Registrazione
Registrazione
Registrazione
Seleziona la lingua
007

Al-A'raf 7:191 ايشركون ما لا يخلق شييا وهم يخلقون ١٩١

7:191
أَيُشۡرِكُونَ
مَا
لَا
يَخۡلُقُ
شَيۡـٔٗا
وَهُمۡ
يُخۡلَقُونَ
١٩١
(191) އެއްޗެއް ނުހެއްދެވޭ ފަރާތްތަކަކަށް (ބުދުތަކަކަށް) އެމީހުން އެކަލާނގެއާއި شريك ކުރަނީހެއްޔެވެ؟ އަދި އެތަކެތި އެވަނީ ހެއްދެވިގެންވާ ތަކެތިކަމުގައެވެ. مخلوق ންނެވެ.
Continua a leggere

Leggi il Tafsir

Ibn Kathir (Abridged)

Idols do not create, help, or have Power over Anything

Allah admonishes the idolators who worshipped idols, rivals and images besides Him, although these objects were created by Allah, and neither own anything nor can they bring harm or benefit. These objects do not see or give aid to those who wors

…

Idols do not create, help, or have Power over Anything

Allah admonishes the idolators who worshipped idols, rivals and images besides Him, although th

…
Altri Tafsir

Leggere nel contesto

Capitolo 7, Pagina 175, Juz 9

189. (189) އެކަލާނގެއީ ކަލޭމެން ހަމައެންމެ نفس އަކުން ހެއްދެވި ކަލާނގެއެވެ. އެއީ (آدم عليه السّلام އެވެ.) އަދި އެކަލާނގެ އެ نفس ން، އެ نفس ގެ އަނބި حوّى ގެފާނު ހެއްދެވިއެވެ. އެއީ އެކަލޭގެފާނު އެކަމަނާގެފަރާޕުޅު ން ހަމަޖެހުމާއި އަރާމުލިބިވަޑައިގަތުމަށެވެ. ދެންފަހެ އެކަލޭގެފާނު އެކަމަނާ ނިވައިކުރެއްވިހިނދުން (އެބަހީ އެކަމަނާއާއި جِمَاع ވެވަޑައިގެންނެވުމުން) ބަލިވެއިނުމުގެ (އާލާސްވެ އިންނެވުމުގެ) އަސަރު ލުއިލުއިގޮތަކަށް ފާޅުވެއްޖެއެވެ. ދެންފަހެ އެކަމަނާގެ رَحِمُ ގައި އެކަން ދެމިހުރެއްޖެއެވެ. ދެން އެކަމަނާއަށް ބަލިވެއިނުން ބަރުވުމުން (ދަރިފުޅުބޮޑުވިހިނދުން) އެދެކަނބަލުން ﷲ އަށް دعاء ދެންނެވިއެވެ. އިބަރަސްކަލާނގެ އަޅަމެނަށް صالح ދަރިކަލަކު ދެއްވައިފިއްޔާ ހަމަކަށަވަރުންވެސް شكر ކުރާ އަޅުންގެ ތެރެއިން އަޅަމެންވާހުށީމެވެ. 190. (190) ދެންފަހެ އެކަލާނގެ އެދެކަނބަލުންނަށް صالح ދަރިކަލަކު ދެއްވިހިނދުން އެދެކަނބަލުން އެކަލާނގެއަށް شريك ންތައްލައިފިއެވެ. (ރިވާވެގެންވަނީ: شريك ލެއްވީ ނަމުގައެވެ. އެ ވިހެއި ދަރިކަލުންނަށް ނަންދެއްވީ عبد الحَرث ކަމުގައިވިއެވެ. އެއީ شيطان ގެ ވަސްވާސްދެއްވުމުގެ ނަތީޖާއެއްގެގޮތުންނެވެ. - الحَرث އެއީ ﷲ ގެ ނަންފުޅެއްނޫނެވެ. އެއީ شيطان ގެ ނަމެވެ. މިވާހަކަ أبو جعفر الطَّبري ގެ تفسير ގައްޔާއި އަދި އެހެނިހެން تفسير ތަކުގައި އެކިގޮތްގޮތަށް ބަޔާންކުރެވިފައިވެއެވެ. والله أعلم.) ފަހެ އެމީހުން އެ شريك ކުރާތަކެތީން އެބަހީ مشرك ން شريك ކުރާތަކެތިފިޔަވައި އެކަލާނގެ މަތިވެރިވެވޮޑިގެންވެއެވެ. 191. (191) އެއްޗެއް ނުހެއްދެވޭ ފަރާތްތަކަކަށް (ބުދުތަކަކަށް) އެމީހުން އެކަލާނގެއާއި شريك ކުރަނީހެއްޔެވެ؟ އަދި އެތަކެތި އެވަނީ ހެއްދެވިގެންވާ ތަކެތިކަމުގައެވެ. مخلوق ންނެވެ. 192. (192) އަދި އެމީހުންނަށް نصر އެއްދިނުމަށްވެސް - (އެބަހީ އެބުދުތަކަށް އަޅުކަންކުރާމީހުންނަށް އެއްވެސް نصر އެއް ދިނުމަށްވެސް) އެތަކެއްޗަކަށް (އެބުދުތަކަކަށް) ކުޅަދާނަ ނުވާނެއެވެ. އަދި އެތަކެތީގެ އަމިއްލަ نفس ތަކަށް نصر އެއް ދިނުމަށްވެސް ކުޅަދާނަވެގެން ނުވެއެވެ. 193. (193) (އޭ މީސްތަކުންނޭވެ!) ކަލޭމެން އެމީހުންނަށް ތެދުމަގުގެ ފަރާތަށް ގޮވާ دعوة ދިނަސް އެފަދަމީހުން ކަލޭމެނާ تبع ނުވާނެއެވެ. ކަލޭމެން އެމީހުންނަށް دعوة ދިނުމެކޭ ނުވަތަ دعوة ނުދީ ހަމަހިމޭނުން ތިބުމެކޭ ހަމަހަމައެވެ. (އެމީހުން ހެޔޮމަގަށް ނާންނާނެއެވެ.) 194. (194) (އޭ مشرك ންނޭވެ!) ކަލޭމެން ﷲ ފިޔަވައި އެތަކެއްޗަށް ގޮވާތިޔަ دعاء ކުރާތަކެއްޗަކީ ހަމަ ކަލޭމެންކަހަލަ އަޅުންނެވެ. (مخلوق ންނެވެ.) ކަލޭމެން އެތަކެއްޗަށްގޮވާ دعاء ކޮށް އަދި އިޖާބަކޮށްދިނުމަށް އެދޭށެވެ! ކަލޭމެންނަކީ ތެދުވެރިންކަމުގައިވަންޏާ (ނިކަން ބުނެބަލާށެވެ! އެތަކެތިން އެއްވެސް منفع އެއް އަދި ގެއްލުމެއްވޭހެއްޔެވެ؟ ނުވާނެކަން ކަށަވަރެވެ.) 195. (195) (އޭ މިތިބަ مشرك ންނޭވެ! ބުދަށް އަޅުކަންކުރާ މީހުންނޭވެ!) އެތަކެއްޗަށް (އެބަހީ އެބުދުތަކަށް) އެތަކެތި ހިނގާފައިދާނެ ފައިތަކެއް ވޭހެއްޔެވެ؟ (އެބަހީ ހިނގާނެ ފައިތަކެއް ނުވެއެވެ.) ނުވަތަ އެތަކެތި އެއްޗެތީގައި ހިފާނެ އަތްތަކެއްވޭހެއްޔެވެ؟ (އެބަހީ ތަކެތީގައި ހިފާނެ އަތެއް ނުވެއެވެ.) އަދި އެތަކެއްޗަށް އެލޯތަކުން ބަލާނޭ ލޯތަކެއްވޭހެއްޔެވެ؟ (އެބަހީ ތަކެތި ބަލާކަހަލަ ލޮލެއް ނުވެއެވެ.) ނުވަތަ އެތަކެއްޗަށް އެކަންފަތްތަކުން އަޑުއަހާނެ ކަންފަތްތަކެއް ވޭހެއްޔެވެ؟ (އެބަހީ އަޑުއިވޭ ކަންފަތެއް ނުވެއެވެ.) ކަލޭގެފާނު ވިދާޅުވާށެވެ! (ކަލޭމެން مشرك ންނޭވެ!) ކަލޭމެން ކަލޭމެންގެ شريك ންތަކަށް ގޮވާ دعاء ކުރާށެވެ! (އަދި ކަލޭމެންނާ އެތަކެއްޗާވެގެން) އަހުރެންނަށް ރޭވުމެއް ރާވާ مكر އެއް ހަދާށެވެ! އަދި އަހުރެންނަށް އެއްވެސް فرصة އެއް، އަދި ތަންވަޅެއްވެސް ނުދީބަލާށެވެ! (އެތަކެއްޗަށް މިއިން އެއްވެސްކަމެއް ވާނީއެއްނޫނެވެ. އެހެނީ އެއީ جَمَاد އެއްޗެތި ތަކެކެވެ. منفع އެއްދިނުމެއް ގެއްލުމެއް ދިނުމެއް مِلْكُ ވެގެން ނުވެއެވެ. އެވަރުންވެސް ކަލޭމެން އެތަކެއްޗަށް އަޅުކަންކުރަނީހެއްޔެވެ؟) 196. (196) އަދި އަހުރެންގެ ސަހަރޯވެރިއަކީ ﷲ އެވެ. އެކަލާނގެއީ ފޮތް ބާވައިލައްވާ ކަލާނގެއެވެ. އަދި އެމީހެއްގެ عمل ތައް صلح ވެގެންވާ صالح މާތްމީހުންނަށް އެކަލާނގެ ސަހަރޯވެރިވެވޮޑިގަންނަވައެވެ. (އެއީ އެމީހުންގެ ސަހަރޯވެރިޔާއެވެ.) 197. (197) އަދި އެކަލާނގެ ފިޔަވައި ކަލޭމެން ތިޔަގޮވާ دعاء ކުރާތަކެތި ދަންނައެވެ! ކަލޭމެނަށް نصر އެއް ދޭކަށް އެތަކެއްޗަށް ކުޅަދާނަވެގެން ނުވެއެވެ. ނުވެސްވާނެއެވެ. އަދި އެތަކެތީގެ އަމިއްލަ نفس ތަކަށް نصر ދޭންވެސް ކުޅަދާނަ ނުވެއެވެ. (ދެން އެކަލާނގެއާއި އެތަކެއްޗާއި ހަމަހަމަކޮށް އެތަކެއްޗަށް އަޅުކަންކުރުން ހެޔޮވާނީ ކޮންފަދައަކުންހެއްޔެވެ؟) 198. (198) އަދި (އޭ مشرك ންނޭވެ!) ކަލޭމެން ތިޔަ އަޅުކަންކުރާ ތަކެއްޗަށް ތެދުމަގުގެ ފަރާތަށް ކަލޭމެން ގޮވިނަމަވެސް އެތަކެތި އެއަޑު ނުއަހާނެއެވެ. އަދި ކަލޭ އެތަކެތި ދެކޭނީ / ނުވަތަ އެތަކެތި ފެންނާނީ ކަލެއް ބަލާގޮތަށެވެ. ހީވާނީ ބަލާހެންނެވެ. އެކަމަކު އެތަކެއްޗަކަށް ނުފެންނާނެއެވެ.

- Abu Bakr Ibrahim Ali (Bakurube)

Appunti e riflessioni

Non hai appunti o riflessioni su questo verso.

Notes placeholders

Rimani connesso al Corano ❤️

Brevi e significativi promemoria per ritrovare la serenità, riflettere e restare connessi al Corano.

Leggi, ascolta, cerca e rifletti sul Corano

Quran.com è una piattaforma affidabile utilizzata da milioni di persone in tutto il mondo per leggere, cercare, ascoltare e riflettere sul Corano in diverse lingue. Offre traduzioni, tafsir, recitazioni, traduzioni parola per parola e strumenti per uno studio più approfondito, rendendo il Corano accessibile a tutti.

In qualità di Sadaqah Jariyah, Quran.com si impegna ad aiutare le persone a entrare in contatto profondo con il Corano. Supportato da Quran.Foundation , un'organizzazione no-profit 501(c)(3), Quran.com continua a crescere come risorsa gratuita e preziosa per tutti, Alhamdulillah.

Navigare
Casa
Radio del Corano
Recitatori
Chi siamo
Sviluppatori
Aggiornamenti del prodotto
Feedback
Aiuto
Donare
I nostri progetti
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Progetti senza scopo di lucro posseduti, gestiti o sponsorizzati da Quran.Foundation
Link popolari
Suppliche del Corano
Versetto del giorno del Corano
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
Mappa del sitoPrivacyTermini e Condizioni
© 2026 Quran.com. Tutti i diritti riservati
Contribuire