Iniciar sesión
Iniciar sesión
Iniciar sesión
Seleccionar idioma

Al-A’ráf 7:50 ونادى اصحاب النار اصحاب الجنة ان افيضوا علينا من الماء او مما رزقكم الله قالوا ان الله حرمهما على الكافرين ٥٠

Página 156 · Juz 8

وَنَادَىٰٓ
أَصۡحَٰبُ
ٱلنَّارِ
أَصۡحَٰبَ
ٱلۡجَنَّةِ
أَنۡ
أَفِيضُواْ
عَلَيۡنَا
مِنَ
ٱلۡمَآءِ
أَوۡ
مِمَّا
رَزَقَكُمُ
ٱللَّهُۚ
قَالُوٓاْ
إِنَّ
ٱللَّهَ
حَرَّمَهُمَا
عَلَى
ٱلۡكَٰفِرِينَ
٥٠
(50) އަދި ނަރަކަވަންތަވެރިން ސުވަރުގެވަންތަވެރިންނަށް ގޮވާނެއެވެ. ބުނާނެއެވެ. ފެނުގެތެރެއިން ކޮންމެވެސް މިންވަރެއް އަހުރެމެންގެ މައްޗަށް އޮއްސައިދީބަލާށެވެ! ނުވަތަ ﷲ تعالى ކަލޭމެންނަށް ދެއްވި رزق ތެރެއިން ބައެއް އަހުރެމެންނަށްވެސް ދީބަލާށެވެ! އެމީހުން އެބަހީ ސުވަރުގެވަންތަވެރިން ބުނާނެއެވެ. ހަމަކަށަވަރުން ﷲ تعالى ވަނީ ކާފަރުންގެމައްޗަށް އެތަކެތި حرام ކުރައްވާފައެވެ.
Continuar leyendo

Lee Tafsir

Ibn Kathir (Abridged)

The Favors of paradise are Prohibited for the People of the Fire

Allah emphasizes the disgrace of the people of the Fire. They will ask the people of Paradise for some of their drink and food, but they will not be given any of that. As-Suddi said,

وَنَادَى أَصْحَبُ النَّارِ أَصْحَبَ الْجَنَّةِ أَنْ أ
…

The Favors of paradise are Prohibited for the People of the Fire

Allah emphasizes the disgrace of the people of the Fire. They will ask the people of P

…
Ver Tafsires

Leer en contexto

48. (48) އަދި أعراف ގެމީހުން (ނަރަކަވަންތަވެރިންކުރެ) ބަޔަކަށް ގޮވައިލާނެއެވެ. އަދި އެމީހުންގައި ހުރި علامة ތަކާއި ނިޝާންތަކުން އެއީ ކޮންބައެއްކަން ރަނގަޅަށް އެނގޭނެއެވެ. އަދި ބުނާނެއެވެ. ކަލޭމެން ދުނިޔޭގައި ޖަމާކުރި ތަކެތީންނާއި އަދި ކަލޭމެންވީ ބޮޑާކަމާއި ކިބުރުވެރިކަމުން ކަލޭމެނަށްވީ ކޮންކަމެއްހެއްޔެވެ؟ (އެއްވެސް ފައިދާއެއް ނުވިއެވެ.) 49. (49) ﷲ ގެ رحمة ނުލިބޭނެކަމަށް ކަލޭމެން (مشرك ން) ބުނެ ހުވައިކުރީ މި މީހުންނާއި ދިމާލަށްހެއްޔެވެ؟ (އެބަޔަކީ مؤمن ންކުރެ ދެރަވަރު ضعيف ބަޔަކުކަމުގައިވިއެވެ.) ﷲ އެމީހުންނަށް އަންގަވާނެއެވެ. ކަލޭމެން ސުވަރުގެވަންނާށެވެ! އަދި ކަލޭމެންގެމައްޗަކަށް އެއްވެސްބިރެއްނެތެވެ. އަދި ހިތާމަކުރާނޭ ބަޔަކުކަމުގައި ކަލޭމެން ނުވެއެވެ. 50. (50) އަދި ނަރަކަވަންތަވެރިން ސުވަރުގެވަންތަވެރިންނަށް ގޮވާނެއެވެ. ބުނާނެއެވެ. ފެނުގެތެރެއިން ކޮންމެވެސް މިންވަރެއް އަހުރެމެންގެ މައްޗަށް އޮއްސައިދީބަލާށެވެ! ނުވަތަ ﷲ تعالى ކަލޭމެންނަށް ދެއްވި رزق ތެރެއިން ބައެއް އަހުރެމެންނަށްވެސް ދީބަލާށެވެ! އެމީހުން އެބަހީ ސުވަރުގެވަންތަވެރިން ބުނާނެއެވެ. ހަމަކަށަވަރުން ﷲ تعالى ވަނީ ކާފަރުންގެމައްޗަށް އެތަކެތި حرام ކުރައްވާފައެވެ. 51. (51) އެމީހުންނަކީ އެމީހުންގެ دين ކުޅިވަރާއި މަލާމާތެއްކަމުގައި ހަދައިލި މީހުންނެވެ. އަދި ދުނިޔޭ ދިރިއުޅުން އެމީހުން ހައްލުވައިލާ ވާވައްދައިލިމީހުންނެވެ. ފަހެ އެމީހުންގެ މިދުވަހާއި އެބައިމީހުން ބައްދަލުވުމާމެދު އެމީހުން ހަނދާން ނައްތައިލިފަދައިން ތިމަންރަސްކަލާނގެ މިއަދު އެމީހުންގެމަތީން ހަނދުމަނެތިވެވޮޑިގަންނަވާހުށީމެވެ. (ބަނޑުހައިވެ ފެންބޮވައިގެންފައިވާ حال عذاب ގެތެރެއަށް އެމީހުން ދޫކޮށްލާ ހަނދުމަނެތިވެވޮޑިގަންނަވާހުށީމެވެ.) އަދި އެއީ އެމީހުން (ދުނިޔޭގައި) ތިމަންރަސްކަލާނގެ އާޔަތްތަކަށް ދެކޮޅުހަދާ އެއަށް ކާފަރުވާކަމުގެ ސަބަބުންވެސްމެއެވެ. 52. (52) އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެކާފަރުންގެގާތަށް ފޮތެއް ގެނަސްދީފީމެވެ. (އެއީ އެމީހުންގެ ނަބިއްޔާއަށް ބާވައިލެއްވި قرآن އެވެ.) ތިމަންރަސްކަލާނގެ އެފޮތް (حقّ އާއި باطل ވަކިވާގޮތަށް) تفصيل ކޮށްދެއްވީ ހަމަ ތިމަންރަސްކަލާނގެ ދެނެވޮޑިގަތުމުގެ މަތީންނެވެ. އަދި ތެދުކުރާ ބަޔަކަށް (އީމާންވާ ބަޔަކަށް) ތެދުމަގާއި رحمة އެއްގެގޮތުންނެވެ. 53. (53) އެމީހުން ފަހެ އެކަމުގެ تَأْوِيْل އަށްމެނުވީ އެބަ އިންތިޒާރުކުރޭހެއްޔެވެ؟ އެބަހީ އެމީހުން ކުރި ނުބައިކަންތަކުގެ عذاب އަށްމެނުވީ އެމީހުން އެބަ إنتظار ކުރޭހެއްޔެވެ؟ އެމީހުންނަށް އެކަމުގެ عذاب އަންނަދުވަހުން މީގެކުރިން އެކަން ހަނދާންނެތުނުމީހުން ބުނާނެއެވެ. ހަމަކަށަވަރުން އަހަރެމެންގެ ގާތަށް އަހަރެމެންގެ رَبّ ގެ رسول ން حقّ އާއިގެން ވަޑައިގެންނެވިއެވެ. (ފަހެ އެދުވަހުން އެމީހުން އެކަމަށް إقرار ވެ އެއްބަސްވާނެއެވެ. އެކަމަކު ދެން އެއެއްބަސްވުމުގެ އެއްވެސް ފައިދާއެއް ނުވެއެވެ. އަދި އެމީހުން ބުނާނެއެވެ.) ފަހެ އެބަޔަކު އަހުރެމެންނަށް شفاعة ތެރިވާނޭ އެއްވެސް شفاعة ތެރިއަކު އަހުރެމެންނަށް ވާނެބާވައެވެ؟ ނުވަތަ އަހުރެމެން (ދުނިޔޭގައި ކުރިންކުރި) عمل އަށްވުރެ ހެޔޮ عملއެއް ކުރުމަށް އަހުރެމެން ދުނިޔެއަށް އަލުން ރައްދުކުރެވޭނެބާވައެވެ؟ ފޮނުވޭނެބާވައެވެ. (ފޮނުވޭނެނަމަ ކޮންފަދަ ރަނގަޅުހެއްޔެވެ؟) އެމީހުން އެއީ އެމީހުންގެ نفس ތައް ހަމަކަށަވަރުން ގެއްލުމާ ހަލާކުގެތެރެއަށް އެއްލައިލިމީހުންނެވެ. އަދި (ދުނިޔޭގައި) އެމީހުން ދޮގުހެދިހާތަކެތި (އެބަހީ: ﷲ ފިޔަވައި އެތަކެއްޗަށް އެމީހުން އަޅުކަންކުރިހާ ތަކެތި) އެމީހުންގެ ކިބައިން ގެއްލިގެންދިޔައީއެވެ.

- Abu Bakr Ibrahim Ali (Bakurube)

Continuar leyendo

Notas y reflexiones

No tienes ninguna nota ni reflexión sobre este versículo.

Notes placeholders

Mantente conectado al Corán ❤️

Breves recordatorios significativos para reconectar, reflexionar y mantenerse conectado con el Corán.

Lea, escuche, busque y reflexione sobre el Corán

Quran.com es una plataforma confiable utilizada por millones de personas en todo el mundo para leer, buscar, escuchar y reflexionar sobre el Corán en varios idiomas. Ofrece traducciones, tafsir, recitaciones, traducción palabra por palabra y herramientas para un estudio más profundo, haciendo que el Corán sea accesible para todos.

Como Sadaqah Jariyah, Quran.com se dedica a ayudar a las personas a conectar profundamente con el Corán. Con el apoyo de Quran.Foundation , una organización sin fines de lucro 501(c)(3), Quran.com continúa creciendo como un recurso gratuito y valioso para todos, Alhamdulillah.

Navegar
Inicio
Radio Coránica
Recitadores
Sobre nosotros
Desarrolladores
Actualizaciones de productos
Retroalimentación
Ayuda
Donar
Nuestros Proyectos
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Proyectos sin fines de lucro adquiridos, administrados o patrocinados por Quran.Foundation
Enlaces populares
Súplicas del Corán
Versículo del Corán del día
Ayatul Kursi
Yasin
Al Mulk
Ar-Rahman
Al Waqiah
Al-Kahf
Al Muzzammil
Mapa del sitio webPrivacidadTérminos y condiciones
© 2026 Quran.com. Reservados todos los derechos
Contribuir