Iniciar sesión
Iniciar sesión
Iniciar sesión
Seleccionar idioma

Al-A’ráf 7:30 فريقا هدى وفريقا حق عليهم الضلالة انهم اتخذوا الشياطين اولياء من دون الله ويحسبون انهم مهتدون ٣٠

Página 153 · Juz 8

فَرِيقًا
هَدَىٰ
وَفَرِيقًا
حَقَّ
عَلَيۡهِمُ
ٱلضَّلَٰلَةُۚ
إِنَّهُمُ
ٱتَّخَذُواْ
ٱلشَّيَٰطِينَ
أَوۡلِيَآءَ
مِن
دُونِ
ٱللَّهِ
وَيَحۡسَبُونَ
أَنَّهُم
مُّهۡتَدُونَ
٣٠
(30) އެއްބަޔަކަށް ﷲ ތެދުމަގުދެއްކެވިއެވެ. ތެދުމަގަށް توفيق ދެއްވިއެވެ. އަދި އަނެއްބަޔަކު (ދަންނައެވެ!) އެމީހުންގެމައްޗަށް މަގުފުރެދުން حقّ ވީއެވެ. އެމީހުން ތިމާމެންގެސަހަރޯވެރިންނަކީ ﷲ ފިޔަވައި شيطان ން ކަމުގައި ބަލައި إختيار ކުރުމުގެ ސަބަބުންނެވެ. އަދި އެމީހުން ހީކުރަނީ ހަމަކަށަވަރުން ތިމާމެން މިތިބީ ތެދުމަގުގައިކަމަށެވެ.
Continuar leyendo

Lee Tafsir

Ibn Kathir (Abridged)

Disbelievers commit Sins and claim that Allah commanded Them to do so!

Mujahid said, "The idolators used to go around the House (Ka`bah) in Tawaf while naked, saying, `We perform Tawaf as our mothers gave birth to us.' The woman would cover her sexual organ with something saying, `Today, some or all

…

Disbelievers commit Sins and claim that Allah commanded Them to do so!

Mujahid said, "The idolators used to go around the House (Ka`bah) in Tawaf while

…
Ver Tafsires

Leer en contexto

26. (26) އޭ آدم ގެދަރީންނޭވެ! ހަމަކަށަވަރުން ކަލޭމެންގެ عورة ނިވާކުރުމަށްޓަކައި ތިމަންރަސްކަލާނގެ ލިބާސް ބާވައިލެއްވީމެވެ. (އެބަހީ: ފޭރާންކުރެވޭނޭގޮތުގެތަކެއްޗާއި އަދި ކުރެވޭނޭގޮތް ކަލޭމެނަށް ދެއްވީމެވެ.) އަދި މުދަލާއި ހިފައިގެންގުޅޭ ތަކެއްޗާއި ޒީނަތްތެރިވާނޭ ފޭރާމާއި ބާވައިލެއްވީމެވެ. އަދި تقوى ވެރިކަމުގެ ފޭރާން (އެބަހީ: صالح عمل ކުރުން އެއީ މާހެޔޮވެގެންވާކަމެކެވެ.) މިކަންތައް ތަކަކީ ތިމަންރަސްކަލާނގެ އެއްކައުވަންތަކަމާއި قدرة ތެރިކަމުގެ دليل ތަކުގެތެރެއިން ވާކަންކަމެވެ. އެއީ އެމީހުން ذكر ކޮށް وعظ نصيحة ލިބިގަނޭތޯއެވެ. 27. (27) އޭ آدم ގެދަރީންނެވެ! ކަލޭމެންގެ ކާބަފައިން (آدم ގެފާނާއި حوّاى ގެފާނު) شيطان އާ އައިސް ސުވަރުގެއިން ނެރެލީފަދައިން އެ شيطان އާ ކަލޭމެން فتنة ވެރިކުރިޔަނުދޭށެވެ! އެސޮރުގެ މަކަރުވެރިކަމުގެ ތެރެއަށް ކަލޭމެން ވައްޓައިލިޔަނުދޭށެވެ! ފަހެ އެސޮރުގެ މަކަރުވެރިކަމުން އެދެކަނބަލުންގެ ލިބާސް އެދެކަނބަލުންގެ ކިބައިން ނިގުޅައިގަތެވެ. އެއީ އެދެކަނބަލުންގެ عورة އެދެކަނބަލުންނަށް ފެނުމަށްޓަކައެވެ. ހަމަކަށަވަރުން އެ شيطان އާ އާއި އެސޮރުގެ ނަސްލު އެސޮރުގެ قبيلة ގެމީހުން ކަލޭމެން ދެކޭނެއެވެ. އަދި އެއީ ކަލޭމެނަށް އެބައިމީހުން ނުފެންނާނޭގޮތުންނެވެ. ހަމަކަށަވަރުން شيطان ން އެއީ ތިމާމެންގެ ސަހަރޯވެރިންކަމުގައި ތިމަންރަސްކަލާނގެ ލެއްވީ ﷲ އަށް އީމާންނުވާ މީހުންނަށެވެ. 28. (28) އަދި އެމީހުން فاحش ކަމެއްކޮށްފިއްޔާ އެމީހުން ބުނެއެވެ. މިއީ އަހުރެމެންގެ ކާބަފައިން އެގޮތެއްގެމަތީގައި ވަނިކޮށް އަހުރެމެން ދުއްގޮތެވެ. (އެމީހުން ކުރާތަނުން ދަސްކޮށްގެންކުރާ ކަމެކެވެ.) އަދި މިކަމަށްވަނީ ﷲ އަހުރެމެންނަށް އަމުރުކުރައްވާފައެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! فاحش ކަންތަކަށް ﷲ އަމުރު ނުކުރައްވައެވެ. އަދި ނުވެސްކުރައްވާނެއެވެ. ﷲ تعالى ގެ މައްޗަށް ކަލޭމެންނަށް ނޭނގޭތަކެތި ކަލޭމެން ބުނަނީހެއްޔެވެ؟ • މިއާޔަތުގައިމިވާ فاحش ކަންތަކަކީ عربي ންގެ ކޮންމެވެސް ބަޔަކު އިސްލާމްދީން އައުމުގެ ކުރީގައި ގެފުޅުގައި طَوَاف ކުރަނީ عُرِيَان حال ގައި ތިބެގެންނެވެ. އަދި އެމީހުން ބުނަނީ އަހުރެމެން މިކަން މިކުރަނީ ކާބަފައިންކުރިގޮތަށެވެ. އަދި އެކަމަށްވަނީ ﷲ أمر ކުރައްވާފައެވެ. މިކަމަކީ އެމީހުން ﷲ ގެ މައްޗަށް ހަދާ ބޮޑުދޮގެއްކަން بيان ކޮށްދެއްވައި މިއާޔަތް ބާވައިލެއްވިކަމުގައި ބައެއް مفسّر ން ވިދާޅުވެއެވެ. މިހެނީ فاحش ކަންތަކަކީ އިސްލާމްދީން قبول ނުކުރާ އަދި ސަލާމަތް ބުއްދި قبول ނުކުރާ ކަންކަމެވެ. 29. (29) (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުންގެ رَبّ އަމުރުކުރައްވާފައިވަނީ عدل ވެރިވުމަށެވެ. (ހުރިހާކަމެއްގައި ސީދާކޮށް حقُّ حقّ އަށް ނު حقُّ ނު حقّ އަށް ބުނުމެވެ.) އަދި ކަލޭމެން ނަމާދުކުރާ ކޮންމެތާކު (ކޮންމެ މިސްކިތެއްގައިވެސް) كعبة ﷲ އަށް - (ގެފުޅަށް) ކަލޭމެންގެ މޫނުތައް ސީދާކޮށް قائم ކުރުމަށެވެ. އަދި އަޅުކަން އެކަލާނގެއަށް إخلاص ތެރިކުރާ حال ކަލޭމެން އެކަލާނގެއަށް އަޅުކަންކުރުމަށެވެ. އަދި އެންމެ ފުރަތަމަ ނެތުމުގެތެރެއިން އެކަލާނގެ ކަލޭމެން ހެއްދެވިފަދައިން قيامة ދުވަހުން (މަރުވުމަށްފަހު) އަލުން ދިރުއްވައި އެކަލާނގެ ކަލޭމެން ފޮނުވާނެއެވެ. (محشر ކުރައްވާނެއެވެ.) 30. (30) އެއްބަޔަކަށް ﷲ ތެދުމަގުދެއްކެވިއެވެ. ތެދުމަގަށް توفيق ދެއްވިއެވެ. އަދި އަނެއްބަޔަކު (ދަންނައެވެ!) އެމީހުންގެމައްޗަށް މަގުފުރެދުން حقّ ވީއެވެ. އެމީހުން ތިމާމެންގެސަހަރޯވެރިންނަކީ ﷲ ފިޔަވައި شيطان ން ކަމުގައި ބަލައި إختيار ކުރުމުގެ ސަބަބުންނެވެ. އަދި އެމީހުން ހީކުރަނީ ހަމަކަށަވަރުން ތިމާމެން މިތިބީ ތެދުމަގުގައިކަމަށެވެ. 31. (31) އޭ آدم ގެދަރީންނޭވެ! ނަމާދުކުރާ ކޮންމެތަނެއްގައި - އަދި ނަމާދުކުރާ ކޮންމެހިނދެއްގައި (ފޭރާމާއި ދެންވެސް ހުރި އެހެނިހެން ޒީނަތްތެރިކަން ކަލޭމެން ހިފާށެވެ.) إختيار ކުރާށެވެ. އެބަހީ: ނަމާދުކުރާހިނދު ތިމާމެން ތާހިރުވެ ލިބެންހުރި ޒީނަތްތެރިކަމެއް ލިބިގަންނާށެވެ! (ނަމަވެސް އިސްލާމުދީން ހުއްދަދޭ ޒީނަތްތެރިކަމެވެ.) އަދި ކަލޭމެން ކައިބޮއި ހަދާށެވެ! ކަލޭމެން (އެއްކަމެއްގައިވެސް) إسراف ނުކުރާށެވެ! އެހެނީ إسراف ކުރާމީހުންނަށް ހަމަކަށަވަރުން އެކަލާނގެ ލޯބިވެވޮޑިނުގަންނަވައެވެ.

- Abu Bakr Ibrahim Ali (Bakurube)

Continuar leyendo

Notas y reflexiones

No tienes ninguna nota ni reflexión sobre este versículo.

Notes placeholders

Mantente conectado al Corán ❤️

Breves recordatorios significativos para reconectar, reflexionar y mantenerse conectado con el Corán.

Lea, escuche, busque y reflexione sobre el Corán

Quran.com es una plataforma confiable utilizada por millones de personas en todo el mundo para leer, buscar, escuchar y reflexionar sobre el Corán en varios idiomas. Ofrece traducciones, tafsir, recitaciones, traducción palabra por palabra y herramientas para un estudio más profundo, haciendo que el Corán sea accesible para todos.

Como Sadaqah Jariyah, Quran.com se dedica a ayudar a las personas a conectar profundamente con el Corán. Con el apoyo de Quran.Foundation , una organización sin fines de lucro 501(c)(3), Quran.com continúa creciendo como un recurso gratuito y valioso para todos, Alhamdulillah.

Navegar
Inicio
Radio Coránica
Recitadores
Sobre nosotros
Desarrolladores
Actualizaciones de productos
Retroalimentación
Ayuda
Donar
Nuestros Proyectos
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Proyectos sin fines de lucro adquiridos, administrados o patrocinados por Quran.Foundation
Enlaces populares
Súplicas del Corán
Versículo del Corán del día
Ayatul Kursi
Yasin
Al Mulk
Ar-Rahman
Al Waqiah
Al-Kahf
Al Muzzammil
Mapa del sitio webPrivacidadTérminos y condiciones
© 2026 Quran.com. Reservados todos los derechos
Contribuir