Sign in
Sign in
Sign in
Select Language
007

Al-A'raf 7:18 قال اخرج منها مذءوما مدحورا لمن تبعك منهم لاملان جهنم منكم اجمعين ١٨

7:18
قَالَ
ٱخۡرُجۡ
مِنۡهَا
مَذۡءُومٗا
مَّدۡحُورٗاۖ
لَّمَن
تَبِعَكَ
مِنۡهُمۡ
لَأَمۡلَأَنَّ
جَهَنَّمَ
مِنكُمۡ
أَجۡمَعِينَ
١٨
(18) އެކަލާނގެ وحي ކުރެއްވިއެވެ. ނިކަމެތިކުރެވި ދެރަކުރެވި ފައްސައިލެވިގެންވާ حال ކަލޭ މިސުވަރުގެއިން ނުކުންނާށެވެ! އެމީހުންކުރެ ކަލެއާއި تبع ވާމީހުން ދަންނައެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެ ނަރަކަ ފުރާލާހުށީ ކަލެއާއި، ކަލެއާއި تبع ވާމީހުންނާއި އެންމެން އަޅައިގެންނެވެ.
Continue Reading

Read Tafsir

Ibn Kathir (Abridged)

اخْرُجْ مِنْهَا مَذْءُومًا مَّدْحُورًا

(Get out from this (Paradise), Madh'uman Madhura) "despised." `Ali bin Abi Talhah reported that Ibn `Abbas commented on,

اخْرُجْ مِنْهَا مَذْءُومًا مَّدْحُورًا

(Get out from this (Paradise), Madh'uman Madhura) 7:18 "Belittled and despised", while As-Suddi comment

…
اخْرُجْ مِنْهَا مَذْءُومًا مَّدْحُورًا

(Get out from this (Paradise), Madh'uman Madhura) "despised." `Ali bin Abi Talhah reported that Ibn `Abbas comme

…
More Tafsirs

Read in Context

Chapter 7, Page 152, Juz 8

11. (11) އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭމެން ހެއްދެވީމެވެ. (ކަލޭމެންގެ ބައްޕަ آدم عليه السّلام ތިމަންރަސްކަލާނގެ ހެއްދެވީމެވެ.) ދެން ތިމަންރަސްކަލާނގެ ކަލޭމެން صورة ކުރެއްވީމެވެ. (އެބަހީ: އެކަލޭގެފާނު ތިމަންރަސްކަލާނގެ صورة ކުރެއްވީމެވެ. މި ދެ عبارة ގެ މާނަ އަދި އެހެން ގޮތްގޮތަށްވެސް ލިއުއްވާފައިވެއެވެ. އެކަމަކު އެންމެ مُعْتَبَرُ ގޮތް މިދެންނެވީއެވެ. - والله أعلم.) ދެން آدم عليه السّلام އަށް سجدة ކުރައްވާށޭ ملائكة ބޭކަލުންނަށް ތިމަންރަސްކަލާނގެ އެންގެވީމެވެ. - ދެންފަހެ إبْلِيْسُ މެނުވީ އެންމެ ބޭކަލުން އެކަލޭގެފާނަށް سَجِدَة ކުރެއްވިއެވެ. ފަހެ އެ إبْلِيْسُ سَجِدَة ކުރި މީހުންގެތެރެއިން ނުވިއެވެ. 12. (12) އެކަލާނގެ (އެ إبْلِيس އާއި مخاطب ކުރައްވައި) وحي ކުރެއްވިއެވެ. އެކަލޭގެފާނަށް (يعني: آدم ގެފާނަށް) سجدة ކުރެއްވުމަށް ތިމަންރަސްކަލާނގެ އެންގެވިހިނދުން ކަލޭ سجدة ނުކޮށް އެކަމުން މަނާކުރީ ކޮންކަމެއްހެއްޔެވެ؟ سجدة ނުކުރީ ކީއްވެގެންހެއްޔެވެ؟ އެސޮރު ދެންނެވިއެވެ. އެކަލޭގެފާނަށްވުރެ މިއަޅާ މާހެޔޮވެގެންވެއެވެ. އެހެނީ އިބަރަސްކަލާނގެ އެކަލޭގެފާނު ހެއްދެވީ މަށީންނެވެ. އަދި އިބަރަސްކަލާނގެ މިއަޅާ ހައްދަވާފައިވަނީ އަލިފާނުންނެވެ. 13. (13) އެކަލާނގެ وحي ކުރެއްވިއެވެ. ކަލޭ އެސުވަރުގެއިން ފައިބާށެވެ! އެތާހުރެގެން ކަލޭ ބޮޑާވެ މަތިހަށި ނެގުމަކީ އެއްގޮތަކަށްވެސް ކަލެއަށް ހުއްދަވެގެންވާކަމެއްނޫނެވެ. (އަދި އެހެންތާކު ހުރެގެންވެސް ބޮޑާވުން ހުއްދަވެގެން ނުވެއެވެ.) ފަހެ ކަލޭ ނުކުންނާށެވެ! ހަމަކަށަވަރުން ކަލޭވަނީ ނިކަމެތިވެ އިހާނާތްތެރިވެގެންވާ މީހުންގެތެރެއިންނެވެ. 14. (14) އެސޮރު ދެންނެވިއެވެ. މީސްތަކުން (އަލުން ދިރިގެން) ފޮނުއްވާދުވަހާއި ހަމައަށް މިއަޅާއަށް ވަގުތު ދެއްވާ مُهْلَةُ ދެއްވާނދޭވެ! 15. (15) ﷲ وحي ކުރެއްވިއެވެ. ހަމަކަށަވަރުން ކަލޭވަނީ إنْتِظَار ކުރެވިގެންވާ - (ވަގުތު ދެވިގެން) ވާ މީހުންގެތެރެއިންނެވެ. 16. (16) އެސޮރު ދެންނެވިއެވެ. އިބަރަސްކަލާނގެ މިއަޅާ މަގުފުރައްދަވާ ހަލާކުކުރެއްވިކަމަށްޓަކައި ހަމަކަށަވަރުން އެމީހުންނަށް (އާދަމުގެދަރިންނާ އިދިކޮޅަށް) މިއަޅާ މަގުތަކުގައި އިށީންނަހުށީމެވެ. އިބަރަސްކަލާނގެ ސީދާމަގު އެމީހުންނަށް އޮޅުވާލާ ބަންދުކުރާހުށީމެވެ. 17. (17) ދެން ހަމަކަށަވަރުން އެމީހުންގެ ކުރިމަތިންނާއި އެމީހުންގެ ފަހަތުންނާއި އެމީހުންގެ ކަނާތްފަރާތުންނާއި އަދި އެމީހުންގެ ވައަތްފަރާތުންވެސް މިއަޅާ އެމީހުންގެގާތަށް އަންނަހުށީމެވެ. އަދި އެމީހުންކުރެ ގިނަމީހުންނީ شكر ކުރާމީހުންކަމުގައި އިބަރަސްކަލާނގެ ދެކެވޮޑިނުގަންނަވާނެއެވެ. (ގިނަމީހުން ވާނީ ނުބައިމީހުން ކަމުގައެވެ.) 18. (18) އެކަލާނގެ وحي ކުރެއްވިއެވެ. ނިކަމެތިކުރެވި ދެރަކުރެވި ފައްސައިލެވިގެންވާ حال ކަލޭ މިސުވަރުގެއިން ނުކުންނާށެވެ! އެމީހުންކުރެ ކަލެއާއި تبع ވާމީހުން ދަންނައެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެ ނަރަކަ ފުރާލާހުށީ ކަލެއާއި، ކަލެއާއި تبع ވާމީހުންނާއި އެންމެން އަޅައިގެންނެވެ.

- Abu Bakr Ibrahim Ali (Bakurube)

Notes and Reflections

You do not have any notes or reflections on this verse.

Notes placeholders

Stay Connected to the Quran ❤️

Short meaningful reminders to reset, reflect and stay connected to the Quran.

Read, Listen, Search, and Reflect on the Quran

Quran.com is a trusted platform used by millions worldwide to read, search, listen to, and reflect on the Quran in multiple languages. It provides translations, tafsir, recitations, word-by-word translation, and tools for deeper study, making the Quran accessible to everyone.

As a Sadaqah Jariyah, Quran.com is dedicated to helping people connect deeply with the Quran. Supported by Quran.Foundation, a 501(c)(3) non-profit organization, Quran.com continues to grow as a free and valuable resource for all, Alhamdulillah.

Navigate
Home
Quran Radio
Reciters
About Us
Developers
Product Updates
Feedback
Help
Donate
Our Projects
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Non-profit projects owned, managed, or sponsored by Quran.Foundation
Popular Links
Duas from the Quran
Quran Verse of the Day
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
SitemapPrivacyTerms and Conditions
© 2026 Quran.com. All Rights Reserved
Contribute