންރަސްކަލާނގެ عقوبة އެމީހުންނަށް އައިހިނދުން "ހަމަކަށަވަރުން ތިމަންނާމެންވީ އަނިޔާވެރިން ކަމުގައެވެ. مشرك ންކަމުގައެވެ." މިހެން އެމީހުން ބުނުންކަމުގައި މެނުވީ ނުވެއެވެ. (އެމީހުންގެ އެހެން އެއްވެސް عُذْر އެއް دليل އެއްނެތެވެ. ބަހަނާއެއްނެތެވެ.) 6. (6) ފަހެ ހަމަކަށަވަރުން رسول ން ފޮނުއްވުނު މީހުންނާއިމެދު ތިމަންރަސްކަލާނގެ ސުވާލުކުރައްވާނެކަން ކަށަވަރެވެ. (އެބަހީ: رسول ބޭކަލުން އެބައެއްގެގާތަށް ފޮނުވުނު އެންމެންނާއި قيامة ދުވަހުން ސުވާލުކުރައްވާހުށީމެވެ. އެމީހުން ތިމަންރަސްކަލާނގެ أمر އާއި نهي އާއިމެދު ކަންތައްތައް ކުރީ ކޮންގޮތަކަށްތޯ ސުވާލުކުރާހުށީމެވެ. އަދި އެކަންކަމަށް جزاء ދެއްވާހުށީމެވެ.) އަދި ހަމަކަށަވަރުން رسول ބޭކަލުންނާއި ސުވާލުކުރައްވާހުށީމެވެ. އެބޭކަލުން رسول ކަން އިއްވެވިތޯ ނުވަތަ ނޫންތޯ މިހުރިހާ ގޮތްގޮތަކަށް ސުވާލުކުރައްވާހުށީމެވެ. • ދަންނައެވެ. ހުރިހާކަމެއް އެކަލާނގެދެނެވޮޑިގަތުމާއެކުވެސް އެދުވަހުން އެސުވާލުތައް އެކަލާނގެ އެފަރާތްތަކާއި އެކުރައްވާނީ އަޅުތަކުން އެކަންކަމަށް إعْتِرَافُ އެމީހުންގެ މައްޗަށް حُجَّة قَائِمُ ކުރެއްވުމަށެވެ. އެމީހުންގެ ކަންތައްތައް އެކަލާނގެ ދެނެވޮޑިގެން ނުވާތީއެއްނޫނެވެ. 7. (7) އަދި ހަމަކަށަވަރުން އެމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމައަށް ދެނެވޮޑިގަތުމާއިއެކު އެންމެހައި ވާހަކަތައް އަދި خبر ތައް އަންގަވާހުށީމެވެ. އަދި އެމީހުންގެ ކަންކަމަށް غائب ވެވޮޑިގެންވާ ކަލަކުކަމުގައި ތިމަންރަސްކަލާނގެ ނުވެއެވެ. (އެމީހުން عمل ކުރަމުންދާއިރު އެކަންކަން ތިމަންރަސްކަލާނގެ މޮޅަށް ދެނެވޮޑިގެންވަމެވެ.) 8. (8) އަދި (قيامة ދުވަހުން) މީސްތަކުންގެ عمل ތައް ވަޒަންކުރައްވާ حساب ބެއްލެވުމަކީ ހަމަ حقّ ކަމެކެވެ. އެއީ ކޮންމެހެން އޮންނާނެ ކަމެކެވެ. (އެކަމަށް އީމާންވުމަކީ واجب ކަމެކެވެ.) ފަހެ އެމީހެއްގެ ހެޔޮކަމުގެ مِيْزَان ބަރުވެއްޖެމީހާ (ދަންނައެވެ!) ފަހެ އެމީހުން އެއީ ކާމިޔާބުވެ (ސުވަރުގޭގެ) ނަސީބުލިބުނު ނަސީބުވެރިންނެވެ. 9. (9) އަދި އެމީހެއްގެ (ހެޔޮކަމުގެ) مِيْزَان ލުއިވެއްޖެ މީހާ (ދަންނައެވެ!) ފަހެ އެމީހުން އެއީ އެމީހުންގެ ނަފުސުތައް ގެއްލުވައިލައި ހަލާކު ކުރި މީހުންނެވެ. އެއީ އެމީހުން ތިމަންރަސްކަލާނގެ އާޔަތްތަކަށް އަނިޔާވެރިވެ ދެކޮޅުހެދުމުގެ ސަބަބުންނެވެ. 10. (10) އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭމެން ބިމުގައި ވަޒަންވެރިކުރައްވާ تَمْكِين ކުރެއްވީމެވެ. އަދި އެތާނގައި ތިމަންރަސްކަލާނގެ ކަލޭމެންނަށް ދިރިއުޅުން ލެއްވީމެވެ. ކަލޭމެން شكر ކުރަނީ ދާދިމަދުންނެވެ.

- Abu Bakr Ibrahim Ali (Bakurube)

Notes and Reflections

You do not have any notes or reflections on this verse.

Notes placeholders

Stay Connected to the Quran ❤️

Short meaningful reminders to reset, reflect and stay connected to the Quran.

Read, Listen, Search, and Reflect on the Quran

Quran.com is a trusted platform used by millions worldwide to read, search, listen to, and reflect on the Quran in multiple languages. It provides translations, tafsir, recitations, word-by-word translation, and tools for deeper study, making the Quran accessible to everyone.

As a Sadaqah Jariyah, Quran.com is dedicated to helping people connect deeply with the Quran. Supported by Quran.Foundation, a 501(c)(3) non-profit organization, Quran.com continues to grow as a free and valuable resource for all, Alhamdulillah.

Navigate
Home
Quran Radio
Reciters
About Us
Developers
Product Updates
Feedback
Help
Donate
Our Projects
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Non-profit projects owned, managed, or sponsored by Quran.Foundation
Popular Links
Duas from the Quran
Quran Verse of the Day
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
SitemapPrivacyTerms and Conditions
© 2026 Quran.com. All Rights Reserved
Contribute