登入
登入
登入
选择语言
007

Al-A'raf 7:74 واذكروا اذ جعلكم خلفاء من بعد عاد وبواكم في الارض تتخذون من سهولها قصورا وتنحتون الجبال بيوتا فاذكروا الاء الله ولا تعثوا في الارض مفسدين ٧٤

7:74
وَٱذۡكُرُوٓاْ
إِذۡ
جَعَلَكُمۡ
خُلَفَآءَ
مِنۢ
بَعۡدِ
عَادٖ
وَبَوَّأَكُمۡ
فِي
ٱلۡأَرۡضِ
تَتَّخِذُونَ
مِن
سُهُولِهَا
قُصُورٗا
وَتَنۡحِتُونَ
ٱلۡجِبَالَ
بُيُوتٗاۖ
فَٱذۡكُرُوٓاْ
ءَالَآءَ
ٱللَّهِ
وَلَا
تَعۡثَوۡاْ
فِي
ٱلۡأَرۡضِ
مُفۡسِدِينَ
٧٤
(74) އަދި عاد ބާގައިގެމީހުންނަށްފަހު ބިމުގެ خليفة އިންކަމުގައި އެކަލާނގެ ކަލޭމެންލެއްވިކަން ކަލޭމެން ހަނދާންކުރާށެވެ! އަދި އެކަލާނގެ ކަލޭމެން ބިމުގައި ހަމަޖައްސަވައި ވަޒަންވެރިކުރެއްވިއެވެ. އަދި އެބިމުގެ ފަސޭހަތަނުގައި - އެބަހީ ހަމަ ބިންތާނގައި - ކަލޭމެން ގަނޑުވަރުތައް ހަދައި އަދި ފަރުބަދަތައް ކޮށައިގެން ކަލޭމެން ގެތައް ހަދަމުއެވެ. ފަހެ (ކަލޭމެންގެމައްޗަށްވާ) ﷲ ގެ نعمة ތައް ކަލޭމެން ހަނދާންކުރާށެވެ! އަދި ކަންތައް ހަލާކުކޮށް ބިމުގައި ފާސިދުކުރާ ބަޔަކުކަމުގައި ކަލޭމެން ނުވާށެވެ!
继续阅读

阅读《古兰经注》

Ibn Kathir (Abridged)

Thamud: Their Land and Their Lineage

Scholars of Tafsir and genealogy say that (the tribe of Thamud descended from) Thamud bin `Athir bin Iram bin Sam bin Nuh, and he is brother of Jadis son of `Athir, similarly the tribe of Tasm, and they were from the ancient Arabs, Al-`Aribah, before the time of I

…

Thamud: Their Land and Their Lineage

Scholars of Tafsir and genealogy say that (the tribe of Thamud descended from) Thamud bin `Athir bin Iram bin Sam

…
更多经注

结合上下文阅读

章 7, 页 160, Juz 8

73. (73) އަދި ثمود ބާގައިގެމީހުންގެ ގާތަށް އެމީހުން أخ صالح (عليه السّلام) رسول ކަމާއިގެން ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. އެކަލޭގެފާނު އެމީހުންނަށް ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެ މީހުންނޭވެ! ކަލޭމެން ﷲ އަށް އަޅުކަންކުރާށެވެ! އެކަލާނގެ މެނުވީ އެހެންއެއްވެސް (حقّ) إله އެއް ކަލޭމެންނަށް ނުވެއެވެ. ހަމަކަށަވަރުން (އަހުރެން މިބުނާއެތި އެއީ ތެދުކަމުގެ މައްޗަށް دليل ކުރާ) دليل އާއި حجّة ކަލޭމެންނަށް އަތުވެއްޖެއެވެ. އެ حجّة އައިސްފައި މިވަނީ ކަލޭމެންގެ رَبّ ގެ حضرة ންނެވެ. މިއޮތީ ﷲ ގެ جَمَل ފުޅެވެ. އެއީ ކަލޭމެނަށްވާ ބަރާބަރު دليل އެކެވެ. حجّة އެކެވެ. ފަހެ ﷲ ގެ ބިމުން އޭތި ކައިބޮއިއުޅުމަށް ކަލޭމެން ދޫކޮށްލާށެވެ! އެޔަށް އެއްވެސް ގެއްލުމެއް އުނދަގުލެއް ގޯނާއެއް ނުކުރާށެވެ! ގޯނާއެއްކޮށް އެޔަށް ނުބައިކަމެއްކޮށްފިއްޔާ ކަލޭމެންނަށް ވޭންދެނިވި عذاب އެއް އަތުވެދާނެއެވެ. • ދަންނައެވެ! ثمود ބާގައިގެމީހުން مُعْجِزَة އަކަށް އެދުނީއެވެ. އެއީ رسول ބޭކަލެއްކަން ثابت ވާފަދަ دليل އެކެވެ. ދެންފަހެ صالح (عليه السّلام) އެމީހުންނާއިގެން އެތާ ދާދިގާތުގައި ބިމުން އުފުލިފައިވާ އުސްގަނޑަކަށް (ބައެއް ރިވާޔަތެއްގައި ކުޑަފަރުބަދައެއްގެގާތަށް) ވަޑައިގެންނެވީއެވެ. އެކަލޭގެފާނާ އެމީހުން އެތަނަށްގޮސް ހުއްޓުނުއިރު މާބަނޑު އަންހެނަކު ވިހަން ކުކުރާގޮތަށް އެތަން ކުކުރަނީއެވެ. އިރުކޮޅަކުން އެތަން ފަޅައިގެންގޮސް ދުރުވެފައި އެތަނުން ނުކުތީ އެ جَمَل އެވެ. صالح ގެފާނު ވިދާޅުވިއެވެ. މިއީ ﷲ ގެ جَمَل ފުޅެވެ. އެއަށް އެއްވެސް ގޯނާއެއް ނުކުރާށެވެ! އޭތި އަމިއްލައަށް ކައިބޮއިހަދާނެއެވެ. ކަލޭމެން ކިރުފެލާށެވެ! އެއްދުވަހު ރަށުގެފެން ބޯނީ ޖަމަލެވެ. އަނެއް ދުވަހު ކަލޭމެނަށެވެ. ދެން ދުވަސްކޮޅެއްގެފަހު އެރަށުގެ ކާފަރުންގެ جماعة އެއް ނުކުމެ އެ جَمَل ކޮޅު މަރައިލީއެވެ. ދެން ތިންދުވަހުފަހުން އެމީހުންނަށް عذاب އައިސް އެމީހުން މަރުވެދިޔައީއެވެ. އެއީ ގަދައަޑުފަށަކާއިއެކު އައި ގުޑުމެކެވެ. މިވާހަކަވެސް قرآن ގައި تكرار ކޮށްވެއެވެ. 74. (74) އަދި عاد ބާގައިގެމީހުންނަށްފަހު ބިމުގެ خليفة އިންކަމުގައި އެކަލާނގެ ކަލޭމެންލެއްވިކަން ކަލޭމެން ހަނދާންކުރާށެވެ! އަދި އެކަލާނގެ ކަލޭމެން ބިމުގައި ހަމަޖައްސަވައި ވަޒަންވެރިކުރެއްވިއެވެ. އަދި އެބިމުގެ ފަސޭހަތަނުގައި - އެބަހީ ހަމަ ބިންތާނގައި - ކަލޭމެން ގަނޑުވަރުތައް ހަދައި އަދި ފަރުބަދަތައް ކޮށައިގެން ކަލޭމެން ގެތައް ހަދަމުއެވެ. ފަހެ (ކަލޭމެންގެމައްޗަށްވާ) ﷲ ގެ نعمة ތައް ކަލޭމެން ހަނދާންކުރާށެވެ! އަދި ކަންތައް ހަލާކުކޮށް ބިމުގައި ފާސިދުކުރާ ބަޔަކުކަމުގައި ކަލޭމެން ނުވާށެވެ! 75. (75) އަދި صالح ގެފާނަށް އީމާންވި ދެރަނިކަމެތިންނަށް އެ قوم ގެ (ނުކިޔަމަންތެރި) كِبْرُ ވެރި ބޮޑެތިމީހުން - އިސްމީހުން - ބުންޏެވެ. صالح އެއީ އޭނާގެ رَبُّ ގެ حضرة ން ފޮނުއްވާފައިވާ رسول އަކުކަން ކަލޭމެންނަށް އެނގޭހެއްޔެވެ؟ އެމީހުން - އެބަހީ ނިކަމެތި ދެރަމީހުން - ބުންޏެވެ. އެކަލޭގެފާނު އެކަމަކާއިގެން ފޮނުވުނު ކަންތަކަށް އަހުރެމެން މިވަނީ އީމާންވެގެންނެވެ. 76. (76) كِبْرُ ވެރި ބޮޑާމީހުން ބުންޏެވެ. ކަލޭމެން އެއެއްޗަކަށް އީމާންވީ އެއްޗަށް އަހަރެމެން މިވަނީ ކާފަރުވެގެންނެވެ. (އެބަހީ - صالح ގެފާނުންގެ رسول ކަމަށް އަހަރެމެން މިވަނީ ކާފަރުވެގެންނެވެ.) 77. (77) ދެންފަހެ އެ قوم ގެ ކާފަރުންކުރެބަޔަކު އެ جَمَلُ ކޮޅު މަރައިފިއެވެ. އަދި އެމީހުން އެމީހުންގެ رَبّ ގެ أمر ފުޅަށް އުރެދިއްޖެއެވެ. ނުކިޔަމަންތެރިވެއްޖެއެވެ. އަދި އެމީހުން ބުނީ، އޭ صالح ގެފާނެވެ. ކަލޭގެފާނު ތިޔައީ ފޮނުއްވިގެންވާ رسول ބޭކަލަކުކަމުގައިވަންޏާ އަހުރެމެންނަށް އަންނާނެކަމަށް ތިޔަވިދާޅުވާ عذاب އެއް ނިކަން ގެނަސްދެއްވާށެވެ. 78. (78) ދެންފަހެ ގަދައަޑުފަށަކާއި زَلْزَلَة އެއް އައިސް އޭގެ އަޑުފަށަށް އެމީހުންގެ ގޯތިގެދޮރުތަކުގައި މަރުވެ ކަކޫމައްޗަށް ތިރިވެގެންވާ حال އެމީހުން ފަތިސްކޮށްފިއެވެ. އެމީހުން މަރުވެ ހަލާކުވެގެންދިޔައީއެވެ. 79. (79) އަދި އެކަލޭގެފާނު - އެބަހީ صالح ގެފާނު އެމީހުންނާ ފުރަގަސްދެއްވާ ވަޑައިގެންފިއެވެ. އަދި އެމީހުންނަށް ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެ މީހުންނޭވެ! ހަމަކަށަވަރުން އަހުރެންގެ ރައްބުގެ رسول ކަން އަހުރެން ކަލޭމެންނަށް އިއްވައިފީމެވެ. އަދި އަހުރެން ކަލޭމެނަށް نصيحة ތެރިވެއްޖައީމެވެ. އަދި އެހެނެއްކަމަކު نصيحة ތެރިވާމީހުންނަށް ކަލޭމެން ލޯބިނުކުރީމުއެވެ. އެމީހުންގެ ބަސްނުއެހީމުއެވެ.

- Abu Bakr Ibrahim Ali (Bakurube)

笔记与反思

你对这节经文没有任何笔记或感想。

Notes placeholders

与《古兰经》保持联系❤️

简短而有意义的提醒,帮助你重新调整、反思并与《古兰经》保持联系。

阅读、聆听、探索并思考《古兰经》

Quran.com 是一个值得信赖的平台,全球数百万人使用它来阅读、搜索、聆听和思考多种语言的《古兰经》。它提供翻译、注释、诵读、逐字翻译以及深入研究的工具,让每个人都能接触到《古兰经》。

作为一家名为“施舍之家”(Sadaqah Jariyah)的机构,Quran.com 致力于帮助人们与《古兰经》建立更深层次的联系。在 501(c)(3) 非营利组织 Quran.Foundation 的支持下,Quran.com 不断发展壮大,成为所有人的免费宝贵资源。Alhamdulillah(真主安拉)

导航
首页
在线听古兰经
朗诵者
关于我们
开发者
产品更新
反馈问题
帮助
捐
我们的项目
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Quran.Foundation 拥有、管理或赞助的非营利项目
热门链接
古兰经中的祈祷词
每日古兰经经文
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
网站地图隐私条款和条件
© 2026年 Quran.com. 版权所有
贡献